ޚަބަރު / ޖުޑީޝަލް ސާވިސް ކޮމިޝަން

ގާޒީ ނަޖީބާއި ގާޒީ ފަހީމްގެ މައްސަލަ ޖޭއެސްސީން ބަލަނީ

ގާޒީ ނަޖީބު: ގާޒީ ނަޖީބްގެ މައްސަލަތަކެއް ޖޭއެސްސީން ވަނީ ބަލަން ފަށާފައި -- ފޮޓޯ/މިހާރު

ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބާއި ސިވިލް ކޯޓުގެ ގާޒީ ހަސަން ފަހީމްގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ބަލަން މިއަދު ނިންމައިފި އެވެ.

އެ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ ގާޒީ ނަޖީބާ ގުޅޭގޮތުން ތިން މައްސަލައެއް ބަލަން އެ ކޮމިޝަންގެ މިއަދުގެ ޖަލްސާގައި ނިންމާފައިވާ ކަމަށެވެ. އަދި ގާޒީ ނަޖީބާ ގުޅޭގޮތުން ކުރިން އެ ކޮމިޝަނަށް ހުށަހެޅި، ބަލަމުންދާ ޝަކުވާތަކެއް ވެސް އެބަހުރި ކަމަށް ޒަހީން ވިދާޅުވި އެވެ.

"ކްރިމިނަލް ކޯޓުގެ ގާޒީއަކާ ގުޅޭގޮތުން ގިނަ ޝަކުވާތަކެއް ހުރި ވާހަކަ އަޅުގަނޑުމެން ވާނީ ދަންނަވާފައި. އެއީ ވެސް ހަސަން ނަޖީބާ ބެހޭގޮތުން ހުށަހެޅިފައި ހުރި ޝަކުވާތަކެއް. އެހެންވީމަ މިވަގުތު ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބާ ގުޅޭގޮތުން ހުށަހެޅިފައި ހުރި ހަތް ޝަކުވާއެއް އަޅުގަނޑުމެން މިދަނީ ތަހުގީގު ކުރުމުގެ މަސައްކަތް ކުރަމުން." ޒަހީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސިވިލް ކޯޓުގެ ގާޒީ ފަހީމްއާ ގުޅޭގޮތުން އެ ކޮމިޝަނަށް ލިބިފައި އޮތީ އެންމެ ޝަކުވާ އެކެވެ. އެއީ ބަންޑާރަ ނައިބުގެ އޮފީހުން އެ ކޮމިޝަނަށް ހުށަހެޅި މައްސަލައެއް ކަމަށާއި އެކަމަށް ޚާއްސަ ކޮމެޓީއެއް ވެސް އެކުލަވާފައިވާ ކަމަށް ޒަހީން ވިދާޅުވި އެވެ. އެ ކޮމެޓީގައި ތިއްބަވަނީ މެމްބަރު އަބްދުއްރައޫފް އިބްރާހިމާއި މެމްބަރު މަސްތޫރު ހުސްނީގެ އިތުރުން މެމްބަރު ހިސާން ހުސައިން އެވެ.

"ތިން ބޭފުޅުންގެ މައްޗަށް އެކުލެވޭ ކޮމިޓީން މި ޝަކުވާ ތަހުގީގު ކުރަމުންދާނީ." ޒަހީން ވިދާޅުވި އެވެ.

މީގެ އިތުރުން ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބްގެ ޝަކުވާތަކެއް ބަލަމުން ދަނިކޮށް އިތުރު ޝަކުވާއެއް އައިސްފައިވާތީ އެ މައްސަލަ ވެސް ތަހުގީގު ކޮމެޓީއަށް ފޮނުވަން ނިންމާފައިވާ ކަމަށް ޒަހީން ވިދާޅުވި އެވެ. ރާޣިބްއާ ގުޅޭގޮތުން ޖުމްލަ އަށް ޝަކުވާއެއް މިހާރު ބަލަމުންދާ ކަމަށާއި އެ ހުރިހާ މައްސަލަތަކެއް ވެސް ބަލާނީ އެއް ކޮމެޓީއަކުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމާ ގުޅޭ ގޮތުން އެ ކޮމިޝަނުން ކުރި ޓުވީޓު

"މި ފަހުން ކޮމިޝަންގައި މަޝްވަރާ ކުރެވި، ޝަކުވާ ބެލުމުގައި މި ގެންގުޅޭ އުސޫލަކީ އެއް ބޭފުޅަކާ، އެއް މެޖިސްޓްރޭޓަކާ ނޫނީ އެއް ގާޒީއަކާ ގުޅޭގޮތުން ގިނަ ޝަކުވާތަކެއް ހުށަހެޅޭ ކަމަށް ވަންޏާ އެ ބޭފުޅަކާ ގުޅޭ ޝަކުވާތައް ބަލާ ކޮމެޓީއެއް އުފެދިފައި އޮވެއްޖިއްޔާ އެ ކޮމެޓީއަކަށް ފޮނުވައިގެން ކުރިއަށް ގެންދިއުން." ޒަހީން ވިދާޅުވި އެވެ.

ޒަހީން ވިދާޅުވީ ގއ. މާމެންދޫ ކޯޓުގެ މެޖިސްޓްރޭޓް އަހުމަދު ޝުކޫރާ ގުޅޭ ހަތަރު މައްސަލައެއް ބަލަން ވެސް ކޮޮމިޝަނުން މިއަދު ނިންމާފައިވާ ކަމަށެވެ. އަދި އޭނާއާ ގުޅޭ އެހެން މައްސަލައެއް ކޮމިޝަނުން ކުރިން ވެސް ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ ނަޝީދު ސިވިލް ކޯޓަށް ބަދަލު ކުރަން ސުޕްރީމް ކޯޓުން ޖޭއެސްސީގައި އެދިފައިވާ އެދުމާ ގުޅިގެން އެކަން މިވަގުތު މަޑުޖައްސާލަން ވެސް މިއަދު ކޮމިޝަނުން ނިންމާފައިވާ ޒަހީން ވިދާޅުވި އެވެ. ސަބަބަކީ ފެމިލީ ކޯޓުގެ އިސްގާޒީ ހަސަން ސައީދާ ގުޅޭ މައްސަލައެއް އެ ކޮމިޝަނުން މިހާރު ބަލަމުންދާތީ އެކަން ވަކި ގޮތަކަށް ނިމެންދެން ކަމަށް ޒަހީން ވިދާޅުވި އެވެ.

އަދި، ކްރިމިނަލް ކޯޓަށް އިތުރު ދެ ފަނޑިޔާރުން އައްޔަން ކުރަން ސުޕްރީމް ކޯޓުން ޖޭއެސްސީގައި އެދިފައިވާތީ އެގޮތަށް އެ ކޮމިޝަނުން މިއަދު ވަނީ ނިންމައިފަ އެވެ. އެހެންވެ، އެ ދެ މަގާމަށް ކުރިމަތިލާން މާދަމާ ހުޅުވާލާނެ ކަމަށް ޒަހީން ވިދާޅުވި އެވެ.

17 ކޮމެންޓް, 41 ރިއެކްޝަންސް

icon happy icon happy 88%
icon sad icon sad 0%
icon angry icon angry 12%
icon wow icon wow 0%
icon inlove icon inlove 0%

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސޭވްއިޓް

27 June 2019

މައްސަލަ ބަލައިގެން ނިމޭނެ ގޮތް މާ ކުރިން އެނގޭއިރު މައްސަލަ ބަލަން ވަގުތު ބޭކާރު ނުކުރުން އެދެން.

ކޯޓް މުވައްޒަފު

27 June 2019

ވަރަށް އަވަހަށް ކުރަންވީ

އަޕައިނީ

27 June 2019

މީ ކުރީ ރޯދަމަހު ހަތާވީސް ވިލޭރޭ ރައީސް މައުމޫނަށް ހުކުން ޖެހި މީހާ ދޯ

ޤާނޫނީވަކީލް

27 June 2019

އޭގެ އިތުރުން އެހުކުގައި މައުމޫނުގެ ދީނީނަސޭހަތް ދިނުުގެ ހުއްދަވެސް ބާތިލްކޮށްފައިވޭ. ފުކެއްބޮޑުވަރު ދެން.

މރ. އެރޮގަންޓް

27 June 2019

ދެއްވަދޫ ކޯޓުގައި އުޅުނުއިރު މުވައްޒަފުން ދަތުރުކުރާ ލޯންޗްގައި ދަތުރުކޮށްފައި ވަގު ބިލް ހެދި މީހެއް. ކޮލަމާފުށިން ހައްޔަރުކުރިމީހުންނާއި ދިމާލަށްބުނީ ތިމަންނަމެންނަކީ ކިހާ ނުލަފާބައެއްކަން ނޭގެނީހޭ. ދެން ނުލަފާވެގެން ހުރެބަލަ

ސަންދާނު މޮޔަމީހާ

27 June 2019

ދެންތިޔަބުނާ ކޯޓުތަކަށް މީހުންގެންނަނީ ޖައްވުންކަމަށް ހަބަރުލިބިފަވަނީ އެމީހުން ކަޓުނުނަގާނެޔޯ...!! އެއިރެށްގަ އޮންނަސަރުކާރަކުން ކޯޓުތަކާ ކުޅެއެމީހުން ހަލާކުކުރަނީ ފުރަތަމަ ބޮޑުސޯބު ރަނގަޅުވާންވީ ދެންސަރުކާރުގެ ވަޒީފާގަ އުޅޭމީހުންލަށްވާ ކުރުވާވަށްކަން ހުއްޓުވާލަންފެނޭ މިހާރުވެސް އެކަންދަނީ ކުރިޔަށް ބާރައް..

ނުކުރާ ދަތުރަށް ބިލް ހާދަ

27 June 2019

އައުޓް ކުރަން ޖެހޭ... ފައިގެ ބޮޑުވާ އިނގިލިން ފިންގަރ ޕްރިންޓް ޖަހާ މީހުން ތިބެއް ޖެހޭތަ؟

އައްޔުބެ

27 June 2019

ސާބަހޭ މީގެކުރިން ކުއްކުރެވެނީ ހަމައެކަނި އާއްމުފަރުދުންނަށް އެކަނިކަމަށް އޮންނަނީ އާންމުވެފަ އަދަބުވެސް ލިބެނީޢެރު ހަމައެކަނި ނިކަމެތިންނަށް. މިވެރިންނަކީ ސާފުތޯހިރު ބައެއްހެން ހީވާކަހަލަ.

ދަތްނެތްކުއްޖާ

26 June 2019

ނަޖީބޫ ތިތާ ހުރެގެން ކިހާވަރެއްގެ ކަޓު ތަކެއް ނެގިފައިވޭތޯއެވެ. ލައްކަ ގިނަ މަޢުލޫމާތު ފަނޑިޔާރުން ނާއި ބެހޭގޮތުން ރައްޔިތުން ނަށް އޮލުން ފިލާނެ ކަމަށް އުއްމީދުކުރަނމު.

ބޮޑުމީހާ

26 June 2019

ޖޭއެސްސީއެބަ ހިގާ. ކޮބާތަ ފްލެޓް ކޮމިޝަން، އެސެޓް ރިކަވަރީ ކޮމިޝަން، ނިކަން ޖޭއެސްސީ ނަމޫނާއަކަށް ބަލައިގެން ކުރިއަށްދޭބަަލަ

އެފް އެމް

26 June 2019

‏ވަކި ފަނޑިޔާރަކު ސެލެކްޓްކޮށް ނުވަތަ ވަކިވަކި ފަނޑިޔާރުންނަށް ޓާރގެޓްކުރުމީ އަދުލުއިންސާފްގެ ހަމައެއްނޫން އަދި އިންސާފް ގާއިމް ކުރުމަށް ކުރެވޭ މަސައްކަތެއްވެސް ނޫން ! ‏އެއީ....މުޅި ސިސްޓަމް މުށުތެރެއަށް ލުން ! ‏SELECTIVE JUSTICE IS INJUSTICE

އޭޑީ

26 June 2019

މޮޅު ވާހަކަ ނުދައްކާ، ނަޖީބަކީ ސިޔާސީ ޖަގަހަ ތަކުގައި ފާޅުގައި ސިޔާސީ ވާހަކަދައްކާ، ޔާމީނަށް ކެމްޕެއިންކޮށް، ދައުލަތަށް ގޮންޖަހާ ވައްތަރަށް ވާހަކަ ދައްކާ، މި ސަރުކާރުވެސް ވައްޓާލެވިދާނެކަމަށް ސައިހޮޓާ ތަކުގައި ވާހަކަ ދައްކާ ހަދާފައިވާ މީހެއް! އޭނާއަށް އިނގޭނެ، އޭނާ ހުޅުމާލޭ ހޮޓާތަކުގައި އަޑުގަދަ ކޮށް ޕީޕީއެމް މީހުން ގޮވައިގެން ދައްކާ ވާހަކަ! އޭނާ މަގާމުން ބޭރުކުރަން ޖެހޭ

‫ނާޑުވާ

27 June 2019

ތ‫ެދެއް ވަކި ފަނދިޔަަރުންގެ މައްސަލަ އާ ޝަކުވަަ ހުއްޓަސް ހުރިހާ ފަނޑިޔާރުން ހާޒިރުކޮށް ފިޔަޗަޅު އަޅަންޖެހޭ. ދެން މަ ހީހީ. ވަރަށް ސިޔާސީ ކޮމެންޓެއް ޔޯލަ ހަހަހަހަ

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454