ބްލޫ ބެލް ބްރޭންޑްގެ އައިސް ކްރީމް ތައްޓެއް.
06 ޖުލައި 2019 - 07:56
އެމެރިކާގެ ޓެކްސަސްގައި ހިންގާ ވޮލްމާޓްގެ ސުޕަމާކެޓެއްގެ ވިއްކަން ހުރި އައިސް ކްރީމް ތައްޓެއްގެ މަތި ނަގައި އޭގައި ދޫ ލާފައި އަލުން ފްރިޒަރަށް ލި މައްސަލައެއްގައި އަންހެނަކު ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިކަމެއް ހިނގާފައި ވަނީ ޓެކްސަންސްގެ ލުފްކިންގައި މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ.
އަންހެން މީހާ "ބްލޫ ބެލް އައިސް ކްރީމް" ގެ ޓިން ރޫފް ފްލެވާ ތަށީގެ މަތި ނަގާފައި ދޫލާ މަންޒަރު ފެންނަ ވީޑިއޯ ވެސް ޓްވިޓާގައި ދައުރުވެފައިވެ އެވެ. އަދި ދޫލާފައި އޭގެ މަތި ޖަހާފައި އަލުން ފްރީޒަރަށް ލާފައި އަންހެން މީހާ ހެމުންހެމުން ދާ ތަން ފެނެ އެވެ.
What kinda psychopathic behavior is this?! pic.twitter.com/T8AIdGpmuS
— Optimus Primal (@BlindDensetsu) June 29, 2019
މި މައްސަލާގައިު އޭނާގެ ހައްޔަރު ކުރުމުގެ އަމުރެއް ނެރެފައިވާ އިރު، ކުށް ސާބިތުވެއްޖެ ނަމަ 2-20 އަހަރާ ދެމެދު މުއްދަތެއްގެ ޖަލު ހުކުމާ އެކު 10،000 ޑޮލަރުގެ ޖޫރިމަނާއެއް ވެސް ކުރެވޭނެ އެވެ. އަދި މިކަމަކީ އާންމުންގެ ސިއްހަތަށް ނުރައްކަލުގެ ތެރެއަށް ހުށަހެޅުމުގެ އަމަލެއް ކަމަށް ފުލުހުން ބުންޏެވެ.
އަންހެން މީހާގެ އިތުރުން މަންޒަރު ވީޑިއޯ ކުރި މީހާ ވެސް ފުލުހުން އަންނަނީ ހޯދަމުންނެވެ.
ވޮލްމާޓުން ބުނީ ކަސްޓަމަރަކު ކުރި ފަކުރު ކަންތަކާ ގުޅިގެން ފްރީޒަރުގައި ހުރި ހުރިހާ އައިސް ކްރީމް ތައްޓެއް މިހާރު ނަގާފައިވާ ކަމަށެވެ. އަދި މި ފިޔަވަޅަކީ ވޮލްމާޓްގެ ކަސްޓަމަރުންގެ ސިއްހަތާއި ރައްކާތެރި ކަމަށް އެޅި ފިޔަވަޅެއް ކަމަށެވެ.
މި ހާދިސާއާ ބެހޭ ގޮތުން ލުފްކިންގެ ޑިރެކްޓަ އޮފް ޕަބްލިކް ސޭފްޓީ ގެރާލްޑް ވިލިއަމްސަމް ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަން ގެއްލޭ ކަހަލަ އަމަލުތައް ކުރުމަކީ ޖޯކެއް ނޫން ކަމަށާއި މިއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށެވެ.
"އެހެންވެ މި މައްސަލަ ވަރަށް ބޮޑު އިސްކަމެއް ދީގެން ބަލާނަން ކަމާ ބެހޭ ހުރިހާ ފަރާތްތަކާ ގުޅިގެން. އަދި މި ހާދިސާ ސަމާލުކަމަށް ގެނެސް ދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަން،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުނިޔަ
07 July 2019
ޗީޑި! އެކަމަކު ތިވީޑިއޯ ވައިރަލްވީމަ އައިސްކްރީމްތަށް ފުރިޖުން ނަގާއިރު، އޭނަ ދޫލާފަ ބެހެއްޓި ތަށި ނުވިކޭކަމެއް ކިހިނެތް އެނގޭނީ؟
ބަލަބަލަ
06 July 2019
މީ ފިރިހެނެޢް އަންހެނަކަށް ވެގެން. ބެޓެއްކޮށްގެން ޔަޤީން. އެންމެފަހުން ބެޓުން މޮޅުވީ.