މާފުށީ ޖަލުގެ އޮފިސަރުންތަކެއް ހަފުލާއެއްގައި ބައިވެރިވަނީ.
25 ޖޫން 2019 - 01:02
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން މާފުށީ ޖަލުގައި މިރޭ ހިންގާ ޚާއްސަ އޮޕަރޭޝަނަކާ ގުޅިގެން ފުލުހުންގެ ބެކަޕް ޓީމެއް ތައްޔާރީ ހާލަތުގައި ޖަލުގައި އެބަތިބި ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.
އެކަމަކު، ކުއްލި ގޮތަކަށް މިރޭ ޖަލުގައި ޚާއްސަ އޮޕަރޭޝަނެއް ކަރެކްޝަނަލް ސާވިސް އިން ފެށި ސަބަބެއް ރަސްމީކޮށް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
އެނގިފައިވާ ގޮތުގައި، ޖަލުގެ ދެ ޔުނިޓެއްގައި މިރޭ ހިނގި ހަމަނުޖެހުމެއް ކޮންޓްރޯލް ކުރުމަށް އިމަޖެންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ) ގެ އޮފިސަރުންތަކެއް ވަދެ ވަނީ ޕެޕާސްޕްރޭ ޖަހައިފަ އެވެ. ޝީލްޑާ އެކު ގޮޅިތަކަށް ވަން ބައެއް އޮފިސަރުން ބައެއް ގައިދީންގެ ގައިގައި ތެޅި ކަމުގެ ތުހުމަތު ވެސް އެކި ފަރާތްތަކުން ކުރެ އެވެ. އަދި ޖަލު އޮފިސަރުން ތަޅައިގަތުމުން ބައެއް ގައިދީންގެ ހަށިގަނޑު ނޫފައިންފައިވާ މަންޒަރު ފެންނަ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާ ގައި ދަނީ ދައުރު ކުރަމުންނެވެ.
ނަމަވެސް އެ ކަމާ ގުޅޭ ގޮތުން ހޯމް މިނިސްޓްރީ އާއި ކަރެކްޝަނަލް ސާވިސް އިން އަދި ވަކި އެއްޗެއް ނުބުނެ އެވެ. މިރޭ މި ހަމަނުޖެހުން ފެށުނު ސަބަބެއް ވެސް އެނގޭ ގޮތެއް އަދިއެއް ނުވެ އެވެ.
ފުލުހުން، މީޑިއާ އަށް ފޮނުވި އެސްއެމްއެސްއެއްގައި ވަނީ ޖަލުގައި އޮޕަރޭޝަނެއް ހިންގަނީ ކަރެކްޝަނަލް ސާވިސް އިން ކަމަށެވެ. އަދި އެ އޮޕަރޭޝަންގެ މައުލޫމާތު ކުށްވެރިން ބަލަހައްޓާ އިދާރާ އިން ހޯދުމަށް ފުލުހުން އެދެ އެވެ. ނަމަވެސް އެ އިދާރާގެ މީޑިއާ އޮފިޝަލް ފޯނަކަށް ޖަވާބެއް ނުދެއްވަ އެވެ. ހޯމް މިނިސްޓްރީގެ މީޑިއާ އިން ވެސް ޖަވާބެއް ނުދެ އެވެ.
"ފުލުހުން ތިބީ ސްޓޭންޑްބައި ގައި ކަމަށް،" ފުލުހުންގެ މެސެޖުގައި ވެ އެވެ.
މާފުށީ ޖަލުގެ ހާލަތު މިދިޔަ ހަފުތާ އިން ފެށިގެން ވަނީ ގޯސްވެފަ އެވެ. އެއީ، ޖަލަށް ވެއްދުން މަނާ އެއްޗެއް ގެނެސްދޭން އޮފިސަރަކު ދެކޮޅު ހެދުމުން ދަގަނޑުބުރިއަކުން އޭނާ އަށް ގައިދީ އަކު ހަމަލާ ދިން ހިސާބުންނެވެ. އޭގެ ބަދަލު ހިފުމެއްގެ ގޮތުން އީއެސްޖީގެ އޮފިސަރުން ގޮޅިތަކަށް ވަދެ ގައިދީންގެ ގައިގައި ތަޅައި އަނިޔާކުރީ އެވެ. ހަ ގައިދީއަކަށް އެކިވަރުގެ އަނިޔާވި އެވެ. އެ ހަމަނުޖެހުމުގެ ތެރޭގައި ބައެއް ގައިދީންގެ ބޯ ތުނިކޮށް ކޮށާލި އެވެ. އެ މައްސަލައާ ގުޅިގެން، އީއެސްޖީގެ ކޮމާންޑަރު ވަނީ ސަސްޕެންޑްކޮށްފަ އެވެ.
އެކަމަކު، ޖަލު އޮފިސަރުންގެ މައިގަނޑު ޝަކުވާ އަކީ އެ މީހުންނަށް ލިބޭ އަނިޔާ އާއި ނުރައްކަލަށް ވުރެ ބޮޑަށް ގައިދީންގެ ހައްގުތަކާއި ހިމާޔަތަށް ސަރުކާރުން މާ ބޮޑަށް މަސައްކަތް ކުރުމެވެ. އޭގެ ނަތީޖާ އަކީ، ޖަލު ބަލަހައްޓާ މީހުންނަށް ވުރެ ގައިދީންގެ ބާރު ގަދަވުން ކަމަށް ބައެއް އޮފިސަރުން ބުނެ އެވެ.
މާފުށީ ޖަލުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިންގި ހަމަނުޖެހުންތަކަށް ފަހު، ޖަލުގެ ސަލާމަތަށް ނުރައްކާ ވެދާނެ ފަދަ ތަކެތި ގެންގުޅޭ ކަމަށް ބެލެވޭތީ، އެ ތަން ފާސްކުރުމަށް މިދިޔަ ހޮނިހިރު ދުވަހު ވަނީ ޚާއްސަ އޮޕަރޭޝަނެއް ވެސް ހިންގައިފަ އެވެ.
މި ފާސްކުރުންތަކަށް ފަހު، ޕްރިޒްންސް ކޮމިޝަނަރު އަބްދުﷲ މުނާޒް ވިދާޅުވެފައި ވަނީ، ޖަލުން ފެނުނީ ގޮޅިއަކުން ނައްޓާފައިވާ ތޭރި ދަގަނޑަކާއި އެނބުރި ދަގަނޑެއް ބޭނުންކޮށްގެން ހަދައި އެއްކޮޅު ތޫނު ކޮށްފައިވާ އެއްޗެއް ކަމަށެވެ. އަދި އަށް މޮބައިލް ފޯނު ފެނުނު ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަން
25 June 2019
ސުޕްރީމް ކޯޓު މައްސަލަޔަކީ ވަރަށް ބޮޑު ކަމެއް. ރިޔާސި އިންތިހާބު ފަދަ ބޮޑު ނިންމުމެއް. އެހެންވީމަ މިދުވަސްކޮޅު ކަންކަން ހަލަބޮލިކުރަން ބޭނުން މީހުން އުޅޭނެ. ސަރުކާރުން ތިތަނުގެ ސިކިއުރިޓީ ވީހާވެސް އިތުރުކޮށްފަ ބޭއްވުން ރަނގަޅުވާނެ ދުވަސްވަރެއް މިއީ.
އެޕާޓްމަންޓް
25 June 2019
ޖަލުގައި އަރާމު އެޕާޓްމަންޓްތަކުގައި ތިބެގެން އަނިޔާވެރި ވެރިކަމެކޭ ގޮވި ސިޔާސީ ވެރިން ލަދެއްނުގަނޭ އެއްވެސް އަރާމެއްނެތް ނިކަމެތި އާއްމު ގައިދީންނަށް ކުރާ ހަގީގީ އަނިޔާ ފެނިފަ. ސިޔާސީ މީހުން ބަންދުކޮށްފައި ތިބީ އަނިޔާވެރިކޮށޭ ކިޔަން ލަދު ނުގަނޭ އާއްމު ގައިދީން ތިބޭ އަސްލު ހާލު އެންމެންނަށް ފެނި ސާފުވީމަ؟
މާކެޔޮޅު
25 June 2019
ބުރޯ ޖުޑީސަރީއަށް ވާން ކުރާއިރަށް ތީތި ހިލޭ ދޯ. ކުށްވެރިްނ ދޫކުރާ މީހުންގައިގައި އަތްލާއިރަށް ހަމަ ހިލެނީ. ބޮޑު ހިބަރަށް ވަރަށް ވެދުން.
އެމްސް
25 June 2019
ތިކަމުގަ، ކާމިޔާބު ފެބްރުއަރީ 7 ގެ މާސްޓަރމައިންޑުންގެ އަތެއް ނޫޅޭނެބާ؟
އުޅެނީ
25 June 2019
ފެބްރުއަރީ 1 ގެ މާސްޓަމައިންޑުން އުޅޭނީ މި ކަހަލަ ކަންކަމުގައި. ޖަލުތައް ހިލުވުމުގެ ތަޖުރިބާކާރުން ތިބީ އެ ބައިގަ.
ޙަމްދަރުދީ
25 June 2019
ތިޔަ ޖަލުވެސް ބަލަހައްޓަން ހަވާލުކުރަންވީ ނަސީދުއާ އޭރުންކުއްވެރިންވެސް ކިއަމަންތެރިކަމާއެކުތިބޭނެ ނޫންތޯ ނިކަންދެކިބަލަ މަޖިލިސްވެސް ކިހާސަޅިކޮއް އެގެންގުޅެލަނީ...
00000
25 June 2019
ހިބަރު އައިންގަޑު ގެ ބިޒްނަސް ދަށްވީމާ އިރު އިރު ކޮޅުން ދުފާ އެއްޗެހި ކޮށި އަރަނީ. އެއީ ވަރަށް ވޭން ހުރި ކަމެއް. އިމުރާނޫ ބުރޯ ގަދަ. ވާން ކޮށްފައި ބަހައްޓާ. ހިފަހައްޓާލާތި. ތީ ހިބަރު ތަކުގެ މައި ހަކުރު މާރުކެޓްހެން ހީވަނީ!
ރަދީފް
25 June 2019
ޖަލުގެ އެކި ހިސާބުތަކުގަ މޮބައިލް ނެޓްވޯކް ޖޭމްވާކަލަހަލަ ނިޒާމެއް ހަރުކުރަންޖެހޭ.ބައްތި ނޮކިއާ ފޯނެއް ޖަލަށް ވައްދަން 7000 އަދި ސްމާޓް ފޯނެއް ވެއްދުމަށް 30000 ރުފިޔާ ގާޑުން ނަގާ.މިއީ ލަދުވެތިކަމެއް.ގައިދީންނަށް ދީނި ނަސޭހަތް ދިނުމުގެ އެއްވެސް އިންތިޒާމެއް ހަމަޖެހިފަ އޮވޭތަ؟؟؟
ވޯލް
25 June 2019
މީގެން އެނގެނީ ބޮޑެތި ކުށްވެރިންނާއި މިޤައުމުގެ ސިޔާސީ ފަރާތްތަކާއި ފަންޑިޔާރުންނާ އޮންނަ ގުޅުން. ކުށްވެރިންތަކެއް ތިބި ތަނެއްގެ ތެރޭގައި ހަމަނުޖެހުން ހިންގަންފެށީމަ އަން ހުއްޓުވަން ނުވަތަ މައިތިރިކުރަން ވަންނަ ޖަލުގެ އޮފިސަރުން އެކުށްވރިންގެ ގައިގައި ޖަހަަންޖެހޭ ފަހަރުވެސް އަންނާނެ އެއީ މައްސަލައެއް ނޫން. މިއީ ކަމެއް ނުކޮށް މިތާންގައި ބައިތިއްބާފަ ތިބި ބައެއް ނޫން.
އެޑްމުންޑޯ
25 June 2019
ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކާއި އެންމެ ބޮޑު ޑިމޮކްރަސީ ކަމަށް ދައުވާ ކުރާ އިންޑިޔާގެ ޖަލުތަކުގައިވެސް ގައިދީންންގެ ގައިގައި ފިރުމާ ބޭނުން އެއްޗެއް ކާންދީ ހެދިވާހަކައެއް ދުވަހެއްގައިވެސް އަޑެއްނާހަން ، ނޫސްތަކުންނާއި ، ޑްރާމާތަކާއި ފިލްމުތަކުންވެސް ފެންނަނީ ގައިދީން ނުކިޔެމެންތެރިވާނަމަ ބާރުގެ ބޭނުންކުރާ މަންޒަރު ، ހަގީގަތަކީވެސް އެއީ ،
އިއްސަ
25 June 2019
އޮޕަރޭޝަން ހިންގާފަ ތިތާ ތިބޭ ގޭންގުތަކުގެ މީހުން ސައިޒުކޮށް ހަމަ ބިމަށް ތިރިކުރޭ. ޖަލުގަވެސް އަސްލު ގިނަ ގައިދީންނެއް ނޫޅޭ ފުއްޕާފަ ފާޑުފާޑަށް އުޅޭކަށް. ގިނަ މީހުން ބޭނުންވާނީ އެ އޮންނަ މުއްދަތެއް ވީހާވެސް އަމާންކަންމަތީ ނިންމާލަން. މިތާގަވެސް މި ފާޑުފާޑުގެ ގޭންގުތައް އޮޕަރޭޓު ކުރެވޭޓީ މައްސަލައަކީ. ގޭންގުތަކުގެ މައްސަލަޔާ ފަނޑިޔާރުގޭގެ މައްސަލަ މީ ގުޅިފައިވާ ދެކަން މިހާރު.