އީރާނުގެ ހައްޖު އޮގަނައިޒޭޝަނުގެ ވެރިޔާ ސައީދު އޮހާދީ އޭއެފްޕީ އަށް އިންޓަވިއު ދެއްވަނީ. --ފޮޓޯ:އޭއެފްޕީ
10 ސެޕްޓެމްބަރ 2016 - 12:15
ތެހެރާން (ސެޕްޓެމްބަރު 10) - މައްކާ އާއި މަދީނާ އަކީ ސައުދީ އަރަބިއާގެ އަމިއްލަ މިލްކެއް ނޫން ކަމަށް ވިދާޅުވެ އީރާނުގެ ހައްޖު އޮގަނައިޒޭޝަނުގެ ވެރިޔާ ސައީދު އޮހާދީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކާ ގުޅިގެން އީރާން މީހުންނަށް މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރި ނުވެވުނު މައްސަލަ އަށް އިޝާރާތް ކުރައްވާ އޮހާދީ ވިދާޅުވީ ސައުދީން ހީކުރަނީ މައްކާ އާއި މަދީނާ އަކީ އެ މީހުންގެ އަމިއްލަ މިލްކުގައިވާ ތަންތަން ކަމަށެވެ.
"އެހެން ނުވާނެ އެއީ އިސްލާމް ދީނުގެ ތަންތަން. އަޅުކަން ކުރަން ބޭނުންވާ އިސްލާމުންނަށް އެތަން ތަނަށް ދެވެން ޖެހޭނެ،" އޮހާދީ ވިދާޅުވި އެވެ.
މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރި ނުވެވުމުން އީރާނުގެ އެތައް ހާސް ބަޔަކު ތެހެރާނުގައި ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ.
ސައުދީ އަރަބިއާއާ ދެކޮޅަށް ތެހެރާނުގައި މުޒާހަރާ ކުރަނީ. --ފޮޓޯ:އޭއެފްޕީ
އީރާނު މީހުން ބުނީ ހައްޖަށް ނުދެވުނީ ސައުދީގެ ސަބަބުން ކަމަށެވެ. އެއީ މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމުގެ ތެރޭގައި ފިތިގެން މީހުން މަރުވި ހާދިސާއާ ގުޅިގެން އީރާނުން ވަނީ މި އަހަރު ހައްޖަށް މީހުން ގެންދިއުމާ ބެހޭ ގޮތުން ސައުދީއާ އެކު މަޝްވަރާތައް ބާއްވައިފަ އެވެ. ނަމަވެސް އެ މަޝްވަރާތައް ނާކާމިޔާބުވުމުން އީރާނުން ނިންމީ މި އަހަރު ހައްޖަށް މީހުން ނުފޮނުވުމަށެވެ.
ސައުދީ އަރަބިއާ އިން ކަނޑައަޅާފައިވާ ހައްޖު ކޯޓާގެ ދަށުން އީރާނުގެ 64،000 މީހުންނަށް މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރެވެ އެވެ. ނަމަވެސް ހައްޖުގެ އަޅުކަން ހޮނިހިރު ދުވަހު ފެށ އިރު އީރާން މީހުން އެ މަތިވެރި އަޅުކަމުގައި ބައިވެރިނުވެވުމުން ވަރަށް ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ ސައުދީ ސަރުކާރަށް އަމާޒުކޮށްފަ އެވެ. ހައްޖުގެ އަޅުކަމުގެ ކުރިން ވެސް ވަނީ އީރާނުގެ ވެރިންނާއި ސައުދީގެ ދީނީ ލީޑަރުންގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލުކޮށްފ އެވެ.
ސައުދީއާ މެދު ހިތްހަމަނުޖެހުން ފާޅު ކުރުމުގައި ބައިވެރިވި އީރާނުގެ ދީނީ އިލްމުވެރިއެއް ކަމަށްވާ ޖާވަދު ޒަލްފަގާރީ ވިދާޅުވީ ސައުދީން ވަނީ "މާތްﷲ ގެ މަގަށް ހުރަސް އަޅާފައި" ކަމަށެވެ.
އީރާނުގެ ހައްޖު އޮގަނައިޒޭޝަނުގެ ވެރިޔާ އޮހާދީ އޭއެފްޕީ އަށް ވިދާޅުވީ މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމުގައި ހިތާމަވެރި ހާދިސާތައް ހިނގާފައިވާތީ ހައްޖުގެ ސަލާމަތީ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ސައުދީން ބޭނުން ނުވި ކަމަށެވެ.
ސައުދީ އަރަބިއާއާ ދެކޮޅަށް ތެހެރާނުގައި މުޒާހަރާ ކުރަނީ. --ފޮޓޯ:އޭއެފްޕީ
"ހައްޖުގެ ސަލާމަތީ ކަންކަމާބެހޭ ގޮތުން އެއްވެސް ވަރަކަށް ނުވިސްނާ 1.5 މިލިއަން ހައްޖުވެރިން އަޅުކަން އަދާކުރަން ސައުދީން ދައުވަތު ދޭނީ ކިހިނެއް؟" އޭނާ ސުވާލު ކުރެއްވި އެވެ.
އޭނާ ވިދާޅުވީ ހައްޖުގެ އަޅުކަމާ ބެހޭ ގޮތުން މި އަހަރުގެ އޭޕްރީލް އަދި މެއި މަހު ބޭއްވި މަޝްވަރާތަކުގައި ސައުދީން ދިން ޖަވާބަކީ "އެ ގައުމަށް ވަންނަ ކޮންމެ މީހަކަށް ވެސް ރައްކާތެރިކަން ލިބޭނެ" ކަމަށެވެ.
މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމުގެ ތެރޭގައި ފިތިގެން ވަނީ 2،300 މީހުން މަރުވެފަ އެވެ. މީގެ ތެރޭގައި އީރާނުގެ 464 މީހުން ހިމެނެ އެވެ. އެކަމަކު އީރާނުން ބުނެފައި ވަނީ ހައްޖުގެ އަޅުކަމުގައި ބައިވެރިވި 39 ގައުމެއްގެ 7،000 އަށް ވުރެ ގިނަ މީހުން މިދިޔަ އަހަރު މަރުވެފައިވާ ކަމަށެވެ. އެކަމަކު ސައުދީން ބުނެފައި ވަނީ މަރުވެފައި ވަނީ 769 މީހުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުމަރު
11 September 2016
ސައުދީ އަކީ އެމެރިކާގެ ޕަޕެޓެއް
ރާއްޖެތެރެމީހާ
11 September 2016
މިބޭފުޅާގެ ބަސްމަގު އަޅުގނޑުމެންގެ އިއްޒަތްތެރި މަޖިލިސް މެމްބަރެއްގެ ބަސްމަގާ ވަރަށް ވައްތަރު.....
އަލީ ނަސީރު
11 September 2016
އާނ، ރަގަޅު ވާހަކައެއް. އެމެރިކާ ޑޮލަރ އަކީވެސް އެމެރިކާ އެއްޗެއްނޫން. ލަންޑަން އަކީ ވެސް ޔޫކޭ ތަނެއް ނޫން! ހޭ ބުރާންތި ވެގެން ނޫޅެ ބަލަ. އަރަބިން އެތިބީ ކުރީ ޒަމާނުގެ 'ފޭސްބުކް' ބިޒްނަސް ހޯދައިގެންނޭ. ޖެލަސް ނުވެބަލަ. ކަލޭމެންވެސް ކޮންމެވެސް މޮޅުކަމެއް ތައާރަފް ކޮއްގެން ލާރި ހޯދަ ބަލަ.
މިނިވަންދިވެހިރާއްޖެ
10 September 2016
ތީކޮންބައެއް! ކަރުބޮލާގައި ތިމީހުން ހައްޖުވާ ބޮޑު ދަރުގާހެއް ހުރޭ! އަދިވެސް ތިމީހުން އަޅުކަންކުރާ އެތަކެއް އެހެނިހެން ގަބުރުތައްވެސް ތިޔައީރާނުގައި ހުރޭ. ކަލޭމެން އެތަންތަނުގައި ހައްޖުވީމާ ނިމުނީނު! ކޮންމެހެން މައްކާއަށް ގޮސް ބަސްތަކުގެ ފުރާޅު ނަގައިގެން ފިތުނައުފައްދާކަށް ދާނެކަމެއްނެތް! ރަސޫލާގެ ގަބުރުފުޅާ ޖެހިގެން ވަޅުލެވިފައިވާ ދެބޭކަލުންނަށް މުނާފިޤުންނަށް ކާފަރުންނަށް ގޮވާބައެއްތީ! ތިމީހުން ދުވަހަކުވެސް އެތަނަށް އަރުވާނެކަމެއްނެތް!
އަލްޖިބްރާ
10 September 2016
ކަންކަން ގޯސްކޮށް ދަނީކަމުގައިވަނީނަމަ ސައޫދީ ސަރުކާރުންވެސް އެކަންކަން ރަގަޅުކުރަން ޖެހޭނެ ! އީރާނުން ކިތަންމެބާރެއްލާފާ މައްކާ، މަދީނާ އަކީ ސައޫދީގެ ތަންތަނެއް ނޫނޭބުންޏަސް އެގޮތަކަށް އެކަމެއް ހަމައެއްވެސް ނުޖެއްސޭނެ ! ދެން ބުނެބަލަ ! " ޓްރިވެންޑްރަމް " އެއީ އިންޑިއާގެ ތަނެއް ނޫނޭ އީރާނުން ބުނެފާނަންތަ ؟
ފަލަކު
08 October 2016
އަލްޖިބުރާ ކަޔައިގެން ތިއުޅޭއިރު ތިހުންނަނީ ކުރަފި ސިކުނޑި ވިއްޔާ! ޓްރިވެންޑްރަމާ މައްކާއާ މަދީނާ އަޅުވާ ކިޔޭނީ ކިހިނަކުން. މައްކާގެ މާތްވެގެން ގެފުޅަށް ދުނިޔޭގެ އެތަންމިތަނުން މީހުން އައުމަށް އެދިވަޑައިގެން އިބްރާހީމްގެ ފާނު ދުޢާ ކުރެއްވިކަން އަލްޖަބްރާއަށް ނޭގެނީބާ؟ ތެހެރާނަށް ނުވަތަ ޓްރިވެންޑްރަމަށް ދިއުމަށް ﷲ އަމުރެއް ނުކުރައްވާ! ކުޅަދާނަކަން ލިބިގެންވާ މީހާ، އެބަހީ ފައިސާގެ ގޮތުންނާއި ހަށިގަނޑުގެ ބާރުގެ ގޮތުން ކެރިކުޅަދާނަވެގެންވާ މީޙާ ޙައްޖަށް ދިއުމަށް އަމުރުކުރެއްވީ ﷲ. އެއީ ސައޫދީ ރަސްގެފާނު ވިދާޅުވީމާ ދާން ނުވަތަ ނުދާން އޮތްތަނެއްނޫން. ސައޫދީއޭ ކިޔަނީ ޕަޕެޓްގެ ތަރިކައަށް. އަރަބިއާ އަކީ ސަޢޫދުގެ ތަރިކައެއްވެސް ނޫނެއްނު.
މެންޓަލިސްޓް
10 September 2016
ފުރަތަމަ މައްސަލަ ފެށިފައި ތީނީ އިބުނު ސައުދް ކިޔާމީހަކު އެގައުމު ހިސޯރުކޮށް އޭނާގެ ނަމުން ގައުމަށް ނަންކީފަހުން ،،،،، މާތްރަސޫލާ ބޭނުންވިނަމަ އެކަލޭގެ ފާނުގެ ނަމުންވެސް އެތަނަށް ނަންކިއުނީސް ،، އެހެންވީމަ މާފަހުންއައިސް އެތަނަށް ސައުދީ އެރޭބިޔާކިޔަކަށް ނުޖެހޭ ،،، އޯކޭ ...
ކްރިޓިކަލް
10 September 2016
އަމިލަޔައް ނުފޮނުވީނު.. ސައުދީން ހައްޖާޖީން އަޔަ ނުދިނީކީ ނޫން ވީޔަ... މައްކާ މަދީނާ ބެލެހެއްޓުމުގެ ޒިންމާ ރަސޫލް ޒަމާނުއްސުރެވެސް އޮތީ އަރަބީންގެ އަތުގަ... ގެފުޅުގެ ތަޅުދަނޑި ހަވާލް ކޮއްފަވެސް އޮންނަނީ ވަކި ޢައިލާއަކާ... އެއީ މިކަން އޮންނަން ޖެހޭ ގޮތަކީ... އިސްލާމުން ވޯޓް ލައިގެން ކޮންމެ 5 އަހަރަކައް މައްކާ މަދީނާ ވަކި ބައެއްގެ ހަވާލުގަ އޮންނަން ބޭނުންވާ މީހުންވެސް އެބަ އުޅޭ.. އެ މީހުންގެ ބުއްދިއާ މެދު ސުވާލު އުފެދޭ...
ސިންތިލީ ވޫމް
10 September 2016
ހުރިހާ އިސްލާން ދީން ގަބޫލުކުރާ މީހުންގެ މިލްކެއް މައްކާ އާއި މަދީނާ އަކީ. ސައުދީން ނަކީ މިހާރު އިސްލާމުނައް މާ ރަގަޅުބަޔެއްނޫން މައްކާ އާއި މަދީނާ ހަވާލުވެތިބެން. ވަގުތުން މައްކާ އާއި މަދީނާ ސައުދީ އަތުން ނަގަން ހުރިހާ މުސްލިމުއްނަ ވެސް ގޮވާލަން
ޚުމެއިނީ
10 September 2016
މައްކާ އާއި މަދީނާ އަކީ ހަމަ ގާއިމުން ވެސް ޢީރާނުގެ މިލްކެއް ނޫން. އަދި އީރާނުގެ ސަރަހައްދުގެ ބައެއްވެސް ނުން!
ހަސަން
10 September 2016
ޢެންމެފަހުން މަ ބެލި އިރުވެސް މައްކާ މަދީނާ އޮތީ ސައުދީގަ.. އީރާނުން މި ކިޔަނީ ކީކޭ!
ހެހެހެހެ
10 September 2016
އެވެރިން އެބުނަނީ އެއީ މުސްލިމުންގެ ތަންތަނޭ ހަމަ އެކަނި ސައުދު އަދި ވައްހާބު އާއިލާގެ ބިމެއް ނޫނޭ.
އައްޑޫ ރަދުން
10 September 2016
މައްކާ މަދީނާއަކީ ސައުދީ ސަރަހައްދު.ރާއްޖެ ނުވަތަ އީރާނުގެވެސް ތަނެއް ނޫން.އެހެންވީމަ ސައުދީ ސަރަހަތްދައް ވަންނުމަށް ބޭނުންވާ ހުރިހާކަމެއް ހަމަޖެހިގެން ވަދެވޭނީ އެހެންނޫނީ މިއޮތްޒަމާނުގަ މައްކަާގެ ގެފުޅަށް ވަރަށް ނުރައްކާ ވާނެ.