ކުޅިވަރު

ޔޫވީ ބަލިކޮށް ދަ ގްރާންޑޭގެ މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފި

ލަނޑު ޖެހުމަށް ފަހު ދަ ގްރާންޑޭގެ އޮބައިޑާ (ކ) އާއި ނިޒާމްބެ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ޔުނައިޓެޑް ވިކްޓްރީ 3-0 އިން ބަލިކޮށް ފުރަތަމަ ޑިވިޝަނުގައި އަލަށްވާދަކުރާ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުން މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފި އެވެ.

ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންގެ ގޮތުގައި މި ފަހަރު ލީގުގައި ވާދަކުރަމުން އަންނަ ދަ ގްރާންޑޭ އެއް ވަނައިގައި އޮތީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ލިބުނު 12 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މާޒިޔާ އާއި ތިން ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ.

މެޗު ފަށައިގެން ޔުނައިޓެޑް ވިކްޓްރީން ރަނގަޅަށް ކުޅެ ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރި އެވެ. މެޗުގެ 10 ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓްރީގެ ބެލަރޫސް މިޑްފީލްޑަރު ޑިމިޓްރީ ކަބަސެލާއު ޖެހި ހިލޭޖެހުން ދަ ގްރާންޑޭ އަށް ކުޅޭ ގައުމީ ޓީމުގެ ގޯލްކީޕަރު މުހައްމަދު ފައިސަލް ވަނީ މަތަކޮށްފަ އެވެ. އޭގެ ހަ މިނިޓް ފަހުން ޔުނައިޓެޑް ވިކްޓްރީގެ ބިދޭސީ ފޯވާޑް ސިލިޗް ކީރްލޯ ފޮނުވާލި ބޯޅަ ދަ ގްރާންޑޭ ކުޅުންތެރިން ވަނީ ބްލޮކްކޮށްފަ އެވެ.

ޔުނައިޓެޑް ވިކްޓްރީން އެންމެ ފަހުން ކުޅުނު މެޗަށް ފަހު އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ވަނީ ގޯލްކީޕަރު ތޮލާލް ހަސަން (ތޮލާ) އަށް ފާޑުކިޔައިފަ އެވެ. އަދި މި މެޗުގައި އަނިޔާގެ ސަބަބުން ތޮލާ ނުފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ވަނީ ބުނެފަ އެވެ. އެކަމަކު ޔުނައިޓެޑް ވިކްޓްރީން ކުޅުނީ ތޮލާ ހިމަނައިގެންނެވެ.

ފުރަތަމަ 20 މިނިޓަށް ފަހު ދަ ގްރާންޑޭ އިން މެޗުގެ ތެރެއަށް ވަދެ އެޓޭކްކުރަން ފެށި އެވެ. ނަތީޖާއަކަށްވީ މެޗުގެ 28 ވަނަ މިނިޓްގައި ކީޕަރު ތޮލާ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ދަ ގްރާންޑޭ އިން ލީޑުނެގުމެވެ. ހާފްގެ މެދުތެރެއިން ހިފައިގެން ގޮސް ދަ ގްރާންޑޭގެ ޔަަސްފާދު ހަބީބު (މުލަކޭ) އޭރިއާ ރޮނގު ކައިރިން ޖެހި ބޯޅަ ގޯލަށް ވަނީ ކީޕަރު ތޮލާ ހިފަން އުޅުމުގެ ތެރޭގައި އޭނާ އަތުގައި ޖެހިފަ އެވެ.

ނަތީޖާ ހަމަހަމަކުރަން މެޗުގެ 33 ވަނަ މިނިޓްގައި ޑިމިޓްރީ ފޮނުވާލި ބޯޅަ ހުރަސްދަނޑިމަތިން ދިޔައިރު، އޭގެ އިރުކޮޅެއް ފަހުން ޔުނައިޓެޑް ވިކްޓްރީގެ ކެޕްޓަން އަހުމަދު ނާޝިދު (ނައްޓޭ) ޖެހި ބޯޅަ ކީޕަރު ފައިސަލް ވަނީ ހުއްޓުވައިފަ އެވެ. ދަ ގްރާންޑޭގެ ލީޑު ފުޅާކޮށްދިނީ މެޗުގެ 44 ވަނަ މިނިޓްގައި އަހުމަދު ހަސަން (އައްމަޑޭ) އެވެ. އޭރިއާ ބޭރުން އައްމަޑޭ ޖެހި ބޯޅަ ގޯލަށް ވަނީ ކީޕަރު ތޮލާލް އަތްދަށުންނެވެ.

ދެ ވަނަ ހާފު ފަށައިގެން ޔުނައިޓެޑް ވިކްޓްރީން ކުޅުން ރަނގަޅުކުރި އެވެ. އަދި އެ ޓީމުގެ ސިލިޗް ވަނީ ގޯލެއް ވެސް ޖަހައިފަ އެވެ. އެކަމަކު ސިލިޗް އޮފްސައިޑްގައި ހުރުމުން އެއީ ލަނޑެއް ކަމަށް ރެފްރީ ނުނިންމަ އެވެ. މެޗުގެ 62 ވަނަ މިނިޓްގައި އޭރިއާ ތެރެއިން މުޅިން ހުސްކޮށްހުރެ ޑިމިޓްރީ ޖެހި ބޯޅަ ކީޕަރު ފައިސަލް ވަނީ މަތަކޮށްފަ އެވެ.

ދަ ގްރާންޑޭގެ އަޔާ (ވ) ޔުނައިޓެޑް ވިކްޓްރީގެ މޫސަ ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.-- ފޮޓޯ: ހުސެން ވަހީދު/ މިހާރު

ދަ ގްރާންޑޭގެ ތިން ވަނަ ގޯލު ޖެހީ މެޗުގެ 65 ވަނަ މިނިޓްގައި އަހުމަދު ނިޒާމް (ނިޒާމްބެ) އެވެ. ހުސްކޮށް ލިބުނު ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ނިޒާމްބެ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. އަދި ހަތަރު ވަނަ ލަނޑެއް ޖަހަން ދަ ގްރާންޑޭ އިން ފޮނުވާލި ހަމަލާތައް ކީޕަރު ތޮލާ ވަނީ މަތަކޮށްފަ އެވެ.

އޭގެ ފަހުން ވެސް ލަނޑު ޖަހަން ޔުނައިޓެޑް ވިކްޓްރީ އަށް ލިބުނު ގިނަ ފުރުސަތުތަކެއް ދިޔައީ ބޭނުން ނުކުރެވި އެވެ. އެންމެ ރަނގަޅު ފުރުސަތުތައް ލިބުނީ ޑިިމިޓްރީ އަށެވެ.

މެޗަށް ފަހު ޔުނައިޓެޑް ވިކްޓްރީގެ ކޯޗު ނަޒީހު ބުނީ ކީޕަރުގެ މައްސަލައިގައި ވަގުތުން ހޯދޭނެ ހައްލަކާ ބެހޭގޮތުން ދެން ވިސްނަން އުނދަގޫ ކަމަށާއި އެކަމަކު މި މެޗަކީ ލިބުނު ފުރުސަތުތަކާ ދެއްކި ކުޅުމަށް ބަލާއިރު ޔުނައިޓެޑް ވިކްޓްރީ އަށް މޮޅުވެވޭނެ މެޗެއް ކަމަށެވެ.

"ފަހު ހާފްގައި ވެސް 35 މިނިޓްގައި މި ކުޅުނީ އެއްކޮޅުގައި. ގާތްގަނޑަކަށް އަށެއްކަ ޗާންސް ލިބުނު. ޑިމިޓްރީ އެކަނި ހަތަރު ޗާންސް ގެއްލުވާލި. ދެން މެޗެއްގައި އެ ގޮތަށް ހަތަރު ޗާންސް ލިބިފައި ހަމައެކަނި ކީޕަރު މަތަކޮށްގެން އެކަންޏެއް ނޫން ވާނީ. ގޯލު ވެސް ޖަހައިގެންވާނީ. މިއީ ލިބުނު ފުރުސަތުތަކަށް ބެލިޔަސް މިއީ 5-3 އިން މޮޅުވެވޭނެ މެޗެއް،" ނަޒީހު ބުންޏެވެ.

ދަ ގްރާންޑޭގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ މެޗަކަށް ފަހު މެޗެއް މޮޅުވަމުން އައުމަކީ ކުޅުންތެރިންގެ ކޮންފިޑެންސަށް ވަރަށް ރަނގަޅު ކަމެއް ކަމަށާއި މިއީ ކުޅުންތެރިން ޑިސިޕްލިން ހިފަަހައްޓައިގެން ވަރަށް ރަނގަޅަށް ކުޅެގެން ހޯދި ތިން ޕޮއިންޓް ކަމަށެވެ.

ލީގުގައި ދެން ދަ ގްރާންޑޭ ކުޅޭ މެޗުގައި ނުކުންނާނީ އަންނަ ބުރާސްފަތި ދުވަހުގެރޭ ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ.

3 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޗެލްސީ

01 July 2019

ނަޒީހަކަށް ނޭނގޭ ކޯޗެއްގެ އަހުލާޤާ އެއްގޮތައް ވާހަކަ ދައްކަންވެސް..

The name is already taken The name is available. Register?

ހަގީގަތް

01 July 2019

ނަޒީހެކޭ މޮރީނިޔޯއެކޭ ނެތް ތަފާތެއް. ދުވަހަކުވެސް އޭނަ ޒިންމާއެއް ނުނަގާ. މުޅިންވެސް ޓީމު ބޮލަަށް ކަނޑާލަނީ. މީނަ ވެއްޖެ ސުޒޭން ކައިރިން ދަސްކުރަން. ސުޒޭން ކޮންމެ އެއްޗެއް ކިޔަސް ބަލި ޤަބޫލު ކުރާނެ. އަދި އަމިއްލަޔަށް ޒިންމާ ނަގާނެ.

The name is already taken The name is available. Register?

ތޮލާލް

30 June 2019

ނަޒީީީހް އަށް ތަންކޮޅެއް ބޮޑަށް އިނގެނީ މާބޮޑެތި ކޮން ވާހަކަ ދައްކަން ތިއުޅެނީ، މައިތިރިވޭ! އޭރަށް މިކަން ވާނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454