އެސްޓީއޯ ހެޑް އޮފީސް: މެރީޑިއަމް ކުންފުނިން ނެގި ކަމަށް ބުނާ 19 މިލިޔަން ރުފިޔާގެ ތެލާ ގުޅޭ ލިޔެކިއުންތައް އެބަހުރި ކަމަށް އެސްޓީއޯ އިން ބުނީ ޝަރީއަތަށް ނުފޫޒު ފޯރުވަން ކަމަށް މެރީޑިއަމުން ބުނޭ.--- ފައިލް ފޮޓޯ: މިހާރު
04 ޖުލައި 2019 - 18:53
ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދުގެ މަސްލަހަތު އޮންނަ މެރީޑިއަމް ކުންފުނިން ނެގި ކަމަށް ބުނާ 19 މިލިޔަން ރުފިޔާގެ ތެލާ ގުޅޭ ލިޔެކިއުންތައް އެބަހުރި ކަމަށް އެސްޓީއޯ އިން ބުނީ ޝަރީއަތަށް ނުފޫޒު ފޯރުވަން ކަމަށް މެރީޑިއަމް ކުންފުނިން ތުހުމަތުކޮށްފި އެވެ.
އެކުންފުނިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެސްޓީއޯ އިން ކުރަމުންދަނީ ހަގީގަތެއް ނެތް މަސައްކަތެއް ކަމަށް ދެކޭ ކަމަށެވެ.
"...ޝަރީއަތެއްގެ އަޑުއެހުންތައް ނިމި، ދިވެހިރާއްޖޭގެ ހައިކޯޓުގައި އެ މައްސަލަ ބަަލަމުން ދަނިކޮށް ޝަރީއަތަށް ޖަވާބުދާރީވުމުގެ ބަދަލުގައި އާއްމުކޮށްގެން އިއުލާނުކޮށްގެން އެސްޓީއޯގެ ފަރާތުން ކުއްލިއަކަށް އިތުރު ލިއުންތަކެއް މިހާރު ފެނިއްޖެ ކަމަށް ބުނުމަކީ ހިނގަމުންދާ ޝަރީއަތަކަށް ބާރުފޯރުވައި ނުފޫޒު ފޯރުވުމަށްޓަކައި ކުރަމުންދާ ކަމެއް ކަމުގައި ނޫނީ މި ކުންފުނިން ނުދެކެމެވެ،" މެރީޑިއަމްގެ ބަޔާނުގައި ބުނެފައިވެ އެވެ.
މެރީޑިއަމް އިން އަބަދުވެސް މަސައްކަތް ކުރަނީ ގާނޫނާއި ގަވައިދުގެ ތެރޭގައި ހުރިހާ މުއާމަލާތެއް ވެސް ހިންގަން ކަމަށާއި އެ ކުންފުންޏާ ގުޅޭ މައްސަލައަކީ އެމްޑީޕީގެ ކުރީގެ ސަރުކާރުގައި ވެސް ބަލާފައިވާ ކަމެއް ކަމަށް ވެސް މެރީޑިއަމުން ބުންޏެވެ.
ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޓަޕްރައިޒް ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ ޕްރިންޓްކޮށްފައިވާ ލިޔެކިއުންތައް ގެއްލުނަސް އެ ލިއުުންތައް ކޮމްޕިއުޓަރު ސިސްޓަމްތަކުގައި ހުރި ކަމަށެވެ.
"ޕްރިންޓްކޮށްފައި ހުރި ޑޮކިއުމެންޓްތަކެއް ގެއްލުނީ. އޭގެ އޮރިޖިނަލްއަކަށް ވާނީ އެ ކޮމްޕިއުޓަރުތާ، އެ ހާޑް ޑިސްކްތާ. އެ ފައިލްތާ، އެ އެއްޗެހި އެބަހުރި. ދެން އެ އެއްޗިހި ވާނީ މިހާރު ހައިކޯޓުގައި،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަމްޒީބެ
05 July 2019
އެސް.ޓި.އޯ އެސް.އޭ.ޕީ ސިސްޓަމް އަކީ ވަރަށް ރަނގަޅަށް ފަރުމާކުރެވިފައިވާ ސިސްޓަމެއް. އެކި ލެވެލްގެ އޮތެންޓިކޭޝަން ހުރުމުން ވަގު ހަދަން ވަރަށް އުނދަގޫވާނެ. ސިސްޓަމުގައި އެބުނާ ޑޮކިޔުމެންޓްސް ޔަގީނުންވެސް ހުންނާނެ.
ނެޑް
05 July 2019
ލިޔުން ހުރި ވާހަކަ ބުނީ މަތިމަސް ބާލަން. އިނގިއްޖެ؟
ވާލުސޮރު
04 July 2019
ރައްޔިތުންގެ ބައިތުލްމާލުން ތެއޮއަޅާފަ ފައިސާނުދީ ބިލްތަކާ އެއްޗިހި ވަގަށް ނަގާފަ އެންމެ ފަހުން ޝާރުއީ ދާއިރާ ރަނގަޅުވުމުގެ ކޮޅުމަތި ފެނުމުން ބިރުން ތިއުޅެނީ ކިހިނެތް ވެގެންތޯ؟ ލާރިދީ އަވަހަށް
ބޮން
04 July 2019
އެންމެ ކުޑަ ކުއްޖާއަށްވެސް އެނގޭ މީއީ ހިންގާފައި މުއާމަލާތެއްކަން. ނުފޫޒު ފޯރުވައިގެން ލިޔުންތައް ނަންތާލައިގެން ސަލާމަތްވާނެ ކަމަށް އުއްމީދު ކުރިޔަސް ޖަވާބުދާރީ ވާންޖެހޭ ދުވަހެއް އެބައޮތެވެ.
ރައްޔިތުބެެއްޔާ !
04 July 2019
ކޮންކަމަކަށް ނުފޫޒު ފޯރުވަންތޯ! އެއީ ނުނަގާ ތެލެއްގެ އަގުތޯ ! ކުރިކަމަކަށް ޒިންމާވީމާ ނިމުނީ ! ރައްޔިތުންގެ ހައްގު ތިހެން މަކަރާޖަހައިގެން މިލްކު ކޮށްގެން ތިބުމަކީ ހަމަ އެންމެ ރައްޔިތަކުވެސް ކޮށްގެންވާނެ ކަމެއް ނޫން !
އައްޑޫ ރަދުން
04 July 2019
ފަނޑިޔާރުން ރިޔާޒުމެން ދެކެ މިހާރު ބިރެއްނުގަންނާނެ ބިރުނުވެސް ގެންނުވޭނެ އެދުވަސް މާޒީ ވެ ހިގައްޖެ.ތިބުނާ 19 މިލިއަން ނުދައްކާ ފަރުޖެހޭނެ ހެނެއް ހިއެއްނުވޭ.
މުކޮސް
04 July 2019
އީވާ ބުނާހެން އަޑިއަށްދާއިރު ބަކަތަޅާނެ
ޕިސްޕިސް
04 July 2019
އަދިވެސް އެފައިސާ ނުދައްކާ ފަރުޖެހޭތޯ ދޯމިއުޅެނީ. ލަދުގެކަންފުޅެއްވެސް ނެތްދޯ
--އައިވިޓުނެސް
04 July 2019
ކަލޯ ހާސްނުވޭ އެލިޔުމުގައިނެތް ސޮއެއްކޮށްފަކާ!
ދަނީ
04 July 2019
ނޫން ވަރަށް ހާސްވޭ.. ހުރީ ސްކޭންކޮށްފައި