ޖާގައަށް ވުރެ ގިނައިން މީހުން އަރުވައިގެން ދަތުރުކުރަނީ: އެ ލޯންޗްގެ މައުލޫމާތު ހޯދަން ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ އެދިފައި -- ފޮޓޯ/ޓްރާންސްޕޯޓް އޮތޯރިޓީ
15 ޖޫން 2019 - 19:35
ޕަސިންޖަރުން އުފުލޭ ޖާގައަށް ވުރެ ގިނައިން މީހުން އަރުވައިގެން ދަތުރުކުރި ލޯންޗެއްގެ މައުލޫމާތު ހޯދަން ޓްރާންސްޕޯޓް އޮތޯރިޓީން އާންމުންގެ އެހީ އަށް އެދެފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީ މިއަދު ވަނީ ޖާގައަށް ވުރެ ގިނައިން މީހުން އަރުވައިގެން ދަތުރުކުރި ލޯންޗެއްގެ އެތެރޭގެ ފޮޓޯ ސޯޝަލް މީޑިއާގައި އާންމު ކުރުމަށް ފަހު އެ ލޯންޗާ ބެހޭ މައުލޫމާތު ހިއްސާކުރުމަށް އެދިފަ އެވެ.
އެ ފޮޓޯއިން ފެންނަ ގޮތުގައި ލޯންޗްގެ ޖާގައަށް ވުރެ ގިނައިން މީހުން އެރުވުމަށް ފަހު ބައެއް ފަސިންޖަރުން ބައިތިއްބާފައި ތިބީ، އުޅަނދުގެ މެދުން ހިނގަން އޮންނަ މަގުގައި ބަހައްޓާގައި ހުރި އާދައިގެ ގޮނޑިތަކެއްގަ އެވެ. އޭގެ ތެރޭގައި ބޭރު މީހުން ވެސް ތިއްބެވެ. އަދި ބައެއް މީހުން ކޮޅަށް ތިބި ތަން ވެެސް ފެނެ އެވެ.
ކަނޑު އުޅަނދުތަކުގައި ޖާގައަށް ވުރެ ގިނައިން މީހުން އަރުވައިގެން ދުއްވުމަކީ މަނާ ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ާބޮޑުމީހާ
16 June 2019
ޖާގއަށް ވުރެ ކުޑަތަންތާ 20/15 މީހުން އުޅޭކަން އެގިލައްވާތޯ؟ އެތަންތަން ހޯދާ، ފިޔަވަޅު އަޅާބަލަ.
ފަޅޯ ދަނޑު އައިޝާ
16 June 2019
ލޯންޗަށް ކަމެއްދިމާވެގެން މީހުން ފައިބަން އޮންނަ މަގުގައި ތިއޮތީ ސަރަންފީޖަހާފަ! ހާދަ ނުރައްކާތެރި ކަމެކޭ! ޕިސްޕިސް
ޣަަހި
16 June 2019
ޚކަމެއްވާއިރައް ވެރިކަމޭ ނުކިޔަބަލަ. ޙެދިފައިވާ ގާނޫނު ތަކައް ބޯލަބާބަލަ.
ނުބައިހާނު
16 June 2019
ޖާގައަށްވުރެ އިތުރެއްނުވާނެ. މީހުން ބޮޑެތިކަމުން ކޮންފޮޓެބުލް ކޮށް ބައިތިއްބަންވެގެން 3 މީހުންގެ ސީޓުތަކުގަ ދެމީހުން ބައިތިއްބާފަ ބާކީވި މީހުންނަށް އަރާމު ގޮނޑި ދިނީ. ކަމުގެ ދެކޮޅުބަލާފަ މީހުން ގުނާބަލަ
ދޮންބެއްޔާ
16 June 2019
3 މީހުންގެ ޝީޓުތަކުގަ ދެމީހުން ބައިތިއްބާފައޭ ބުނާއިރު ކޮންމެ މީހަކަށް ޝީޓެއް ނޫންބާ އެހެރީ. ކިހާވަރަކަށް ބަލާފަބާ ލިޔެލީީ
އޮސްކާ
16 June 2019
ތިއީ މާފުށި ލީޖަންގެ ލޯންޗެއް.
ބިސްކާ
16 June 2019
އެއީ މާފުށީ ލޯންޗެއް ނޫން ދަނގެތި ފަޒާސް5 އެއީ
ޢަހުމަދު ހުސެއިން
16 June 2019
ތި ލޯންޗްގަ ދިގުރަށަށްދަނިކޮށް އަލިހުރަސްކަނޑު މެދަށް ދިޔަވާންފެށި. އެއީ ބިރުވެރި ދުވަހެއް.
އަހަންމަދޭ
16 June 2019
ތި ލޯންޗު ދުއްވަނީ ދަނގެއްޗާ ދިގުރަށާ މާލެއަށް. ބައެއްފަހަރު އ.ދ ގެ ރިޒޯޓުތަކަށްވެސް މީހުން އުފުލާ. ރިޒޯޓުތަކުންވެސް ސަލާމަތަށް ނުބަލާތީ މައްސަލައަކީ.
ފަޒާ
16 June 2019
ތީ ދަނގެތީގަ ދުއްވާ ލޯންޗެއް! ކަނޑުމެދަށް ކިތަންމެ ފަހަރަކު ފަޅައިގެންވެސް ގޮއްސި ތިލޯންޗް ރާޅުގަޖެހިގެން. ވ.ފެންވަރު ދަށްކޮށް ބަނދެފަ އޮތް ލޯންޗެއްތީ! ސަރުކާރުން ބޯޓުބަނުމުގެ މިންގަނޑަށް ނުފެތޭ އުޅަދު ދުއްވަން ހުއްދަދެނީ ސަރުކާރުގެ ކޮންފަރާތްތަކަކާގުޅިގެންބާއޭ ހިތައްއަރާ. ސަލާމަތައްނުބަލުމުގެ ސަބަބުން އިންސާނުންގެ ފުރާނައަށާއި މުދަލަށް ގެއްލުންވުމަކީ އެކަށީގެންވާކަމެއް! މިފަދަކަންކަމުގަ ސަރުކާރުން ހަރުކަށި ފިޔަވަޅު އަޅަންޖެހޭނެ
އެންދެރި
16 June 2019
މީ ހާދަ ވަރަކަށް އެގޭ ގޮލަޔެކޭ ދޯ. ކިތައްފަހަރު ކަނޑު މެދަށް ފަޅައިގެން ދިޔަ. ޖޭ ވިޔަސް ބޮޑު ވަރު.
ޖޭ ބޮކި
16 June 2019
ކިތަށް ފަހަރު ފަޅައިގެން ދިޔަބާ ލޯންޗް. ރަނގަޅަށް ބަލާފަ ވާހަކަ ދައްކާ
ހަޤީގަތް
16 June 2019
އަހަންނަށް އިނގިގެންވެސް ދެފަހަރު ފަޅައިގެންދިޔަ އަލިހުރަސްކަނޑަށް. ދަނގެތި ރައްޔިތުން ހެކިވާނެ
ހަސަން ނުވަވަނަ
16 June 2019
ޖަޒީރާގަ އޯކޭވާނެ. ޗިޗަންޑާ19 ސަޅިވާނެ
ހަސީން
16 June 2019
އަސްލު ޖަޒީރާގައި ލޯންޗެއް ނުދުއްވާނެ. ކަލޭމެން ސިޔާސީ ވެގެން ތިނޫން އެއްޗެއް ނުކިޔޭދޯ؟ ކަޑަ ވިއަސް ނުވިއަސް ޔާމީނެއް ވެރިކަމުގައި ނެތް
ހަޖަމްބޭ
16 June 2019
އަދިވެސް ރިޔާސީ އިންތިހާބުގަ ވީ ބަލި ހަޖަމް ނުވޭތަ
އަލީ އަހުމަދު
16 June 2019
މި ފެންނަނީ އެއް ލޯންޗުން އެނެއް ލޯންޗުގެ ދުވަސް ދުއްވާލަން އުޅޭ މަންޒަރު.