24 ޖޫން 2019 - 07:33
ފިހާރަތަކުން ކަސްޓަމަރުން ވައްކަން ކުރުމަކީ އާންމު ކަމެކެވެ. އަދި މިކަހަލަ ހާދިސާތަކުގައި ލަދުވެތި ގޮތަކަށް ބައެއް މީހުން ބޭޒާރު ވެސް ވެފައިވެ އެވެ. އެހެންވެ ފިހާރަތަކުން ވައްކަން ކުރުން ހުއްޓުވަން އެކި ކަހަލަ ފިޔަވަޅުތައް ވެސް އަޅަ އެވެ.
އެމެރިކާގެ މަޝްހޫރު ރިޓެއިލް ކުންފުނި ވޮލްމާޓުން މިހާރު ވަނީ ވަގުން ހިފަން އާ ފިޔަވަޅެއް އަޅައިފަ އެވެ. އެއީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެންނެވެ. އެ ކުންފުނިން ބުނި ގޮތުގައި ވޮލްމާޓްގެ އައުލެޓްތަކުން ވައްކަން ކުރާ މީހުން އަތުލައިގަންނަން އިމޭޖް ރިކޮގްނިޝަން ކެމެރާ މިހާރު ވަނީ ބޭނުން ކުރަން ފަށައިފަ އެވެ.
މިކަން ކުރިއަށް ގެންދަނީ އަޔަލަންޑްގެ ކުންފުންޏެއް ކަމަށްވާ އެވަސީން އިން ތައްޔާރުކުރި ޓެކްނޮލޮޖީގެ އެހީގަ އެވެ. މިއަށް ވޮލްމާޓުން ދީފައިވާ ނަމަކީ "މިސްޑް ސްކޭން ޑިޓެކްޝަން ބައި ވޮލްމާޓް" އެވެ.
Walmart uses AI camera tech to track checkout theft at 1,000 stores https://t.co/Yc4L2m3Nq0 #engadget #tomgadget
— Tom Taylor (@tom_taylor) June 23, 2019
ވޮލްމާޓްގެ 1،000 އަށް ވުރެ ވުރެ ގިނަ އައުލެޓްގަި މިހާރު އާ ޓެކްނޮލޮޖީ ވަނީ ބޭނުން ކުރަން ފަށައިފަ އެވެ.
"ސީދާ ވައްކަން ކުރާ މީހާ އަށް ވުރެ ބޮޑަށް މި ޓެކްނޮލޮޖީ ފޯކަސް ކުރާނީ ވަގަށް ނަގާ މުދަލަކަށް. އޭގެ މާނަ އަކީ ކޭޝް ކައުންޓަރާ ހަމައަށް އަންނަ ހިސާބުން ކައުންޓަރުގައި ހުންނަ މުވައްޒަފަކަށް އެނގޭނެ ވަގަށް ނަގާފައި ވަނީ ކޯއްޗެއްކަން. އެ ހިސާބުން އެކަމާ ދެކޮޅަށް ދެން އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ،" ބިޒްނެސް އިންސައިޑާ އަށް ވޮލްމާޓްގެ ތަރުޖަމާން ބުންޏެވެ. "މީގެ ސަބަބުން އަހަރެމެންގެ ސުޕަމާކެޓްގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން މުވައްޒަފުންގެ ރައްކާތެރިކަން ވެސް ކަށަވަރުކޮށް ދޭނެ."
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޯޕާލް
24 June 2019
ތިމީހުނަށް އަދި ޕްރޮފެސަރ އުގައިލް ނޭނގެނީ. މިއީކީ މަލާމާތެއްނޫން. ހަމަ ސީރިއަސް ވާހަކައެއް. އުގައިލް އަށް ލިބޭކުރިއެރުމަކީ އަހަރެމެންނަށް ލިބޭ އުފަލެއް. އެއީ އަމިއްލަ މަސައްކަތުން ހޯދާ ކުރިއެރުމަށްވާތީ. މިއީ އުގައިލް ދެންތިބި ސުޕަމާރކެޓްތަކަށް އެޕްރޯޗްކުރަންވީ ވަގުތު. ގުޑްލަކް ފްރޮމް މޯޑީ ކަންޓްރީ
އެޑްމުންޑޯ
24 June 2019
ތިޓެކޮނޮލޮޖީ މިހާރު ރާއްޖެއަށް ވެސް ވަރަށް މުހިއްމު ، ދިވެހިންގެ ވައްކަންކުރުން މިދަނީ އިންތިހާ އަށް