ސައުދީ ރަސްގެފާނުގެ ޚާއްސަ މެހެމާނުންގެ ގޮތުގައި ހައްޖަށް ދިއުމަށް ވަނީ 1،400 މީހުންނަށް ދައުވަތު ދީފައި.
05 ސެޕްޓެމްބަރ 2016 - 15:46
ރިޔާޒް (ސެޕްޓެމްބަރު 5) - ސައުދީ އަރަބިއާގެ ރަސްގެފާން ސަލްމާންގެ ދައުވަތަށް މި އަހަރު ހައްޖަށް ދާ 60 ގައުމެއްގެ 1،400 މީހުންގެ ތެރޭން 645 މީހުން މިހާތަނަށް ސައުދީ އަށް ހިނގައްޖެ ކަމަށް ރަސްމީ ނޫސް އެޖެންސީން ބުނެފި އެވެ.
ސައުދީ ޕްރެސް އެޖެންސީ (އެސްޕީއޭ) އިން ބުނީ ރަސްގެފާނުގެ ޚަރަދުގައި ހައްޖަށްދާ މީހުންގެ ތެރޭން ބާކީ ތިބި މީހުން ސައުދީ އަށް ދާނީ ބުދަ ދުވަހު ކަމަށެވެ. ރަސްގެފާން ސަލްމާން ވަނީ ފަލަސްތީނުން ޝަހީދުވި މީހުންގެ އާއިލާތަކުން 1،000 މީހަކަށް ވެސް ހައްޖަށް ދިއުމަށް ދައުވަތު ދެއްވައިފަ އެވެ. ފަލަސްތީނު މީހުން ހައްޖަށް ދާނީ ވެސް ރަސްގެފާން ސަލްމާނުގެ ޚާއްސަ މެހެމާނުންގެ ގޮތުގަ އެވެ.
ހައްޖުވެރިންގެ ބަޔަކު ގެފުޅުގެ ވަށައިގެން ޠަވާފް ކުރަނީ. --މިހާރު ފޮޓޯ: އަހްމަދު އަބްދުﷲ ސަައީދު
ދުނިޔޭގެ އެކި ގައުމުތަކުން ފާހަގަކޮށްލެވޭ ފަރާތްތައް ހައްޖާއި އުމްރާ އަށް ގެންދިއުމަށް ރަސްގެފާން ސަލްމާން ވަނީ ޚާއްސަ ޕްރޮގްރާމެއް އެކުލަވާލައްވައިފަ އެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސް ސުޕަވައިޒް ކުރަނީ ސައުދީގެ ހައްޖު މިނިސްޓްރީންނެވެ. މި ޕްރޮގްރާމް ފެށި ފަހުން މިހާތަނަށް ވަނީ ދުނިޔޭގެ އެކި ގައުމުތަކުން އެތައް ހާސް ބަޔަކު ރަސްގެފާނުގެ ޚާއްސަ މެހެމާނުންގެ ގޮތުގައި ހައްޖާއި އުމްރާގެ އަޅުކަން ފުރިހަމަކޮށްފަ އެވެ.
މި އަހަރުގެ ހައްޖުގެ އަޅުކަމަށް ދުނިޔޭގެ އެކި ހިސާބުތަކަށް މިހާރު ވަނީ އެތައް ލައްކަ ބަޔަކު މައްކާ އަށް ޖަމާވެފަ އެވެ. މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ވެސް ދެ މިލިއަނެއްހާ މީހުން ބައިވެރިވާނެ ކަމަށް ބެލެވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުނާ
07 August 2018
ސައޫދީން ކަދުރެއް ދިނަސް ބޮޑުންގެ ބަނޑާށް. ހައްޖު ދަތުރެއް ދިނަސް ހަމަ އެހެން. ހުރިހައި ޝުކުރެއް ޔާމީނަށް.
Mamen
13 September 2016
އެކިގައުމުތަކުގެ ވެރިންނާ މުއްސަނދިންނަށް އެފުރުސަތު ދެވޭނަމަ ދެންނޭގެ ބުނާނެ އެއްޗެއްވެސް. ހައްޖަށް ނުދެވޭވަރު ނިކަމެތިންނަށް އެފުރުސަތު ދެވޭނަމަ ހެޔޮކަމުގެ ކޮޅެއްވެސް ނެތް..
ސޯދިގު
09 September 2016
ސައޫދީ ރަސްގެފާނުގެ ހައްޖު ދައުވަތުގެ އެއް މަގުސަދަކީ އިސްލާމީ އުންމަތުގައި ފިކުރީ އެއްބައިވަންތަކަމާ ބަދަހިކަން އާލާކުރެއްވުން. އުންމަތް މިވަނީ އިންތިހާއަށް އެކަމަށް ބޭނުންޖެހިފައި. މި 1400 ހައްޖާޖުން ހިމެނޭ ކޭމްޕުގައި ބޮޑު ޕަސެންޓް ތަމްސީލުކުރަނީ މަތީ ތައުލީމުގެ ފަންނުވެރިންނާ އިލްމުވެރިން. ދީނީ ޢާލިމުން، ޔުނިވަރސިޓީ ޕްރޮފެސަރުން، މެޑިކަލް ޑޮކްޓަރުން، ތައުލީމީ އަދި އިންސާނީ މުއައްސަސާތަކުގެ އިސްވެރިން، ސީނިއަރ ޓީޗަރުން، ޓެކްނީޝަނުން... މިއީ ހަމައެކަނި ހައްޖު އަޅުކަމުގެ ކޭމްޕެއް ނޫން. ތަފާތު ބަސްތަކުން ތަރުޖަމާ ކޮށްދެވޭ ވަރަށް އަގުހުރި އެތައް ލެކްޗަރއެއް ކޮންމެ ދުވަހަކު ތަފާތު ޕްރޮފެސަރުން ދެއްވަވާ. އަދި ބައެއް އިސްލާމީ އިވެންޓްތައް ދައްކައިލުމުގެ އިތުރުން ތަފާތު ގައުމުތަކުގެ ފިކުރީ ބޭފުޅުންތަކެއް އެއްބަޔަކު އަނެއްބަޔަކާ ތަޢާރަފުވެ ތަޖުރިބާއާ ޚިޔާލުބަދަލުކޮށްލެވޭ ސެމިނަރއެއް ކަހަލަ ކޭމްޕެއް. ޝައްކެއްވެސް ނެތް ރަސްގެފާނުގެ ޞަދަޤާތެއް. ނަމަވެސް މާލީ ޞަދަޤާތަކަށްވުރެ ފިކްރީ ޞަދަޤާތެއް. ބޭނުންޖެހިފައި ތިބޭ މީހުން ކޮންމެސް ވަރަކަށް ތަފާތުވެދާނެ. ހުރިހާ މުސްލިމު އަޚުންނާ އުޚްތުންނަށްވެސް މި ބަރަކާތްތެރި ދުވަސްތަކުގައި ހެޔޮ ޢަމަލުތައް މާތްﷲ މިންވަރު ކުރައްވާ، ނިކަމެތިވެފައިވާ އެންމެންގެ ބިކަކަން ފިލުއްވާ އުފާވެރި ޢީދެއް ކަމުގައި ލައްވާށި. އާމީން.
Mamen
13 September 2016
ރާއްޖޭން ބަޔަކު އޭގެތެރޭހިމަނާނަމަ ޝަރުތު ފުރުހަމަވަނީ އެމްޕީ އިން އެކަނިބާ؟
މިރާއްޖޭގަމަހުޖަނުން
07 September 2016
މިކަމަށްވެސް މިރާއްޖޭގަ ޝަރުތު ހަމަވަނީ އަމިއްލަ ޚަރަދުގައި ހައްޖައްދިޔުމުގެ ފުރުސަތު ލިބިފައިވާ މަހުޖަނުންނަށް، މަޖުލިސް މެމްބަރުންނާއި، މިނިސްޓްރުންނަށް.....ފަލަސްތީނުގެ ޝަހީދުންގެ ޢާއިލާތަކާއި ދުނިޔޭގެ މުސްލިމް ޤަޢުމުތަކުގެ ނިކަމެތިންނަށް ހުޅުވާލާ މިފަދަ ފުރުސަތުގެ ބޭނުން މަޖުލިސް މެމްބަރުންނާއި އެހެން މަހުޖަނުން ހިފާއިރު އަމިއްލަ އެދުން ނޫން އެހެން ކަމެއް މިކަމުން ނުފެނޭ....މައުމޫނު ޒަމާނުގައި މިހެން ލިބުނު ފުރުސަތުތަކުން ބޮޑުންނަށް ބައި އަޅާފައި މަދު އަދަދެއް ނަމަވެސް ނިކަމެތިންނަސް ގުރުއަތުން ދޫކުރި، މިހާރު އެއްކޮށް ބޮޑުންނަށް
ނަސީމް/ގދ.ތިނަދޫ
06 September 2016
ރާއްޖެއިން ތިފުރުސަތު ދެއްވީ ޙައްޖަށް ދެވޭނެފަދަ ތަނަވަސްކަމެއްނެތް ނިކަމެތީންނަށްކަން ފާހަގަކޮށްލަމެވެ. މިކަމަށްޓަކައި ދިވެހި ސަރުކާރަށް ޝުކުރު ދަންނަވަމެވެ.
ސާހްރުކް ހާން
05 September 2016
ސުރުހީ ކިޔާފަ މަ ހީކުރީ ސަލްމާން ހާނު ކަމަށް. ސައުދީ ރަސްގެފާނުކަން މިއެނގުނީ ހަބަރަށް ވަދެ ސުރުހީ ކިޔާލުމުން.
މަޢުސޫމް
06 September 2016
މަށަށް ވެސް..ކެކެކެކ
ސަލްމާން
05 September 2016
ތި ކިންގުގެ އެހީގައި ވެސް ހައްޖަށް ގެންދަނީ ބުރުމާ ގާސިމް ކަހަލަ މުއްސަނދިންނާއި މަޖިލިސް މެންބަރުން. ނަކަމަތި ފަގީރަކު ގެންދާނެ ނަމަ
ޢަބްދުﷲނާފިޒު
05 September 2016
ކިންގު ރާއްޖެއަށް ދިން ފުރުސަތު ދިވެހި ސަރުކާރުންވެސް ދެރަ ނިކަމެތި ފަޤިރުންނަށް ދިންނަމަ ކިހާ ރަނގަޅުވީސް، އޭގެ ބަދަލުގަ މަޖިލިހުގެ އަމިއްލައަށް އިއްޒަތްތެރިވެގެން ތިބި މުއްސަދިންނަށް އެފުރުސަތު ދިނުމަކީ އަދުގެސަރުކާރުން ކުރި ވަރަށް ވިޔާނުދާ ގޮތްކުޑަ އަމަލެއް، ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރަން، އހ.
މެންޓަލިސްޓް
05 September 2016
ތިޔައްވުރެ މާގިނަފައިސާ ތިޔަ ރަސްގެފާނު ޙަރަދުކުރޭ ހޮލިޑޭ ހެދުމަށް މަޖާކުރުމަށް ، އެކަންއޮތި ރާއްޖޭގެ ހޭދަކުރި ޗުއްޓީތަކުން ވަރަށް ސާފްކޮށް އެނގެން ،، މުޅިގައުމު އެމީހުންގެ މިލްކިއްޔާތަށް ހަދައިގެން ތިޔަ ސައުދު އާއިލާއިން އުޅެނީ ،،، އެމީހުން އަތުން އެގައުމު މިނިވަންކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭކަމެށް ،
ރަދީފް
05 September 2016
ޝުކުރިއްޔާ ކިންގް.
Muieez
05 September 2016
ތީގެވެސް ނާޖައިސް ފައިދާނަގާ ނިކަމެތި އާންމު ރައްޔިތުން މިވަނީ މަރުހޫމްކޮށް ވެރިކަންކުރާ ޕާޓީގެއަހުލުވެރިން ފޮނުވާފަ. ޓަކާ ޓަކާ އައިވެރިކަން.