29 ޖޫން 2019 - 07:39
ރިއޯ ޑި ޖަނޭރޯ، ބްރެޒިލް (ޖޫން 29) - ކޮޕާ އެމެރިކާގެ ސެމީ ފައިނަލުގައި، މުބާރާތް ބާއްވާ ގައުމު ބްރެޒިލާ ދެކޮޅަށް ކުޅޭ މެޗު ފަސޭހަނުވާނެ ކަމަށާއި އެކަމަކު އެ ޓީމު ބަލިކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް އާޖެންޓީނާގެ ކެޕްޓަން މެސީ ބުނެފި އެވެ.
ޕެނަލްޓީ ޖަހައިގެން ޕެރަގުއޭ ބަލިކޮށް ބްރެޒިލް މުބާރާތުގެ ސެމީން ފުރުސަތު ހޯދިއިރު، އާޖެންޓީނާ އިން ސެމީގެ ޖާގަ ކަށަވަރުކުރީ ރޭ ކުޅުނު ކުއާޓާ ފައިނަލު މެޗުގައި 2-0 އިން ވެނެޒުއޭލާ ބަލިކުުރުމަށް ފަހު އެވެ.
ކޮޕާ އެމެރިކާގައި އެންމެ ފަހުން އާޖެންޓީނާ އާއި ބްރެޒިލް ކުޅުނީ 2007 ވަނަ އަހަރުގެ ފައިނަލުގަ އެވެ. އެ ފަހަރު ބްރެޒިލް މޮޅުވީ 3-0 އިންނެވެ.
ރޭގެ މެޗަށް ފަހު މެސީ ބުނީ އަންގާރަ ދުވަހު ބްރެޒިލާ ދެކޮޅަށް ސެމީ އަށް ނުކުންނައިރު ފޭވަރިޓެއް ނޯންނާނެ ކަމަށެވެ.
"އާޖެންޓީނާ އާއި ބްރެޒިލްގެ ތެރެއިން ފޭވަރިޓެއް ނަގަން އުނދަގޫވާނެ. އަދި މި ކޮޕާ އެމެރިކާގައި ވެސް ވަކި ޓީމެއް މޮޅުވާނެޔޭ ބުނަން އުނދަގޫވާނެ. އެއީ ކޮންމެ ޓީމަކަށް ކޮންމެ ޓީމެއް ވެސް ބަލިކުރެވޭނެ ފެންވަރު އެބަހުރި،" އުމުރުން 32 އަހަރުގެ މެސީ ބުންޏެވެ. "މިއީ ފަސޭހަވާނެ މެޗެއް ނޫން. އެކަމު ބްރެޒިލް ބަލިކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް."
މި ފަހަރުގެ މުބާރާތުގައި އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗުން ކޮލަމްބިއާ އަތުން ބަލިވިއިރު، ދެ ވަނަ މެޗުން ވަނީ ޕެރަގުއޭއާ 1-1 އިން އެއްވަރުވެފަ އެވެ. އާޖެންޓީނާ އަށް ކުއާޓާގެ ޖާގަ ލިބުނީ ގްރޫޕްގެ ފަހު މެޗުން ގަތަރު އަތުން މޮޅުވުމުންނެވެ.
މެސީ ބުނީ ޖެހިޖެހިގެން ދެ މެޗުން މޮޅުވެ އާޖެންޓީނާ އޮތީ ރަނގަޅު ފޯމެއްގައި ކަމަށެވެ. މި ފަހަރުގެ މުބާރާތުގައި މެސީ އަށް މިހާތަނަށް ޖެހުނީ އެންމެ ގޯލެކެވެ. އެއީ ޕެރަގުއޭއާ ދެކޮޅަށް ލިބުނު ޕެނަލްޓީ އަކުން ޖެހި ގޯލެވެ.
"މިއީ އަހަންނަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކޭ މުބާރާތެއް ނޫން. އެކަމަކު ސެމީ އަށް ދާއިރު މި ޓީމު މި އޮތީ ރަނގަޅު ފޯމެއްގައި. ޑިފެންސަށް ވިސްނާލިޔަސް މިދިޔަ ދެ މެޗުގައި އަހަރެމެން ރަނގަޅަށް ކުޅެފި،" މެސީ ބުންޏެވެ،
ކޮޕާ އެމެރިކާގެ ތަށި 1993 ވަނަ އަހަރު ކާމިޔާބުކުރި ފަހުން އާޖެންޓީނާ އަށް ބޮޑު މުބާރާތެއް ހޯދިފައެއް ނުވެ އެވެ. އެކަމުގެ ހުރިހާ ޕްރެޝަރެއް އޮތީ އެ ޓީމުގައި ހުރި ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ މެސީ އަށެވެ. އާޖެންޓީނާއާ އެކު ޖެހިޖެހިގެން ތިން ފައިނަލުން ބަލިވެފައިވާ މެސީ މިދިޔަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމުން ބްރޭކެއް ނެގި އެވެ. އޭނާ އަލުން ޓީމާ ގުޅުނީ މި ފަހަރުގެ މުބާރާތް ގާތްވެފައިވަނިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާޢިމް
30 June 2019
އިރާދަ ކުރެއްވިއްޔާ މޮޅުވެވޭނެ
ރަށްދު
30 June 2019
އެވެންދޯ ތިވަރަށް ގޯލްތިޖަހަނީ ކެޕްޓަން
އަޙްމަދު ނާފިޒު
02 July 2019
ޕިޗު ކަޑައީމަ ދޯ، މުސޮޅު ދުވާހެން ބޯޅަވެސް ދަނީ
ބާސާ ފޭން
29 June 2019
އިންޝާ ﷲ މެސީ މިކަން ވާނެ?
ސަނީީ
29 June 2019
ބާރސާ ފޭނުން ކޫޓީނިއޯގެ ޓީމަށް ނޫނީ ސުއަރޭޒްގެ ޓީމަށް ސަޕޯރޓްކޮށްބަލަ ފިސާރި ކެރިގެން
ޖަޖު
29 June 2019
މެސީއަށް ދެވޭނެ ހިސާބަށްތިދެވުނީ... ދެން މަހަށް...
އާއިޝަތު ރަދީފާގެ މަމް
29 June 2019
ރޭ ކުޅުނު ކުޅުން ތަކުރާރުކޮށްފިނަމަ އާޖެންޓީނާ ބަލިވާނެ.އެކަމަކުވެސް މަގޭ ދަރި އައިޝް ވަރަށް އުފާވާނެ ބްރެޒިލް ބަލިވެއްޖެނަމަ.
ހިސޭ
29 June 2019
ސާބަހޭ މެސީ. އެހެން ކުޅުންތެރިންގެ ހިޔަނީގަ ހުރެ މޮޅުވާންވާނެ މިފަހަރު.
ހަގީގަތް
29 June 2019
ކޮބާ މައްސަލަޔަކީ. މިއޮށް ހުރިހާ އަހަރު އޭނަ ޓީމް ކެރީ ކުރީ. އެހެންވީމާ މިފަހަރު ޓީމުން އޭނަޔަށް އެހީތެރިވެދެނީ. މީގަ މުހިއްމީ މޮޅުވުން.
ހިސޭ
29 June 2019
އެހެން ދޯ މަމެން މިކިޔަނީ. އަހަރެމެން މިތިބީ އާރޖެންޓީނާއާއެކު. ހަގީގަތް ދޯ ބަލިވާނޭ ކިޔަނީ، އެހެންނު؟
ޙަބަރޭ
29 June 2019
މެސީ އަދި އާޖެންޓީނާ އަކަށް ތިކަމެއް ނުވާނެ.... ޒުވާން އުމުރު ނުވިކަމެއް،،، ދެން މުސްކުޅި އުމުރުގައިވެސް ނުވާނެ... ތިބުނިވިއްޔަ ޖެހިޖެހިގެން ތިންފަހަރު ފައިނަލުން ބަލިވިވާހަކަ... ތަށި ރަހަދައްކާލާފަ ކޮންްމެ ފަހަރަކު މެސީ(ބަކަރި) ރޮއްވާތިލަނީ... އެހެން އެސޮރަށް ނުހަދަބަލަ... ހެޔޮނުވާނެ މިފަހަރު އެސޮރަށްތި ތަށި ނެގިޔަދީ... އަަހަރެންވެސް ބޭނުން އެސޮރު ކެރިއަރ ނިއްމާލާއިރު ޤައުމީ ތައްޓެއް އެސޮރަށް ލިބެން