ވިރާޓް ކާރެއްގެ ތެރޭގައި.
09 ޖޫން 2019 - 08:33
ސާފު ބޯފެނުގެ ދަތިކަން ކުރިމަތިވެފައިވާ އިންޑިއާގައި، މަޝްހޫރު ކްރިކެޓް ތަރި ވިރާޓް ކޯލީ ބޯފެނުން ކާރު ދޮވުނު މައްސަލައެއް ހޫނުވެ، އޭނާ 500 ރުޕީސް އިން ޖޫރިމަނާކޮށްފި އެވެ.
ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަނުޝްކާ ޝަރުމާގެ ފިރިމީހާގެ ކާރު ބޯފެނުން ދޮވުނު މައްސަލާގައި ޖޫރިމަނާ ކުރީ ދަ މުނިސިޕަލް ކޯޕަރޭޝަން އޮފް ގުރުގްރަމް (އެމްސީޖީ) އިންނެވެ. އެތަނަށް މި މައްސަަލަ ރިޕޯޓް ކުރީ ގުރުގްރަމްގައި ދިރިއުޅޭ ވިރާޓްގެ އަވަށްޓެރިއެކެވެ.
މީޑިއާތަކުން ބުނީ ގުރްގުރަމްގައި ހުންނަ ވިރާޓް ކޯލީގެ އެޕާޓްމަންޓްގެ ބޭރުގައި ޕާކްކޮށްފައި އޮތް ކާރު، ސާފު ބޯފެނުން ދޮވުނީ އޭނާގެ ގޭގެ ނޯކަރެއް ކަމަށެވެ. އަދި ކާރު ދޮންނަން އެތައް ހާސް ލީޓަރެއްގެ ސާފު ބޯފެން ބޭނުންކޮށްފައިވާ ކަމަށް އެމްސީޖީ އަށް ހުށަހެޅި މައްސަލާގައި ބުންޏެވެ.
A good laugh is the best medicine 😃 pic.twitter.com/enFnDofkwl
— Virat Kohli (@imVkohli) June 4, 2019
އިންޑިއާގެ އެތައް މިލިއަން ރައްޔިތުންނަކީ ސާފު ބޯފެން ލިބުމުގެ ދަތިކަން ތަހައްމަލު ކުރަމުންދާ ބަޔަކަށްވެފައި، ކާރެއް ދޮންނަން ސާފު ބޯފެން ބޭނުން ކުރި މައްސަލާގައި ވިރާޓަށް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ވެސް އަމާޒުވެފައިވެ އެވެ.
އަދި އިންޑިއާގެ ގައުމީ ކްރިކެޓް ޓީމްގެ ކެޕްޓަނެއްގެ މަގާމުގައި ވެސް ހުރި މީހެއްގެ ފަރާތުން މިފަދަ ކަމެއް ފެނުމަކީ ވަރަށް ނާތަހުޒީބު ކަމެއް ކަމަށް ބައެއް މީހުން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިރުޓޭ
10 June 2019
މި ވިރާތު ކޯލީ އާ އޭނާގެ އަންހެނުން އަނުކްޝާ ޝަރުމާ އާ ދެމީހުން ވެގެން ކުޑަ ކުއްޖަކު މަގު މައްޗަށް ކުނި އެޅިއްޔޭ ކިޔާފަ ހީވީ އެހެން ފަދަ ކަމެއްހެން ޓުވީޓް ތައް ކޮށް ނެގި އިރެއްްގަ! މިހާރު ވަރަށް ރަނގަޅެއްނު!
މޮދީ
09 June 2019
އަމިއްލަ ގައުމު ފެނައްޖެހިފަ އޮންނައިރު މޮދީ އެއުޅެނީ މިތަނަށް އެތައް މިލިއަން ރުފިޔާއެއް ހަދިޔާކުރަންވެގެން، ކިހާރަނގަޅު، އެހެންވީމަ ލާރި ނެތިގެނެއް ނޫނެއްނު އިންޑިއާ ބަނޑައްޖެހެނީ...
ނަޝީ
10 June 2019
މައޫލޫއަށް ވާހަކަ ދައްކާ. މިރާއްޖޭގަވެސް ޖީޑީޕީ ޕަރ ކެޕިޓާ އެޙާމަތިއިރު ރައްޔިތުންގެ ޖީބަށް ހިލަމެއް ނުވޭ
ޑރ.އަހުމަދު ނާސިހު/ކެނަޑާ
10 June 2019
ޖީޑީޕީ ޕަރ ކެޕިޓާ ދިވެހިރާޢްޖެ އިން ދައްކުވައިދެނީ ހަމައެކަނި ހިސާބަ އަކުރުތަކެއް ކަމަށްވަނީ!!!! މީ އެއްގޮތަކަށްވެސް ފިޒިކަލް ރިޕޯރޓެއްކަމަށް ބެލޭނެ ފުރުސަތެއްނެތް. ޖީޑީޕީ މަތިކޮށް ދެއްކުމުން ލޯނު ލިބުމަށް ފަސޭހަތަކެއް ވާނެކަމަށް ގަބޫލުކުރެވޭ... މިއަދު މަދެއްނޫން ދުވާލަކު 2 ޔޫ އެސް ޑޮލަރ ވަރު އާމުދަނީ ނުލިބޭ ދިވެހީން... ވީމާ ޖީޑީޕީ މަތިކަމަށް ހިސާބުން ދެއްކިޔަކަސް ރައްޔަތުންގެ ދިރިއުޅުމުގެ ހާލަތު ވަރަށްދަށުގައި ވަނީ. މައުޠޫއަށް މިދެއްކީ ވާހަކަ.