އިންޑޮނީޝިއާގެ އިރުމަތީގެ މަލަކޫ އައިލެންޑްސް އަށް މިއަދު އައި ބިންހެލުމުގެ ބާރުމިނަކީ 7.3. --ފޮޓޯ:ޔޫއެސްޖީއެސް
14 ޖުލައި 2019 - 16:26
ޖަކާޓާ (ޖުލައި 14) - އިންޑޮނީޝިއާގެ އިރުމަތީގެ މަލަކޫ ޖަޒީރާތަކަށް ރިކްޓާ މިންގަނޑުން 7.3 ގެ ބާރުމިނުގެ ބިންހެލުމެއް މިއަދު އަތުވެއްޖެ އެވެ.
ބިންހެލުމާ އެކު އެތައް ބައެއްގެ ހިތުގައި ބިރުވެރިކަން އުފެދިފައިވީ ނަމަވެސް ސުނާމީގެ އިންޒާރު ނެރެފައެއް ނުވެ އެވެ. ބިންހެލުން އައީ ނޯތު މަލުކޫ ޕްރޮވިންސްގެ ޓާނޭޓް ޓައުނަށެވެ. ބިންހެލުމުގެ އަސްލު ހުރީ 10 ކިލޯ މީޓަރު އަޑީގައި ކަމަށް ޔޫއެސް ޖިއޮލޮޖިކަލް ސާވޭ އިން ބުންޏެވެ.
"އެއީ ފުދޭވަރަކަށް ބާރުގަދަ ބިންހެލުމެއް. ނަތީޖާއެއްގެ ގޮތުން އެތައް ބަޔަކު ބިރުން އިމާރާތްތަކުގެ ބޭރަށް ނުކުތް. ގިނަ މީހުން ތިބީ މަގުތަކުގެ މަތީގައި،" މަލުކޫގެ ޑިޒާސްޓާ މިޓިގޭޝަން އޮފިޝަލެއް ކަމަށްވާ މަންސޫރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބިންހެލުމުގައި އެއްވެސް މީހަކު މަރުވެ އަދި އިމާރާތަކަށް ގެއްލުން ލިބުނުކަމުގެ ރިޕޯޓް އަދި ލިބިފައި ނުވާ ކަމަށެވެ.
އެ ޕްރޮވިންސަށް މިދިޔަ ހަފުތާގައި ވެސް ވަނީ 6.9 ގެ ބާރުމިނުގެ ބިންހެލުމެއް އައިސްފަ އެވެ. އެ ބިންހެލުމުގައި ވެސް މާބޮޑު ގެއްލުމެއް ލިބުނު ކަމަށް ރިޕޯޓްކޮށްފައެއް ނުވެ އެވެ.
އިންޑޮނީޝިއާގެ ސުލަވެސީ އައިލެންޑަށް މިދިޔަ އަހަރު އައި 7.5 ބާރުމިނުގެ ބިންހެލުމާއި އޭގެ ފަހުން އުފެދުނު ސުނާމީގައި ވަނީ 2،200 މީހުން މަރުވެ އިތުރު ހާހެއްހާ މީހުން ގެއްލިފަ އެވެ.
އިންޑޮނީޝިއާގެ ސުމަތުރާ އަށް ޑިސެމްބަރު 26، 2004 ގައި ރިކްޓާ މިންގަނޑުން 9.1 ގެ ބާރުމިނުގައި އައި ބިންހެލުމުގައި އުފެދުނު ސުނާމީގައި ވަނީ އެ ގައުމުން އެކަނި 170،000 މީހުން މަރުވެ އެވެ. އެ ސުނާމީގައި މުޅި ސަރަހައްދުން ވަނީ 220،000 މީހުން މަރުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަރުކެހި
15 July 2019
ބިންހެލުމެކޭ ބުނީމަ ހާދަބިރެއްދޯ މިގަންނަނީ.. މިމީހުންނައް އެންމެފަހަރަކުވެސް އުޅެވޭގޮތެއްނޭގެ މީހުންމަރަމުން މީހުންނައް ފުރައްސާރަކުރަމުންދާއިރު ނޭގެ އަދިއެހެންތަނެއްވެސް އޮންނަކަމެއް މިނިކަމެތި މީހުންނައް ހެޔޮވިސްނުންދެއްވާނީ ކޮންދުވަހަކުންބާ؟؟؟؟؟؟
އުނގޫފާރު މީހާ
15 July 2019
ސުބުހާނަﷲ