މުނިފޫހިފިލުވުން / އެމޭޒަން

"ލޯޑް އޮފް ދަ ރިންގްސް" ގެ ސީރީޒަށް ޑައިރެކްޓަރަކު ހަމަޖައްސައިފި

ޑައިރެކްޓަރު ބަޔޯނާ.

ޑައިރެކްޓަރު ޕީޓާ ޖެކްސަންގެ ކާމިޔާބު ފެންޓަސީ/އެކްޝަން ފިލްމް "ލޯޑް އޮފް ދަ ރިންގްސް" ވެބް ސީރީޒެއްގެ ގޮތުގައި ގެނެސްދޭން އުޅޭ ވާހަކަ މީޑިއާތަކަށް އެރީ މީގެ ދެ އަހަރު ކުރިންނެވެ. އޭގެ ފަހުން މި ޕްރޮޖެކްޓާ ބެހޭ މާ ގިނަ ވާހަކަތަކެއް ދެކެވިފައެެއް ނެތެވެ.

ނަމަވެސް މިހާރު އަންނަނީ "ލޯޑް އޮފް ދަ ރިންގްސް" ސީރިޒްގެ މަސައްކަތް ފަށަން ތައްޔާރުވަމުންނެވެ. ވެރައިޓީން ބުނި ގޮތުގައި މި ސިލްސިލާގެ ފުރަތަމަ ދެ އެޕިސޯޑް ޑައިރެކްޓް ކުރަން ޖޭއޭ ބަޔޯނާއާ މިހާރު ވަނީ ހަވާލުކޮށްފަ އެވެ.

އޭނާއަކީ މިދިޔަ އަހަރު ރިލީޒް ކުރި ކާމިޔާބު ފިލްމު "ޖުރަސިކް ވޯލްޑް: ފޯލެން ކިންގްޑަމް" ގެ ޑައިރެކްޓަރެވެ. ބަޔޯނާ ގެނެސް ދީފައިވާ އިތުރު ފިލްމުތަކުގެ ތެރޭގައި "ދި އިމްޕޮސިބަލް" އާއި "އަ މޯންސްޓާ ކޯލްސް" ފާހަގަކޮށްލެވެ އެވެ.

މީޑިއާތަކުން ބުނީ "ލޯޑް އޮފް ދަ ރިންގްސް" ސީރީޒްގެ ފުރަތަމަ ދެ އެޕިސޯޑް ޑައިރެކްޓްކޮށްދޭ އިރު، މީގައި އެކްޒެކެޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ބަޔޯނާ ހިއްސާވާނެ ކަމަށެވެ. ނަމަވެސް މި ސީރިޒްގެ ކާސްޓާއި ޝޫޓިން ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.

"އަހަރެން މިހާރު މިހުރީ ބެލުންތެރިންނަށް މި ގެނެސްދޭން ކެތްމަދުވެފައި،" އޭނާ ބުންޏެވެ.

ވޯނާ ބްރަދާޒުން ވަނީ "ލޯޑް އޮފް ދަ ރިންގްސް" ގެ ތިން ފިލްމެއް ބެލުންތެރިންނަށް ގެނެސްދީފަ އެވެ. އެއީ ފެލޯޝިފް އޮފް ދަ ރިންގްސް (2001)، ދަ ޓޫ ޓަވާޒް (2002) އަދި ދަ ރިޓާން އޮފް ދަ ކިންގް (2003) އެވެ.

މި ފިލްމްތަކަށް ބޮކްސް އޮފީހުގައި ޖުމްލަ 2.917 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.

"Lord of the Rings" sisilaa eh ge gothugai fenidhaane

"Lord of the Rings" sisilaa eh ge gothugai fenidhaane

The most trusted news source in the Maldives

Mihaaru

"ލޯޑް އޮފް ދަ ރިންގްސް" ގެ ސީރީޒެއް ހަދާ ވާހަކަ ދެކެވުނީ 2017 ގައި.

މީގެ އިތުރުން "ހޮބިޓް" ގެ ނަމުގައި މި ސިރީޒްގެ އިތުރުން ތިން ފިލްމެއް "ލޯޑް އޮފް ދަ ރިންގްސް" ގެ ޕްރިއެކްއެލްތަކެއްގެ ގޮތުގައި ވެސް ޕީޓާ ގެނެސް ދިނެވެ. އެއީ އޭން އަންއެކްސްޕެކްޓެޑް ޖާނީ (2012)، ދަ ޑިޒޮލޭޝަން އޮފް ސްމޯގް (2013) އަދި ދަ ބެޓްލް އޮފް ދަ ފައިވް އާމީޒް (2014) އެވެ.

މި ފިލްމްތަކަށް 2.932 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 33%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454