ފެނަކަ ކޯޕަރޭޝަނުގެ އެމްޑީ އަހުމަދު ސައީދު: އެސްޓީއޯއަށް 800 މިލިއަން ރުފިޔާ ނުދައްކާ އެބަހުރިކަމަށް އޭނާ ވަނީ ވިދާޅުވެފައި--
27 ޖޫން 2019 - 23:45
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ފެނަކަ އިން އެސްޓީއޯ އަށް ދައްކަން ޖެހޭ 800 މިލިއަން ރުފިޔާ ނުލިބި އެބަހުރި ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި އޮތް ޕެނަލް ޑިސްކަޝަން ގައި، ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު އެހެން ވިދާޅުވީ، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވި ވާހަކަތަކާ ގުޅިގެންނެވެ.
އަމްރު ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެސްޓީއޯ އަކީ ލިބޭ ފައިދާ އިން ހިންގަމުން އަންނަ ކުންފުންޏެއް ކަމަށެވެ. އެކަމަކު، އެ ކުންފުނިން ފެނަކަ އަށް ވިއްކާ ތެލަށް ލިބެންޖެހޭ ފައިސާ ނުދީ ހުރުމުން ދަތިވާ ކަމަށް އަމްރު ވިދާޅުވި އެވެ.
"ބޭރުން ތެޔޮ ގެނެސް އަޅުގަނޑުމެން ފެނަކަ އަށް އެ ތެޔޮ މި ދެނީ ރަށްތަކަށް ކަރަންޓު ދިނުމަށް. އަޅުގަނޑުމެން ފައިނޭންސް ހަމަޖައްސައިގެން ތެޔޮ ގެނެސް އެ ލާރި ވެސް ދައްކަން ޖެހޭއިރު، ފެނަކަ އިން ލިބޭ އެއްޗަކީ ވަރަށް މަދު އެއްޗެއް. މިހާރު ވެސް ފެނަކަ އިން އެސްޓީއޯ އަށް 800 މިލިއަން ޑޮލަރު ދޭން ޖެހޭ،" އަމްރު ވިދާޅުވި އެވެ.
އަމްރުގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން ފެނަކައިގެ އެމްޑީ ސައީދު ވިދާޅުވީ، އެ ފައިސާ އަކީ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ނުދައްކާ ހުރި ފައިސާ ކަމަށެވެ. އަދި ފެނަކަ އިން މިހާރު ކޮންމެ މަހަކު ގާތްގަނޑަކަށް 60 މިލިއަނެއްހާ ރުފިޔާ އެސްޓީއޯ އަށް ދައްކާ ކަމަށް ސައީދު ވިދާޅުވި އެވެ.
ސަރުކާރުން ދައްކަން ހުރި ފައިސާތައް އެކި ކުންފުނިތަކަށް ނުދައްކާތީ އެކަމާ ގުޅޭ ގޮތުން ވެސް މިއަދުގެ ބައްދަލުވުމުގައި ވަނީ މަޝްވަރާ ކޮށްފަ އެވެ.
ސަރުކާރުގެ ކުންފުނިތަކުން ބުނާ ގޮތުގައި ލިބެންޖެހޭ ފައިސާ ނުލިބި ލަސްވުމަކީ މަސައްކަތް ކުރުމަށް އެޅޭ ހުރަހެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރެޑިސް
29 June 2019
ޔާމިނު މީ 800 މިލިޔަން ޑޮލަރުގެ މޮޅެތި ވިޔަފާރި ކުރަމުންގެންދާ މީހެއް.
ޙާލާ
29 June 2019
މިކަލޭގެއަހަރުމެނަށް އެއްލައްކަ ރުފިޔާ ދޭން ޖެހޭ
ބޮޑުމީހާ
29 June 2019
ރާއްޖޭގެ ހުރިހާ ރަށެއް ތަރައްގީ ނުކުރެވޭނެ. ކޮންމެ އަތޮޅަކުން 1 ރަށް ސިޓީ ފެންވަރަށް ހަދާބަލަ. ބާކީ ރަށްތަކަށް ތިކުރާ ހަރަދުތައް ހުއްޓާލަބަ. އަހަރުމެންނަށް ހިތްހަމަޖެހޭ ދިރިއުޅުމެއް ނުލިބުނު. އަހަރުމެންގެ ދަރިންނަށްޓަކައިވެސް މިކަންކުރަން ވެއްޖެނުން. ސަރުކާރުގަވެސް ދުރުރާސްތާ ޕްލޭނެއް ނެތްތަ
އިސް ފަނޑިޔާރު
28 June 2019
މިއަދުން ފެށިގެން ރާއްޖެއަށް ތެޔޮ އެތެރެކޮށް ރާއްޖެރެރެއަށް ތެޔޮ ވިއްކުމުގެ ހުއްދަ ފެނަކައަށް ދިނުމަކީ އެންމެ ރަގަޅު ހައްލު ކަމުގައި ދެކެމެވެ. ރައްޔިރުންނަށް އަގުހެޔޮކޮށް ކަރަންޓު ދެވޭނީ ފެނަކައިން އަމިއްލަ އަށް ތެޔޮ އެތެރެކޮށްގެން ކަމުގައި ދެކެމެވެ.
ސަފިއްޔާ
28 June 2019
ގެއްލުމުގައި ހިންގާ ކުންފުންޏެއްގަ ތެޔޮ އެތެރެކުރާން ކޮން ހުއްދައެއްތަ ބޭނުންވާނީ..
ނޫސް ކިޔާމީހާ
28 June 2019
ކޮންމެ ސަރުކާރެއް ބަދަލުވާއިރު ފެނަކައިން ނުދައްކާ ފައިސާ ހުންނާނެ. ފެނަކައަކީ ކޮންމެދުވަހަކަ ޑީސަލް ނަގާތަނެއް. ޢަދި ފައިސާ ދައްކަން ޖެހެނީ ތެޔޮއަޅަ ނިމުނީމާ ކަން ދިވެހި އެންމެހާ ރައްޔިތުން ޤްބޫލުކުރޭ
ސަމްއާން
28 June 2019
ތިޔަ ކިޔަނީ ސަދަން ޔޫޓިލިޓީސް އިން ޕީއޯއައް އެސްޓީއޯއިން 700 މިލިޔަނައް ވަވަރައް ސާކު ސަމިޓުބާއްވާފަ އައްޑޫކޮންވެންޝަން ސެންޓަރު ހަދަން ފަހުންދައްކަ ގޮތައް ކުރެޑިޓައް އަންނިގެ ފުރަތަމަ ދައުރުގައި ނެގި ލާރި. އޭގެ ސަބަބުން ސަދަން ޔޫޓިލިޓީސް އޮތީ ދަރަނިވެރިވެފަ އަދި އެދަރަނި ފެނަކާއިން ބޮލުގައަޅަން ޖެހުނު.
ތިމަރަ
28 June 2019
ތިބުނާ ފައިސާ ދައްކާ ނިންމާފަ އޮންނާނީ އޭގެފަހުން އެސްޓީއޯ އަށް ދައްކަންޖެހާ ފައިސާ ނުދީ ހުއްޓާލީ ކީއްވެތޯ ޝަރީފު ކުރެން އަހާބަލަ
އިމްރާން
28 June 2019
މަސްއޫލިއްޔަތު އަދާނުކޮށް ބަހަނާ ދައްކަނީ. ހިންގަން ނޭގެންޏާ އިސްތިއުފާދީފަ ގެއަށްދޭ ނޫނީ ކުރަން އިނގޭ މަސައްކަތެއް ކޮށްބަލަ.
އަލީީީ
28 June 2019
ދެން އާއްމު މީހާއަށް ސަރުކަރުން ދޭންޖެހޭ ލާރިކޮޅު ނުލިބުމުން ވާނެ ދަތި އިހުސާސް ކޮށްލަބަލަ. އެކަމު ސަރުކާރަށް އާއްމުމީހާ ދައްކަން ޖެހޭ ފައިސާއެއް އޮތިއްޔާ އެ ނުދައްކައިގެން ބޮޑުއަދަދުން ޖޫރިމަނާ އެބަކުރޭ. އާއްމު މީހާގެ ލާރިކޮޅު ވަރިހަމަ ދެތިން އަހަރުވިޔަސް ޖޫރިމަނާއެއްނުވާނެ.
ކޮންކޯޑް
28 June 2019
ފެނަކައިން ޔާމީން ސަރުކާރޭ ބުނީމަ ހީވަނީ އެއީ ކުރިން ބާގީން ކޮށްފައި އޮތް ކަމެއް ތޯއެވެ. ކޮންމެ ސަރުކާރެއްވެސް ކުރިއަށް ދަނީ ފަހުން އަންނަ ސަރުކާރަކުން ކަންކަމާއި ހަވާލުވާ ގޮތަށެވެ. އެއްވެސް ވަގުތަކީ ސަރުކާރު ބަދަލު ވިޔަސް ގައުމު ހުއްޓޭ ވަގުތެއް ނޫނެވެ
ދަތްނެތްކުއްޖާ
28 June 2019
ތިޔަ ބުނާ ވެރިންތައް ކޮބާތަ! އެވެރިން ހައްޔަރު ކޮއް ތިފައިސާ ދަޢުލަތައް ލިބޭނީ މަހުސަރު ބިމުގަތަ!