އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު: ކުންފުނިތަކަށް ދިން ހައްޖު ކޯޓާތައް ބާތިލްކޮށް، ބިޑަށް އަލުން ހުޅުވާލަން ވަނީ ސިސިލްފަރު ކުންފުނިން ވަނީ އެދިފައި -- ފޮޓޯ/މިހާރު
12 ޖޫން 2019 - 11:50
ރާއްޖެ އިން މި އަހަރު މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ދިން ކުންފުނިތަކަށް ދިން ހައްޖު ކޯޓާތައް ބާތިލްކޮށް، އަލުން ބީލަން ހުޅުވާލަން ސިސިލްފަރު ކުންފުނިން އިސްލާމިކް މިނިސްޓްރީގައި އެދިއްޖެ އެވެ.
ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ހަ ކުންފުންޏަކަށް އިސްލާމިކް މިނިސްޓްރީން ވަނީ ދޭން ނިންމައިފަ އެވެ. ނަވެސް، އެކަމުގައި މިނިސްޓްރީން އަމަލުކުރި ގޮތާ މެދު ހިތްހަމަނުޖެހިގެން ސިސިލްފަރު ކުންފުނިން އެ މައްސަލަ ކޯޓަށް ހުށަހެޅިޔަސް، ކޯޓުން ނިންމީ ކޯޓަށް އައުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ އިޖްރާއާތުތައް އެ މައްސަލާގައި ފުރިހަމަ ނުކުރާތީ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
އެހެންވެ، މާލިއްޔަތު ގަވާއިދުގެ ދަށުން ކޯޓަށް ދިއުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ އިޖުރާއާތު ފުރިހަމަ ކުރުމުގެ ގޮތުން، ސިސިލްފަރުން އިސްލާމިކް މިނިސްޓްރީ އަށް އިއްޔެ ހުށަހެޅި ޝަކުވާގައި ވަނީ އެކަމަށް ކުރިމަތިލި ކުންފުނިތަކަށް ޕޮއިންޓް ދިނުމުގައި މިނިސްޓްރީން އަމަލުކުރި ގޮތާ މެދު ހިތްހަމަނުޖެހޭ ގިނަ މައްސަލަތަކެއް ފާހަގަ ކޮށްފަ އެވެ.
މީގެ އިތުރުން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ވެސް އެކަމުގައި ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ ކަމަށް ބުނެފައިވާ ކަމަށާއި އެހެންވެ ކުންފުނިތަކަށް ދިން ހައްޖު ކޯޓާތައް ބާތިލްކޮށް، ބީލަން އަލުން ހުޅުވާލަން ސިސިލްފަރުން އެ ޝަކުވާގައި އެދިފައިވެ އެވެ.
ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިނުމުގައި ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ހުރި ކަމަށް ބުނެ އޭސީސީން މިހާރު ގެންދަނީ އެ މައްސަލަ ބަލަމުންނެވެ. އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ އެކަމުގައި އޭސީސީން އަންގާ ގޮތަކަށް އަމަލު ކުރާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗޮމމ
12 June 2019
އެމްޑީޕީ އިސްވެ އޮތް ކޯލިޝަން ސަރުކާރަކަށް ވީތީވެ ނުޖެހޭ ވަކި ސިސިލްފަރު ބުނާހާ ގޮތެއް ހަދާކަށް. އަލުން ބީލަން ހުޅުވާލަން ސިސިލްފަރުން ބޭނުންވަނީ ކުރީ ބީލަމުގައި ހުށަނާޅާ ތަޖުރިބާގެ ލިޔެކިޔުންތައް ހުށަހަޅަން. ހަމަ ކުރީގެ ބީލަމުގެ ލިޔެކިޔުންތައް އެބަހުރި، އެ ލިޔެކިޔުންތައް އަލުން އިވެލުއޭޓް ކުރަން ނަގާ ވަގުތު ކުރުވެފައި ފަސޭހަވާނެ.
އަހު
12 June 2019
ސިސިލްފަރުން ތި ގޮތަށް އެ އެދެނީ އެމީހުންނަށް ވެސް ގޯސްތަކެއް ހެދިފައިވާތީ. އެހެން ނޫންނަމަ އަލުން ބިޑުކުރާކަށް އެދޭކަށް ނުޖެހޭނެ. އެހެންވީމާ އެންމެ ރަނގަޅު ގޮތަކީ ބިޑްކުރުމުގައި މައްސަލަ އުޅޭ ގުރޫޕުތަކުގެ ހުއްދަ ބާތިލުކޮށް ދެން ހުރި ގުރޫޕުތަކާއެކު މި އަހަރުގެ ހައްޖުގެ އަޅުކަމަށް ފުރުން
ކޮރަލް
12 June 2019
އަލުން ހުޅުވާލުމުން ބިޑެތި މައްސަލަ ތަކެއް ދިނަަވެދާނެއެވެ. ހާޖީންގެ ހައްގުތަކެއް ގެއްލި ދާނެއެވެ. މިހާރު ހުންނާނީ ފައިސާ ނަގާ ހަރަދު ތަކެއް ކުރެވިފައެވެ.
ޙައްޖާޖު
12 June 2019
ސިސިލްފަރު އެދޭއިރަށް ހުޅުވާލަން ޖެހޭތަ؟ ސިސިލްފަރު ހަގީގަތުގައިވެސް ބިޑުން ފޭލްވެފައި އޮތީމަދޯ އަލުން ހުޅުވަން ބުނާނީ. ނޫނީ ބުނަން ޖެހޭނީ ސިސިލްފަރަށް ފުރުސަތު ދޭށޭނު.
ދޭސީ
12 June 2019
ލިޔުންތައް ބަރާބަރަށް ހުށަނާޅާ ހުރިއްޔާ އީވާގެ ފިރިމީހާގެ އާއިލާއިން ހިންގާ ކުންފުންޏަކަސް އަލުން ފުރުސަތުދެވިގެން ނުވާނެ. ހުށަނޭޅުމަކީ އެމީހުންގެ މައްސަލައެއް. ދެންއަންނަ އަހަރަކުން ރަނގަޅުލިޔުންތައް ހުށަހަޅަންޖެހޭނީ. ޤ
ފަޅޯ
12 June 2019
އީވާ ފިރިމީހާގެ އަންހެނުން. އައްދޯއި!!!
ސުލީ
12 June 2019
ސިސިލް ފަރަށް ކިހިނެއް އެކަން މިނިސްޓްރީއަށް އެންގެންވީ...
އޮގަރޭ
12 June 2019
ސިސިލްފަރަށް މިއަހަރު ހައްޖައް ޕްރޮޕޯސަލް ލުމުގެ ފުރުސަތު ދީގެންނުވާނެ ސަބަބަކީ މިދިޔަ އަހަރު ހައްޖައްގެންދިޔަ އެމްމެންގެ އަތުން އިތުރައް ފައިސާނަގާރަސީދުވެސް ނުދޭ އެއީ ކަނޑައެޅިގެން މަނާކަމެއް އެފަދަކަމެއް ކުރިކުންފުންޏަކައް މިއަހަރު ކުރިމަތި ނުލެވޭގޮތައް އުސޫލުގައި އޮތްއިރު ކިހިނެއް އެކަންކުރެވޭނީ އަހަރުމެންގެ ގެއިންދިޔަ ދެމީހުންގެ އަތުންވެސް ރަސީދުނުދީ އިތުރައް ސާޅީސް ހާސްރުފިޔާ އަތުލި.
ފަޅޯ
12 June 2019
ސިސިލިފަރު ބޭނުންވާގޮތަށް ތިކަން ނިމޭނެ. ޔަޢުނީ، އެވަރުގެ "ސިޔާސީ" ބާރު ސިސިލިފަރުގައި ހުންނާނެޔޭ! އަދި މިޔަށްވުރެއް ތިލަކުރަންޏާ ބުނަން އޮތީ، ސިސިލިފަރު ގެ އޯނަރު ދަރީގެ އަންހެނުން އެއީ މަޖްލީހުގެ ނައިބު ރައީސް. ނަޒާހަތްތެރިވާވަރު އެނގިދާނެތާ! އެޖެންޑާ19ތަފާތުވާނެ.
އެޑްމުންޑޯ
12 June 2019
ސިސިލްފަރުން ތިއުޅެނީ މިއަހަރު މީހުން ހައްޖަށް ދިޔަނުދޭންވެގެންތަ
ޖިލް
12 June 2019
ސިސިލްފަރަށް ތިކަން ދީފަ މިކަން ނިންމާލަން ފެންނަނީ
ޞާދިޤު
12 June 2019
ނާޒިމް ސައްތާރަށް ދޭން ވަރަށް ފެނޭ