ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ: ރައީސްގެ ދެކަނބަލުންގެ އީދު ސަލާމް ކުރެއްވުން އޮންނާނީ އީދު ދުވަހުގެ ހެނދުނު 9:30 ން 10:30 އަށް.---ފައިލް ފޮޓޯ
02 ޖޫން 2019 - 11:43
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ފިތުރު އީދު ދުވަހުގެ އީދު ސަލާމް ކުރެއްވުން، އެމަނިކުފާނު ދިރިއުޅުއްވާ ސަރުކާރުގެ ރަސްމީ ގެކޮޅު މުލީއާގޭގައި ބާއްވާ ގޮތަށް ހަމަޖައްސަވައިފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ އީދު ސަލާމް ކުރެއްވުން އޮންނާނީ އީދު ދުވަހުގެ ހެނދުނު 9:30-10:30 އަށް ކަމަށެވެ. ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ އަންގާރަ ދުވަހެވެ.
ރައީސްގެ އީދު ސަލާމް ކުރެއްވުމުގައި ވީހާ ވެސް ގިނަ އާއްމުންނާއި ބޭރުގެ ޑިޕްލޮމެޓުންނާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި ޖަމާއަތްތައް ބައިވެރިވުމަށް ރައީސް އޮފީހުން އެދެ އެވެ.
މީގެ ކުރިން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރަސްރަނި ބަގީޗާ އާއި ދަރުބާރުގޭގައި އީދު ސަލާމް ކުރެއްވުން ބާއްވާފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޭމް ދޮން
02 June 2019
ރައީސް އާއި އީދު ސަލާމް ކުރަން ދާން ރެޑީ ވެގެން ހުންނަތާ ކިތައްމެ ދުވަހެކެވެ. އޯއައިސާ ކޮންފަރެންސް އަށް މައްކާ އަށް ރައީސް ވަޑައި ގަތުމުން މަހީކުރީ ރައީސް އީދަށް މާލެ ވަޑައި ނުގަންނަވާނެ ކަމަށެވެ.
މަރޭމިތުރު
02 June 2019
ޢީދުވަނީ އީދުވަނީ އާހެދުމެއް މިގަންނަނީ! އީދު މަލުން މުޅިގުލްޝަން މީރުވަހުން ފުރާލަނީ! އީދުސަލާން ކުރަންދާން މިވިސްނަނީ! އީދުގެ ތަރި ފިޔަޖަހަމުން އަލިކުރަނީ!............................... އީދުސަލާންކުރަމާތޯ!
ސަންޕަ އަހަންމަދު
02 June 2019
ރައީސްއެބަޖެހޭ އީދުސަލާންކުރައްވާނެ މިއަށްވުރެ ޖަޒީރާވަންތަގޮތެއް ހޯދަން..... ދެން އަންނަބުރެއްގާ ރަނގަޅުވާނެހެން ހީވަނީ.
އެހެންތޭ
02 June 2019
ތިޔާ އީދު ސަލާމް ކުރުމަށް ޕިންކީންނަށް ދެވޭނެތޭ ތަމެން ގާތުން މަމެން ސާފުކޮށްލަން ބޭނުންވެއޭ އިނގޭތޭ...
ބަބުރަންޖީ ހާޖީ
02 June 2019
މަހީކުރީ ރައީސްގެ އީދުސަލާން އޮންނާނީ ރަސްފަންނު ބީޗުގާ ނޫނީ ސަލްޓަންޕާކުގާކަމަށް.
ބުޅާ
02 June 2019
މޫސުން ގޯސް ކުރިއަށްއޮތް 2 ދުވަހުވެސް.
އަބުލްކލާމް
02 June 2019
ދެން އަވަހަށް އޮފީސްތަކުގެ ވެރިންނަން އަންގަންވީ ޢާއިލާގެ އެންމެން ގޮވައިގެން ސަލާމް ކުރަން ނާއްސިޔާ މަގާމުން ވަކިވާނެކަމަށް. މީ ކުރިން ޔާމީނު ޢަމލުކުރިގޮތް.
ކަންއޮތްގޮތް
02 June 2019
ޤައުމެއްގެ ވެރިކަމަށް އައުދެވުމުން އޭނަގެ އެއްވެސް އަމިއްލަ ޒާތީގޮތެއް ބެހެއްޓޭހެނެއް ހީއެއްނުވެއެވެ. އަބަދުވެސް ފެންނަނީ މީޑިއާއާއި ވަކިބަޔަކު އެމީހަކު ކޮންޓްރޯލްކޮށްގެން ގެންގުޅޭތަނެވެ. ކެވޭނީ ބަޔަކު ދިނީމައި، ދޭއެއްޗެކެވެ. ނިދޭނީ ބަޔަކު ބުނާގޮތަކަށް ބުނާތަނަކުއެވެ. ދެވޭނީ ދެއްކިމަގަކުން ދެއްކިތަނަކަށެވެ. އެމީހެއްގެ އަމިއްލަ ނިންމުމަށް އެއްކަމެއް ކުރިޔަކަނުދޭނެއެވެ. އެކިއުރިޓީއޭ އަނެކައްޗެކޭކިޔައި ބިރުގަންނުވާނެއެވެ. ރައީސް ޞާލިޙްވެސް ހިމެނެނީ