ފިންލެންޑް އިންޓަނޭޝަނަލް ސްކޫލުގައި ކިޔަވަމުން އަންނަ ބައެއް ދަރިވަރުން: އަންނަ އަހަރު ގްރޭޑް އެކަކަށް ހުޅުވާލި 50 ޖާގަ މިހާރު ވަނީ ފުރިފައި -- ފޮޓޯ: އައިލެންޑާސް އެޑިއުކޭޝަން
16 ޖުލައި 2019 - 10:53
އައިލެންޑާސް އެޑިއުކޭޝަނުގެ ސްކޫލުތަކުގައި އަންނަ އަހަރު ގްރޭޑް އެކެއްގައި ކިޔަވަން ފުރުސަތު ހުޅުވާލިތާ ހަތް މިނެޓްގެ ތެރޭގައި ޖާގަތައް ހުސްވެއްޖެ އެވެ.
އައިލެންޑާސްގެ އެގްޒެކެޓިވް ޑިރެކްޓަރު އަހުމަދު އަދްލީ ރަޝީދު "މިހާރު" އަށް މިއަދު ވިދާޅުވީ އެތަނުން ހިންގާ ދެ ސްކޫލުގައި އަންނަ އަހަރު ކިޔަވަން ހުޅުވާލި 122 ޖާގަ ހަތް މިނެޓްގެ ތެރޭގައި ފުރުނު ކަމަށެވެ. އެ ތަނުގެ ވެބްސައިޓް މެދުވެރިކޮށް ރޭ ހުޅުވާލީ ފިންލެންޑް އިންޓަނޭޝަނަލް ސްކޫލުން 50 ޖާގަ އާއި ބިލަބޮންގް ހައި ސްކޫލުން 72 ޖާގަ އެވެ.
އެ ޖާގަތައް ހުޅުވާލީ އައިލެންޑާސް އިން ހިންގާ ކެންގަރޫ ކިޑްސް އާއި އަމީރު އަހުމަދުގެ ޔޫކޭޖީގައި މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނަށް އެކަންޏެވެ.
"ކޮންމެ ހަތަރު ސިކުންތަކުން އަޅުގަނޑުމެންނަށް އެޕްލިކޭޝަނެއް ލިބެމުން އައި،" އަދްލީ ވިދާޅުވި އެވެ.
އަދްލީ ވިދާޅުވީ އިއްޔެ ނިމުނީ ޕްރީ-ރެޖިސްޓްރޭޝަންގެ މަސައްކަތް ކަމަށެވެ. އަދި އެ ޖާގަތައް ޔަގީންކޮށް، ދަރިވަރުން ސްކްރީން ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އަންނަ ހަފްތާގެ ތެރޭގައި ރަޖިސްޓްރީ ފީ ދައްކަން ހުޅުވާލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެއްވެސް ސަބަބަކާ ހުރެ އެ ޖާގަތައް ލިބިފައިވާ ބެލެނިވެރިން ފީ ނުދައްކައިފި ނަމަ، އެ ޖާގަތައް އަޅުގަނޑުމެން އަލުން އާންމުންނަށް ހުޅުވާލާނަން،" އަދްލީ ވިދާޅުވި އެވެ.
އެ ސްކޫލުތަކުގައި ކިޔަވަން ހުށަހަޅަން ދެވަނަ ބުރަކަށް ހުޅުވާ ނަމަ، ހުޅުވާލާނީ ކެންގަރޫ ކިޑްސް އަދި އަމީރު އަހުމަދު ސްކޫލްގައި ކިޔަވާ ކުދިންގެ އިތުރުން އާންމުންނަށް ވެސް ރަޖިސްޓްރީކުރެވޭ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވެއިޓް ލިސްޓްކޮށްފައިވާ ބެލެނިވެރިންނަށް އިސްކަންދޭނެ ކަން ފާހަގަކުރައްވަމުން، ރަޖިސްޓްރީކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށް ގެންދަން އިލްތިމާސްކުރި އެވެ.
އަމީރު އަހުމަދު ސްކޫލުގަ އާއި ކެންގަރޫ ކިޑްސް އިން 20 ކްލާހެއްގެ ދަރިވަރުން މިއަހަރު ޔޫކޭޖީ ފުރިހަމަކުރެ އެވެ. ނަމަވެސް ފިންލަންޑް އިންޓަނޭޝަނަލް ސްކޫލް އާއި ބިލަބޮންގް ހައި ސްކޫލުން ގްރޭޑް އެކަކަށް ނެގެން އޮތީ އެންމެ ފަސް ކްލާހެއްގެ ދަރިވަރުންނެވެ.
އައިލެންޑާސް އިން ގްރޭޑް އެކެއްގައި ކިޔެވޭނެ ކެޕޭސިޓީ އިތުރުކުރަން އެތަނުން މަސައްކަތްކުރަމުން އަންނަ ކަމަށް އަދްލީ މީގެ ކުރިން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެރޫން
16 July 2019
މޮޅެތި ސްކޫލުތަކަށް ދަރިންލިޔަކަސް ބުނިހާ ގައުމަކަށް ފީލްޑް ޓްރިޕް ފޮނުވިޔަސް ސުކޫލު ނިންމާފަ މިތަން ތަންތަނުން ނިކުންނަނަ ގިނަ ކުދިން އަމަލީ މައިދާނުގަ ވަނީ ހަމަ ފަޅޯ ދަނޑިއަށް.
ސަލަފޭ
16 July 2019
ގުރުއާނާ ހަދީސް ނޫން އެކެއްޗެއްވެސް ކިޔަވާނެކަމެއްނެތް އެއީ ހުރިހާކަމެއްގެ ހައްލު އެދޭތިން ނުވާނެ އެއްވެސްކަމެއް މިދުނިޔެއަކު ނޯންނާނެ
ތޫބާ
16 July 2019
ވަރައް ރަނގަޅު ޚިދްމަތް ތަކެއް. ޢިތުރައް ރަނގަޅު ކުރައްވަމުން ގެންދްވާ. ސަރުކާރުންނާއި ބައެއް ޕްރައިވެޓް ފަރާތްތަކުން ތިޔަކުރައްވާ ބުރަ މަސައްކަތާއި ހޭދަ އައް ވަރައް ބޮޑައް ސުކުރާއި ތައުރީފް ރައްދު ކުރަން.
ޙުޅުމާލޭ ރައްޔަތު މީހާ
16 July 2019
މިތަަނުގަ ހުރި އެންމެ ޕްރައިވެޓް ސްކޫލް ކޮންމެވެސް ބައެއްގެ ތިމާގެ ބަޔަކައް ދީގެން އެތަނުން ހުޅުމާލޭ ރަތްޔަތުންނައް ރަނގަޅު ފެންވަރުގެ ސްކޫލެއްގެ ޚިދުމަތެއް ނުލިބޭ. މިތަނުން މާލެއައް ސްކޫލައް ގެންދަންޖެހޭ ޖެހުމަކީ މިތާ ދިރިއުޅޭ މީހުންނައް ބޮޑު ތަކުލީފެއް. ޚާއްސަކޮއް ތުއްތު ކުދިންކޮލު ގޮވައިގެން ދުއްވުން. މިތަނުގަ އެހެން ގޮތެއް ހޯދަދިނުމައް ވަރައް ބޮދައް ގޮވާލަން. ސުކްރިއްޔާ
ރަސްވިން
16 July 2019
ހަމަ ކޮންމެ މީހަކައްދިނަސް ނުވަތަ ލިބުނަސް ކޮންމެސް ބައެއްގެ ތިމާގެ ބަޔަކައްދެވޭނީ. ކިޔެވުމުގެ ފެންވަރު ރަގަޅަިއްޔާ ހިދުމަތް ކަޑައަސް އޯކޭ. އެކަމުވެސް ދެވޭހިދުމަތްސް ރަގަޅުވާންޖެހޭނެ. ރުފިޔާ ވިއްޔަ ނަގަނީ. މަ މިހެންބުންޔަސް މަށައްނޭގެ ކިޔެވުމުގެ ފެންވަރާމެދު އެއްޗެއް ބުނާކައް.. ފެންވަރުދަށިއްޔާ ބޮޑު އަގުދީފަ ބެލެނިވެރިން ކުދިންނެއް ނުގެންދާނެ .. ސަރުކާރު ސުކޫލުތައްވެސް ހުންނަރަށެއް ހުޅުމާލެ އަކީ.
ޢަނީ
16 July 2019
ހުޅުމާލޭގެ ލާލޭ ސްކޫލު ފަނޑިޔާރުންނާ ގުޅުންހުރި ކުންފުންޔަކަށް މިނިސްޓްރީއިން ދިނުމުން ތައުލީމަށް މިކަހަލަ އެއްވެސް ކުރިއެރުވުމެއްނާސް ތިޔައޮތީ. ކުރިއަށް އޮތްތާގަވެސް އެމީހުން ތިތާގެ ހުރިހާ ޕްރައިވެޓު ސްކޫލެއް ހިންގާނީ. ނުފޫޒާއި ބާރުގަދަ މީހުންނަށް މަންފާލިބޭނީ ކޮންމެ ސަރުކާރެއްގަވެސް. ރައްޔިތުން ހާލުގައި އަބަދުވެސް ޖެހިފަތިބެންޖެހޭނީ
ޒަވިޔަނި
16 July 2019
ކިހިނެކުން އެހާ އަވަހަށް އެޕްލިކޭޝަން ފޯމް ފުރާފައި ސަބްމިޓް ކުރާނީ.
ދަންނަ ނުދަންނަ
16 July 2019
ތިޔަ ސްކޫލުން ކިޔެވުމަށްވުރެ ވަކަރުގެއިން ކިޔަވާ ކުދިންވެސް އަމަލީ މައިދާނުގައި މާކުޅަދާނަކަން އެބަދައްކާ. އެކަން މުޅި މިދަނީ ފެންނަމުން. މޮޅު ޓީޗަރެން ނެތް. ތަޖުރިބާ ހުރި ޓީޗަރެއް ވިއްޔާ ކެއްސެއް ދީފައި ރަށަށް ފޮނުވާލަނީ. މި ނޫހުން މިތަނުން ވަކިވެގެންދިޔަ މީހުންނާ އިންޓަރވިއުކޮށްފައި އާޓިކަލެއް ޖަހައިދީ. އޭރުން ހަގީގަތް އެނގޭނީ.
ދޮންވެލި
16 July 2019
ގުރުއާނާއި ހަދީސް ކިޔަވާދޭން އިސްކަމެއް ދޭން ޖެހެއެވެ.
ޖެހޭނެއޭ
16 July 2019
އައިލެންޑާސް އިން ގްރޭޑް 1 އަށް ހުޅުވާލި ޖާގަތައް 7 މިނެޓުން ފުރިއްޖެ ނަމަ ހަމަ މިހާރުން މިހާރަށް އައިލެންޑާރސް އަށް ދީ ހުޅުމާލޭން 40 ހާސް އަކަފޫޓް ބިމެއް ދޭންވީ ވެސް ހިލޭ އެމެން ސްކޫލާއި ކޮލެޖްސް ތަކާއި އަދި ޔުނިވަރސިޓީ ތައް އެބިމުގައި ހިންގަން އެއިރުން އެމެން ހެޔޮ އަގުގައި އެކަން ކޮށް ދޭނެ ނޫންތޭ މީއޭ ގައުމު ތަރައްގީވާނެ ގޮތަކީ ޕްރައިވެޓް މީހުންގެ ބައިވެރިވުން އޮންނަން ޖެހޭނެއޭ...
ޔަގީނޭ
16 July 2019
ރާއްޖޭގައި ހުރި އަމިއްލަ ކޮލެޖްސް ތަކަށް ޕްރައިމަރީ ގްރޭޑްސް ތަކުގައި ކިޔަވާ ދޭން ހުއްދަ ދޭންވީއޭ ޝަރުތަކަށް ވާން ޖެހޭނީ ދިވެހި ޓީޗަރުން ގެންގުޅެން ޖެހޭނީ މިކަން ކުރަން ކޮންމެ ކޮލެޖް އަކަށް 40 ހާސް އަކަފޫޓްގެ ބިމެއް ހުޅުމާލޭން ދޭންވީއޭ ފަރުކޮޅު ފުށި ހަދަންވީ އެޑިއުޕާރކް އަކަށް އެއިރުން އެމެން އެތަން 25 ބުރިއަށް ނަގައިގެން ޕްރައިމަރީ ސެކެންޑަރީ އަދި ކޮލެޖްސް ތައް ހިންގާނެ ނޫންތޭ އެއިރުން ރާއްޖޭގެ އެޑިއުކޭޝަން ވަަރަށް ބޮޑަށް ކުރިއަރައިގެން ދާނެއޭ
ޖަޒީރާމަނިކު
16 July 2019
އަންނައަހަރު ގްރޭޑް1ށް ވައްދާކުދިން. އަންނަހަފްތާގައި ރަޖިސްޓަރީ ފީދައްކަންޖެހޭ. މީ ތިތަނުގައި ފައިސާ ނެތިގެން އަވަހަށް ފައިސާކޮޅެއްހޯދަން ކުރިކަމެއް. އަދި މިއަހަރުގެ ކިޔެވުންވެސް ނިމުނީކީނޫން.