އުޅަނދުތަކެއް ޕާކުކޮށްފައި: ޓްރާންސްޕޯޓު މިނިސްޓްރިން ބުނިގޮތުގައި ރާއްޖޭގައި މިހާރު ދުވާލަކު 44 ސައިކަލު ރަޖިސްޓްރީ ކުރޭ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
16 ޖުލައި 2019 - 11:08
އިންޖީނު ލީ އުޅަނދުފަހަރު ދުއްވޭނެ މުއްދަތެއް ކަނޑައެޅުމުގެ މައްސަލަ ކެބިނެޓަށް ފޮނުވައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ އެކަމާ ގުޅޭ ޕޭޕަރެއް ތައްޔާރުކުރުމަށް ފަހު ވަޒީރުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މަޝްވަރާކުރުމަށް ފަހު، އިންޖީނު ލީ އުޅަނދު ދުއްވުމުގެ މުއްދަތާ ގުޅޭގޮތުން ގޮތްތަކެއް ނިންމާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާގޮތުގައ ވެހިކަލްތަކުގެ އޭޖެއް އޮންނަންޖެހޭ. އަބަދު ވެސް މި ވާހަކަ ދައްކަނީ ތިމާވެއްޓާ ރައްޓެހި، ތިމާވެއްޓާ ގުޅުންހުރި ނޫނީ ނޭވާލަން ފަސޭހަ މާހައުލެއް ބިނާކުރާ ވާހަކަ. އެގޮތަށް އަޅުގަނޑުމެން އެންމެން ވާހަކަދައްކާއިރު ކުޑަކޮށް އުނދަގޫތަކެއް އަންނަ ހާލަތެއް އައިސްދާނެ،" ނަހުލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓެކްސީ ފަދަ އެއްޗެހި ދުއްވައިގެން ލިބޭ އާމްދަނީން އުޅޭ ކިތައްމެ އާއިލާއެއް އެބަހުރި ކަމަށެެވެ. އެކަމަކު އުސޫލުތަކެއް ހަދާފައި އޮންނައިރު އެކަމަށް އެންމެން ތަބާވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު ކޮންމެ އަހަރަކު ވެސް މަދުވެގެން 10،000 އެއްގަމު އުޅަނދު އަލަށް ރާއްޖޭގައި ރަޖިސްޓްރީކުރެ އެވެ. އަދި މި ސަރަަހައްދުގައި ދުއްވަން 64،000 ސައިކަލާއި 4500 ކާރު/ވޭން ރަޖިސްޓްރީކޮށްފައިވާއިރު ޕިކަޕް/ލޮރީ ފަދަ 2500 އުޅަނދު ދުއްވަ އެވެ. ޓްރާންސްޕޯޓު މިނިސްޓްރީން ކުރިން ބުނިގޮތުގައި ރާއްޖޭގައި މިހާރު ދުވާލަކު އެވްރެޖްކޮށް 44 ސައިކަލު ރަޖިސްޓްރީ ކުރެ އެވެ. އެހެންވެ ޓްރެފިކްގެ މައްސަލަ ހައްލުކުރަން ގޮތްތަކެއް ނިންމަންޖެހޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ވެސް ބުނެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީސް
29 July 2019
މިހެންގޮސް އިންސާނުންގެ މުއްދަތު ނުޖަހާތި
ޖާދު
17 July 2019
މުއްދަތަކަށް ވުރެ އުޅަދުގެ ކޮންޑިޝަން ހެން މުހިންމު ކަމަށް ގަބޫލް ކުރެވެނީ. 30 އަހަރަށް ވުރެ ގިނަދުވަސް ވެފަ ހުރި ސައިކަލް ދެކެން ވަރަށް ރީތި އަދި ކޮންޑިޝަންވެސް އެހާމެ ރަނގަޅު، މިގޮތަށް އުޅަދު ގެންގުޅޭ ވަރަށް ގިނަ މީހުން ތިބޭނެ. ނަމަބެސް ބޮޑަތި ކޮމްޕެނީ ތަކުގެ އުޅަދު ފަހަރު ވަރަށް ހާލު ދެރަ މަގުތަކުގަ ދުއްވަން އެކަށީގެން ނުވާ ކިތަންމެ އުޅަދެން ފެނޭ. ބަލާލަބަލަ ކޮކާކޯލާ ކަހަލަ ކޮމްޕެނީގެ ބައެއް އުޅަދު މިސާލަކަށް.
ޢެޑްމުންޑޯ
17 July 2019
މިއީ ޗައިނާ ނުވަތަ ޖަޕާނެއްނޫން ، ރާއްޖޭގައި އުފައްދާ އެއްޗެއްނޫން ސައިކަލް ކާރަކީވެސް ، ބޮޑުއަގެއްގައި ގަނެގެން އުޅޭ އެއްޗެއްމީ ، ތިހެން މުއްދަތެއް ކަނޑަ އެޅީމާ މިވިއްކާމީހުން ޑަބަލް މުއްސަދިވާނީ ، ރައްޔިތުމީހާ ނިކަމަތިވާނީ ، ތިނޫން އެހެންގޮތެއް އޮއްތޯ ބައަލަވާ
ވަޑްޔައްތޮކިނަބާ
16 July 2019
ތިޔައުޅެނީ މިޤައުމުގައި ކާރުވެސް ދުއްވަންވާނީ މަހުޖަނުންކަމަށް ހަދަންތަ؟ ކޮން ޢުމުރެއް ކަނޑައަޅަންބާ މިއުޅެނީ. ބަލަ އިންސާނުންވެސް ޞިއްޙަތު ސަލާމަތުން ދުޅެހެޔޮކަމާއެކު އެބައުޅޭ 100 އަހަރަށްވުރެވެސް ގިނަދުވަހު. އެހެންވީއިރު އަހަރުމެން ގެންގުޅޭ ކާރުވެސް އެއަށް ދޭންޖެހޭ ސަރވިސް ބަރާބަރަށް ދީގެން ގެންގުޅޭކަމަށްވަންޏާ އެވެސް ގެންގުޅެވޭނެ ފަންސާސް، ފަސްދޮޅަސް އަހަރަށްވެސް.
ހާމަ333
16 July 2019
ދުނިޔޭގަ ކުރިއަރާފަވައވާ ގައުމަކާ އެެއްވަރު އެއްކަމެއްވެސް މިގައުމުގަ އެބައޮތްތޯ....ފުރަތަމަ ތިބުނާ ކުރިއަރާފަވާ ގައުމުތަކުގަ އޮންނަ ކަހަލަ ހަމަހަމަ މުސާރައިގެ މިންގަނޑެއް މިގައުމުގަ އެބައޮތްތޯ ....ރޯނު އެދުރުންނަށް ވެރިކަން ލިބުނީމަވާނީ މިހެން
ޥަގޭ
17 July 2019
ދެން ތިބުނާ މޮޅު އެދުރަށް ވެެރިކަން ލިބުނުއިރު ކީއްވެތޯ މުސާރަތައް ހަމަހަމަ ނުކުރީ،
ރަންދެލި
16 July 2019
ކަމަނާ މޮޔަފުޅުވީތޯ؟ އުޅަނދު ތައް ދުއްވޭ ވަކި 'އުމުރެއް' ކަޑައެޅުން އެއީ މޮޔަކަމެކޭ. ދުއްވާ އެއްޗިހި މަދު ކުރަން ކަމަށް ވާ ނަމަ ވެސް ނޫން ގޮތަކަށޭ ތިޔަ ކަން ކުރަން ޖެހޭނީ. ކަމަނާ އަޑު އަހަމުތޯ ރޯޑްވާދިނަސް ކިޔާ އެއްޗެއްގެ ވާހަކަ. އެއީ އުމުރު ކަޑައެޅުމުގެ ގޮތުން ކުރާ ކަމެކޭ!ރޯޑްވާދިނަސް އިން ފެއިލްވެ ދެން އިތުރަށް ނުދުއްވޭނެ ވެހިކަލެއް ކަމަށް ކަޑައެޅުމުން ދެން އެ ނިމުނީ އޭ. އެމެރިކާ މަގުމަތީގަ 1932 ގެ 'ވިންޓޭޖް' ވެހިކަލްތައް އެއޮށް ދުއްވަނީ އޭ
ހާމަ333
16 July 2019
މާލެ މާލެ މާލެ....މިނޫނީ ރާއްޖޭގަ މީހުން އުޅެންޖެހޭ ތަނެއްނެތީތޯ....މާލެއަކާ ހެދި ދުއްޕާނަކަށް ވެއްޖެ އަތޮޅުތެރޭ އުޅެމީހުނަށް.
ހާމަ333
16 July 2019
ތި ގަވާއިދުހަދާ މާލެއަށް...އަތޮޅުތަކުގަ ހާލަތު މާލެއާ ތަފާތު...އާމްދަނީ ލިބޭ މިންވަރާއި ހާލަތާއި ފުދުންތެރިކަންވެސް ތަފާތު..ދުއްވަންޖެހޭ ދުރުމިންވެސް ތަފާތު...ކޮންމެ މީހަކީ ކޮންމެ 5 ނުނީ 10 އަހަރުން ސައިކަލެއް ގަނެވޭނެ މީހެއްނޫން...
ބޮޑުމީހާ
16 July 2019
ތިކަހަލަ ގަވާއިދާއި ގާނޫނު ހަދަނީ ތަރައްގީވެފައިވާ ގައުމުތަކުގަ. 2019 ވަނަ އަހަރު އުފެއްދި ވެހިކަލެއްވެސް މާލޭގަ މަގުމަތީގަ ދެފަހަރު ދުއްވާއިރު އޭގެ ދުވަސްދާނެ. ތިކަހަލަ ގަވާއިދު ހަދާނީ މަގުތަކާއި ޕާކިންގް ރަގަޅު ފެންވަރަކަށް ހަދައި އާއްމު މީހާގެ ޖީބަށް ލުއި ފަސޭހަ ވީމަ. ކުލި ދައްކާފަ ދެއިރު ހަމައަށް ނުކެވިގެން އުޅޭ ބަޔަކަށް ތިކަހަލަ ގާނޫނު ހެދުމަކީ ޖޯކެއް
އަމީތާބު
16 July 2019
މާލޭ މަގުތަކުގައި އެކިއަވަށު މީހުނަށް އެކި ގަޑި ހަމަޖައްސާ ގަޑިބަހައިގެން މަގުތައް ބޭނުންކުރަން މަޖިލިހުން ނިންމަން ވެއްޖެނޫންތޯ؟