ދިވެހިންގެ ބަޔަކު ހައްޖުގެ އަޅުކަން އަދާކުރުމަށް ތައްޔާރުވެގެން: މި އަހަރު ވެސް 2000 މީހުންގެ ކޯޓާއެއް ރާއްޖެއަށް ވަނީ ލިބިފައި
07 ޖުލައި 2019 - 20:42
ރާއްޖެ އިން މި އަހަރު މީހުން ހައްޖަށް ގެންދިއުމަށް ސައުދީ އަރަބިއްޔާ އިން ދިން ދެ ވަނަ ކޯޓާއިން 500 ޖާގަ ހައްޖު ކޯޕަރޭޝަން ދީފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ކޯޓާ ބެހުމުގައި އެންމެ ފުރަތަމަ ބެލީ ހައްޖު ކޯޕަރޭޝަނަށް އެންމެ ގިނައިން މީހުން ގެންދެވޭނީ ކިހާ އަދަދެއްގެ މީހުންތޯ ކަމަށެވެ. އަދި ވަގުތާއި ހާލަތަށް ބަލައި އެ ކޯޕަރޭޝަނުން ނެގީ 500 ކޯޓާ ކަމަށް އެތަނުން ބުންޏެވެ.
އެ މިނިސްޓްރީން ބުނިގޮތުގައި ބާކީ 500 ކޯޓާ މިހާރު ވަނީ ހައްޖަށް ގެންދާ އެހެން ކުންފުނިތަކުގެ މެދުގައި ހަމަހަމަ ކަމާއެކު ބަހާލައިފަ އެވެ.
- ހައްޖު ކޯޕަރޭޝަން: 500 ޖާގަ
- އެކްރޯ ޕްރައިވެޓް ލިމިޓެޑް: 10 ޖާގަ
- އަލް ހަރަމައިން ހައްޖު އެންޑް އުމްރާ: 71 ޖާގަ
- ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑް: 140 ޖާގަ
- މިނާ ހައްޖު އެންޑް އުމްރާ: 279 ޖާގަ
އިސްލާމިކް މިނިސްޓްރީން ބުނީ ވަގުތުގެ ގޮތުން އިންތިޒާމްތައް ހަމަޖައްސަން އުނދަގޫ ކަމަށް ބުނެ ޒައީ ގުރޫޕުން އިތުރު ކޯޓާ ނުނަގަން ނިންމާފައިވާ ކަމަށެވެ. އެހެންވެ، އެ ގުރޫޕުން މި އަހަރު މީހުން ހައްޖަށް ގެންދަނީ، ކުރީގެ ކޯޓާއިން ލިބުނު 90 ޖާގައަށެވެ.
އެ މިނިސްޓްރީން ބުނީ ބައެއް ކުންފުނިތަކުން ގިނަ ކޯޓާ ދިނުމަށް އެދި ސިޓީ ހުށަހެޅި ނަމަވެސް، އެ އަދަދަށް މީހުން ގެންދެވެން ނެތް ކަމަށް ފަހު ވަގުތު އަންގާފައިވާ ކަމަށެވެ. ކުންފުނިތަކަށް އިތުރު ކޯޓާ ދީފައިވަނީ، އެ ކުންފުނިތަކުން ހުށަހަޅާފައިވާ އަގުގައި ހައްޖަށް މީހުން ގެންދިޔުމަށާއި ޕްރޮޕޯސަލްގައި ބުނެފައިވާ ހުރިހާ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށެވެ.
ހައްޖު ކޯޕަރޭޝަނަށް ލިބުނު ކޯޓާގެ ތެރެއިން 500 މީހުން ގެންދިޔުމަށް މިހާރު ވަނީ އިއުލާންކޮށްފަ އެވެ.
ހައްޖުގެ އަގަށްވާ ފައިސާގެ 75 ޕަސެންޓް ދައްކައިގެން، އެ ކޯޕަރޭޝަނުގެ ދަށުން އަޅުކަން ފުރިހަމަ ކުރުމަށް 2،000 އަށް ވުރެ ގިނަ މީހުން މިހާރު ވެސް ވަނީ ނަން ނޯޓުކޮށްފަ އެވެ. އޭގެ ތެރެއިން 377 މީހަކަށް، އާ ކޯޓާގެ ދަށުން ފުރުސަތު ދީފައިވާއިރު ކުރިއަށް އޮތްތަނުގައި އިތުރު މީހުންނަށް ވެސް ފުރުސަތު ދޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.
ހައްޖަށް ދިޔުމަށް ސައުދީ އަރަބިއްޔާއިން އެންމެ ފުރަތަމަ ދިން 1000 މީހުންގެ ކޯޓާއިން ހައްޖު ކޯޕަރޭޝަނަށް ދީފައިވަނީ 550 ޖާގަ އެވެ. އަދި އޭގެ ތެރެއިން 80 ޖާގަ އިސްލާމިކް މިނިސްޓްރީން ވަނީ ރިޒާވްކޮށްފަ އެވެ. މަލީޝާ ޖަމާއަތަށް ފައިސާ ދައްކައި ހައްޖަށް ނުދެވުނު މީހުން، ދައުލަތުން ހައްޖަށް ގެންދިޔުމަށް ނިންމާފައިވަނީ އެ ޖާގައިގެ ތެރެއިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗޮމމ
08 July 2019
ސާބަސް، ތިގޮތަށް ކުރިއަށް ގެންދަވާ ހައްޖު ކޯޕަރޭޝަނުގެ ކިއޫ ހުސްކޮށްލާތި. މިފަހަރު ކޯޕަރޭޝަނަށް ތިޔަ ދެއްވީ މީގެ ކުރިން ދުވަހަކުވެސް ނުދެއްވާ އަދަދެކެވެ.
ަައާޝޯހު
08 July 2019
ހާދަ އެނގެޔޭ ދޯ! ކޮންމެ އަހަރަކުވެސް ފަހުން ލިބޭ 1000 ކޯޓާގެ ތެރެއިން 500 ކޯޓާ ދެނީ ހައްްޖު ކޯޕަރޭޝަނަށް.
ޗޮމމ
08 July 2019
ރަނގަޅު، ދެއްވާ 500 ޖާގަ، އެކަމަކު އޭގެން ބޮޑުބަޔަކީ ކޮންމެވެސް ފައުންޑޭޝަނަކަށް ރިޒާވް ކުރެވި، ބަހާލެވޭ ޖާގަ.
ބަލާބަލަ
10 July 2019
މިހާރުވެސް 88 ޖާގަ އިސްލާމިކް މިނިސްޓްރީ އިން ރިޒާވް ކޮށްފަ. ބެލެވޭގޮތުގައި މީ މިނިސްޓަރުންނާއި އެހެނިހެން މަތީ މަގާމްތަކުގެ މީހުންނަށް. އެމީހުންނަށްދޭ ޖާގައިގަ އެމީހުން ދަންނަ ގާތް މީހުން އަވަހަށް ފޮނުވާ.. މީ އިންސާފެއް ނޫން.
ބަރުބަރީ
08 July 2019
އަސްލު ކޯޓާގެ ކުރެދިޓު އެއްވެސް ސަރުކާރަކަށް ދީގެން ނުވާނެއެވެ.ކޮންމެ މީހަކު ވެރިކަމުގައި ހުރިނަމަވެސް ތިކޯޓާ ލިބޭނެއެވެ.
އަސްލުވެސ
08 July 2019
އަސްލުވެސް ތިޔައީ ހަމަ ތެދު
މުލޭ
07 July 2019
ބައެއް ކުންފުނިތަކުން އިތުރު ކޯޓާއިން ޖާގަދެނީ އެއްލައްކަ ރުފިޔާ އަށޯ ކިޔާ އަޑުއިވޭ. މިނިސްޓްރީ ނިދާފަތޯ ނުވަތަ ގުޅިގެން ކުރާ ކަމެއްތޯ.
ޗޮމމ
08 July 2019
ހެކިބަސް ދެއްވަން ކެރިވަޑައިގަންނަވާނަމަ ވަޑައިގަންނަވާ. މިހާރު ވާ ގޮތަކީ އެއްވެސް މީހަކަށް ނުކރޭ ބަޔާނެއްހާ ހިސާބުވެސް ދޭކަށް، ކިތާބީ ހެއްކެއް ނުހުރޭ، މިނިސްޓްރީއިން ކިހިނެއްތޯ ފިޔަވަޅު އަޅާނީ.
ހަމަތެދެއް
08 July 2019
ޗމމ އެބުނީ ހަމަތެދެއް. ކިތާބީ ހެކި ހިފައިގެން ވަޑައިގަންނަވާ،
މިނާ
07 July 2019
ޑޮކިއުމަންޓް ހަމަނުވީމަ އެންމެ ގިނަ ކޯޓާ ލިބޭ އުސޫލު ތޯ؟ މަ ހީކުރީ އާ ކޯޓާއިން މިނާއަށް ނުލިބޭނެކަމަށް، އެކަމަކު އެންމެ ގިނަ ކޯޓާ ލިބިފަ މި އޮތީ...
އަޖާއިިބު
08 July 2019
އަޖާިބެއް ކީއްވެ ނުލިބެންވީ؟
މިނާ
07 July 2019
ޑޮކިއުމަންޓް ހަމަނުވީމަ އެންމެ ގިނަ ކޯޓާ ލިބޭ އުސޫލު ތޯ؟ މަ ހީކުރީ އާ ކޯޓާއިން މިނާއަށް ނުލިބޭނެކަމަށް، އެކަމަކު އެންމެ ގިނަ ކޯޓާ ލިބިފަ މި އޮތީ...