ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ފާރިޝް: އޭނާ އެ މަގާމުން އިސްތިއުފާ ދެއްވަން ވަނީ ނިންމަވާފައި .-- ފޮޓޯ: ފޭސްބުކް
12 ޖޫން 2019 - 13:24
ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާގެ މަގާމަށް ފާރިޝް އަހުމަދު އައްޔަން ކުރުމުގައި އިޖުރާއާތާ ޚިލާފު އެއްވެސް ކަމެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމިޔަސް، ހައި ކޯޓުގެ ފަނޑިޔާރުންނަށް އިހުތިރާމް ކުރުމުން ގޮތުން އެ މަގާމުން އިސްތިއުފާ ދެއްވުމަށް ފާރިޝް ނިންމަވައިފި އެވެ.
އިނގިރޭސި ވިލާތުން ގާނޫނީ ދާއިރާ އިން މާސްޓާސް ހާސިލް ކުރައްވާފައިވާ ފާރިޝް ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ކަމަށް މިދިޔަ މާޗް މަހު އައްޔަން ކޮށްފައި ވަނިކޮށް، އޭނާ އެ މަގާމަށް އައްޔަންކުރި އިޖުރާއާތު ގޯސް ކަމަށް ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމި އެވެ. އެކަމަކު، އެ ނިންމުން ސުޕްރީމް ކޯޓަށް ފޮނުވުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވަނީ ފާރިޝް އައްޔަން ކުރުމުގައި އިޖުރާއާތާ ޚިލާފް އެއްވެސް ކަމެއް ނެތް ކަމަށް ނިންމައި، އެކަން ދާދި ފަހުން ހައި ކޯޓަށް ވެސް އަންގައިފަ އެވެ.
ފާރިޝް އައްޔަން ކުރުމުގައި އެއްވެސް ގޯހެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމިޔަސް، އެ މަގާމުން އިސްތިއުފާ ދެއްވަން އޭނާ ނިންމެވީ ހައި ކޯޓުގެ ފަނޑިޔާރުންނަށް އިހްތިރާމް ކުރެއްވުމުގެ ގޮތުންނާއި އެ ކޯޓުގެ ފަނޑިޔާރުންނާއި ޖުޑިޝަރީގެ ނަން ކިލަނބުވުމުގެ ފުރުސަތު ނުދިނުމަށް އެންމެ މަސްލަހަތު ހުރި ގޮތަކީ އެއީ ކަމަށްވާތީ ކަމަށް ފާރިޝް ވިދާޅުވި އެވެ.
ހައި ކޯޓުގެ ގަވާއިދު ބުނާގޮތުން، ރެޖިސްޓްރާ އަކީ އެ ކޯޓުގެ އިސް ފަނޑިޔާރާއި ފަނޑިޔާރުން ފިޔަވައި ދެން އެންމެ އިސް މަގާމެވެ. އަދި އިސް ފަނޑިިޔާރު ކަނޑައަޅާ ގޮތެއްގެ މަތިން ރެޖިސްޓްރާގެ ބައެއް މަސްއޫލިއްޔަތުތައް އެސިސްޓެންޓް ރެޖިސްޓްރާއާ ހަވާލު ކުރެވިދާނެ ކަމަށް ވެސް އެ ގަވާއިދުގައިވެ އެވެ. ހައި ކޯޓުގެ ރެޖިސްޓްރާއަކީ މަރިޔަމް ހޫރުޝީދާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާބަސް އިނގޭތޯ
12 June 2019
ވަރަށް ބޮޑަށް ޝުކުރިއްޔާ. ތި އުނގެނުނު ތަޢުލީމުގެ ބޭނުން ވަރަށް ރަނގަޅަށްވެސް ހިފައިފި. ތިކަހަލަ ބޭފުޅުން މި ޤައުމަށް ބޭނުންވަނީ. އިރާދަކުރެއްވިއްޔާ އަދި ތިޔަށް ވުރެންވެސް ރަނގަޅު ވަޒީފާއެއް ލިބޭނެ.
ޖަހަންގިތު
12 June 2019
ޖުޑިޝަރިއަށް އިސްލާހު ގެންނަން އުޅޭ މިދަނޑިވަޅުގައި ފާރިޝް ކަހަލަ ގާބިލް މީހަކު ވަކިވުމަކީ ލިބުނު ދެރަ އެެއް
ހައިޝަމްއަ
12 June 2019
މަގާމަށް ގާބިލް ބޭފުޅަކު އިސްތިއުފާ ދިނީމަ ވ ދެރަ
މަގޭ ރާއްޖެ
12 June 2019
ކިޔަވައިގެން ހުރި އެހާ ޤާބިލް ބޭފުޅަކު ތިފަދަ މަގާމަކުން އިސްތިއުފާ ދިނުމުން ވަރަށް ހިތާމަކުރަން.
ހިސާނު
12 June 2019
ގާސީ 0، މި ސޮރު 1
ނާގަބާޑި
12 June 2019
ނޯ ޗޮއިސް ރަދީފް
ސްކިޕަރ
12 June 2019
ޙެހެހެހެހެހެހެ ތިޔަ ބޭފުޅާއަށް ވަޒީފާ ހޯދައިދިން މީހުންގެ ސުލޫކީ މަައްސަަލަތައް ބަލަން ފެށުމުން ހަމަވިސްނުނީކަމަށް ހީކުރަން..
ގޮއިދޫހަސަނު
12 June 2019
ތިޔައިކޯޓުގެ އިސްފަނޑިޔާރުގެ ކަންތައްހުރިގޮތް އަހަރުމެނަށް ފެނިއްޖެއެވެ. އޭނައަށް އުޖޫރަދޭ ރައްޔިތެއްގެ މަސްލަޙަތުއޮތް ބޮޑުވައްކަމެއްގައި އެންމެއިސްކޮށް ޙަރަކާތްތެރިވިއެކަކު ސަފޭދު ކޮށްލާފައި ރާއްޖޭންބޭރަށް ދެވޭނެގޮތް ހަދައިދެއްވަން އެވަޑައިގަތީ ޗުއްޓީގައި ހުންނަވާފައެވެ. އެކަން ނިންމަވާފައި އަނެއްކާވެސް ޗުއްޓީއަށް ފުރުުއްވީއެވެ. މީހާކެ ޢަމަލަކީ ލައްކަގިނަ ވާހަކަ ބުނެދޭއެއްޗެކެވެ. ފާރިޝް ތިކަންތިކުރެއްވީ ވަރަށް ޕްރޮފެޝަނަލްކޮށް! ސާބަސްފުޅު!
އިބުރާހީމޫ
12 June 2019
ތީ ތަކެތި އުނގެނުނީމާ އިންސާނާއަށްވާ ގޮތުގެ ތެދުވެރި މިސާލު.......ސާބަހޭ މަ ދަރިޔާ. ސާބަސް ފާރިޝް އަޙްމަދު....................
އަރޫ
12 June 2019
މިރާއްޖޭގައި އިންޓެގްރިޓީ ހައި މީހުންވެސް އެބަ އުޅޭތާ އެހެންވީމަ