ސޯނިއާ ގާނދީ: ޕާޓީއާ ހަވާލުވެވަޑައިގަތުމަށް ދެކޮޅު. --ފޮޓޯ:އޭއެފްޕީ
11 ޖުލައި 2019 - 16:18
ނިއު ދިއްލީ (ޖުލައި 11) - ރާހުލް ގާނދީ އިސްތިއުފާ ދެއްވުމުން ހުސްވެފައިވާ ކޮންގްރެސްގެ ރައީސްގެ މަގާމަށް ވަޑައިގަތުމަށް ސޯނިއާ ގާނދީ ދެކޮޅު ހައްދަވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ކޮންގްރެސް އަށް މިހާރު ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ވަގުތީ ގޮތުން ނަމަވެސް ޕާޓީގެ ރިޔާސަތާ ހަވާލުވުމަށް ސޯނިއާގެ އަރިހުން ސީނިއާ ބޭފުޅުން ދަނީ އެދިވަޑައިގަންނަވަމުންނެވެ. ނަމަވެސް އުމުރުން 72 އަހަރުގެ ސޯނިއާ ވިދާޅުވެފައި ވަނީ އެކަމަނާގެ ސިއްހީ ހާލަތު ހުރި ގޮތުން ވަގުތީ ގޮތުން ނަމަވެސް ޕާޓީ ހިންގުމުގެ ޒިންމާއާ ހަވާލުވެވެން ނެތް ކަމަށެވެ.
އާއްމު އިންތިޚާބުގައި ކުރިމަތިވި ބޮޑު ނާކާމިޔާބީ އަށް ފަހު ޕާޓީގެ ރައީސްގެ މަގާމުން ރާހުލް އިސްތިއުފާ ދެއްވުމުން ޕާޓީގެ ތެރޭގައި ވަނީ މައްސަލަތައް ބޮޑުވެފަ އެވެ. ކަރްނާޓަކާ އާއި ގޯއާ އަދި ޓެލަންގާނާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ވަނީ ކޮންގްރެސް ކޯލިޝަނުން ވަކިވެފަ އެވެ. އެކަމަކު ލީޑަރަކަށް ގެންނާނެ ބޭފުޅަކާ މެދު ޕާޓީ ތެރޭން އަދިވެސް އެއްބަސްވުމަކަށް އާދެވިފައި ނުވާތީ މިހާރު ދިމާވެފައިވާ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުން ފަސޭހަ ނުވާނެ ކަމަށް ތަޖްރިބާކާރުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުންއަސަރު
11 July 2019
ކަމަނާއެވެ. ކޮންމެސް ކޮންމެސް ތިޔަކަމާ ދެން ކައިރިނުވާށެވެ. މިހާރު ތިކަންވެސް ކުރެވިއްޖެއެވެ. ސިޔާސީކަންތަކާ ސިޔާސަވެގެން އުޅުމަށްވުރެ ރީތިކޮށް ގޭގާ ހިތްހަމަޖެހިލައިގެން ނިދާލިޔަސް މާ ރަނގަޅުވާނެއެވެ. އެހެންނޫނަސް ނުވާނޭކިޔާފާ އިސްތިއުފާދިން ފަރާތަށްވެސް ކޮންމެސް އިޚްތިރާމެއްވެސް ކުރަންވާނެއެވެ. އެއީކީ ހަމަގައިމުވެސް ކަމަނާއާ ދުރުފަރާތެއް ނޫނެވެ. އެކަންތަކުގާވެސް ކަމަނާގެ ވިސްނުންފުޅު ވާނެއެވެ. ކަމަނާގެ ވިސްނުންފުޅު ދެން ބަދަލު ނުކުރައްވައްޗެވެ.
މޯދީ
11 July 2019
ތިކަމަށް ވަރަށް ކުފޫ ހަމަވާ މީހެއް އެބަހުރި މިގައުމުގަ. ޢެއީ ކެނެރީގޭ ނަޝީދު. އޭނާ ތިކަމާ ހަވާލުވެދާނެ.
އަޖިތު
11 July 2019
ނަޝީދަކީ ވަރަށް ހަރުދަނާ ސިޔާސީ ލީޑަރެއް .....
ބަބުރުކަލޯ
11 July 2019
ސަޅި އައިޑިއަރެއް.
ދަވޭއޭ
11 July 2019
ރައީސް ނަޝީދާއި ނުބެހި އެއްކަމެއް ވެސް ނުނިންމެއޭދޯ.
އާދަމް ބާއީ
11 July 2019
އަޖިތޫ. ނަޝީދު ހަރުދަނާވީމަތާ އިންޑިޔާ ހިންގަންދާށޭ މިބުނަނީ. އެގައުމުގެ ޙާލަތަށް ބަލާފައި މިގައުމުގެ މީހުންނަށްވުރެ އެބައިމީހުންނަށް ނަޝީދުގެ ބޭނުންތެރިކަން މާ ބޮޑުވާނެ.