ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފްލައިޓެއް ޕާކްކުރަނީ: މިއީ ރާއްޖޭގެ އެންމެ ބިޒީ އެއާޕޯޓް -- ފޮޓޯ: ހުސައިން ވަހީދު/މިހާރު
25 ޖޫން 2019 - 14:22
މި އަހަރުގެ ފުރަތަމަ ހަތަރު މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބޭނުންކުރި ފްލައިޓްތަކުގެ އަދަދު 21،000 އަށް އަރައި، 1.8 މިލިއަން ދަތުރުވެރިން ހިދުމަތް ހޯދައިފި އެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު ފުރަތަމަ ހަތަރު މަހުގެ އިކޮނޮމިކް އިންޑިކޭޓާއިން އެނގޭ ގޮތުގައި ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓްގައި އެންމެ ގިނަ ފްލައިޓް އޮޕަރޭޓްކުރީ މާޗު މަހު އެވެ. އެގޮތުން އެ މަހު އެއާޕޯޓަށް ޖެއްސި އަދި ފުރި ފްލައިޓްތަކުގެ އަދަދު އުޅެނީ 5،556 ގަ އެވެ.
މި އަހަރުގެ ފުރަތަމަ ހަތަރު މަހު ވީއައިއޭގައި ބައިނަލްއަގުވާމީ 9،702 ފްލައިޓްގެ ހަރަކާތް ހިނގި އެވެ. އެތެރޭގެ އުދުހުންތަކުގެ ޖުމްލަ އުޅެނީ 11،306 ގަ އެވެ.
މި މުއްދަތުގައި ރާއްޖެ އިން ބޭރުން އައި އަދި ބޭރަށް ފުރި ބައިނަލްއަގުވާމީ ދަތުރުވެރިންގެ ޖުމްލައަކީ 1.4 މިލިއަނެވެ. އޭގެ އިތުރުން އެތެރޭގެ އުދުހުންތަކުގެ ދަތުރުވެރިންގެ އަދަދު 400،000 އަށް އަރަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާރަނގާ - އައްޑޫ ސިޓީ
26 June 2019
ފިނޭންސް، ސެންޓްރަލްބޭންކް އަދި އިމިޤްރޭޝަން ޑިޕާރޓްމަންޓްގެ ތަފާތު ހިސާބުތައް ޓްއަރިޒަމް މިނިސްޓްރީއާއި ހިއްސާކުރުމުގައި އޮޅުންތަކެއްހުރީތޯ؟ * * ލާމަރުކަރީ ބާރުވެރިކަމަށާއި، އަދުލުވެރިކަމާއިއެކު ވެލްތް ޑިސްޓްރިބިއުޓް ކުރުމަށް ވައުދުވެ ރާއްޖޭގައި އިތުރު 2000 އެނދު އަޅަން ވެފައިވާ ވައުދު މުރާޖާކުރަން “މަޓީގެ ލަފަޔަށް” އެކަން ނުކުރުމުގެ ބަހަނާދައްކާ “ފްލަޑް ވެދާނެ” ކަމަށް ވާހަކަދައްކަނީ މިފަދަހިސާބު ސައްޙަގޮތުގައި ލިބިވަޑައިނުގަންނަވާތީކަންޔަޤީން.
ބޮޑުމީހާ
25 June 2019
ތިކަމުން އާއްމު ރައްޔިތުމީހާ ލިބުނީ ކޯއްޗެއް؟ މިގައުމުގަ ހައްލުހޯދަން އޮތީ ބޮޑު އެންމެ މައްސަލައެއް. އެއީ ބޯހިޔާވެހިކަން. އެކަމާ އަޅާލާނެ ސަރުކާރެއް އަދި ނާދެ. މިސަރުކާރުގަ މިހިރަ ސްޕީޑުން އަދި 15 އަހަރުންވެސް އެކަމެއްނުވާނެ.
ވައިބަނދަރުން
25 June 2019
ކީއްތަ ވާނީ ކެނެޑިއަން އެއަރ އެއްޗެތި ސީދާ ދަތުރު ރާއްޖެއަށް ފެށިއްޔާ
ބާގީ ލުތުފީ
25 June 2019
އެންމެ ގިނައިން ދަތުރުކުރި މީހަކީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ފުޅު
25 June 2019
މިއީ އިންޑިޔާ އިން މިތަނަށް ލުބޯ ވިއްކަން އަންނަމީހުންވެސް ލާއިގެން ދޯ
ދޯޕައްޓާ
25 June 2019
"އެތެރޭގެ ދަތުރުތަކުގެ އަދަދު އުޅެނީ 11،306ގަ". އޭގެ ކޮންމެ ބޯޓެއް ފުރާ މީހުން އެބައާދޭ، އެއީ 4 މަހުން މިލިއަނެއްހާ ލޯކަލް ޓުއަރިސްޓުން. ކަނޑުމަގުން މީގެ އެތައް ގުނައެއް. މިއިން ކޮންމެ ފަތުރުވެރިއަކު ހަފްތާއަކު މަޑުކުރިއަސް ކޮޓަރިކުލިން އެކަނިވެސް ރަށަށް އެވަންނަނީ އެތައް ބިލިއަން ރުފިޔާ. މެޑިކަލް ޓުއަރިޒަމާއި އިވެންޓް ޓުއަރިޒަމާއި ކޯޓުތަކަށް މީހުން ހާޒިރުކުރާ ޓުއަރިޒަމާއި ވިޔަފާރީގެ ޓުއަރިޒަމުން ވަންނަ އަދަދެއް އެއްވެސް މީހަކަށް ނޭނގެ.
މަރިޔޯ
25 June 2019
މީ ފެންނަނި ކުރިގަ ކުރިކަން ކަމުގެ ހެ ނަފާ ޔާ ކަންކަން.ހަމަ އިންވެސްޓް އެއް ކިރާ ފުރަތަމަ ދުވަހު އެގެ ނަފާ ނުފެނި ދާނެ..މި ކުރިގެ ސަރުކަރޭ ގެ ބުރަމަސްކަތް އަދި މިސަރުކާރުން ވެސް ޖާއްތި ހަސްއްބުން ކަން ކަން ކުރުމުގެ ބަދަލުގަ ގައުމާއިގެން ކުރިއްޔަ ވާޑައިގަންނަވާ.ކަމެއް ގޯސް ކޮށް ކޮއްފަ ހުރިއްޔަ ބަލަ ފިޔަވަޅު އަޅާ ކަން ކަން އިސްލާހު ކުރޭ.
ބޮޑުމީހާ
25 June 2019
ކުރީ ސަރުކާރެއް މިސަރުކާރެއް ކިޔާނެ ކަމެއްނެތް. ވެރިކަން ހަވާލުކުރަނީ ރައްޔިތުންނަށް ކަންތައްތައްކޮށްދޭން. ތިހެން ވާހަކަދައްކަންޏާ އެ ސަރުކާރުން ލިބުނު ގެއްލުންތަކުގެ ވާހަކަވެސް ދައްކާ. ކޮބާތަ 1.4 ބިލިއަން. އައިޖީއެމްއެޗް އަނެއް ޓަވަރ. ބްރިޖްގެ ބައިސަކަލްލޭން. ނަސަންދުރާ އެގްރީމެންޓް. މާރުކުރި ޑޮލަރުތައް
ރުޅި
25 June 2019
އެކަމަކު މިކަމުން ދިވެހިންނަށް ވަނީ ކޮން ފައިދާއެއް؟ ހުރިހާ ފައިސާއެއް ވަންދޮރުން ނުކުމެގެންދަނީ. ދެން ހުރިހާ ވަޒީފާއެއް ބިދޭސީންނަށް. ބިންތަކާއި ފަރުތަކާއި ފަޅުތައް ކަޓްގެތެރޭން ދީފައިވާތީ ބިންކުއްޔަށްވެސް ލިބޭ އެއްޗެއްނެތް.