09 ޖޫން 2019 - 13:24
މިދިޔަ މަހު ސްރީ ލަންކާގައި ބާއްވަން އުޅުނު 9 ވަނަ ސާކް ފިލްމު ފެސްޓިވަލް އަންނަ މަހަށް ތާވަލުކޮށްފި އެވެ.
އެޕްރީ މަހުގެ ތެރޭގައި ސްރީ ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ފެސްޓިވަލްގައި ފަސްކުރުމަށް ފަހު، މިހާރު ތާވަލުކޮށްފައި ވަނީ އަންނަ މަހުގެ 2-7 އަށް ފެސްޓިވަލް ކުރިއަށް ގެންދާށެވެ. ކުރިން ފެސްޓިވަލް ބާއްވަން އޮތީ މިދިޔަ މަހުގެ 7-12 އަށެވެ.
ސާކް ކަލްޗްރަލް ސެންޓަރު އިންތިޒާމުކޮށްގެން ބާއްވާ ސާކް ފިލްމު ފެސްޓިވަލަކީ ސާކްގެ 8 ގައުމަށް ހުޅުވާލައިގެން ބާއްވާ ފެސްޓިވަލެކެވެ. އަދި މިއީ ދިވެހި ފިލްމުތައް އާންމުކޮށް ބައިވެރިވާ ހަމައެކަނި ފެސްޓިވަލް ވެސް މެ އެވެ.
ރާއްޖޭން ވަނީ ސާކް ފިލްމު ފެސްޓިވަލްގައި މި ފަހުން ވަރަށް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ވެސް ހޯދައިފަ އެވެ.
ސާކް ފިލްމު ފެސްޓިވަލުން ފުރުސަތު ދެނީ ކޮންމެ ގައުމަކަށް ވެސް ދެ ފީޗާ ފިލްމާއި ކުރު ދެ ފިލްމާއި އެއް މާސްޓަ ފިލްމު ބައިވެރި ކުރުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy