ކޮލަމްބިއާގެ ދެ ކުޅުންތެރިން ކައިރިން މެސީ (މ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ
16 ޖޫން 2019 - 08:42
ސަލްވަޑޯ، ބްރެޒިލް (ޖޫން 16) - ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ރޭ އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗުން ކޮލަމްބިއާ އަތުން 2-0 އިން ބަލިވެ ހިތްދަތި ފެށުމަކާ ކުރިމަތިލާންޖެހުނު ނަމަވެސް ކުރިއަށް އޮތް ދެ މެޗުގައި ޓީމު އިތުރަށް ރަނގަޅުވާނެ ކަމަށް ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.
ކޮލަމްބިއާ އިން ރޭގެ މެޗުގައި ޖެހި ދެ ގޯލު ވެސް ކާމިޔާބުކުރީ މެޗުގެ ފަހު 20 މިނިޓް ތެރޭގަ އެވެ. ފުރަތަމަ ގޯލު މެޗުގެ 71 ވަނަ މިނިޓްގައި ރޮޖާ މާޓިނޭޒް ޖެހީ ހަމޭސް ރޮޑްރިގޭޒް ދިން ބޯޅައަކުންނެވެ. މެޗު ނިމެން ހަތަރު މިނިޓަށް ވެފައި ވަނިކޮށް ކޮލަމްބިއާ އަށް ތިން ޕޮއިންޓް ޔަގީންކޮށްދިނީ އެޓަލަންޓާގެ ފޯވާޑް ޑުވާން ޒަޕާޓާ އެވެ. މިއީ މި މުބާރާތުގެ ތާރީހަށް ބަލާއިރު ކޮލަމްބިއާ އިން ފާއިތުވި 20 އަހަރު ތެރޭ އާޖެންޓީނާ އަތުން ހޯދި ފުރަތަމަ މޮޅެވެ.
މިދިޔަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމުން ބްރޭކެއް ނެގި މެސީ އަލުން ޓީމާ ގުޅުނީ މި މުބާރާތް ގާއްވެފައިވަނިކޮށެވެ. ރޭގެ މެޗުގައި އެންހެލް ޑި މާރިއާ އާއި ސާޖިއޯ އަގުއޭރޯއާ އެކު މެސީ ޓީމުގެ އެންމެ ކުރިއަށް ކުޅެމުންދިޔައިރު، ޖުމްލަ ގޮތެއްގައި މާ ގިނަ ހަމަލާތަކެއް ފޮނުވާނުލެވުނެވެ.
މެޗަށް ފަހު މެސީ ބުނީ މުބާރާތް ފަށަން މި ޖެހުނީ އެންމެ ބޭނުންވި ގޮތަށް ނޫން ކަމަށާއި އެކަމަކު ކުރިއަށް އޮތް ދެ މެޗުގައި ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
"މި މެޗުގެ ދެ ވަނަ ހާފްގައި އަހަރެމެންނަށް ފުރުސަތުތަކެއް ލިބުނު. ފުރަތަމަ މެޗުން ބަލިވުމަކީ އެންމެ ބޭނުންވާނެ ފެށުމެއް ނޫން. އެކަމަކު އަހަރެމެން މި ހަގީގަތް ގަބޫލުކޮށް ދެން އޮތް ދެ މެޗަށް ތައްޔާރުވާނީ އިސް އުފުލައިގެން ތިބެ،" ފަސް ފަހަރު ބެލޮންޑިއޯ ހޯދި މެސީ ބުންޏެވެ.
ރޭގެ މެޗުގައި ލަނޑު ޖަހަން މެސީ އާއި ލެންޑްރޯ ޕަރޭޑޭސް ވަނީ ހަމަލާތަކެއް ފޮނުވާލައިފަ އެވެ. އެކަމަކު ކޮލަމްބިއާގެ ކީޕަރު ޑޭވިޑް އޮސްޕީނާ ކައިރިން ލަނޑެއް ޖެހޭގޮތްނުވި އެވެ. މެސީ ބުނީ ކުރިއަށް ދެން އޮތް ޕެރަގުއޭ އަތުން މޮޅެއް ހޯދަން މުޅި ޓީމު އެކުގައި މަސައްކަތްކުރާނެ ކަމަށެވެ.
ކޮލަމްބިއާގެ ކޯޗު ކާލޯސް ކުއެރޯޒް ބުނީ މިއީ ޓީމެއްގެ ގޮތުގައި މަސައްކަތްކޮށްގެން ހޯދުނު ކާމިޔާބެއް ކަމަށެވެ.
"ކޮލަމްބިއާ އިން ޓީމެއްގެ ގޮތުގައި ކުޅުން އެއީ މި މެޗުން އަހަންނަށް ލިބުނު އެންމެ ބޮޑު އުފާ. އެއީ މުބާރާތެއްގައި ކޮންފިޑެންސާ އެކު ދެވޭނެ ކަމުގެ އެންމެ ބޮޑު ހެކި. މިއީ ފުރިހަމަ ކާމިޔާބެއް،" ކުރިން އީރާނާއި ޕޯޗުގަލްގެ ކޯޗުކަމުގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑްގެ އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކުރި ކުއެރޯޒް ބުންޏެވެ.
އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނީ މިއީ ދެ ޓީމަށް ވެސް ފުރުސަތުތަކެއް ލިބުނު މެޗެއް ކަމަށާއި ކޮލަމްބިއާ އަށް މޮޅުވެވުނީ އެ ޓީމަށް ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފުމުން ކަމަށެވެ.
ގްރޫޕް އޭގައި ރޭ ކުޅުނު މެޗުން ވެނެޒުއޭލާ އާއި ޕެރޫ ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
17 June 2019
''ރަދީފް'' މިނަމުގަ ކޮމެންޓް ނުކުރެއްވުމަށް އިހްތިރާމާއިއެކު އެދެން.ވ.ވެދުން
ދޮންދީދީ ރށި
17 June 2019
ވ. ޔާޑޭގެ ރަނގަޅު ވާހަކައެއް
އަސޭލާ
16 June 2019
މެސީ އާދޭ ދިވެހިރޢްޖެއަށް ކޯޓް ތަކުގެ ފަނޑީޔާރުކަން ކުރަން
މަށޭޗެ
16 June 2019
ދެމީހުން އުމުރެގެ ތާފާތު އެބައުޅޭ
ޕޮގުބާ
16 June 2019
މެސީ ނުކުޅުނީމަ ތިހެންތިވީ
ހަގީގަތް
16 June 2019
އަހަންނަކީ މެސީގެ ފޭނެއް. އެކަމަކު މެސީޔަކީ ލީޑަރެއްނޫން. މެސީޔަކީ މެރަޑޯނާ ނަގާފަ އުފެދުނު އެންމެ މޮޅު ޓެލެންޓް. މިކަމާ މީހަކު ދެބަހެއްނުވާނެ. އަދި ދުނިޔޭގެ އެންމެ މޮޅު ތިން ކުޅުންތެރިން ތެރެއިން އެކަމަކު. އެކަމަކު ކޮންމެ މޮޅު ކުޅުންތެރިޔަކީ ލީޑަރެއްނޫން. ކްރިކެޓްގައި ކޯލީ އަދި ސަޗިންއަކީ މޮޅު ކުޅުންތެރިން. އެކަަމަކު އެއީ ކެޕްޓަން ކޮލިޓީހުރި ބައެއްނޫން. އާރޖެންޓީނާޔަށް މަދުވަނީ މޯޓިވޭޓްކޮށްދޭނެ ކޯޗެއް ނުވަތަ ކެޕްޓަނެއް.
ޑޮލަރޭ
16 June 2019
ވަރަށް ތާއީދު. ބާރސާ ލިވަރޕޫލް އަތުން ބަލިވި ދުވަހު ވެސް މިކަން ފެނުނު. މެސީގެ ލީޑަރޝިޕް ސްކިލް ނުހުންނަކަން މިފަދަ މެޗުތަކުން އެނގޭ. ހާއްސަކޮށް ބަލިވާއިރު މާ އަވަހަށް ނެގިމަޑުވެފައި އިނުމާއި ޓީމާ ކޮމިއުނިކޭޓް ކުރާވަރު މަދުވެ ހާސްވެފައި ހުންނަކަން ފާހަގަވޭ. ބަދަލުގައި ބާރސާ އަދި އާރޖެންޓީނާއަށް ރަނގަޅު ކެޕްޓަނެއް/ލީޑަރެއް މުހިއްމު. އެކަމަކު މެސީ ހުއްޓާ އެހެން ކުޅުންތެރިއަކަށް ކެޕްޓަންކަން ދިނުމަކީވެސް ކޯޗަކަށް ފަސޭހަކަމަކަށް ނުވާނެ.
ހަގީގަތް
16 June 2019
މިއީ މާޔޫސްވާންޖެހޭ ނަތީޖާއެއްނޫން. ފުޓްބޯޅައިގައި އަންނާނެ މޮޅުވާ ދުވަސްތަކާ ބަލިވާ ދުވަސްތައް. މިކަން އަހަރުމެން ޖެހޭނެ ޤަބޫލުކުރަން. އަހަންނަކީ އާރޖެންޓީނާގެ ސަޕޯރޓަރެއްނޫން. އެކަމަކު މެސީފަދަ ކުޅުންތެރިޔަކަށް އެއްފަހަރު ނަމަވެސް ޤައުމީ ޓީމުގައި ކާމިޔާބަށް އެދެން. ކުރިޔަށްއޮތް ދެމެޗުން މޮޅުވެގެން ދެވަނަ ބުރަށް ދެވެން އެބައޮތް. މެސީޔަށް ކްރިޓިސައިޒް ކުރަން އިހަށް މަޑުކޮށްލަ ގްރޫޕް ސްޓޭޖް ނިމެންދެން.
ރަދީފްް
16 June 2019
ބަލަ ކަލޭ ހަމައިގަތަ؟ މެސީ ވަނީ އާރޖެންޓީނާއާއެކު އޮލިމްޕިކް މެޑަލް އަދި އަންޑަރ20 ވޯރލްޑްކަޕް ކާމިޔާބުކޮށްފަ. ދެން ކޮން އެއްފަހަރު ނަމަވެސް ގައުމީ ޓީމުގައޭ ކިޔާ ޖެއްސުންކުރާކަށްތަ؟ ކަލޭމެންގެ ހީރޯ ވޯރލްޑްކަޕް ފައިނަލަށް ގެންދެވޭތޯ ބަލާބަލަ ފުރަތަމަ. ވެދުން.
ރަށްދު
16 June 2019
ރޮނާޑޯގެ މޮޅުކަން ނުފެންނަ ކުލަބެއް ބުނެބަލަ ؟ގައުމީޓީމަށް ވެސް އެހާވަރު އާޖެންޓީނާ ގައުމީޓިމް ގޮވައިގެން މެސީ ދޭބަބަލަ ޕޯޗްގަލްއަށް ރޮނާޑޯ ކައިރިއަށް ގައުމީޓީމަށް ކުޅެން ދަސްކުރަން
ހަގީގަތް
16 June 2019
މެސީ ނުދައްކާ ޕާރފޯރމަންސެއް ވަކި ރޮނާލްޑޯޔަށް ދެއްކުނުތަ. ޕޯރޗުގަލަކީ ޓީމެއް ގޮތަށް ކުޅޭ ބައެއް.
ރަށްދޫ
16 June 2019
ކަލޯ އެނގޭތަ ބަނާޑޯ ސިލްވާކަން އެ މޮޅު ރޮނާލްޑޯ ހުއްޓަ މޮޅުކުޅުންތެރިޔާ އަށްވީ. ތަފާތަކީ މެސީ ކުޅޭ މުބާރާތެއްގަ ވިއްޔާ ޓީމް ފައިނަލަށް ގެންގޮސްދީ ނުވިތާކަށް މުބާރާތުގެ މޮޅުކުޅުންތެރިޔާ ނަގާނެ. ތި ރޮނާލްޑޯ ވޯލްޑްކަޕްގެ ފައިނަލަށް ޕޯޗުގަލް ގެންގޮސްދެވުން ދުވަހަކުން އަނގަހުޅުވާލަދެއްވުން އެދެން. މިހާރު ޕޯޗުގަލްގަ ރޮނާލްޑޯއަކީ ހަމަ ބޮލެއް. ވޯލްޑްކަޕް ފައިނަލްގަ ރޮނާލްޑޯއަށް ކުޅެލެވުން ދުވަހަކުން އަނގަހުޅުވާލައްވާ. މޮޅުކުޅުންތެރިޔާ ނުލިބުނަސް އޯކޭ.
އާބިދާ
16 June 2019
މެސީއަށް 4 ވޯރލްޑްކަޕް ކުޅެގެން 6ލަނޑު. އެވެސް އެންމެ އީޒީ ގްރޫޕްތަކުގައި ހިމެނިގެން. މެސީ ނޮކްއައުޓް ސްޓޭޖުގައި ކިތައް ލަނޑުޖެހިތޯ ނޫނީ އެސިސްޓްކުރިތޯ ބުނެދީބަލަ؟
ހަގީގަތް
17 June 2019
އާބިދާޔަށް. ދޮންކަލޯ މޮޅު ރޮނާލްޑޯޔަށް ވާރލްޑް ކަޕް ނޮކްއައުޓްގައި ކިތަށް ލަނޑު ޖެހުނުތަ؟ މެސީޔަކީ ވާލްޑްކ ކަޕްގައި އެންމެ ގިނަ އެސިސްޓްހެދި ކުޅުންތެރިޔާ އަދި މޮޅު ކުޅުންތެރިޔާކަންވެސް ހޯދި.
މޭން
16 June 2019
އެހެންވެ މިބުނަނީ ބާސާ ކަހަލަ ވާލްޑުކްލާސް ޓީމެއްގައި ވިޔަސް އެހެން ޓީމެއްގައި ނުވާނޭ
ހޫސް
16 June 2019
މެސީ ގައުމީޓީމް ގޮވައިގެން ދާންޖެހޭނީ މަހަށް. މިހާތަނަށް ސްކޯރ : ގައުމީޓީމް ރޮނާލްޑޯ 2 : މެސީ 0 ހާހާ ރޮނާލްޑޯ ހިނގި މަގަކުންވެސް މެސީއަކަށް ނުހިނގޭނެ ... ތެޅިތެޅި ހުޅުބުދާނީ
ޗޫސް
16 June 2019
ކުޅުންތެރިންގެ މޮޅުކަން ބަލަނީ ޓީމް ހޯދާކާމިޔާބީއަކުން ނޫން، ކުޅުންތެރިޔާގެ މޮޅުކަންބަލާނީ އެކުޅުންތެރިއެއްގެ ހުނަރާއި، އިންޑިވިޖުއަލް ކާމިޔާބުން. ޓީމް ޓްރޮފީއަކީ ކުޅުންތެރިޔާއަށްލިބޭ ބޯނަހެއް. މެސީވަނީ އާޖެންޓީނާއާއެކު ފައިނަލްކުޅެ ވޯލްޑްކަޕާއި، ކޮޕާއެމެރިކާގެ މޮޅުކުޅުންތެރިޔާގެ މަޤާމް ހޯދާފަ، ޕޯޗްގަލް އާއެކު 2 ތަށި ލިބުނު އިރުވެސް ރޮނާލްޑޯއަކަށް އެއިން އެއްވެސް މުބާރާތެއްގެ މޮޅުކުޅުންތެރިޔާގެ މަޤާމެއް ނުލިބޭ
ވެނީލާ
16 June 2019
މެސީ ވެއްޖެ ދެން ގައުމީޓީމަށް ކުޅުނަ ހުއްޓާލަން.