ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: ބޮޑުތިލަދުންމަތީގެ 11 ސަރަހައްދެއް ހިމާޔަތް ކުރަން އެމަނިކުފާނު ވަނީ ނިންމަވާފައި -- ފޮޓޯ/ރައީސް އޮފީސް
12 ޖޫން 2019 - 15:46
ބޮޑު ތިލަދުންމަތީގެ ފާހަގަކުރެވޭ 11 ސަރަހައްދެއް ހިމާޔަތް ކުރެވިފައިވާ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައެޅުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅު އަދި ނ. އަތޮޅު ހިމެނޭ ބޮޑު ތިލަދުންމަތީގެ 11 ސަރަހައްދެއް ހިމާޔަތް ކުރަން ރައީސް ނިންމެވީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުންނެވެ.
ހިމާޔަތްކުރަން ނިންމެވި ސަރަހައްދުތަކަކީ ހއ. ގައްލަންދޫ ތިލަ އާއި ހއ. ކެލާ ޗަސްބިމާއި ހއ. ބިލެތްދޫ ތިލަ އާއި ހދ. ފިނޭ ތިލައިގެ އިތުރުން ހދ. އިންނަފުށްޓާއި ށ. ބޮލިއްސަފަރާއި ނ. ނާލާހުރާ އާއި ނ. ފޮއްދިއްޕަރާއި ނ. ބޮޑުޅައިމެންދޫ އާއި ނ. ކެނދިކުޅުދޫ ކަނޑޫފާ އަދި ނ. އޮރިމަސްތިލަ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެ ސަރަހައްދުތަކަކީ ދިރޭތަކެތީގެ ނަސްލުން މުއްސަނދިވެފައިވާ އަދި ގުދުރަތީ ރީތި މަންޒަރުތައް ހިމެނޭ އަދި ތިމާވެށީގެ ޚާއްސަ ޚިދުމަތްތަކާއި ވަސީލަތްތައް ލިބޭ ތަންތަން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނިގޮތުގައި އެ ސަރަހައްދުތައް ހިމާޔަތް ކުރުމަށްޓަކައި އެ ސަރަހައްދުތަކުގެ ކައުންސިލްތަކާއި ޓޫރިޒަމް މިނިސްޓްރީ އާއި ފިޝަރީޒް މިނިސްޓްރީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީއާ އެކު ވެސް ވަނީ މަޝްވަރާ ކޮށްފަ އެވެ.
އެ ސަރަހައްދުތަކަކީ ހިމާޔަތް ކުރެވިފައިވާ ތަންތަން ކަމަށް ކަނޑައަޅައި، ގެޒެޓް ކުރުމާ އެކު އެ ސަރަހައްދުތަކުގައި ކުރުން މަނާ ކަންކަމާއި ހުއްދަ ކަންކަން އިއުލާން ކުރާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި އާންމުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކެއް ވެސް އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް އަމާޒު ކޮށްގެން ހިންގަން ހަމަޖެހިފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރުޅި
13 June 2019
ކޮބާތަ ހއ ތަކަންދޫ ކުޅި. ކުޑަކުޑަ ރަށެއްވީމާ އަޅާނުލީދޯ. އަހަންމާ ދާއިރާއަށް ތަންކޮޅެއް ބޮޑަށް އެހީތެރިވެދީބަލަ.
ޙާޖީ
13 June 2019
ސާބަހޭ ރައީސް ގައުމު މެކްހައް ހަބޭސްކޮށް މެގަ ޕްރޮޖެކްޓްތައް ކުރިއައް ކުރިއައް ބާރައް ކުރިއައް
ޞައްދާމު
12 June 2019
ކޮބާ؟ ށ.ފުނަދޫ ދަށްފަޅު؟؟؟
ސަޓަ
12 June 2019
ހއ ބިލެެއްދޫ އޮވޭތަ؟?
ލަސް
13 June 2019
ތިލައެއް ފަޅެއް
ާނީޢ
12 June 2019
ހިމާޔަތްކުރުން ހުއްޓާލާފަ ތަރައްގީއާ ގުޅޭކަމެއް ދައްކަވައްލޯ. މިސަރުކާރު ގައުމު މުޅިން ސްލޯ ކޮއްލައިފި.
ލަންބެ
12 June 2019
އަހަންނަށް ހީވަނީ ތިވަރުން ނުނިމޭނެހެން ގެޒެކްޓް ކުރުމަކުން އެންމެންނަށް ތިކަމެއް ނޭނގޭނެ ހޭލުންތެރި ކަމުގެ ޕްރޮގްރާމް ހިންގުމުންވެސް ނޭނގޭ މީހުން ތިބޭނެ، އެންމެ ރަނގަޅުގޮތަކީ ހިމާޔަތް ކުރި ސަރަހައްދުތަކުގައި ބޯޑެއް ޖެއްސެވުން އޭރުން އެތަނަކަށް ދާބަޔަކަށް އެނގޭނެހެން ހީވަނީ،
ޗިޗަންޑާނަވާރަ
12 June 2019
ރަނގަޅު... ތިހެން ހިމާޔަށް ކޮށް މުޅި ރާއްޖެވެސް ހިމާޔަށް ކޮށްލާ. އޭރަށް ބަޔަކަށް ކޮށްދޭނެ ކަމެއް ނޯންނާނެ ނޫންތޯ. ހިމާޔަށް ކޮށްފަ އޮތް ސަރަހައްދެއް ވީމަ އެއްވެސް ކަމެއް ނުވާނެތާ. ޖަޒީރާ ވެގެން ތިބޭނީ އެންމެން.
ސަޒީމް
12 June 2019
ކަލޯ ގަޔާ މިއޮތީ ވެރިކަމެއް
އިލާސްތެރި ކަމާއެކު ދިން ވޯޓް
12 June 2019
ކޮބާ ހދ ކޭލަކުު
ކުޅުދުއްފުށީބެ، ކޭލަކުނު
12 June 2019
ހދ ކޭލަކުނު ހިމާޔަތް ކުރަން ޖެހޭ މުޅި ރަށް އެއްކޮށް ، ކޮންމެ އަތޮޅެއްގައިވެސް ދިވެހިން ހިތްހަމަ ޖައްސާލަން ދާނެ ފަޅުރަށެއް އޮންނަން ޖެހޭ.