ސަރުކާރުގެ މަސްއުލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގައި މިނިސްޓަރު އަލީ ވަހީދު-- ފޮޓޯ: މަޖިލިސް މީޑިއާ
10 ޖުލައި 2019 - 13:55
ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންނަށް ހާއްސަކޮށްގެން އެކުލަވަލާ ދަފްތަރު އަންނަ މޭ ޑޭގައި އިއުލާނު ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިހާރު ވެސް ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ދިވެހިންނަށް ގިނަ ގޮންޖެހުންތައް އެބަހުރި ކަމަށެވެ. އަދި މި މައްސަލަތައް ހައްލުކުރުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ރިސޯޓު މުވައްޒަފުންގެ ދަފްތަރެއް އެކުލަވާލާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރިސޯޓް މުވައްޒަފުންގެ ދަފްތަރު އެކުލަވައިލުމުން، ރިސޯޓު މުވައްޒަފުންނަށް ޝަކުވާ ހުށަހެޅުމުގައި ފަސޭހަވާނެ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މިގެންދަނީ ރިސޯޓު މުވައްޒަފުންގެ ދަފްތަރު ހެދުމަށް. އިރާދަ ކުރެއްވިއްޔާ މި ދަފްތަރު އަންނަ މޭ ޑޭގައި އިއުލާން ކުރެވޭވަރުވާނެ. މި ދަފްތަރު އެކުލަވާލުމުން މުވައްޒަފުންނަށް އަޅުގަނޑުމެންނާ ހަމަޔަަށް އެ މީހުންގެ ހުރި ކަންބޮޑުވުންތައް ހިއްސާ ކުރެވޭނެ. ގިނަ ފަހަރު މުވައްޒަފުން ފަސް ޖެހޭ ކަންބޮޑުވުން ފާޅުކުރަން. އެކަން މި ދަތުރުގެ ސަބަބުން ފަސޭހަ ވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ޓޫރިޒަމް ދާއިރާގައި ހުރި ގޮންޖެހުންތައް ދިރާސާ ކުރުމަށް ކުރި ދަތުރުތަކުގައި ދިވެހި މުވައްޒަފުންނާއި ބިދޭސީ މުވައްޒަފުންނާ ދެމެދު މުސާރައިގެ ގޮތުން ހުރި ފަރަގު ފެނުނު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މިކަންތައްތައް ހައްލުވާނީ ދިވެހިންގެ ތެރޭގައި ޓޫރިޒަމް ދާއިރާގެ އެކި މަގާމުތަކަށް މީހުން ތަމްރީން ކޮށްގެންނެވެ.
މީގެ އިތުރުން ޓުރިޒަމް ދާއިރާ އިސްލާހު ކުރުމުގައި މުވައްޒަފުންގެ އިތުރުން ވިޔަފާރި ވެރިންނަށް ވެސް ވިސްނައިގެން މަސައްކަތް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑު ކުރި އެކި ދަތުރުތަކުގައި ވަަރަށް ގިނަ ޝަކުވާތައް ލިބުނު. އެގޮތުން ހަމަ އަޅުގަނޑުމެންނަށް އެބަ ފެނޭ އެއް ވަޒީފާގައި ތިބޭ ބިދޭސީ މީހުންނާއި ދިވެހި މީހުންގެ މުސާރާގައި ފަރަގު ހުރި މިންވަރު. މިކަންތައްތައް ހައްލުކުރެވޭނީ ދިވެހިން މި ދާއިރާ އަށް ތަމްރީން ކޮށްގެން. އަޅުގަނޑު ދެކެން ބޭނުންވާ މި ދާއިރާގައި ބިދޭސީންގެ މަގާމުތައް ދިވެހިން ފިލް ކުރާ މަންޒަރު. ދެން އަޅުގަނޑުމެން މި ދާއިރާ އިސްލާހު ކުރާ އިރު ވިޔަފާރިވެރިންނަށް ވެސް މުވައްޒަފުންނަށް ވެސް ވިސްނާނަން" މިނިސްޓަރު ވިދާޅުވި އެވެ.
ޓޫރިޒަމް ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރުމަށް ޓޫރިޒަމް މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތުގައި 14 ގަވާއިދެއް އެކުލެވޭ ޓުރިޒަމް މާސްޓާ ޕްލޭނެއް ތައްޔާރުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މި ޕްލޭން މި މަހުގެ 30 ގައި އިފްތިތާހު ކުރަން ވަނީ ނިންމައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަސްއަހަރުފަހުންނޭ
10 July 2019
ރާއްޖޭގެ ރިސޯރޓްސް ތަކުން ވަކި އަދަަދަށް ވުރެން މުސާރަ ބޮޑު ނަމަ އެފަދަ އެއްވެސް މަގާމަކަށް ދާއިމީ ވާރކް ވިސާ ނުދޭންވީއޭ މަހަކު 500 ޑޮލަރަަށް ވުރެން ބޮޑު މުސާރަ ދޭ އެއްވެސް މަގާމަކަށް ބޭރު މީހުންނަށް ނާދެވޭނެއޭ ސާރވިސް ޗާރޖް ދީގެންނުވާނެއޭ ބޭރު އެއްވެސް މީހަކަށް އެމެން ނަށް ދޭން ޖެހޭނީ މުސާރަ އެކަނިއޭ އަދި އެމެންނަށް ދޭން ޖެހޭނީ 6 މަސް ދުވަހުގެ ބިޒްނެސް ވިސާއޭ 6 މަސް ހަމަ ވުމުން ދާން ޖެހޭނީ ރަށަށް ދެން އެފަދަ މީހަކަށް ރާއްޖެ އާދެވޭނީ ރިސޯޓަކަށް
1828
10 July 2019
ވައުދުވީ ދަފްތަރު އެކުލަވާލާކަށް ނޫން. ވައުދުވީ ސަރވިސް ޗާރޖް ބަހާ ގޮތް މޮނީޓަރ ކުރަން. އެކަން ފުރަތަމަ ކުރޭ.
އަލީހުސައިން
10 July 2019
އަހަންނަށް ހީވަނީ ގަސްދުގައި ސަރވިސް ޗާރޖުގެ ވާހަކަ ނުދައްކަނީހެން. ވަޒީފާބެހޭ ގާނޫނު 52 ވަނަ މާއްދާއެއްގޮތަށް ސަރވިސް ޗަރޖު ދެނީ މަދު ރިސޯޓަކުން. މިމައްސަލައަށް ހައްލު ހޯދަދޭނެކަމަށް ސޯލިހު ވައުދުވި. މިމައްސަލަ އެތައްފަހަރަކު އަލީވަހީދަށްވެސް ހުށަހެޅުނު
އަސްލުރޭޓު
10 July 2019
ޓޫރިޒަމް މިނިސްޓަރު އިހްލާސްތެރިކަމާއެކު ކަމެއް ކޮށްދެންޏާ މިކަން ކޮށްދީބަލަ! ކޮންމެ ރިސޯޓަކާ ޖެހިގެން އޮންނަ މީހުން އުޅޭ ރަށްރަށުގައި 2 ކޮޓަރީގެ އެޕާޓްމަންޓްތަކެއް ރިޒޯޓު މުވައްޒަފުންނަށް އަޅައި އެމީހުންގެ އާއިލާތައް އެރިޒޯޓު ކައިރީގައި އުޅެވޭނެ ގޮތް ހަދާދީބަލަ. އަދި އެރަށްރަށް ކޮންމެ ދުވަހަކު ރިޒޯޓު ފެރީ ހަމަޖައްސަދީބަލަ. އޭރުން ސޯސަލް މައްސަލަތައް ހައްލުވެ، ވަޒީފާއިން ވަކިވުން ހުއްޓުވޭނެ. އަދި ޓޫރިޒަމް ދާއިރާގައި ވޯރކްކުރާ ހިތްވާނެ.
ވާނު
10 July 2019
ޓުވަރިސްޓް ގައިޑުން ވެސް ތީގަ ހިމަނާއިދީ..އޭ އުޅެ ބަޔެއްކަން ނޭގެ ބަޔެއް.ޕެންޝަނެއް ވާޖީފަ ގެ އެއްބަސް ވުމެެއް އެހެން ކަމެއް އޮތް ބަޔެއްނޫން. ޢެންމެނަށް ހަމަ ހަމަ ފުރަސަތު ހޯދާދެއްވާ މަނިކުފާނު. އަޅުގަނޑު މެން 300 ހާ ގައިޑުން ގެ ހައްގުގަ ވެސް ރަނގަޅު ފިޔަވަޅު އަޅުވައިދެއްވާ.އަޅުގަނޑު މެން ވެސް މީ ފަތުރުވެރިކަމުގެ މުހިންމު މަސަސްކަތެއް ކުރާ ބަޔެއް.ގާނުނަ ގާވަިދު ތަންފީޖް ކޮއްދެއްވާ.
ބީޕްރެެކްޓިކަލް
10 July 2019
ރިސޯޓު މުވައްޒަފުންގެ ދަފްތަރު މޭ ޑޭގައި ލޯންޗުކުރަނީ ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ރާއްޖޭގެ ރިސޯރޓްސް ތަކުގެ ޕްރޮޖެކްޓްސް ތައް ހިންގާއިރު އެބަޖެހޭ ޕްރޮޖެކްޓް މެނޭޖްމެންޓް ލެވެލް އިން ފެށިގެން ގޮސް ޕްރޮޖެކްޓްގެ މެއިން ކޮންޓްރެކްޓަރުން ސަބް ކޮންޓްރެކްޓަރުން އަދި އެމްއީޕީ ކޮންޓްރެކްޓަރުންނަކީ އެއީ ދިވެހި ކުންފުނި ތަކަށް ހެދޭތޯ ބަލަން އެބަޖެހޭ އަދި އެބަޖެހޭ ރިސޯރޓް އާކިޓެކްޓަރ އަދި އެމްއީޕީ ކޮންސަލްޓެންޓް އައި އައިޑީ ވެސް ދިވެހިންނަށް ހަދަން