ފަނޑިޔާރުންތަކެއް: ފަނޑިޔާރުންގެ ޖަމްއިއްޔާއާ ބައްދަލު ކުރަން ޖޭއެސްސީން ވަނީ ނިންމާފައި -- ފޮޓޯ/މިހާރު
30 ޖޫން 2019 - 17:12
ފަނޑިޔާރުންގެ ހުރި ކަންބޮޑުވުންތައް ފާހަގަކޮށް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅާފައިވާ ފެޓިޝަނަކާ ގުޅިގެން އެ ޖަމިއްޔާއާ ބައްދަލުކުރަން އެ ކޮމިޝަނުން މިއަދު ނިންމައިފި އެވެ.
ޖޭއެސްސީން ބުނީ ފަނޑިޔާރުންގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެން 170 ފަނޑިޔާރަކު ސޮއި ކުރައްވައި، އެ ކޮމިޝަނަށް ހުށަހެޅި ޕެޓިޝަނަކާ ގުޅިގެން، އެ ކޮމިޝަންގެ ކަމާބެހޭ ކޮމިޓީގައި މަޝްވަރާ ކުރުމަށް ފަހު، ގޮތެއް ނިންމުމުގެ ކުރިން ފަނޑިޔާރުންގެ ޖަމިއްޔާއާ ބައްދަލު ކުރަން އެ ކޮމިޓީން މިއަދު ނިންމާފައިވާ ކަމަށެވެ.
ފަނޑިޔާރުންތަކެއް އިސް ނަގައިގެން 2008 ވަނަ އަހަރު އުފައްދާފައިވާ ފަނޑިޔާރުންގެ ޖަމިއްޔާގެ މަސައްކަތް ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތުމަށް ފަހު، ދާދި ފަހުުން އަނެއްކާ ވެސް ވަނީ އެ ޖަމިއްޔާ އަށް މެމްބަރުން އިންތިޚާބުކޮށް، މަސައްކަތް ފަށައިފަ އެވެ.
ޖޭއެސްސީން މިހާރު ދަނީ ބައެއް ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ބަލަމުންނެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފެމިލީ ކޯޓުގެ އިސްގާޒީ ހަސަން ސައީދާއި ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބުގެ އިތުރުން ބައެއް ފަނޑިޔާރުންގެ މައްސަލަތަކެއް ޖޭއެސްސީން ދަނީ ބަލަމުންނެވެ. އޭގެ ތެރެއިން ފަނޑިޔާރު ޑީޑީ އާއި އިސްގާޒީ ހަސަން ވަނީ ސަސްޕެންޑްކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy