ރާއްޖޭގައި ބާއްވާ ވިޔަފާރީގެ އެންމެ ބޮޑު މައުރަޒު ހުޅުވައިދެއްވުމަށް ފަހު ޓޫރިޒަމް މިނިސްޓަރު ޒަމީރު އެތަނުގެ ސްޓޯލެއް މިއަދު ބައްލަވާލައްވަނީ. ފޮޓޯ: މުހައްމަދު ޝަރުހާން /މިހާރު
05 ސެޕްޓެމްބަރ 2016 - 14:49
ރާއްޖޭގެ ޓޫރިޒަމަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރަން ހާއްސަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ބާއްވާ ވިޔަފާރީގެ އެންމެ ބޮޑު މައުރަޒު، ހޮޓެލް އޭޝިއާ އެގްޒިބިޝަން ހުޅުވުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޒަމީރު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް މާކެޓްގެ ހާލަތު ދެނެގަތުމަށް ކޮންފަރެންސެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން ރާއްޖެއާ ބެހޭ ގޮތުން ދޮގު މައުލޫމާތުތައް ފަތުރަމުންދާތީ އެކަމާ ދެކޮޅަށް ހާއްސަ މަސައްކަތްތަކެއް ކުރަން އެކި ސަރަހައްދުތަކުގައި ޕީއާރު ކުންފުނިތަކެއް ހަމަޖައްސާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ކޮންފަރެންސް ބޭއްވުމުގެ އެއް ބޭނުމަކީ އަންނަ އަހަރަށް މާކެޓިން ޕްލޭން ހެދުމަށް ބޭނުންވާ މައުލޫމާތު އެއްކުރުން. އެއީ ވަރަށް މުހިންމު ކަމެއް. އިންޑަސްޓްރީގެ އެކި ފަރާތްތަކާއި މުހިންމު މާކެޓްތަކާ ވާހަކަ ދައްކައިގެން މައުލޫމާތު އެއްކުރުން،" ޒަމީރު ވިދާޅުވި އެވެ.
"އޭގެ އިތުރުން ރާއްޖެއާ ބެހޭ ދޮގު މައުލޫމާތު ފަތުރަމުން އަންނަ މުހިންމު މާކެޓްތަކަށް ވަރަށް ބޮޑު އިސްކަމެއްދީގެން ޕީއާރު ފާމްތަކެއް ވަނީ ހަމަޖައްސާފައި. އެކަމަށް އަޅުގަނޑުމެން ބޭނުންވޭ ނަތީޖާ ނެރެވޭނެ މާކެޓިން ޕްލޭނެއް ހަދަން."
މިނިސްޓަރު ވިދާޅުވީ މި އަހަރުގެ ބައިނަލްއަގުވާމީ ޓޫރިޒަމް ދުވަހާއި ރާއްޖެ ޒިޔާރަތްކުރުމުގެ އަހަރު ފާހަގަކުރުމުގެ ގޮތުން ތަފާތު އެކި ހަރަކާތްތައް ރާވާފައިވާފައިވާ ކަމަށެވެ. އެގޮތުން އެ ދުވަހާ ގުޅުވައިގެން އިންޑަސްޓްރީގެ އެކި ފަރާތްތަކަށް ހާއްސަ ކޮންފަރެންސެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ޒަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ފާހަގަ ކުރެއްވި ގޮތުގައި ޓޫރިޒަމް ފުޅާކުރުމަށް ތަފާތު އެކިއެކި މަޝްރޫއުތައް އަންނަނީ ހިންގަމުންނެވެ. އެގޮތުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ތަރައްގީކޮށް ނިމުމުން އަހަރަކު ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.
"އޭގެ އިތުރުން މިދަނީ އާ ރިސޯޓްތަކާއެކު ޑޮމެސްޓިކް އެއާޕޯޓްތައް ވެސް ތަރައްގީކުރަމުން. އޭގެ ސަބަބުން މާލޭ އެއާޕޯޓަށް ދަތުރުކުރަން ފަސޭހަވެގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައްތާރު /މހއ
06 September 2016
ސްޓީލް ޕެރަޑައިޒް ގެ ސަބަބުން މުޅިދުނިޔެއަށް ރާއްޖެ އިސްތިހާރު ވާނެ. މިހާރު އަރަބި ބަހުންވެސް ފޮނުވާގޮތަށް އެހަމަޖެހުނީ. މެދުއިރުމަތީގައި ތިބި އަރަބިންނަށްވެސް އެގޭނެ.
އަތޮޅު-ދީބު
06 September 2016
ކޮބައިހޭ ދިވެހިންގެ ފަޅުރަށްތަކުގެ ހަގީގީ ފައިދާ އަތޮޅެއް ތަރައްގީ އެއް ނުވޭ އަންނަށް މިޖެހެނީ މާލެ ދެންވީ ދަރަނިވެރިވެގެން ދިރިއުޅެން! ބޭނުންވަނީ އަތޮޅު ތަރައްގީ ވާގޮތަށް ރިސޯޓުތައް އަޅަން
ަާެރިސެޕްށަނިސްޓް
06 September 2016
މިނިސްޓަރު ކަަައިރީ އެހެރަ ކުއްޖާ ހާދަ ރީއްޗޭ 3>
އުމަރު
05 September 2016
ޓޫރިޒަމް މިނިސްޓަރާ ކޮށްލަން ބޭނުންވާ ސުވާލަކީ ކީއްވެގެންތޯ ބަޔަކު ދޮގު ހަބަރު ފަތުރަނީ؟ އަދި ދޮގުހަބަރު ފަތުރާ ބަޔަކަށް ރައްދުދިނުމަށް ތެދު ހަބަރު ޤައުމުގެ ލެވަލްގައި ނުހިންގެނީ ދޮގު ހަބަރު ފަތުރާ މީހުންނަށްތުރެން ޤައުމު ކުޑައީތޯ؟ މައްސަލައަކީ ޓޫރިޒަމް ޕްރޮމޯޓްކޮށް ޓޫރިޒަމާއި ޤައުމުގެ ތެދު ހަބަރު ފަތުރަން އުފެއްދި ޕްރޮމޯޝަން ބޯޑް އެންމެ ފަހުން ކުންފުންޏަކަށް ބަދަލުކޮށް އެތަން އެއީ ޕްރޮސީއަކަށް ބަދަލުކޮށް ޕީޕީއެމް ހިންގުމަށާއި، ޕާލަމެންޓް ހިންގުމަށާއި، ސިޔާސީ ހުރިހައި ކަންކަން ހިންގުމަށް ފައިސާހޯދާތަނަކަށް އެތަން ހެދުމުން، މީގެ ކުރިންވެސް މިޤައުމު އޮތް، ޓޫރިޒަމް މިނިސްޓަރު އިސްކޮށް ހުންނަވައިގެން ބީލަމަކާނުލައި ރަށްތަށްދޭ ޤާނޫނު ފާސްކުރީމާ އެވާހަކަ ދެއްކީމާ އެއީ ދޮގުހަބަރެއްނޫން، އަދި އެއްވެސް ޑިމޮކްރަޓިކް ޤައުމެއްގައި ބީލަމަކާނުލައި އެޤައުމެއްގެ ހަރުމުދާ ބަޔަކަށްދޭ އުސޫލެއް ނޮއޮންނާނެ، އެހެންކަމުން ބަޔަކު ދައްކާ ދޮގުވާހަކަ އެއީ މިޤައުމުގެ ހަގީގަތް، އެވާހަކަ އެއީ ތެދުވާހަކައެއްކަމަށް ގިނަ ދިވެހިން ގަބޫލުކުރޭ އަދި ވިޔަފާރިވެރިންވެސް ގަބޫލުކުރޭ
ޕައްލަންބެ
05 September 2016
ރާއްޖެއާ ބެހޭގޮތުން ދޮގު މައުލޫމާތެއް އެއްވެސް ބަޔަކު ނުފަތުރަ ... ސޯޓު ބޭލެނީ އަމިއްލަ އަށް ކުރާ ކަންތަކުން ދެން މިކިޔަނީ ބަޔަކު ސޯޓު ބޭލިޔޭ .... ދެން ރަށްޔިތުންގެ ޓެކްސް ލާރި ޙަރަދު ކުރަނީ އަގުބޮޑު ޕީ.އާރު ކުންފުނިތަކަށް .... މިހާރު ދިވެހިން ނަކީ ގަމާރުންނެއް ނޫން. މިއަންނަ އަންގާރު ދުވަހަކީ އަނެއްކާވެސް ހާމަ ކަންބޮޑުކޮށް މުޅި ދުނިޔެއަށް ސޯޓު ބޭލޭނެ ދުވަހެއް.