ބަންޑާރަ ނައިބު ރިފްއަތު. އެ މަގާމުގައި ހުންނަވައިގެން ޖީއެމްއާރާ ގުޅޭ އެއްވެސް ކަމެއް ނިންމާފައި ނުވާނެ ކަމަށް ވިދާޅުވި -- ފޮޓޯ/މިހާރު
22 މެއި 2019 - 20:59
ޖީއެމްއާރާ ގުޅޭ އެއްވެސް ކަމެއް ބަންޑާރަ ނައިބުގެ މަގާމުގައި ހުންނަވައިގެން ނިންމާފައި ނުވާނެ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މިރޭ ވިދާޅުވެއްޖެ އެވެ.
ޖީއެމްއާރުން ދައުލަތަށް ޓެކްސް ދެއްކުމުގެ މައްސަލާގައި، އެ ޓެކްސް ޖީއެމްއާރުން ދައްކަން ނުޖެހޭނެ ކަމަށް ރިފްއަތު ގާނޫނީ ލަފާ ދެއްވިތޯ ވިދާޅުވެ ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވަނީ ސުވާލު އުފައްދަވައިފަ އެވެ. އުޝާމް ވިދާޅުވެފައިވާ ގޮތުގައި ރިފްއަތަކީ ޖީއެމްއާރުގެ ވަކީލެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި ބޭފުޅެކެވެ.
އެކަމާ ގުޅިގެން ރިފްއަތު މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ އޭނާ އެޓާނީ ޖެނެރަލްގެ މަގާމުގައި ހުންނަވައިގެން ޖީއެމްއާރާ ގުޅޭ އެއްވެސް ކަމެއްގައި ނިންމުމެއް ނިންމަވާފައި ނުވާނެ ކަމަށެވެ. އަދި މަސްލަހަތު ފުށުއަރާ އެއްވެސް ކަމަކަށް އޭނާ ޖާގަ ނުދެއްވާނެ ކަމަށް ވެސް އެ ޓްވީޓްގައިވެ އެވެ.
"ދައުލަތުގެ މަސްލަހަތު އިސްކުރަން. އަދި މަސްލަހަތު ފުށުއެރުމަކަށް ޖާގައެއް ނުދެން. މަސައްކަތް ކުރަނީ ހައްގުތަކުގެ ދިފާއުގައި. އަޅުގަނޑުމެން ވައުދުވީ ހާމަކަމާ އެކު އިންސާފު ކަށަވަރުކުރަން،" ރިފްއަތުގެ ޓްވީޓްގައިވެ އެވެ.
އޭ.ޖީ.ގެ މަޤާމުގައި ހުރެ ޖީ.އެމް.އާރު.އާގުޅޭގޮތުން އެއްވެސް ކަމެއް އަޅުގަނޑު ނިންމާފައެއް ނުވާނެ.ދައުލަތުގެ މަޞްލަޙަތު އިސްކުރަން. އަދި މަޞްލަޙަތު ފުށުއެރުމަކަށް ޖާގައެއް ނުދެން.މަސައްކަތްކުރަނީ ޙައްޤުތަކުގެ ދިފާޢުގައި.އަޅުގަނޑުމެން ވަޢުދުވީ ހާމަކަމާއެކު އިންޞާފު ކަށަވަރުކުރަން.
— I.Riffath (@ibriffath) May 22, 2019
ރިފްއަތުގެ ޓްވީޓް
ޖީއެމްއާރާ އެކު ހެދި އެއްބަސްވުން ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ބާތިލްކުރި މައްސަލާގައި ޖީއެމްއާރަށް 271 މިލިއަން ޑޮލަރު ދައުލަތުން ދޭން ޖެހޭނެ ކަމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ނިންމި އެވެ. އެ ފައިސާ ދައުލަތުން ދައްކާފައި ވަނިކޮށް މިދިޔަ އަހަރު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވަނީ ޖީއެމްއާރުން ދައުލަތަށް 20 މިލިއަނަށް ވުރެ ގިނަ ޑޮލަރު (300 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ދައްކަން ޖެހޭނެ ކަމަށް އަންގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެކުރި
23 May 2019
މިވަރުގެ ހައްސާސް މައްސަލައެއްގައި ވަކި ކޮޅަކަށް ލާރި ނަގައިގެން ވަކާލާތުކޮއްފަހުރި މީހަކު އެޓާރނީ ޖެނެރަލްގެ މަޤާމަށް ގެންނަން ހެޔޮވެސް ނުވާނު!
އޭޖީ ލޯޔަރ
23 May 2019
ހުސްދޮގު، މީހަކަށް ނަޒާހަތްތެރި ވެވޭނީ ތިވަރަށް. ޖީ.އެމް.އާރުން ޓެކްސް ދައްކަން ނުޖެހޭނެކަމަށް ބުނެ މީރާއަށް އެންގިއެންގުންވެސް ޕޯސްޓްކޮއްލާފަ ތިވާހަކަ ބުނިނަމަ ވަރަށް ސަޅިވީސް.
ސަަަސަ
23 May 2019
އަތުޖެހުނު ތަނަކުން ކައިހުސްކޮށްލާ. ތ
ހޮޓްކިންގ
23 May 2019
މިކަހަލަ މީހުން ތިބީ ސަރުކާރުގެ މަތީ މަގާމުތަކުގައި. ދެން ހީކުރޭ ދައުލަތުގެ ހާލަތު އޮންނާނެ ގޮތް. ހުސް އިންޑިއާގެ އޭޖެންޓުން.
ހަސަން ނުވަވަނަ
23 May 2019
ދެން ޔަޒީދު ކަލޭ އޮފީހަށް ގެންގޮސް ކޮން ގަނޑެއްހޭ ގަތީ ބަލަ މިހަރަ ރިއްފަތޫ. ހޭބަލިވެ ހަމަބުއްދި ފިލާފައެއް ނޫނޭ އަހަރުމެން މިތިބީ. ކަލޭ ޖީއެމްއާރުގެ ވަފްދަކާ ސިއްރިތާތުގަ ބައްދަލްކުރީ ދިވހި ދައުލަތް ދިފާއުކުރާހިތުން ހަމަ ނިދި ނުނިދިގެންހޭ މިހިރަ ރިއްފަތޫ
ވާރިސަ
23 May 2019
ދައުލަތަކީ އިންޑިޔާ. ވެރިޔަކީ މޯދީ. ވީމާ ރިއްފަތު ވިދާޅުވަނީ ތެދެއް. ދައުލަތުގެ މަސްލަހަތު އިސްކޮށްފި.
މުހައްމަދު އަލީމް
22 May 2019
އޭޖީ ހައްދަވަނީ ކަނޑައެޅިގެން ދޮގެއް. ޖީއެމްއަރުގެ އިސްމީހަކާއެކު މީރާ ޔަޒީދުގެނެސްގެން އޭޖީ އޮފީހުގައި ބައްދުކޮށް ޓެކްސްފައިސާ ދައްކަން ނުޖެހޭ އެއްޗަކަށް ހަދަން މައްްސަތްކަތް ނުކުރައްވަންތޯ؟ ޔަޒީދު އެއްބަސް ނުވުމުން އެޓެކްސަކީ ދައްކަންނުޖެހޭ އެއްޗެއްކަމަށް އަންގަައި އޭޖީ އޮފީހުން ސިޓީއެއް ނުފޮނުއްވަންތޯ؟ މިމީހުން ވައްކަންކުރަނީ މޮޅުކޮށް ބުރޯ ކުރީ ފާޅުކޮށް، އަކަމަކު ކުރަނީ އެއްކަމެއް.!
އަލިބޭ
22 May 2019
އިހަށްދުވަހާ ހަމައަށް މީނަގެ މަސްލަހަތު މިހާރު ދައުލަތުގެ މަސްލަހަތު ކާކު ގަބޫލުކުރަނީ ނިކަންބުނެބަލަ މިހާރުވެސް ރީނދޫ ޕަޕެޓެކޭ ކަލޭމެނަކަށް ދުވަހަކުވެސް ދައުލަތުގެ މަސްލަހަތެއް ނޭނގޭނެ
ވޯލް
22 May 2019
އޭޖީ އޮފީހުގައި މަސައކަތް ކުރުމަށްފަހު ދެން ނުކުމެ ޕްރައިވެޓް ސެކްޓަރގައި ނޫނި އަމިއްލައަށް ލޯ ޕްރެކްޓިސް ކުރުމުގައި މައްސަލައެއް ނެތް. އެކަމަކު ޕްރައިވެޓް ސެކްޓަރގައި ނަން މަޝްހޫރުކޮށްއުޅެފަ ބޮޑެތި ހަސްހާސް މައްސަލަތައް ދިފާއުކޮށްފަ ދެން އަނބުރާ އޭޖީ އޮފީހަށް ދިއުން އެއީ ބެސްޓް ޕްރެކްޓިސްކަމުގައި ނިދެކެން އަދި މަސްލަހަތު ފުށުއެރުމުގައި ދައުލަތު އިސްކުރާނަމަ ފުރަތަމަ ތިޔަ މަޤާމަށް ނުވެސް އައީސް.
ޒާހިދު ހަމީދު
22 May 2019
ބަހަނާ ނުދައްކާ އިސްތިއުފާދީ... މިހާރު އިތުބާރު ގެއްލިއްޖެ