ވިޔަފާރި / ސިންގަޕޯ އެއާލައިންސް

ސިންގަޕޯ އެއާލައިންގެ ޑްރީމްލައިނާގެ ދަތުރުތައް ރާއްޖެއަށް

ސިންގަޕޯ އެއާލައިނުން، ލަގްޒަރީ ހިދުމަތްތައް ދޭ ޑްރީމްލައިނާ 10-787 ގެ ހިދުމަތް ރާއްޖެ އަށް ރަސްމީކޮށް ފަށައިފި އެވެ.

މި ދަތުރުތައް ފެށީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ޖުލައި މަހު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ސަރުކާރާ އެކު ސޮއިކުރެއްވި އޯޕަން ސްކައިސް އެގްރީމެންޓްގެ ދަށުންނެވެ.

މުޅި ދުނިޔޭގައި އެންމެ ލަގްޒަރީ ހިދުމަތްތައް ދޭ އެއް ބޯޓުތަކުގެ ތެރޭގައި ޑްރީމްލައިނާ ހިމެނެ އެވެ. މީގެ ބޯޓުތަކުގައި ބިޒްނަސް ކްލާހުގެ 30 ސީޓް އެނދު ހުންނާނެ އެވެ.އަދި ބޭނުންވާ ކެއުމަކަށް ދަތުރުގެ ކުރިން އޯޑަރު ކުރެވޭނެ އެވެ.

މީގެ އިތުރުން އިކޮނޮމީ ކްލާހުގައި ދަތުރުކުރާ މީހުންނަށް ލަގޭޖް ބެހެއްޓުމަށް ބޮޑު ޖާގައެއް ލިބެ އެވެ. މީގެ އިތުރުން މުނިފޫހިފިލުވުމަށްޓަކައި ގިނަ ޖޯންރާތަކެއްގެ ފިލްމުތަކާއި ލަވަ އަޑު އެހުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.

ޑްރީމްލައިނާ 787-10 މަރުކާގެ ބޯޓެއްގެ އިކޮނޮމީ ކްލާސް.--ފޮޓޯ:ސިންގަޕޯއެއާލައިން

ސިންގަޕޫރުން ރާއްޖެ އަށް 1984 ވަނަ އަހަރުން ފެށިގެން ވައިގެ މަގުން ދަތުރުތައް ކުރަމުން އަންނައިރު އޭގެ ތެރޭގައި ތިން އެއާލައިނެއް ހިމެނެ އެވެ. އެއީ ސިންގަޕޯ އެއާލައިނާއި ބަޖެޓް ދެ އެއާލައިން ކަމަށްވާ ސިލްކް އެއާ އާއި ސްކޫޓެވެ.

9 ކޮމެންޓް, 32 ރިއެކްޝަންސް

icon happy icon happy 97%
icon sad icon sad 3%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުވާ

15 July 2019

އެއަރފްރާންސް އިންވެސް ރާއްޖެއަށް ބޯއިންގް ޑްރީމްލައިނާގަ ދަތުރުކުރި.

ހޯލި

15 July 2019

އަދި ނުފަށާ. ފަށަނީ ސެޕްޓެމްބަރުގައި.

އިސްފިރޭނު ސޯޓު

15 July 2019

އިބޫ ސޯލިހު ވެރިކަމުގައެވެ.

ރާއްޖެ

15 July 2019

ޔާމީނު ތަރައްގީ ކުރި ރަންވޭއަށް.

އިބުރާހީމޫ

15 July 2019

ވެލާނާ އެއާރޕޯރޓަކީ ޔާނާބެހޭތަނެއްނޫން، ކުއޭތުފަންޑާ، ސައުދީފަންޑާއި، ދިވެހިދައުލަތުގެފައިސާ އާއި ދިވެހީންގެލެޔާއި ދަލުން ނާސިރުޒަމާނުގާފަށައިގެންގެންދާ މަޝްރޫއެއް..... ޔާނުއަކީ ވެރިކަމަށްލީމާއެތަނުންލިބޭފައިސާ އާއި މަޝްރޫއަށް ކުރާޚަރަދުގެބައިކުޅަބާއި އަމިއްލަޖީބަށްއެޅިމީހެއް..

ންންންން

15 July 2019

ރައްޔިތުންގެ ފައިސާގައި

ސސސސ

15 July 2019

އެހެންދޯ. ދެން ސިންގަޕޫރު އެއަރލައިންގެ އެކްސް ސީއީއޯ ގެނެސް އައިލެންޑް އޭވިއޭޝަނަށް ވައްޓާލަ ބަލަ. ތަފާތު ފެންނާނެ.

އަދުރޭ ޔާމީނު ކޯލިޝަން / މެލޭޝ

15 July 2019

ތި އެއަރ ލައިން އިން ބިޒްނަސް ކްލާސް ގައި ދަތުރު ކުރެވޭ ފެންވަރުގެ ހައެއްކަ މީހުން ރާއްޖޭގައި ތިބޭނެއެވެ. އެކަމަކު އެ މީހުންގެ ވެރިކަން ވެއްޓި ފިލަން ޖެހިފައި ވާތީ މިހާރު ތި ބޯޓުން ދަތުރު ކުރާކަށް ނޫޅޭނެ އެވެ.

ފުރެންޑު

15 July 2019

ހަމަ ޑްރީމްލައިނަރ ރާއްޖެއަށް ދަތުރު ކުރަން ފަށައިފިތޯ؟ ތީ ހަމަ ތެދު ވާހަކައެއްތޯ

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454