ރައީސް ސައުދީ އަށް ފުރާވަޑައިގަތުމަށް ފްލައިޓަށް އަރާވަޑައިގަންނަވަނީ. --ފޮޓޯ/ރައީސް އޮފީސް
29 މެއި 2019 - 11:36
އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯއައިސީ) ގެ 14 ވަނަ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސައޫދީ އަރަބިއްޔާ އަށް މިއަދު ފުރާވަޑައިގެންފި އެވެ.
އިސްލާމީ ގައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ ސަމިޓު އޮންނާނީ އަންނަ ހުކުރު ދުވަހު މައްކާގަ އެވެ. އެ ސަމިޓުގެ ރިޔާސަތު ބަލަހައްޓަވާނީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒެވެ.
އޯއިސީ ސަމިޓުގައި ރައީސް ތަގުރީރު ކުރައްވާނެ އެވެ. އަދި އުމްރާގެ އަޅުކަން އަދާކުރެއްވުމަށް ފަހު، ރައީސް އެނބުރި ރާއްޖެ ވަޑައިގަތުމަށް ނިންމަވާފައި ވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހު ކަމަށް ރައީސްގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވި އެވެ.
މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސައޫދީ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
އިސްލާމީ ގައުމުތަކުގެ ވެރިން އެއްތަންވެ، މި އަހަރު ބާއްވާ ބައްދަލުވުމުގައި ވެސް އިސްލާމީ އުއްމަތަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. ހިޔާލުތަފާތުވުން އުފެދޭ މުހިއްމު މައްސަލަތަކުގައި، ގައުމުތަކުން ވާހަކަ ދައްކާނެ އެވެ.
ރައީސް އޮފީހުން ބުނިގޮތުގައި އޯއައިސީ ސަމިޓަކީ ސައޫދީ އަރަބިއްޔާއާ އެކު ޚާރިޖީ ގުޅުންތައް ވަރުގަދަކޮށް ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ރާއްޖެ އަށް މަގުފަހިވެގެންދާ ފުރުސަތެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮބާމާ
29 May 2019
ރައީސްއެވެ. ދަތުރަކަށް ނުވަތަ އެހެން ވަގުތަކުވެސް މީހަކަށް ސަލާންކޮށްލުމުގެ ގޮތުން ދެން މީގެ ފަހުން ވައަތްޕުޅުގެ ބަދަލުގައި އިސްތިލާމްކުރުމުގެ ގޮތުން ކަނައަތްޕުޅު އިސްކުރައްވާށެވެ.
ކެނެޑީ
29 May 2019
ތިދެން ބޮދުވަރު މަށަށްވެސް ތިބާއަށްވެސް އޮޅިގެން މިހެންވެދާނެ. ސަރުކާރާމެދު ހިތްހަމަނުޖެހުނަސް ޒާތީ ނުވުމަށް ގޮވާލަން. އަދި ސަރުކާރަށް ފާޑުކިޔަން ބޭނުންވަންޏާ އުފެއްދުންތެރި ފާޑުކިޔުމަށް ގޮވާލަން.
މުރާސިލު
30 May 2019
އެއީކީ ބޮޑުވަރުވުމެއްނޫނެވެ. ރައީސް އިބޫ ތަންތަން ހުޅުވައިދެއްވުމަށް ރިބަންކޮޅު ކަނޑާލާއިރުވެސް ވާތް ފަރާތް އިސްކުރާތަން ފެނެއެވެ. އޮބާމާ އެދެއްވީ ވަރަށް ރަނގަޅު ޚިޔާލެކެވެ. އިސްލާމީ ރިވެތި ގޮތަކީ އެފަދަ ކަންކަމުގައި ކަނާތް އިސްކުރުމެވެ.
ގޮއިދޫހަސަނު
29 May 2019
ތުރުކީގެ ރައީސަށް ތާއީދުކުރުއްވަވާތި! އެނޫނީ އިސްލާމީ އުންމަތަށް ދިމާވެފައިވާ ކަންތައްކާއިބެހޭގޮތުން ބަހެއްބުނާވެރިއަކުނެތް! ބާއްޖަވެރި ކާމިޔާބު ދަތުރަކަށްއެދެން!
ހަސަން ނުވަވަނަ
29 May 2019
ކޮން ގޮތަކުން. އައިއެސްއަށް ފަންޑުކޮށް ސީރިޔާ ހަލާކުކުރަން އުޅެނީ ސައުދީ އިމާރާތް އެމެރިކާ ދެން ތުރުކީ. ތިޔަތާކު ނެތް ރަނގަޅު އެކަކުވެސް.
މާރަނގާ - އައްޑޫ ސިޓީ
29 May 2019
ރައީސް ސޯލިޙްގެ ދަތުރުފުޅުގައި “އަހަރުމެންގެ ހާލަތު ބަދަލު ކުރުމަށް އަހަރުމެން ތެދުވެއްޖެކަން” ގަލްފުގެ އަރަބި ޝޭޙުންނަށާއި މުސްލިމް ދައުލަތް ތަކުގެ ވެރިންނަށް ދަންނަވާނެކަމަށް ދެކެން. * * އަހަރުމެންނަގީ ތާއަބަދު ނަށިގަނޑު ހިފައިގެން ދުވާބަޔަކަށްނުވުމަށް ލޯނާއި ހައިރާތު ހޯދުމުގެ ބަދަލުގައި ހއ އަދި ހުވަދޫގައި ހުރި ރީތިރަށްތަކުގައި ބަޙްރައި، ބުރުނާއި، މޮރޮކޯ، ޤަތަރު، ތުރުކީ ޔޫއޭއީ ގެ އިތުރުން ގަލްފުގެ މުއްސަދި ކުންފުނިތަކަށް ސީދާ ދައުވަތުދެއްވާ.