ރޭ ފަތިހު ގަން އެއާޕޯޓަށް ޖެއްސި މެކްސިމަސްގެ ކާގޯ ފްލައިޓް. ފޮޓޯ/ ކިޔުންތެރިއެއް.
25 ޖޫން 2019 - 10:07
އައްޑޫ އާ ހޮސްޕިޓަލަށް ބޭނުންވާ އެމްއާރްއައި މެޝިން ރޭ ފަތިހު އައްޑު އަށް ގެނެސްފި އެވެ.
ޗާޓަރުކޮށްގެން ގެނައި މެކްސިމަސްގެ ބިޔަ ކާގޯ ފްލައިޓެއްގައި އައްޑު އަށް އެމްއާރްއައި މެޝިން ގެނައި އިރު، އާ ހޮސްޕިޓަލް ހުޅުވުމުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ. އެގޮތުން އަންނަ އޮގަސްޓް މަހުގެ ތެރޭގައި ހުޅުވަން އަމާޒު ހިފާފައިވާ ހޮސްޕިޓަލްގެ އެކި ޑިޕާޓްމަންޓްތަކަށް ބޭނުންވާ ސާމާނު އިންސްޓޯލް ކުރުމުގެ މަސައްކަތްތައް މިހާރު ވެސް އަންނަނީ ކުރަމުންނެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ގެ އޮފިޝަލަކު ވިދާޅުވީ އާ ހޮސްޕިޓަލަށް ގެނައި އެމްއާރްއައި މެޝިން ވެސް އިންސްޓޯލް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އަދި މަސައްކަތްތައް މިހާރު ކުރިއަށްދާ ސްޕީޑަށް ބަލާ އިރު، އާ ހޮސްޕިޓަލުން އޮގަސްޓް މަހުގެ ތެރޭގައި ހިދުމަތް ދޭން ފެށޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް ވިދާޅުވި އެވެ.
ރޭ ފަތިހު ގަން އެއާޕޯޓަށް ޖެއްސި މެކްސިމަސްގެ ކާގޯ ފްލައިޓް. ފޮޓޯ/ ކިޔުންތެރިއެއް.
އައްޑޫގައި ހުޅުވަން ތައްޔާރުވަމުން އަންނަ އާ ހޮސްޕިޓަލަކީ 100 އެނދުގަ ތަނެެކެވެ. އަދި މި ހޮސްޕިޓަލް ހިންގާނީ 2011 ގައި އައްޑޫގައި 17 ވަނަ ސާކް ސަމިޓް ބާއްވަން އިމާރާތް ކުރި އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގަ އެވެ.
އެ އިމާރާތްް ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް އެލިއާ ކޮންސްޓްރަކްޝަނާ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހަވާލުކުރީ ނޮވެމްބަރު 14، 2016 ގަ އެވެ.
ރޭ ފަތިހު ގަން އެއާޕޯޓަށް ޖެއްސި މެކްސިމަސްގެ ކާގޯ ފްލައިޓް. ފޮޓޯ/ ކިޔުންތެރިއެއް.
އެޗްއާރްއެޗުން ބުނި ގޮތުގައި އާ ހޮސްޕިޓަލް ބޭނުން ކުރަން ފެށުމާ އެކު، މިހާރު ހިދުމަތް ދެމުން އަންނަ ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކަށް ހައްލު ލިބިގެން ދާނެ އެވެ. އޭގެ ތެރޭގައި ޖާގައިގެ ދަތިކަމާއި އިމާރާތް ބާވުމާއި ވަސީލަތްތަކުގެ މައްސަލަ ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕްރޮޖެކްޓަރ
26 June 2019
ޝުކުރިއްޔާ ރައީސް ޔާމީން. ރައީސް ޔާމީން ފައްޓަވާފައިވާ ބޮޑެތި ޕްރޮޖެކްތައް.
ނަސީ
26 June 2019
އެ އިމާރާތް އެތާ އެޅީ އައިމާއިން. އެ ގްރޫޕަށް ޝުކުރިއްޔާ
ސަރުކާނު
25 June 2019
އިންޑިއާ ނުދިނަސް ދިވެހިންނަސް އެމްއާރުއައި މެޝިން ލިބިއްޖެދޯ؟ ވާވަރަށް!!!!!
ޢަސާ
25 June 2019
އައްޑޫ އެއާރޕޯރޓް ގެ ބޮޑުމިނަކީ 3600 މީޓަރު މާލޭ އެއާރޕޯޓްގެ ދިގުމިނަކީ 3400 މީޓަރ.
ބޮޑުމީހާ
25 June 2019
ތި ވަރަށްވެސް އުފާވެރި ކަމެއް. މާލޭގަ އުޅޭ އައްޑޫ ފުވައްމުލަކު އަދި ހުވަދޫ ރައްޔިތުންވެސް ބަދަލުވާންވީ ރަށަށް. އޭރުން ދެން އެތަންތަންވެސް ކުރިއަރާނީ. މިތާގަ ކުލީއަޅުންނަށް ވެގެން އުޅުމަށްވުރެ ރަގަޅުވާނެ
ގުއިޓައްޕަން
25 June 2019
މިއީ އުފާވެރި ކަމެއް.އެހެނަމަވެސް އެމްއާރުއައި މެސިނަކުން ކަރަންޓުޖަނަރޭޓަރަކުން އެކަނި ގައުމެއް އަތޮޅެއް ތަރައްގީއެއްނުކުރެވޭނެ. ތަރައްގީއަކީ ވަރަށްގިނަކަންތައްތްކެއް އެކުލެވިގެން ކުރިއަރައިގެން ދާދިއުމެއް. މިއޮތްހާޒަމާނު ބަޔަކު މިރާއްޖޭގެ އެންމެން އެއްތަނަކަށް ޖަމާކޮށް ހިނިހޮރެއްހެން އިންސާނުން އުޅެންމަޖުބޫރުކުރުމުގެ ސަބަބުން މިރާއްޖޭގެ ގިނަރައްޔިތުންމިތިބީ އުފާވެރިދިރިއުޅުމުން މަހުރޫމު ކުރުވާފަ. ސަރުކާރުން މިކަމަށް ހައްލެއްގެނެސްދޭންޖެހޭ
ތުއްތުނާ
25 June 2019
އައިޖީއެމްއެޗް ގައި ހުރި އެމްއާރްއައި މެޝިން ހަލާކުވެފައި ވާކަމަށް އަޑުތައް އެބަ އިވޭ....... އިއްތިފާގަކުން ނަމަވެސް މިދިމާވި އައްޑޫއަށް އެމްއާރްއައި މެޝިން ގެންނަން ދެތިން ދުވަހަށް ވެފައި ވަނިކޮށް........ އަނެއްކާ އެންމެ ފުރަތަަމަ ފުރާ ކަނޑު ބޯޓެއްގައި މެޝިން މާލެ ނުގެންގޮސްފިއްޔާ ރަނގަޅު....... މިއީ މާޒީގެ ތާރީޚަށް ބަލާއިރު ނުވާނެ ގޮތެކޭ ބުނަން ދަތި.......
ޙާޖީ
25 June 2019
ރަނގަޅައްވިއްޔާ ތި މޭޝިނައްވުރެ އަގުބޮޑުވާނެ ތި ގެނައުންވެސް
ވިގަނި
25 June 2019
އެންމެ ފަހުން ފުއްޕާހަން އެލުވައިގެން ތިގޮތަށް އައްޑުއަށް ގެންދިޔައީ އިންޖީނެއް. އެއިން ކަރަންޓު ދިނީ ހުޅުމާލެއަށް.
ުގުމްރީ، ސ.ހިތަދޫ
25 June 2019
މި ހުރިހާ މަސައްކަތްތަކެއް ކުރެވެމުންދާ ވާހަކަ މިނިސްޓަރު ވިދާޅުވީމަވެސް އައްޑޫ މީހުން ނިކުމެ މި ސަރުކާރަށް 4 މަސް ނުވަނީސް މުޒާހަރާ ކުރީ. އެކަމަކު ހެލްތު މިނިސްޓަރަކަށް ލާފައި ހުރީ ހިތްވަރު ގަދަ ބޭކަލެއް. ކިތަންމެ މޫސުމް ގޯސް ވިޔަސް، ކިތަންމެ ދަތި އުނދަގޫ ކަނޑެއްގައިވިޔަސް، ފަޅުވެރިކަން ގޮވައިގެން ދަތުރުކުރެވޭނެ ވަރުގަދަ ކައްޕިތާނެކަން ދައްކަމުން ތި ދަނީ ސާބިތުކަމާއެކު.
ސަރުކާނު
25 June 2019
ތީ މާކުރިން ނިމިފަ އޮތްކަމެއް. ތިކލޭގެ ލައްވާ ކުރަން އުޅުނުނަމަ ތީގަވެސް ޖަހާނީ ވާ.
ނޫރު
25 June 2019
އައްޑޫގަައި ރަގަޅު ފެންވަރުގެ ހޮސްޕިޓަލެއް ތަރައްޤީ ކުރަމުންދާތީ އުފާވޭ. މިއާއެކު ސަރުކާރުން ހަނދާން ނައްތާލައިގެން ނުވާނެ އުތުރުގެ 3 އަތޮޅުގެ މައި ހޮސްޕިޓަލްވެސް. ސަބަބަކީ އުތުރު ސަރަޙައްދުގެ އާބާދީވެސް އައްޑޫ ސަރަހައްދަށްވުރެ ބޮޑުވެފަ. ގިނަ ރަށްތަކަކަށް އާބާދީ ބެހިފައި އޮތުން. އައްޑޫ ހޮސްޕިޓަލް ޚާއްސަކުރެވެނީ އައްޑޫ އަދި ފުވައްމުލަކުގައި ރަޖިސްޓްރީވެފައިވާ 46،000 މީހުންނަށް. ހއ.ހދ.ށ ގެ އާބާދީއަކީ 68،000
ހަގީގަތް
25 June 2019
މައުލޫމާތު ގޯސް..ހުވަދޫ ވެސް ހިމެނޭ. އައްޑޫގަ އެކަނިވެސް މިހާރު 40000 މީހުންގެ އާބާދީ އެބައޮތް. އެހެންކަމުން ޖުމްލަ 90000 މީހުންނަށް ކޭޓަރ ކުރަން
ނޫރު
25 June 2019
ދައުލަތުގެ ލިޔެކިޔުންތަކަށް ބަލާބަލަ. އޭރުން ހަގީގަތް އިނގޭނެ. ގއ، ގދ އަށް ޚާއްސަކޮށް ތިނަދޫގައި ހޮސްޕިޓަލެއް ހުރޭ. އައްޑޫގެ ރަޖިސްޓްރީގަައި 40،000 މީހުން ނުތިބޭނެ. ބޯހިމެނި އިރުވެސް އައްޑޫގައި ދިރިއުޅެނީ 19،000 މީހުން.