ޚިޔާލު / ހައްދުފަހަނައެޅުން

އޮޅުންބޮޅުން: ހަރުކަށި ވިސްނުން ހުއްޓުވުން، ކުރަން ޖެހޭ ކަމެއް

ޤުރުއާން ކިޔަވަނީ: ރާއްޖެ އަކީ ކުރިންސުރެ ވެސް ދީނީ މެދު މިނުގެ ވިސްނުން ގެންގުޅުނު ގައުމެއް ---ފޮޓޯ: ނިޝާން އަލީ/މިހާރު

އަހުމަދު އަބްދުﷲ

03 ޖުލައި 2019 - 10:19

45 comments

ރާއްޖެ މިހާރު ދަތުރުކުރަނީ ހަރުކަށި ވިސްނުމާ ދިމާއަށް ކަން އަޅުގަނޑުމެންނަށް އެނގެ އެވެ. މިކަން ގިނަ މީހުން ގަބޫލުކުރެ އެވެ. ވަރަށް ފަހަކާ ޖެހެންދެން ސަރުކާރުން މި ކަމަށް އެއްބަހެއް ނުވެ އެވެ. އެހެން ނަމަވެސް މިހާރުގެ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ ބައެއް ބޭފުޅުން ވެސް މިކަމަށް އެއްބަސް ވެވަޑައިގަންނަވަ އެވެ.

ރާއްޖެ އަކީ ރަސްމީ ލިޔެކިޔުންތައް ބުނާ ގޮތުންނާއި ޤާނޫނުއަސާސީ ލާޒިމްކުރާ ގޮތުން ސައްތަ އިން ސައްތަ މުސްލިމް ގައުމެކެވެ. ރާއްޖޭގެ އެންމެންނަކީ ވެސް އެއް މަޒުހަބަކަށް ތަބަޢަ ވެގެން އުޅޭ ބަޔެކެވެ. ކުރީގެ ޤާނޫނުއަސާސީތަކުން، އެކަން ލާޒިމް ކުރި އެވެ. މިހެން ވުމާ އެކު ރާއްޖޭގެ އިޖުތިމާޢީ ވެއްޓަށް، ފުރަތަމަ ބަލައިލުމުން، ރާއްޖޭގައި ދީނީ ގޮތުން ޚިލާފުތަކެއް އުފެދިގެން ހަމަނުޖެހުމަކާ ހަމައަށް ދިއުމުގެ ފުރުސަތު އޮވެދާނެ ކަމަކަށް ނުފެނެ އެވެ. ނުވަތަ އެ ފުރުސަތު ވަރަށް ކުޑަވާނެ އެވެ.

ހަތްދިހައިގެ ފަހުގެ އަހަރުތަކާ ހަމައަށް އިސްލާމް ދީނާ ބެހޭ ގޮތުން ރާއްޖޭގެ އެންމެން ގެންގުޅުނީ އެއް ވިސްނުމެކެވެ. އެކަމަކު އެކަން ކުރެވުނީ "ދަނޑިމާރު އަޅައިގެން" ނެވެ. އެއީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. މި ޒަމާނުގައި، މީސް މީޑިއާގެ ޒަމާނުގައި، އެކަން އެގޮތަށް ކުރުމަށް ބަޔަކު މަސައްކަތް ކުރިއަސް ނުވެސް ކުރެވޭނެ އެވެ. އަޅުގަނޑުމެންގެ އަވައްޓެރި ބައެއް ގައުމުތަކުގެ މުސްލިމުންގެ ބައެއް ޖަމާޢަތްތަކުން އަޅުގަނޑުމެން ގަބޫލުކޮށްފައި އޮތް އިސްލާމީ ވިސްނުމަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރި އެވެ. ހަތްދިހައިގެ އަހަރުތަކުގަ އެވެ. ތަބްލީޣު ޖަމާޢަތްތައް ރާއްޖެ އަށް ފޮނުވައިގެންނެވެ. އެ މީހުން އަމަލު ކުރާ ނުވަތަ ޤަބޫލު ކުރާ އިސްލާމީ ވިސްނުމާ އެއްގޮތަށް ދިވެހިން ލަންބާލެވޭތޯ ބެލުމަށް މަސައްކަތްތަކެއް ކުރެވޭތޯ ބެލުމަށެވެ. އެއިރު ރާއްޖޭގައި އޮތް ސަރުކާރަށް އެ މީހުންގެ މަގުސަދު އެނގުމާ އެކު، އެ މީހުން އައި ގައުމަކަށް އަނބުރާ ފޮނުވައިލި އެވެ. ރާއްޖޭގެ އަތޮޅުތަކަށް ތަބްލީޣުގެ މަސައްކަތުގައި އެފަދަ ޖަމާޢަތްތަކުން ދަތުރުކުރުން ވެސް މަނާކުރި އެވެ.

އިމާމުމީހާ ހުކުރު ދުވަހު ހުކުރު ނަމާދުގެ ހުތުބާގައި ސަރުކާރުން އެއިރު ގެންގުޅުނު ސިޔާސަތާ އިދިކޮޅަށް އެއްޗެއް ބުނުމުން (މިސާލަކަށް އަންހެނުން ކުރު ހެދުން ލުމާ ބެހޭ ގޮތުން)، އޭނާ މިސްކިތުން ފޭބި އިރު އޭނާ ބަލައި އައި ސިފައިންގެ މީހާ މިސްކިތުގެ ދޮރުމަތީގައި ހުއްޓެވެ. އޭނާ ގެންދިޔައީ ބަނޑޭރިގެ އަށެވެ. ބަނޑޭރިގޭގެ ފެންޑާގައި އެތައް އިރަކު ބޭންދުމަށް ފަހު ކޮންމެވެސް އަތޮޅެއްގެ ރަށަކަށް ފޮނުވާލީ އެވެ.

ރާއްޖެ އިން ބޭރަށް ދީނީ ތަޢުލީމު ޙާސިލު ކުރުމަށް ދާން ބޭނުންވާ ބައެއް މީހުންނަށް ވެސް، އެ ޒަމާނުގައި ހަރުކަށި ދީނީ ވިސްނުމެއް ގެންގުޅޭ ކަމަށް ރާއްޖޭގައި އެ އިރު މަޝްހޫރު ވެފައި އޮންނަ ގައުމުތަކަށް ދިއުމުގެ ހުއްދަ ހޯދަން ވަރަށް އުނދަގުލެވެ.

މި ދެންނެވި ވާހަކަތަކަކީ އެއްވެސް ލިޔެކިޔުމަކުން މިހާރު ކީއްކުރަންތޯ އެވެ. އެއިރު ވެސް ފެންނާނެ ވާހަކަތަކެއް ނޫނެވެ. އެހެން ނަމަވެސް މި ކަންތައްތައް ހިނގަމުން ދިޔަ ތަން ދުށް، ތަޖުރިބާ ކުރި މީހުން މިހާރު ވެސް އެބަ ތިއްބެވެ. މި ވާހަކަ މި ދަންނަވާލީ އިސްލާމީ ހަރުކަށި ވިސްނުމެއް ރާއްޖެ އަށް އެތެރެ ކޮށްފާނެ ކަމުގެ ބިރު، ރާއްޖޭގައި، ކުރީގައި ވެރިކަން ކުރެއްވި ބޭފުޅުންގެ ވެސް އޮތް ކަމަށް ދަންނަވާލާށެވެ. އަދި އެ ބޭފުޅުންގެ އެ އިރުގެ ގޮތުގައި، ކުރެއްވި މަސައްކަތުގެ ވާހަކަ ވެސް ދަންނަވާލާށެވެ. އޮބިއަޅައިގެން މީހުން ހިފެހެއްޓުމަކީ އެއްގޮތަކަށް ވެސް، އެއްވެސް ޙާލަތެއްގައި، އެއްވެސް މުޖުތަމަޢެއްގައި ކުރަން ރަނގަޅު ކަމެއް ނޫނެވެ.

ހަރުކަށި އިސްލާމީ ވިސްނުން ފަތުރަން މަސައްކަތް ކުރާ ބައެއް ގައުމުތަކަކީ ވަރަށް މުއްސަދި ގައުމުތަކެކެވެ. އަދި ރާއްޖެ އަށް ވަރަށް ބޮޑަށް މާލީ އެހީވެ ދޭ ގައުމުތަކަށް ވުމާ އެކު ބައެއް ކަންކަމުގައި ދައްމާނު ދޫކޮށްލަން ހާލަތު މަޖުބޫރު ކުރި އެވެ.

އަޅުގަނޑުމެން ހަގީގަތާ ކުރިމަތިލާން ވެއްޖެ އެވެ. ރާއްޖޭގައި އިސްލާމީ ހަރުކަށި ވިސްނުމުގެ މީހުން އެބަ އުޅެ އެވެ. ނުފޫޒު ފޯރުވޭ ފަދަ މަގާމުތަކުގައި ވެސް އެފަދަ މީހުން އެބަ ތިއްބެވެ. އެކަން ސާފުވަނީ ދަރިވަރުންނަށް ކިޔަވައި ދިނުމަށް ތައްޔާރު ކޮށްފައި ހުންނަ ދީނީ އިލްމުގެ ބައެއް ފޮތްފޮތުގައި ލިޔެފައި ހުންނަ އެއްޗެތިންނެވެ. އެއް އިރެއްގައި ވެރިކަމުގައި ތިބި ބައެއް މީހުން މިފަދަ ކަންތައް ހުއްޓުވަން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ. ސިޔާސީ ފައިދާއަކަށެވެ. ހަރުކަށި ވިސްނުން ފެތުރޭކަން އެނގޭ އިރުގައި ވެސް މެއެވެ. ރާއްޖޭގެ ސަރުކާރުތަކުން ގާނޫނު ތަންފީޒު ކުރާ ގޮތަށް ހަރުކަށި އިސްލާމީ ވިސްނުން ރާއްޖޭގައި ފެތުރުން ނުހުއްޓުވޭނެ އެވެ. ސަރުކާރުން ރާއްޖޭގައި ގާނޫނު ތަންފީޒު ކުރާ ގޮތަކީ ގާނޫނެއް ފާސްވުމުން، ރައްޔިތުން އެ ގާނޫނަށް ތަބައަވާނެ ކަމަށް ބެލުމެވެ. ގާނޫނާ ޚިލާފަށް ބައެއް މީހުން އަމަލު ކުރަން ފެށުމުން އެކަން ހަނދާން ކޮށްދޭން އިޢްލާނެއް ކޮށްލަ އެވެ. އެ އިޢްލާނެއް ގެ އަޑު ގިނަ ފަހަރަށް އިވޭނީ ރޭޑިއޯދެވިންނަށެވެ (ރޭޑިއޯ އަޑު އެހުމަށް ދެވިހިފާފައި ތިބޭ މީހުން) ނުވަތަ ޓީވީދެވިންނަށެވެ (ޓީވީ ބެލުމަށް ދެވިހިފައި ފައި ތިބޭ މީހުން). އެ ހިސާބުން އެ އޮތީ ކަމާ ބެހޭ ފަރާތުން ޤާނޫނު ތަންފީޒު ކޮށްފަ އެވެ. މި ކަން އަޅުގަނޑަށް ފެންނަނީ އަމާ ބުނީތީވެ ފަރަށް ދިއުން ކަހަލަ ކަމަކަށެވެ.

ހަރުކަށި އިސްލާމީ ވިސްނުން ގެންގުޅޭ މީހުންނަށް އެ މީހުންގެ އެ ވިސްނުމުގެ އަޑު ފެތުރުމުގެ ފުރުސަތު ސަރުކާރުން ހަނިކުރަންވީ އެވެ. ސަރުކާރުގެ މީޑިއާ އިން ފޮނުވާ ދީނީ ޕުރޮގްރާމްތަކުގައި ވާހަކަ ދައްކާ މީހުން، ސަރުކާރުން ތަންފީޒު ކުރާ ސިޔާސަތާ ފުށުއަރާ ގޮތަށް ވާހަކައެއް ދައްކައިފި ނަމަ އެންމެ ކުޑަ މިނުން އެ ވާހަކައެއް އުނިކޮށްފައި ފޮނުވެންވީ އެވެ. މިސާލަކަށް ދަންނަވާ ނަމަ ކައިވެނި ކުރުމުގެ އުމުރަކީ ގާނޫނުގައި ބުނާ ގޮތުން 18 އަހަރު ފުރުމެވެ. އުމުރުން 16 އަހަރުގެ މީހުން ކައިވެނިކުރުމަށް ގޮވާލާ މީހާގެ އަޑު އެންމެ ކުޑަ މިނުން ސަރުކާރުގެ މީޑިއާތަކުން ނުފޮނުވެންވީ އެވެ. މިކަމުގައި ވެސް ޚިޔާލު ތަފާތުވާ ފަރާތްތައް އެކަމާ މެދު ދެކޭ ގޮތް ތަފާތު ވެދާނެ އެވެ. މިސާލަކަށް ދަންނަވާ ނަމަ ސަރުކާރުން ދެކޭ ގޮތުގައި މީހާގެ ތަސައްރަފު ފުދިގެން ކައިވެނި ކުރާ އުމުރަށް ދިއުމަކީ ހަމައެކަނި އުމުރުން 15 އަހަރު ނުވަތަ 16 އަހަރު ފުރުމުން ނޫން ކަމަށް ވެދާނެ އެވެ. ސަބަބަކީ ކައިވެންޏެއް ކުރާ އިރު ދިރިއުޅުމެއް ބިނާކުރާނެ ގޮތަކާ މެދު ކައިވެނިކުރާ މީހުންނަށް ވިސްނޭ ވަރު ވާން ޖެހޭނެތީ ވެއެވެ. ކުޑަކުދިން ކުޑަކުދިންނާ ކައިވެނި ކުރުމުން އެމީހުންނަށް ލިބޭ ދަރިން ބެލުމާއި ތަރުބިއްޔަތު ކުރުން އެ މީހުންގެ މައިންބަފައިންނާ ހިސާބަށް ދާނެ ތީވެ އެވެ. އަދި އެކަމުގެ ސަބަބުން އިޖްތިމާއީ ބައިވަރު މައްސަލަތަކެއް ނުކުމެ ދާނެތީ ވެ އެވެ.

ބައެއް ފަހަރަށް ބައެއް މީހުން ދައްކާ ވާހަކައިގެ ހަމަ ހޯދުން ވެސް އުނދަގުލެވެ. މިސާލަކަށް ދަންނަވާ ނަމަ ޔޯގާ ކަސްރަތު ކުރުމަކީ (އަޅުގަނޑަކީ ޔޯގީއެއް ނޫން) ހުއްދަ ކަމެއް ނޫން ކަމަށް ބުނުމެވެ. ސަބަބަކީ އެ ކަސްރަތަކީ ވަކި އަގީދާއެއް ގަބޫލުކުރާ ބަޔަކު ކުރާ ކަސްރަތަކަށް ވާތީ ވެ އެވެ. ޔޯގާގެ ފެށުން ކޮންމެ ތަނަކުން އަޔަސް އެއީ މިހާރު ދުނިޔޭގެ ހުރިހާ ގައުމެއްގައި ކުރަމުން އަންނަ ކަސްރަތެެކެވެ. މިހެން ގޮސް ބައިވަރު ކަންތަކެވެ. ސުކޫލަށް ކިޔަވަން ކުދިން ނުފޮނުވުމާއި ވެކްސިން ނުޖެހުން ފަދަ ކަންތަކެވެ. އެހެންނަމަވެސް ބައެއް އަވައްޓެރި ގައުމުތަކުން ކޮންމެ ދުވަހަކު އެތަކެއް ފަހަރު ފޮނުވާ ޓެލަޑުރާމާތައް ބެލުމަކީ މައްސަލައެެއް ނޫނެވެ. ކޮންމެ ޓެލަޑުރާމާއެއްގައި އެތަކެއް ފަހަރު ބުދަށް އަޅުކަން ކުރާ ތަން ދައްކަ އެވެ. އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުން އެ ދީނަށް އެނބުރިއްޖެތޯ އެވެ. އެކަކު ވެސް ނެތެވެ. އެފަދަ ކަންކަމާ ބެހޭ ގޮތުން މީހަކު ސީރިއަސްކޮށް ވާހަކަ ދައްކާ އަޑެއް ވެސް ނީވެ އެވެ.

ހަރުކަށި ވިސްނުމާ ދެކޮޅަށް ރާއްޖޭގައި އޮއްޓަރު ހުރި މަސައްކަތްތަކެއް އަވަހަށް ކުރެވެންވީ އެވެ. އަޅުގަނޑުމެންގެ ބާރުތަކުގައި މަސައްކަތް ކުރާ މީހުންނާ ހަމައަށް މި ކަން ހިނގައްޖެ ނަމަ، މި ސަރަހައްދުގެ ބައެއް މުސްލިމު ޤައުމުތަކާ ކުރިމަތިވެފައިވާ އުނދަގުލާއި އަޅުގަނޑުމެންނާ ވެސް ކުރިމަތި ވެދާނެ އެވެ.

ސަރުކާރުންނާއި ރައްޔިތުންގެ މަޖިލީހުން ވެސް ހަރުކަށި އިސްލާމީ ޚިޔާލު ރާއްޖޭގައި ފެތުރުނަ ނުދިނުމަށް މަސައްކަތެއް ކުރެވެންވީ އެވެ. މިކަމުގައި ސަރުކާރުގެ މީޑިއާގެ ރޯލު ވަރަށް މުހިއްމެވެ. ދީނީ ޕުރޮގްރާމްތައް ފޮނުވާ އިރު އެ ޕުރޮގްރާމެއްގައި ދައްކާ ވާހަކައިގެ ދެކޮޅު އެނގޭ ފެންވަރުގެ މީހަކު ބެލުމަށް ފަހުގައި ނޫނީ އެފަދަ ޕުރޮގްރާމެއް ނުފޮނުވެންވީ އެވެ. އިސްލާމީ ހަރުކަށި ވިސްނުން ފެތުރުނަ ނުދިނުމަށް ގައުމީ ފެންވަރުގައި ކޮމިޓީއެއް އުފެދިގެން ލަނޑުދަނޑިތަކެއް ކަނޑައެޅިގެން މަސައްކަތްތަކެއް ކުރެވިގެން ނޫނީ ހަރުކަށި ވިސްނުން ފެތުރުމުގެ ދުވެލި ރާއްޖޭގައި މަޑެއްނުކުރެވޭނެ އެވެ.

ތަޢުލީމީ ދާއިރާގައި ބޭނުންކުރާ ފޮތްތައް ފާސްކުރާ ކޮމިޓީގެ މެމްބަރުންނަކީ ވެސް މެދު މިނުގެ ވިސްނުމުގެ މެމްބަރުން ކަމަށް ޔަޤީން ކުރެވޭނެ ގޮތެއް ހޯދަން ޖެހެ އެވެ. ހަރުކަށި ވިސްނުން ފަތުރަން މަސައްކަތް ކުރާ ފަރާތްތަކަށް ރާއްޖޭގައި ވަނީ ސާބިތުކަމާ އެކު މަސައްކަތް ކުރެވޭނެ ގޮތް ހޯދައިފަ އެވެ. އެ ފަރާތުގައި މާލީ ތަނަވަސް ކަން އެބަ ހުއްޓެވެ. ޢިލްމާއި ހުނަރު އެބަ ހުއްޓެވެ. އެ މަސައްކަތުގައި ވަރަށް މުރާލި އެވެ. ހަރުކަށި ވިސްނުމުގެ ދެތިން މީހަކު ބަންދުކޮށްގެން، މަސައްކަތު ބައްދަލުވުމެއް ބާއްވައިގެން، އިޢްލާނެއް ކޮށްގެން، ތަގުރީރެއް ދީގެން މިހާރު މި ކަމުގެ ދުވެލި މަޑެއްނުކުރެވޭނެ އެވެ. ހުއްޓުވުމުގެ ވާހަކަ ނުދައްކަމާތޯ އެވެ. ދައްކަންވީ ކަންޓުރޯލު ކުރެވޭނެ ގޮތެއްގެ ވާހަކަ އެވެ. މަގުތައް ބަންދުކުރެވޭނެ ގޮތެއްގެ ވާހަކަ އެވެ. ބައެއް މީހުންނަށް މިކަމުގެ ސީރިއަސް ކަން އަދިވެސް ނުވިސްނެ އެވެ. އަޖައިބެކެވެ!

45 ކޮމެންޓް, 98 ރިއެކްޝަންސް

icon happy icon happy 26%
icon sad icon sad 0%
icon angry icon angry 74%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޚާފަ

04 July 2019

ކެޕްޝަންގަ އިންފޮޓޯގައ ތިބީ ދެމީހުން ޤްރްއާން ކިޔަވާށެވެ. މީ ހަރުކަށިކަންތޯއެވެ...

The name is already taken The name is available. Register?

ޚާފަ

04 July 2019

ތިބޭފުޅާ ތިލިޔުމުގައި ފާހަގަ ކުރެވިފައިވާ ވާހަކަތަކަށް ބަލާއިރު ތިބޭފުޅާއަށް ހަރުކަށިވެގެން ތިއުޅުއްވަނީކީ މީހުންނެއް ނޫނެވެ، ތިބޭފުޅާ ހައްދަވާ ގެންގުޅުއްވާ ވެރި އިލާހު ތިބާއުޅެން އެންގެވި އިސްލާމް ދީނެވެ.

The name is already taken The name is available. Register?

ނަށީ

04 July 2019

ޢެހެންވީމާ ޑުރާމާތަކާ ހިންދީ އަދި އިނގިރޭސި ފިލްމުތައް ސެންސަރުކުރާ ބޯޑެއް އެކުލަވާލަންވީ އިންސާނުންނާ މުޅި މުޖުތަމާ ހަލާކުވަނީ އެފަދަ ކަންތަކުން.ފާހިށް ކަންކަން ފެންނަންޔާ ކަންކުރާހި ވާނެ..ދެ ނީދެ ކުރާނަމަ ވާނީ ޒިނޭ އަށް..މީހުން މެރުން ވެސް އެފަދަ..ދީނީކަންކަން އިތުރުކޮށް ހޭލުންތެރިކުރުވަންވީ..ލާދީނީ ފިކުރުގެފިކުރު ތީ.."ހަރުކަށި" މިގައުމުގަ ވަޅިޖަހާ މީހުން މަރާފަތިބީ ..........

The name is already taken The name is available. Register?

އޮރެންޖްބެރީ

04 July 2019

"އިމާމުމީހާ ހުކުރު ދުވަހު ހުކުރު ނަމާދުގެ ހުތުބާގައި ސަރުކާރުން އެއިރު ގެންގުޅުނު ސިޔާސަތާ އިދިކޮޅަށް އެއްޗެއް ބުނުމުން (މިސާލަކަށް އަންހެނުން ކުރު ހެދުން ލުމާ ބެހޭ ގޮތުން)، އޭނާ މިސްކިތުން ފޭބި އިރު އޭނާ ބަލައި އައި ސިފައިންގެ މީހާ މިސްކިތުގެ ދޮރުމަތީގައި ހުއްޓެވެ. .. ބަނޑޭރިގޭގެ ފެންޑާގައި އެތައް އިރަކު ބޭންދުމަށް ފަހު ކޮންމެވެސް އަތޮޅެއްގެ ރަށަކަށް ފޮނުވާލީ އެވެ." މިއީ އެމީހުން (ސިޔާސީ މީހުން) އެހެން ދިވެހިން ހަރުކަށިކަމަށް ލޭބަލްކުރާ ގޮތަކީ.

The name is already taken The name is available. Register?

ކަފާއިލް

04 July 2019

އަޅުގަނޑު ދެކޭ ގޮތުގައި، ޤުރުއާނުގައި ﷲ ގެ ހުކުމެއް އިއްވައިފިނަމަ މުސްލިމަކަށް ވީތީ އެއާމެދު ދެބަހެއް ނުވެވޭނެ. އެހެންކަމުން އަމަލު ނުވާވަރަށް ވަރަށް ކުޑަ ކުޑަކޮށް ރާބުއިމުން، އެއީ ރަލުގެ ހުކުމް ބާތިލް ވާނެގޮތެއް ކަމަށް ހީކުރުމަކީ އަމިއްލަ ނަފްސަށް އޮޅުވާލުން. އެއީ ދީނަށް އުޅުމުގައި މެދުމިން ކަމޭ ބުނެވޭ ބަހުގެ މާނައަށް ވާނަމަ ގޯސް. އަމިއްލަ ރައުޔު، އަމިއްލަ ބުއްދީގެ ވިސްނުން ކިތަންމެ މޮޅުކަމަށް ޤަބޫލު ކުރިއަސް، ﷲ ހުކުމެއް ބަދަލެއް ނުވާނެ.

The name is already taken The name is available. Register?

ޙުސޭން

04 July 2019

ދިރާސާ ކުރަށްވާށެވެ. ހަޤީޤަތް ހޯއްދަވާށެވެ. ދަރުސްތަކަށް ވަޑައިގެން އައްސަވާށެވެ. ޢެތަންތާ ދައްކަނީ ވެކްސިން ނުޖަހާ ވާހަކަތޯ ސީރިޔާ ވާހަކަތޯވެސް އެނގޭނީ އޭރުންނެވެ.

The name is already taken The name is available. Register?

ނޯލި

04 July 2019

މިމީހުން ދެކޭ ގޮތުގައި އަންހެންކުއްޖާ ކިރުތުބުން ނުވީއްލެނީސް މޫނު ނުރުގާ އަޅުވަން ޖެހެވެ. އެހެންނޫނީއްޔާ ޕްރީކސްކޫލުގައި ފަށަން ޖެހެވެ. މި މީހުން މިހާރު ފަށައި ގަންނަނީ ޕްރީސްކޫލުންނެވެ. މޮނިޓަރކޮށް ބަލާނެ ބަޔަކުނެތެވެ. ލަވަ ހަރާމެވެ. ޔޯގާ ހަރާމެވެ. ގައުމީ ސަލާންކިއުމާއި ސްކޫލުލަވަ ކިޔުން ހަރާމެވެ. ކުއްޖާ ލައުމުރުގައި ކައިވެނި ކުރެވެންޖެހެއެވެ. މިހެން ގޮސް ކިޔާނެ ކަމެއްނެވެ.

The name is already taken The name is available. Register?

އަލިފް ޝީނު

04 July 2019

އަޙްމަދު ޢަބްދުﷲ އެވެ. އިސްލާމްދީނަކީ މެދުމިނުގެ ދީނެވެ. މިސާލަކަށް ވައްކަން ކުރުމުގެ ހުކުމްތަކަކީ ހަމަ މެދުމިނުގެ ހުކުމްތަކެވެ. އޭގަ އަތްކެނޑުމީ ހަރުކަށިކަމޭ ނުބުނެވޭނެއެވެ. ދެން ޔޯގާގެ ވާހަކަ ދެއްކީމަ ބުނެލާނަމެވެ. މުޅި ދުނިޔޭގެ އެންމެ އެކައްޗެއް ކިޔައިގެން ކުރިޔަސް އޭގެ އަސްލަކީ ހިންދޫ ދީނުގެ ތެރެއިން އައި އެއްޗެއްކަން ބަދަލެއްނުވާނެއެވެ. ހަނދުމަފުޅުކުރައްވާށެވެ. މިބިންމަތީ ބުދަށް އަޅުކަންކުރަން ފެށުނުގޮތުގެ މަރުހަލާތަށް އައި ގޮތުގެމަތިން.

The name is already taken The name is available. Register?

ބަނީ

04 July 2019

މީ ހަމަ ވަރަށް ބޮޑު ތެދެށް. ދިވެހިން ގަބޫލު ނުކުރިޔަސް ، ގުރުއާން ގަ އޮންނަނީ އެ ފޮތް އެކަނި ގަބޫލު ކުރަން. ޢަކަމަކު ހަރުކަށި މީހުން ގެ އޮންނަނީ، މި ވެނި މީހަކު ބުންޏޭ، އެހެން މީހަކު ބުންޏޭ، ކިޔާފަ އެމީހަކަށް އެގަޑިއެށްގަ އެންމެ ކަމުދާ ގޮތަކަށް އުޅެން.

The name is already taken The name is available. Register?

ހަސަނާބު

04 July 2019

ޤުރުއާނުގައި ކޮން ސޫރަތެއްގައި ތޯ އޮތީ ފަތިސް ނަމާދުގައި 2 ރަކުއަތް ކޮށް މެދުރު ނަމާދުގައި 4 ރަކުއަތް ކޮށް މަޤރިބް ނަމާދުގައި 3 ރަކުއަތް ކުރަން. އަދިވެސް މީގެ އިތުރުން އެތަށް ބައިވަރު ކަމެއް. ވިސްނާ ބަޔަކަށް މެނުވީ ނޭނގޭނެ. ނަމަވެސް އަހަރުމެން ހައިރާން ނުވޭ ތިކަމަކާއެއް މާތް ނަބިއްޔާ އޮތީ ތިފަދަ ބައެއް ފަހު ޒަމާނުގައި އަންނާނެ ވާހަކަ މީގެ 1400 އަހަރު ކުރިން ހަބަރު ދެއްވާފައޭ. އެމީހުން ބުނާނެ ހަމަ އެކަނި އަހަރުމެން ތަބާވާނީ ޤުރްއާން އަށްކަމަށް.

The name is already taken The name is available. Register?

ޑޭސް8

04 July 2019

ކާފަރުން ބޮންއެޅީމަ އިންސާނީ ހައްގު ، އޭގެބަދަލުގަ މުސްލިމަކު ބޮމެއް ގޮއްވާލައިފިއްޔާ ޓެރަރިޒް، މަރުވަނީ އިންސާނުން ، ތަފާތުވަނީ ކަންކުރާ މީހުން .ވަޓް އަ ޖޯކު. ާ މިލިޔުން މީހާ ގައިގަ ސެކިއުލާ ކުނިވަސް ދުވާހެން ހީވަނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454