މޯލްޑިވިއަންގެ ފްލައިޓެއް އުދުހެނީ: އީދާ ދިމާކޮށް ދަތުރުކުރާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި. ފޮޓޯ: މޯލްޑިވިއަން
08 ސެޕްޓެމްބަރ 2016 - 18:26
ބޮޑު އީދާ ދިމާކޮށް އެތެރޭގެ އުދުހުންތަކުގެ ޑިމާންޑް ބޮޑުުވެ، އީދުގެ ކުރިއަށް ޝެޑިއުލްކުރި މޯލްޑިވިއަންގެ ހުރިހާ ފްލައިޓެއް ފުލްވެފައިވާ ކަމަށް މޯލްޑިވިއަނުން މިއަދު ބުނެފި އެވެ.
ގައުމީ އެއާލައިން "މޯލްޑިވިއަން" ހިންގާ އައިލެންޑް އޭވިއޭޝަނުގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ވިދާޅުވީ އީދާ ދިމާކޮށް ފްލައިޓް ދަތުރު ވަރަށް ބޮޑަށް އިތުރުކޮށްފައި ވާނެ ކަމަށެވެ. އެގޮތުން ކޮންމެ ރަށަކަށް ވެސް އާންމު ޝެޑިއުލަށްވުރެ އިތުރަށް ފްލައިޓް ހަމަޖައްސާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޓިކެޓް ބުކްކުރަން ފަށައިފި މީގެ މަހަކަށްވުރެ ގިނަ ދުވަސް ކުރިން. އޭރުން ފެށިގެން މަސައްކަތް ކުރީ މޯލްޑިވިއަނަށް ހިދުމަތް ދެވޭތޯ ބެލީ،" ނަޝާތު ވިދާޅުވި އެވެ.
ނަޝާތު ވިދާޅުވި ގޮތުގައި މިފަހަރު ކުލަގަދަ ގޮތެއްގައި އީދު ފާހަގަކުރާތީ އެންމެ ބޮޑަށް ފްލައިޓް ދަތުރުތައް އިތުރުކުރީ ލ.އަތޮޅަށެވެ. އެގޮތުން އެ އަތޮޅަށް ޝެޑިއުލްގެ އިތުރުން 10 ފްލައިޓް ހަމަޖައްސާފައިވާ ކަމަށް ވެސް ނަޝާތު ވިދާޅުވި އެވެ.
މީގެ އިތުރުން ތ.ތިމަރަފުއްޓާއި ޏ.ފުވައްމަލަކު ފިޔަވައި ލ.އަތޮޅާ އެކު އައްޑޫ، ބ.ދަރަވަންދޫ، ހދ.ހަނިމާދޫ، ގއ. އަދި ގދ.އަތޮޅަށް ދަތުރުތައް އިތުރުކޮށްފައިވާ ކަމަށް ނަޝާތު ވިދާޅުވި އެވެ.
"އައްޑޫ، ދަރަވަންދޫ، ހަނިމާދޫ އަށް މަދުވެގެން ފަހެއް އުޅޭނެ. އީދާ ދިމާކޮށް ފްލައިޓްތައް ތަންކޮޅެއް މަދުން ދަތުރުކުރާނީ އާބާދީ ކުޑަ ރަށްތަކަށް،" ނަޝާތު ވިދާޅުވި އެވެ.
"މި ދެތިން ދުވަހު ފްލައިޓަކުން ޖާގަ ނުލިބޭނެ. ހުރިހާ ފްލައިޓްތަކެއް ވަނީ ފުލްވެފައި،"
އީދު ބަންދާ ދިމާކޮށް ހާއްސަ ފެއާ އަގުތަކެއް މޯލްޑިވިއަނުން ކަނޑައެއް ނާޅަ އެވެ. ޓިކެޓުގެ އަގު ހުންނާނީ މިއަހަރު ފެށުނު އިރު އެ އެއާލައިނުން ކަނޑައާޅާފައިވާ އަގުތަކުގައި ކަމަށް މޯލްޑިވިއަނުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖާރިޔާ އަަހުމަދު ދީދީ
09 September 2016
ހެނދުނު އިންނަ ފްލައިޓް ރޭގަނޑަށް ބަދަލުކޮށް، އެވަރުންވެސް އިތުރަށް ޑިލޭ ނުވެ ދަތުރުކުރެވޭނެ ކަމުގެ ގެރެންޓީއެއް ނޯވޭ. ޓިކެޓް އެހާ އަގު ބޮޑު، ޚިދުމަތުގެ ފެންވަރު އެހާ ދަށް.. ރައްޔިތުން ބޮޑު އަގުގަ ޓިކެޓް ނެގީމަ ފްލައިޓް ޝެޑިއުލަށް މިފަދަ ބޮޑެތި ބަދަލުގެނެސްގެން ރައްޔިތުންނަށް ލިބޭ ގެއްލުމުގެ ޒިންމާ ނަގާނީ ކާކުތޯ؟
ފްލައިޓް ޑިލޭ
09 September 2016
އޯކޭ! ފުލައިޓްތަށް ފުލް، ދެން ކީއްވެގެން ގަޑިޔަށް ނުފުރެނީ. ނުވިތާކަށް ވާނުވާ ވެސް އަންގާނުދޭ
ކޮބާ އިފުރަށް
09 September 2016
ޢިފުރުވެސް ފުލް
ޓޮމް
09 September 2016
ޓިކެޓްގެ އަގު ލަންކާ އިންޑިޔާއަށްވުރެ ބޮޑު މާލެ ހަނިމާދޫ.
ޢަލީ
09 September 2016
ތީހުސްދޮގު
އެދުރުބެ
08 September 2016
ޢެތެރޭގެ ޓުވަރިޒަމް ވަރުގަދަ ކޮށް ރާއްޖޭގައި ޑޮލަރު ހިފަހައްޓަން މަސއްކަތް ކުރަންޖެހޭ.