13 ޖުލައި 2019 - 23:56
ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރުމަށް އުފެއްދި ބާ ކައުންސިލުން ގާނޫނީ ދާއިރާގެ ކުރިއެރުމަށް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.
ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ބާ ކައުންސިިލް އުފެއްދުމަށް މިއަދު ބޭއްވި އިންތިޚާބުގައި އެ ކައުންސިލްގެ ރައީސްގެ މަގާމަށް އިންތިޚާބުވެ ވަޑައިގެންނެވި މައުމޫން ހަމީދަށާއި އެ ކައުންސިލަށް އިންތިޚާބުވި އެހެން ބޭފުޅުންނަށް މަރުހަބާ ދަންނަވައި ރައީސް ވަނީ ޓްވީޓް ކުރައްވައިފަ އެވެ.
Rajjeyge Bar Councilge furathama raees akah inthihaabve vadaigaiy Uz.@maanhameed aai council ge ehen magaam thakah inthihaabve vadaigaiy memberunah thahniyaa dhannavan. Adhi Rajjeyge ganoonee dhaairage kurierumah Bar Council masaikaiy kuravvaane kamuge furihama yageen kan ebaoiy.
— Ibrahim Mohamed Solih (@ibusolih) July 13, 2019
މަރުހަބާ ވިދާޅުވެ ރައީސް ކުރެއްވި ޓްވީޓް--
ބާ ކައުންސިލްގެ ފުރަތަމަ ރައީސްކަން މައުމޫނަށް ލިބިވަޑައިގަތީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދާ ވާދަކުރައްވަ އެވެ.
ނައިބު ރައީސްގެ މަގާމަށް އިންތިހާބުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ އެޓާނީ ޖެނެރަލް އަބްދުﷲ މުއިއްޒެވެ. އޭނާއާ ވާދަކުރެއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމެވެ.
Bar Council ge Raees kan Maumoon ah
The most trusted news source in the Maldives
Mihaaru
ބާ ކައުންސިލްގެ ރައީސް ކަން މައުމޫނަށް ލިބުން--
ރައީސާއި ނައިބު ރައީސް އަދި ބަންޑާރަ ނައިބުގެ އިތުރުން އެގްޒެކަޓިވް ކޮމިޓީގައި ތިއްބަވާނެ ހަ ބޭފުޅަކު ވެސް މިއަދު ވަނީ އިންތިހާބުކޮށްފަ އެވެ.
ބާ ކައުންސިލްގެ އެގްޒެކަޓިވް ކޮމިޓީގެ މެންބަރުންގެ ދައުރަކީ ތިން އަހަރެވެ. އަދި ދެ ދައުރަށް ވުރެ ގިނައިން އެ ކޮމިޓީގައި ނުހިމެނޭނެ އެވެ. އަދި ރައީސް ކަމަށް އިންތިހާބުކުރާ މީހަކަށް އެ މަގާމު އަދާކުރެވޭނީ އެއް ދައުރަށެވެ. ބާ ކައުންސިލް ހިންގަން ދައުލަތުން ބަޖެޓް ދިން ނަމަވެސް އެ ކައުންސިލްގެ އެގްޒެކަޓިވް ކޮމިޓީގެ މެންބަރުންނަށް އެއްވެސް މުސާރައެއް އަދި މާލީ އިނާޔަތެއް ވެސް ނުލިބޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާގޮތް މީ
14 July 2019
އެެއްމެން ވެސް ކަންކަން ބޭނުންވޭ ތާއެވެ؟އެކަމަކު އެއްޑީޕީ މީހުން ކަމެއް މަޤާމެއް އެެއްޗެއް މުދަލެއް ބޭނުމެއް ނުވާނެ އެވެ.އެމީހުން ބޭނުން ވާނީ "އިސްލާހު" ކުރާށެވެ. އިސްލާހު ކުރާ ކަމަށް ވާނަމަ ބާރާ ނުފޫޒާ ލާރިއާ ލިބެން ޖެހޭނެ ތާއެވެ. ވާގޮތަކީ މިއެވެ.
::::
14 July 2019
ޔަގީންކަން އޮތް ކަމަށް ބެލޭނީ ޕާޓީއަށް ނުވަތަ ތިމާމެންނަށް ލިބިފައިވާ ބާރަށް ބުރޫއަރާ ނުވަތަ ގެއްލުންވާ ގޮތަށް ބަޔަކު ނިންމާ ކަންކަމާ ޖަދަލުކޮށް އެކަން ނިގުޅައިގަނެ އެކަން އަނެއްކޮޅަށް ޖަހަން ނޫޅޭނަމަ. ބާރު އޮންނަ ބަޔަކު ނިންމާ ކަންކަމަށްވެސް ފާޑުކިއުން އާއްމުކަމަކަށްވުމުން ވަކި ކަމަކާ ބެހޭ ތަޖުރިބާކާރުންގެ ބަސް ބޮލާލައިޖަހައި ބަސްނާހައި ތިމަންނަމެންނަށް އެއަށްވުރެ މޮޅަށް އެނގޭ ކަަމަށް ދައުވާކުރުމަކީ އަދުގެ ސަގާފަތަށްވެއްޖެ.
ދީމާހު
14 July 2019
ރައީސަކަށް ފައިނެގި ކުފޫހަމަނުވާ ޕާޓީގެ އެކުޓިވިސް ނުހޮވުނީމާ ދުވަސްކޮޅަކުން ބާަކައުންސިލު ހޫނު ފެނަށް ވައްޓާލާނެ.
ހުސެން...
14 July 2019
ޔަގީން ޔާމީން ސަރުކާރުނަމަ ވާނީ ތިހެން... އެކަމކު މިހާރު ތަފާތު ވާނެ...
އަނގަ ފޫޅު
14 July 2019
ސުއޫދަކީ އިންތިޚާބު ޔަކުގައި ކާމިޔާބު ނުލިބޭ ބޭފުޅެކެވެ. މާނައަކީ ރައްޔިތުންގެ ތާއީދު ކުޑަ އިތުބާރު ކުރަން އުދަގޫ ބޭފުޅެކެވެ.
ބަގުޑި
14 July 2019
އެކަމާ ހާސްވާކަށް ނުޖެހެއެވެ ދެވަނަ ވެލިޒިނީ ހޮވުނު ނޫންތޯ އެވެ؟
ހަޖަމު ނުވި
14 July 2019
ބާ ކައުންސިލުގައި ވެސް ރާއީސް ޢައްޔަން ކުރާ ދެ މެމްބަރަކު ތިއްބަވާ ގޮތަށް އަދި ބާ ކައުންސިލްގެ ރައީސް އަކީ ރައީސުލް ޖުމްހޫރިއްޔާ ޢައްޔަން ކުރައްވާ މަޤާމެއް ކަމަށް ޤާނޫނު އިސްލާހު ކޮށްލަން ވީ ނޫންތޯއެވެ؟
ރައީ
14 July 2019
ޤާނޫނީ ގޮތުނ އުފައްދާފަ އޮތް ހިލޭ ސާބަހަށް މަސައްކަތް ކުރާ މި ޖަމިއްޔާ! ބޮޑު އަރަތެއް! މިވެސް، ހެޔޮ ނުބައި ވަކިވާ ބަޔަކު ހެދި ގާނޫނެއްބާ؟
ތަސް
14 July 2019
ހިލޭ ސާބަހަށް މަސައްކަތް ކުރުމަކީ ކޮބާތޯ އެވެ. ދައުލަތް ވެސް ހިނަގަނީ ހިލޭސާބަހަށެވެ. ޤާނޫނީ ގޮތުން އުފެދުމަކީ ހިލޭސާބަހަށް ނުވާން ޖެހޭކަމެެއް ނޫނެވެ.