ޚަބަރު / ފެރީގެ ޚިދުމަތް

ތިން އަތޮޅަކަށް ދޭ ފެރީގެ ހިދުމަތް ވާމިލިއަނުން ހުއްޓާލައިފި

ވާމިލިއަންއިން ފެރީގެ ހިދުމަތް ދިން ފެރީއެއް ފަޅުގައި: އެކުންފުނިން ވަނީ ފެރީގެ ހިދުމަތް ދިނުން ހުއްޓާލާފައި---

މ. އާއި ފ، އަދި ދ. އަތޮޅުގައި ފެރީގެ ހިދުމަތް ދިނުމަށް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހަވާލުކޮށްފައިވާ ވާމިލިއަން ކުންފުނިން އެ އަތޮޅުތަކަށް ފެރީގެ ހިދުމަތް ދިނުން މެދުކަނޑާލައިފި އެވެ.

އެ ތިން އަތޮޅުގެ ކައުންސިލުން ބުނިގޮތުގައި ރޯދަ މަހުގެ މެދު ތެރެއިން ފެށިގެން އެ ކުންފުނިން ވަނީ ފެރީގެ ހިދުމަތް ދިނުން ހުއްޓާލައިފަ އެވެ. އެ ކުންފުނިން އެ ހިދުމަތް ހުއްޓާލީ އަށް އަހަރު ހިދުމަތް ދިނުމަށް ފަހުގައި ކަމަށް ކައުންސިލްތަކުން ބުނެ އެވެ.

"މީގެ ކުރިން މެދު ކެނޑުނު ނަމަވެސް ފެރީގެ ހިދުމަތް ދެމުން އައީ. މިހާރު އެއްކޮށް ހުއްޓާލައިފަ އޮތީ. އޭގެ ސަބަބުން ރައްޔިތުންނަށް ވަރަށް ދަތިތައް ކުރިމަތިވޭ،" ދ. އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ޝާފިއު ވިދާޅުވި އެވެ.

އެ ތިން އަތޮޅަށް ފެރީގެ ހިދުމަތް ދޭތީ އެ ކުންފުންޏަށް ވަނީ ރިސޯޓް ހެދުމަށް ދެ ރަށް ދީފަ އެވެ. ފެރީގެ ހިދުމަތް ހުއްޓާލި ނަމަވެސް އެ ދެ ރިސޯޓް އަންނަނީ ހިންގަމުންނެވެ. އެއީ ދ. ވޮއްމުލީގައި ހިންގާ ސެއިންޓް ރީޖިސް އާއި ދޫރެސްގައި ހިންގާ އާވީ ރިސޯޓެވެ.

އެކަމާ ގުޅޭގޮތުން އެ ކުންފުނީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

އެކަމަކު ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް ވިދާޅުވީ ވާމިލިއަން އިން ފެރީގެ ހިދުމަތް ދެވެން ނެތްކަން އެ މިނިސްޓްރީ އަށް އަންގާފައިވާ ކަމަށެވެ. ސަބަބެއް ކަމަށް އެ ކުންފުނިން ބުނަނީ އެ ކުންފުންޏަށް ސަރުކާރުން ދޭން ޖެހޭ ބިންތަކެއް ނުދިނުމާއި އެއްބާރުލުން ނުލިބޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ދެ ރިސޯޓް ދީފައި ވަނިކޮށް ފެރީގެ ހިދުމަތް ހުއްޓާލި މައްސަލާގައި އަޅާނެ ފިޔަވަޅެއް ބެލުމަށް އެޓާނީ ޖެނެރަލްގެ ލަފަޔަކަށް އެދިފައިވާނެ ކަމަށް ވެސް އާދިލް ވިދާޅުވި އެވެ.

އެ ތިން އަތޮޅުގެ ފެރީގެ ހިދުމަތް ހުއްޓިފައިވާތީ އެމްޓީސީސީ މެދުވެރިކޮށް ވަރަށް އަވަހަށް އެ ހިދުމަތް ފަށާނެ ކަމަށް ވެސް އާދިލް ވިދާޅުވި އެވެ.

MDP ge dhathuru fathuru ge siyaasathu fail vee havaaluvi meehunge niyaiy goasvumun: Aslam

MDP ge dhathuru fathuru ge siyaasathu fail vee havaaluvi meehunge niyaiy goasvumun: Aslam

The most trusted news source in the Maldives

Mihaaru

އެމްޑީޕީގެ ދަތުރުފަތުރުގެ ސިޔާސަތު ފެއިލްވި ސަބަބު---

އެމްޑީޕީ ކުރީގެ ސަރުކާރުން ފެރީގެ ހިދުމަތް ދޭން އެކި ކުންފުނިތަކާ ހަވާލުކުރީ، އޭގެ ބަދަލުގައި ރިސޯޓްތައް ހަދަން ރަށްރަށާއި ގެސްޓް ހައުސްތަކަށް ބިންތައް ދޫކުރާ ގޮތަށެވެ. ބައެއް ކުންފުނިތަކުން ވަނީ އޭރު ލިބުނު ރަށްރަށުގައި މަތީފަންތީގެ ރިސޯޓުތައް ވެސް ހަދައިފަ އެވެ. އެކަމަކު ފެރީގެ ހިދުމަތެއް ނުދެ އެވެ.

އޭރުގެ ހައުސިން މިނިސްޓަރު، އަދި މިހާރުގެ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އިއްޔެ ވިދާޅުވީ ނަޝީދު ސަރުކާރުން ގެންނަން އުޅުނު ދަތުރުފަތުރުގެ ނިޒާމް ފެއިލްވީ އެކަންކަމާ ހަވާލުވި މީހުންގެ ނިޔަތް ގޯސްވުމުން ކަމަށެވެ.

ބައެއް އެއްބަސްވުންތަކުގައި ކަނޑައަޅާފައިވާ ގޮތަށް ފެރީގެ ހިދުމަތް ނުދީގެން އެއްބަސްވުން އުވާލުމުން ބޮޑެތި ބަދަލުތައް ހޯދަން ކޯޓަށް މައްސަލަ ހުށައެޅި އެވެ. އެގޮތުން މިފަހުން އެންމެ މަޝްހޫރުވީ ދީބާޖާގެ މައްސަލަ އެވެ.

63 ކޮމެންޓް, 117 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 3%
icon angry icon angry 92%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައިޖޭ

23 June 2019

މި ރިސޯޓް ތައް ވިއްކާ ލެވެންޖެހޭނީ، ގަންނަމީހުން ފެރީ ނިޒާމާއި ހަވާލު ވާ ގޮތަށް.... މިހާރު ރަށް ވިއްކާލާފަ ފެރީ ހުއްޓާލީމާ މިވީ ކިހިނެއް....... މީ އަނެއް ދީބާޖާ ކުންފުނި ދޯ

The name is already taken The name is available. Register?

މުހައްމަދު އަހުމަދު

20 June 2019

މިކަމަށް ކޮން ފިޔަވަޅެއްޓޯ އަޅަނީ ބަލަމާ، އެއީ ތިޔަ ކުންފުނީގެ ވެރިޔަކީ މިހާރު އެޖެންޑާ 19 ގެ މަޖިލިސް މެމްބަރަކަށް ވާތީވެ. އިންސާފާ ހަމަހަމަކަން ގާއިމް ވޭތޯ މިމައްސަލައިން އަޅުގަނޑުމެން މިތިބީ ބަލަން

The name is already taken The name is available. Register?

ޙިމާރުލް ވަތަން

19 June 2019

ދ. ޢަތޮޅުން އެންމެ ރީތި ދެރަށް. ފޭރިގެންފަ. ދެން ކޯޓުން 300 މިލިއަންހޯދީމަ ހުންނާނީ ވާމިލިއަން. ޙުސްނުވާ މިލިއަން

The name is already taken The name is available. Register?

ކޮމަންމޭން

19 June 2019

އަނެއްކާ އަނެއްބަޔަކަށް 300 މިލިއަން ދޭންޖެހުނީ ކަންނޭގެ. ފައްކާ އެގްރިމަންޓްތަކެއް ނަޝީދު ވެރިކަމުގައި ހަދާފަ އޮތީ. މިނޫނިއްޔާ މިދުނިޔޭގަ ސަރުކާރު ގޮތްހުސްވާ ގައުމެއް ނޭގޭ އޮތްކަމެއް.

The name is already taken The name is available. Register?

ހަސަން112

19 June 2019

މިވާމިލިއަނު ކުންފުންޔަކީ އެމްޑީޕީގެ މަޖްލީސް މެމްބަރު ދޮންބިލެތް ހަލީމުގެ މަސްލަހަތު އޮންނަ ތަނެއް! ވަރަށް ބޮޑަށް ލަފާކުރެވާ ދީބާޖާ ގޮތަށް ބިލައަނުން ފައިސާ ތަކެއް ލިބެން އުޅޭތީ ކުރިކަމެއްހެން! މިވެރިކަމުގައި 30ބިލިއަން ބަދަލު ދޭނެކަމަށް ރައީސް އޮފީހުންވަނީ ވަނީ މިދިޔަމަހު އަންގާފަ! އެމްޑީޕީގެ އެކްޓިވިސްޓުން މިގައުމު މިފަހަރު ދޮވެލާނެ!

The name is already taken The name is available. Register?

އައްޔުބޭ

19 June 2019

2ރިސޯޓް ދީފައިވާއިރު ކޮން ބޮޑައެއް ހާކާކަށް އަތުލާ. ރިސޯޓްތައް ވަކި ހިންގިގެން ނުވާނެ ރައްޔިތުންނަށ ފަސޭހައެއްނުދީ ފަސޭހަކޮށް ލުއި ހަރަދަކުން އެކަންކުރަން ރިސޯޓް ވަކި ހިންގިގެންނ ނުވާނެ

The name is already taken The name is available. Register?

ބޮލި މުލައް

19 June 2019

ދެ ރިސޯޓު އޮތް އަތޮޅުތަކުގެ ރައްޔަތުންނަށް ގޮވާލަން މިހާރުން މިހާރަށް ރިސޯޓުތަކަށް އަރާ

The name is already taken The name is available. Register?

ހަސަން ނުވަވަނަ

19 June 2019

މައްސަލައެއް ނެތްތާ ބޮޑެތި ޓައި އަޅައިގެން ރައްޔިތުންގެ ފަރާތުން ވަކާލާތުކުރަން އެހެރީނު ދޮންބިލެތް އަހުމަދު ހަލީމް ހޮވާފަ ދިވެހި ރައްޔިތުން. ދެން ބާރަށް އުނަގަނޑު ބިންދައިގެން ދާ ވަރަށް ހަތަރެސްފައި ޖަހާ

The name is already taken The name is available. Register?

ދާދޭ

19 June 2019

ރައްޔިތުން އަތުން ލާރިގަނޑެއް ލިބޭނޭ މަގު ފަހިކޮށްފާ ތިހުއްޓާލީ. 3 ބިލިއަނެއްހާ ރުފިޔާ އެމީހުންގެ ގެއްލުމުގެ ބަދަލަށް ދޭންޖެހިދާނެ. 1.5 ބިލިއަން އަލްހާނަށް ދެނިކޮށް އޯކޭ ވެދާނެ.

The name is already taken The name is available. Register?

އެޑަމް

19 June 2019

މިކަމަކީ ސަރުކާރުންވަރައްޚާއްސަގޮތެއްގާބަލަންވެއްޖެކަމެއް ކޮންމެބަޔަކު ފެރީގެޚިދުމަތް ދޭނެކަމައްބުނެތިންހަތަރު ފަޅުރައް ބިޑަކާނުލާނަގައިގެން ރިސޯޓު ހަދާފަ އިކުއިޒަމްފީވެސްސަރުކާރައްނުދައްކާ އެންމެފަހުން ފެރީގެޚިދުމަތްވެސްހުއްޓާލަނީ މިފަދަފަރާތްތަކުން މިރިސޯޓުތައްބަދަލުދީފާނަގާކައްނުޖެހޭތޯ???

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454