ހުޅުމީދޫގައި އިމާރާތްކޮށްފައިވާ ފްލެޓްތައް.
10 ޖުލައި 2019 - 16:56
އައްޑޫ ހުޅުދޫގައި އިމާރާތްކޮށްފައިވާ ފްލެޓްތަށް ކުރިމަތިލި މީހުންގެ ލިސްޓް އާންމުކޮށް، ޕޮއިންޓް ލިބުނު ގޮތާ ދޭތެރޭ އެއްވެސް ޝަކުވާއެއް އޮތް ނަމަ، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން މިއަދު ހުޅުވާލައިފި އެވެ. ކައުންސިލުން ބުނި ގޮތުގައި ހުޅުދޫގައި އިމާރާތްކޮށްފައިވާ 48 ފްލެޓްގެ ތެރެއިން ކުރިމަތިލާން ހުޅުވައިލި 32 ފްލެޓަށް 25 ފަރާތަކުން ކުރިމަތިލާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހުޅުދޫ އާއި މީދޫގެ ރައްޔިތުންނަށް ހާއްސަކުރި ފްލެޓްތަކަށް އެދި ހުށަހެޅި 23 މީހުންނާއި ހުޅުދޫ/މީދު އަށް ދިރިއުޅުން ބަދަލު ކުރަން ބޭނުންވާ މީހުންނަށް ހާއްސަކުރި 15 ފްލެޓަށް އެދި ހުށަހެޅި ދެ މީހެކެވެ.
އެ މީހުންނަށް ލިބުނު ޕޮއިންޓް ހާމަކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 18 ވަނަ ދުވަހާ ހަމައަށް އޮންނާނެ އެވެ.
Hulhudhoo adhi Meedhoo avashuge rayyithunnah haassa kurevunu flat thakah edhi hushahelhunu form thakah point dhevunu gothuge list aammukoh shakuvaa hushahelhumah hulhuvaalun | https://t.co/lIrPtDml8w pic.twitter.com/euR4OVVwhR
— Addu City Council (@AdduCityCouncil) July 10, 2019
ކައުންސިލުން ބުނި ގޮތުގައި ފްލެޓްތައް ލިބޭ މީހުންގެ ފައިނަލް ލިސްޓް އާންމު ކުރާނީ ހުށަހަޅާ ޝަކުވާތަކާ ގުޅިގެން ނުވަތަ ސާފު ކުރެވޭ އިތުރު މައުލޫމާތާއި ލިސްޓަށް ގެންނަން ޖެހޭ އުނިއިތުރެއްވާ ނަމަ، އެ އުނިއިތުރެއް ގެނައުމަށް ފަހު އެވެ.
Raees @ibusolih Addu hulhudhoo flat tha bahlavaalahvan ziyaarah kurun ! pic.twitter.com/Kh1tULbjLd
— Addu -X- Files (@adduXfiles) March 9, 2019
ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ވެރިކަމުގައި އައްޑޫގައި ކުރިއަށް ގެންދަން ނިންމި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެން ހުޅުދޫގައި ޖުމްލަ 48 ފްލެޓް އިމާރާތް ކުރި އިރު، އެ ފްލެޓްތަކަށް ކުރިމަތިލާން އެންމެ ފުރަތަމަ ހުޅުވައިލީ 2016 ވަނަ އަހަރު އެވެ.
އެކަމަކު އެކަށީގެންވާ އަދަދަކަށް މީހުން ކުރިމަތިލާފައި ނުވާތީ އުސޫލަށް އެކި ފަހަރު މަތިން ބައެއް ބަދަލުތައް ގެނެސް އެންމެ ފަހުން ފްލެޓްތަކަށް ކުތިމަތިލާން ހުޅުވައިލީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.
ހުޅުދޫގެ އިތުރުން ހިތަދޫގައި ވެސް ވަނީ ޖުމްލަ 264 ފްލެޓް އިމާރާތްކޮށްފަ އެވެ. އެކަމަކު ފްލެޓްތައް ވެސް ނިމިފައި ހުންނަތާ ފަސް އަހަރުވާން ކައިރިވެފައިވާ އިރު، އެއްވެސް ފްލެޓެއް މިހާތަނަށް ދޫކުރެވިފައެއް ނުވެ އެވެ.
ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި އައްޑޫގެ ފްލެޓްތައް ދޫނުކުރެވި ލަސްވަނީ އެތަންތަނަށް ފެނާއި ނަރުދަމާ އަދި ކަރަންޓްލުމުގެ މަސައްކަތް ނުނިމޭތީ އެވެ. އަދި އެ މަސައްކަތްތައް ފެނަކައާ ހަވާލުކޮށްފައިވާ ކަމަށާއި ދެ މަހެއްހާ ދުވެހުގެ ތެރޭގައި މަސައްކަތް ނިމޭނެ ކަމަށް މިދިޔަ އެޕްރީލް މަހު ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ އައްޑު އަށް ކުރެއްވި ދަތުރުގައި ވިދާޅުވެފައިވެ އެވެ.
Addu gai ithuru 1,500 housing unit alhanee
The most trusted news source in the Maldives
Mihaaru
އައްޑޫގައި އިތުރު 1،500 ހައުސިން ޔުނިޓް އަޅަން ވެސް ވަނީ ނިންމާފައި.
އައްޑޫގައި އިމާރާތްކޮށްފައިވާ ފްލެޓްތައް ދޫނުކުރެވި ދިގުލަމުންދާ އިރު، އައްޑޫގައި އިތުރު 1،500 ހައުސިން ޔުނިޓް އަޅަން މި ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް ފޭދޫގައި 25 ހައުސިން ޔުނިޓް އަޅާފައިވާ އިރު، އެތަންތަނުގައި މީހުން އަންނަނީ ދިރިއުޅެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަބީބު
10 July 2019
އައްޑޫކަހަލަ ބިންބޮޑެތި ރައްރަށުގަ ފުލެޓު އަޅާފަ ދައުލަތުން ބޭކާރު ހަރަދު ކުރުމުގެ ބަދަލުގަ ގޯތިދިނުން މާރަނގަޅުވާނެ
މަންޑޭލާ
10 July 2019
މިސަރުކާރުގެ ކަމަކީ ޝައްކުއުފެއްދުމާ މީހުންގެ ހިތްތަކުގާ ނަފުރަތު އުފެއްދުން