މުނިފޫހިފިލުވުން

އަމާާން ވެސް ސޯލޯ އަލްބަމެއް ނެރެނީ، ފިލްމަކަށް ވެސް ތައްޔާރު

އަމާންގެ ސޯލޯ އަލްބަމް ރިލީޒް ކުރަން ޕްލޭންކޮށްފައި އޮތީ ޑިސެމްބަރު 19 ގައި. އޭނާ ކުޅޭ ފުރަތަމަ ފިލްމުގެ ޝޫޓިން ނޮވެމްބަރު މަހު ފަށާނެ. އެ ފިލްމް އަންނަ އަހަރު ރިލީޒް ކުރާނެ.

އަމާން: އޭނާ ބުނީ ސޯލާ އަލްބަމަކަށް ތައްޔާރުވަމުން އަންނަ ކަމަށް.

ޕީއެސްއެމުން ގެނެސް ދިން "މޯލްޑިވިއަން އައިޑޮލް" އިން ވިދާލި އިބްރާހީމް އަމާން ވެސް ސޯލޯ އަލްބަމެއް އާންމުންނާ ހަމައަށް ގެނެސް ދިނުމުގެ މަސައްކަތް ފަށައިފި އެވެ.

"މޯލްޑިވިއަން އައިޑޮލް" އިން ނުވަ ވަނަ އަށް ދިޔަ މަޖާ މިޒާޖެއްގެ އަމާން ބުނީ ހަ ލަވަ ހިމެނޭ އަލްބަމްގެ ހުރިހާ ލަވައެއްގެ މެލޮޑީ އާއި ލިރިކްސް މިހާރު ނިމިފައިވާ ކަމަށެވެ. ހަ ލަވައިގެ ތެރެއިން ދެ ލަވަ ނޫން އެހެން ހުރިހާ ލަވަތަކެއް ލިޔުނީ އަމާން އެވެ.

އޭނާ ބުނީ މުޅިން ވެސް އަމިއްލަ ރާގުގެ ލަވަތައް ހިމެނޭ އަލްބަމްގައި ލޯބީގެ ލަވަތަކާ އެކު ކުޑަކުދިންނާއި މަޝްހޫރު ބޭންޑް "ޒީރޯ ޑިގްރީ" ފީލަށް އަދި ރާޅާ އެޅުމާ ބެހޭ ގޮތުން ހަދާފައިވާ ލަވަވައެއް ވެސް ހިމެނޭނެ ކަމަށެވެ.

"އަލްބަމްގައި ހިމެނޭ ލޯބީގެ ހަތަރު ލަވައަކީ އަމާންގެ ވާން އުޅޭ އަނބިމީހާ، މިހާރު ލޯބިވެރިޔާއާ ދެ މީހުންގެ މެދުގައި ހިނގާފައި ހުރި ކަންތައްތަކަށް ބިނާކޮށްގެން ހަދާފައި ހުރި ލަވަތަކެއް،" މިއުޒިކީ ދާއިރާ އިން ކުރިއަށް ދާން ޑިޓިއުން ބޭންޑްގެ އެހީތެރިކަން އަބަދުވެސް ލިބޭކަން ފާހަގަކޮށް އަމާން ބުންޏެވެ.

"ކުޑަކުދިންގެ ލަވައެއް ހިމަނަން ނިންމީ އަމާންގެ ފޭން ބޭސްގެ ބޮޑު ބަޔަކީ ކުޑަކުދިންނަށް ވާތީ އެ ކުދިންނަށް ދޭ ހަދިޔާއަކަށް."

އަމާން "މޯލްޑިވިއަން އައިޑޮލް" ޝޯގައި ލަވަ ކިޔަނީ.

އޭނާ ބުނީ އަލްބަމްގެ މަސައްކަތް ކުރިއަށް ދަނީ ރައްޓެއްސެއްގެ އެހީތެރިކަމާ އެކު އަމިއްލަ ގޭގައި ކަމަށެވެ.

"މިއީ މުޅިން ވެސް ހަމަ އަމާން އާއި ފްރެންޑްގެ އަމިއްލަ މަސައްކަތްތައް ފެނިގެން ދާނެ އަލްބަމެއް،" އަމާން ބުންޏެވެ.

"ފުރަތަމަ އަލްބަމަށް ފަހު ވެސް އަމާންގެ ލަވަތައް އިވިގެން ދާނެ."

އަލްބަމް އަންނަ ޑިސެމްބަރު 19 ހިސާބުގައި ރިލީޒް ކުރަން ވަނީ ޕްލޭންކޮށްފަ އެވެ.

"އެހާތަނަށް އަލްބަމް އެެއްކޮށް ނިންމާލެވޭ ވަރު ނުވެއްޖިއްޔާ ތިން ލަވައެއް ބެލުންތެރިންނާ ހަމައަށް ގެނެސް ދޭނަން ވީޑިއޯއާ އެކު،" އަމާން ބުންޏެވެ.

"ވަރަށް ބޮޑަށް އުންމީދުކުރެވޭ އެހާ ތަނަށް އަލްބަމް ނިންމައި ލެވޭނެ ކަމަށް."

އަލްބަމްގެ އެއް ލަވައިގައި އަމާންއާ އެކު އަންހެން އަޑެއް ވެސް ހިމަނަން ވަނީ ވިސްނައިފަ އެވެ. އެގޮތުން "މޯލްޑިވިއަން އައިޑޮލް" އިން ފެނިގެން ދިޔަ ނައްބަތު ޝަކީބާ އެކު ކިޔާފައިވާ ލަވައެއް އިވުން އެކަށީގެންވެ އެވެ.

"އެކަމަކު އެކަން އަދި މުޅިން ފައިނަލެއް ނުވޭ،" އަމާން ބުންޏެވެ.

އަމާން "މޯލްޑިވިއަން އައިޑޮލް" ޝޯގައި ލަވަ ކިޔަނީ.

އޭނާ ބުނީ ކުރިއަށް އޮތް ތަނުގައި ފެނިގެން ދާނީ ހަމައެކަނި ލަވަ ކިޔުންތެރިއެއްގެ ގޮތުގައި ނޫން ކަމަށެވެ. އަމާން ވަނީ އޭނާގެ ފުރަތަމަ ފިލްމަށް ސޮއިކޮށްފަ އެވެ. އޭގެ ތަފުސީލެއް އަދި ދެވެން ނެތް ނަމަވެސް ފިލްމުގެ ޝޫޓިން ނޮވެމްބަރުގައި ފަށާނެ ކަމަށް ބުންޏެވެ.

"ރާއްޖޭގެ ހަމަ ވަރުގަދަ ސްޓޫޑިއޯއަކުން ލިބުނު ފުރުސަތެއް އެއީ. ވަރަށް ހިތްހަމަޖެހިފައި މިހިރީ ކުޅެން ލިބުނު ރޯލާ ދޭތެރޭ. އަމާންގެ މިޒާޖުގައި ވެސް ހުންނަ ކަހަލަ މަޖާ ހެއްވާ ރޯލަކުން ފެނިގެން ދާނީ. އެކަމަކު މާ ބޮޑު ޑީޓެއިލެއް ދޭކަށް އަދި ހުއްދައެއް ނެތް،" އޭނާ ބުންޏެވެ.

"ޔަގީނުން ވެސް ފޭނުން ސަޕްރައިޒްވާ ކަހަލަ ރޯލަކުން ފެނިގެން ދާނީ. އެ ފިލްމު ރިލީޒް ވާނެ އަންނަ އަހަރު."

އަމާން ބުނީ އަބަދު ވެސް ވަރަށް ފިލްމު ކުޅޭ ހިތްވާ ކަމަށެވެ. އަދި "މޯލްޑިވިއަން އައިޑޮލް" ކުރިއަށް ދިޔަ ދުވަސްވަރު ވެސް ދެތިން ފިލްމަކުން ފުރުސަތު ލިބުނު ކަމަށް ބުންޏެވެ.

"ނަމަވެސް ހިތްހަމަޖެހޭ ކަހަލަ ރޯލްތަކަކަށް ނުވާތީ އެ އޮފާތައް ދޫކޮށްލީ،" އަމާން ބުންޏެވެ.

"ކުރިއަށް އޮތް ތަނުގައި ރަނގަޅު ކޮލިޓީ ފިލްމުތަކުން އަމާން ފެންނާނެ."

އޭނާ ބުނީ "މޯލްޑިވިއަން އައިޑޮލް" އަށް ފަހު ދިރިއުޅުން ވެސް ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށެވެ. އެހެންވެ މިހާ ހިސާބަށް އައުމުގައި އެހީތެރިކަން ލިބުނު ފަރާތްތަކަށް އަމާންގެ ހާއްސަ ޝުކުރެއް ވެސް އެބަ އޮތެވެ. އޭގެ ތެރޭގައި މަންމަ އާއި ޕީއެސްމާއި ޑިޓިއުން ބޭންޑާއި ލަވަ ކިޔުންތެރިޔާ މުހައްމަދު އަބްދުލްޢަނީ (ތޭރަވާ) ގެ އިތުރުން ރައްޓެހިންނާއި އާއިލާގެ މީހުން ހިމެނެ އެވެ.

1 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޭނަގެ ރައްޓައްސެއް

10 September 2016

ކުރިން މަށައް މިގޮލާ ވަރަށް މަޖާ މިހާރު ކަޑަވެއްޖެ...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454