ޚަބަރު / އެމްއެމްޕީއާރްސީގެ ކޮރަޕްޝަން

ޚިޔާނާތުގައި ބީއެމްއެލްގެ ބައިވެރިވުން ނެތް ކަމަށް މެމްބަރުން ގަބޫލެއް ނުކުރެއްވި!

މާލިއްޔަތު ކޮމިޓީގައި ޝަރީފް އާއި ޔާމީން، މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. --ފޮޓޯ/މަޖިލިސް

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި ބީއެމްއެލްގެ ބައިވެރިވުން ނެތް ކަން ސާބިތުކޮށްދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އެ ބޭންކުން މިއަދު ދެއްކި ވާހަކަތައް މެމްބަރުން ގަބޫލެއް ނުކުރެއްވި އެވެ.

މާލިއްޔަތު ކޮމިޓީގެ މެމްބަރުންގެ ކަންބޮޑުވުމަކީ ރައްޔިތުންގެ ފައިސާ އަށް ޚިޔާނާތްތެރިވުމުގެ މަގެއްގެ ގޮތުގައި ބީއެމްއެލް ހުޅުވިފައި އޮތުމެވެ. އެމްއެމްޕީއާރުސީގެ ޗެކްތަކެއް، މި ޚިޔާނާތުގެ އެންމެ އިސްކޮށް އުޅުއްވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އެކުވެރިންގެ ކުންފުނި، އެސްއޯއެފަށް ޖަމާކުރަމުން ދިޔައިރު އެކަން ނުހުއްޓުވުމުގެ ޒިންމާ ނަގަން ޖެހޭ ފަރާތަކީ، މެމްބަރުން ދެކެވަޑައިގަންނަވާ ގޮތުގައި، ބީއެމްއެލް އެވެ.

މެމްބަރުން ގިނަ ސުވާލުތަކެއް ކުރެއްވި ދެ ގަޑިއިރަށް ދިގުދެމިގެން ދިޔަ ކޮމިޓީގައި، އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި އެ ބޭންކުގެ އެއްވެސް ބައިވެރިވުމެއް ނެތް ކަަމަށް ތަކުރާރުކޮށް ބީއެމްއެލްގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު މުހައްމަދު ޝަރީފް ވިދާޅުވި އެވެ. ބޭންކުން އަމަލުކުރީ ގާނޫނާއި ގަވައިދުތަކާއި ބޭންކުން އަމަލުކުރަން ހުންނަ ޕްރޮސީޖާތަކާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވި ނަމަވެސް މެމްބަރުން އެކަން ގަބޫލެއް ނުކުރެއްވި އެވެ.

މާލިއްޔަތު ކޮމިޓީގެ މެމްބަރުން. --ފޮޓޯ/މަޖިލިސް

މެމްބަރުން ތަކުރާރުކޮށް ސުވާލު ކުރެއްވީ ޗެކް އެންޑޯސްމަންޓް އުސޫލާ ޚިލާފަށް އެމްއެމްޕީއާރުސީގެ ޗެކްތައް އެސްއޯއެފް އެކައުންޓަށް ޖަމާކުރި ސަބަބު ބީއެމްއެލް އިން އޮޅުންފިލުވައިދިނުމަށެވެ. އެމްއެމްޕީއާރުސީގެ ބޯޑު ރިޒޮލިއުޝަނަކުން ފާސްކޮށްފައިވާ ގޮތުގައި ޗެކްތަކުގައި ބޯޑުގެ ދެ މެމްބަރަކު ސޮއި ކުރައްވަން ޖެހިވަޑައިގަންނަވަ އެވެ.

އެއާޚިލާފަށް، ޗެކްތައް ޖަމާކުރީ ކީއްވެތޯ މެމްބަރުން ސުވާލު ދެންނެވުމުން ޝަރީފް ވިދާޅުވީ އެންޑޯސްމަންޓް ވެރިފައި ކުރުމުގައި ބޯޑުގެ ރިޒޮލިއުޝަނަކަށް ބޭންކުން ބަލަން ނުޖެހޭ ކަމަށެވެ. އެ ރިޒޮލިއުޝަން ބޭނުން ވަނީ ބޭންކްގައި ހުޅުވާފައި އެކައުންޓް އޮޕަރޭޓްކުރަން އެކަނި ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ އެކައުންޓަކާ މި ޗެކަކާ އެއްވެސް ގުޅުމެއް ނޯވޭ ބޭންކިން އުސޫލްގައި. މިސާލަކަށް މިއިން ޗެކެއް ބޭންކް އޮފް ސިލޯނަށް އަދި އެހެން ވެސް ބޭންކަަކަށް ޖަމާކުރެވިދާނެ،" ޝަރީފް ވިދާޅުވި އެވެ.

"ތަކުރާރުކޮށް މި ދަންނަވަނީ ބޯޑު ރިޒޮލިއުޝަނެއް ވެސް އޮންނާކަށް ވެސް ނުޖެހޭ ޖަމާކުރަން. ޗެކް އެންޑޯސްކުރުމުގެ ޕްރޮސެސްގައި އޮންނަ ގާނޫނުގެ ކުރަން ޖެހޭ ކަމެއް. މިހާރު ކަންތައްތައް ދިމާވި ގޮތުން ރިސްކް އޮތް ކަމަކަށް ވާތީ މިއޮތީ ހުއްޓާލާފައި،" ޝަރީފް ވިދާޅުވި އެވެ.

އެކަން ހުއްޓާލީ އެމްއެމްޕީއާރުސީގެ ޚިޔާނާތް ފަޅާއެރި ފަހުން 2016 ގަ އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ޗެކް ޖަމާކުރުމުގައި ބަލަން ޖެހެނީ ޗެކް ދޫކުރި ފަރާތާއި ޖަމާކުރާ ފަރާތުގެ މައުލޫމާތުތައް ފުރިހަމަވެފައިވޭތޯ އެވެ. މިގޮތަށް ވިދާޅުވުމުން ގިނަ މެމްބަރުން ނުރުހުންފާޅުކުރައްވައި، ބީއެމްއެލްގެ އެއްވެސް ޒިންމާއެއް ނޯންނަ ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވަނީ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

އެސްއޯއެފަށް ފައިސާ ޖަމާކުރި ކަން އެފްއައިޔޫ އަށް އެންގިން

އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ބޭންކުގެ ޒިންމާ އަދާކުރި ކަން ސާބިތުކޮށްދެއްވަން ޝަރީފް ދެއްކެވި ހެއްކަކީ ޝައްކު އުފެދުނު މުއާމަލާތެއް އެމްއެމްއޭގައި އޮންނަ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އަށް 25، ނޮވެމްބަރު، 2014 ގައި، ރިޕޯޓް ކުރުމެވެ.

މި ވާހަކަ އަށް ބާރު ދެއްވައި ބޭންކްގެ އިންޓެރިމް ރިސްކް އޮފިސަރު ޔާމީން އާދަމް ވިދާޅުވީ ގާނޫނުން ބޭންކަށް ލާޒިމްކުރަނީ ޝައްކު އުފެދޭ މުއާމަލާތެއް ނަމަ އެފްއައިޔޫ އަށް ރިޕޯޓް ކުރުން ކަމަށެވެ. އޭގެފަހުން ބޭންކުން އަމަލުކުރީ އެފްއައިޔޫގެ އިރުޝާދާ އެއްގޮތަށް ކަމަށް ޔާމީން ވިދާޅުވި އެވެ.

އެއީ ކޮން އިރުޝާދެއްތޯ އަދި އަމަލުކުރި ގޮތް ތަފްސީލް ކޮށްދެއްވަން މެމްބަރަކު އެދިވަޑައިގަތުމުން ޔާމީން ވިދާޅުވީ އެސްއޯއެފްގެ އެކައުންޓުގެ މުއާމަލާތްތައް ހުއްޓުވި ކަމަށެވެ.

"އެކައުންޓް ބޭނުން ނުކުރެވޭ ގޮތަށް ހެދިން. އެފްއައިޔޫއާ އެކު ކުރެވުނު މަޝްވަރާތަކަށް ފަހު އަޅުގަނޑުމެންނަށް އިރުޝާދު އައީ ބޭންކަކަށް އެކައުންޓެއް ހޯލްޑެއް ނުކުރެވޭނެއޭ، ޓްރާންސެކްޝަންތަކެއް ވެސް ނުހުއްޓުވޭނެއޭ، އެ ޒިންމާ އޮންނަނީ އެފްއައިޔޫއަށޭ،" ޔާމީން ވިދާޅުވި އެވެ.

އެހެންވެ، އޭނާ ވިދާޅުވި ގޮތުގައި، އެފްއައިޔޫ އިން އެންގުމާ އެއްގޮތަށް އެކައުންޓްތައް ދޫކޮށްލީ އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި އެފްއައިޔޫ އިން އެނަލިސިސް ރިޕޯޓެއް ހެދި ކަމަށާއި ބީއެމްއެލް އިން ފައިލްކުރި އެސްޓީއާރަކީ ޝައްކު އުފެދޭ ފަދަ މުއާމަލާތެއްގެ ގޮތުގައި ބެލެވެން ނެތް ކަން ކަނޑައެޅި ކަން ވެސް ބޭންކަށް އެނގުނީ ޚިޔާނާތާ ގުޅޭގޮތުން ނެރުނު ރިޕޯޓުންނެވެ.

"އެ ޓްރާންސެކްޝަން ކްލޯޒްކުރި ކަން އެނގޭ ނަމަ، އަޅުގަނޑުމެން އަޅަން ޖެހޭ އިތުރު ފިޔަވަޅުތައް އެޅުނީސް،" ޝަރީފް ވިދާޅުވި އެވެ.

ޝައްކު އުފެދުނު މުއާމަލާތަށް ފަހު އެކައުންޓް ދޫކޮށްލަން އެންގީ ކާކުތޯ އައްޑޫ މެމްބަރު އިބްރާހިމް ޝަރީފް ސުވާލު ކުރެއްވުން ޖަވާބު ދެއްވަން ބީއެމްއެލް އިން ފުރަތަމަ ބޭނުމެއް ނުވި އެވެ.

އެކަމަކު ރިޔާސަތުން ދުލެއް ނުދެއްވި އެވެ. އެއީ، ބޭންކުގެ ސިއްރަކަށް ނުވުމާއި ވިޔަފާރި އަށް އަސަރުކުރާނެ ކަމެއްގެ އިތުރުން ގައުމީ ސަލާމަތަށް ވެސް ނުރައްކާ ހުރި ކަމެއް ނޫން ކަމަށް ވިދާޅުވެ، ރިޔާސަތުން މުހައްމަދު ނާޝިޒް އެންގެވީ ޝަރީފްގެ ސުވާލަށް ބޭންކުން ޖަވާބު ދިނުމަށެވެ.

ކޮމެޓީގެ ރިޔާސަތުގައި ނާޝިޒް

އެއާއެކު ޔާމީން ވިދާޅުވީ ޝައްކު އުފެދޭ މުއާމަލާތްތައް ރިޕޯޓްކޮށް ފުރަތަމަ ބޭންކުން މުއާމަލާތު ކުރީ ބީއެމްއެލްގެ ޑެޕިއުޓީ ގަވަރުނަރު ނީޒާ އިމާދާ އެވެ. އެފްއައިޔޫގެ އިސްވެރިޔާ އާތިފް ޝަކޫރު ޗުއްޓީގައި ހުންނެވުމުން އެ ޔުނިޓް ހިންގެވުމާ އޭރު ހަވާލުވެ ހުންނެވީ ވެސް ނީޒާ ކަން ޔާމީން ފާހަގަކުރެއްވި އެވެ.

ފަހުން، އެ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މުއާމަލާތު ކުރީ އާތިފް ޝަކޫރާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

އެއީ ރިޔާސަތުން ހިތްހަމަޖެހިވަޑައިގަތް ޖަވާބަކަށް ނުވުމާ އެކު ސުވާލު ތަކުރާރު ކުރައްވައި އެކައުންޓް ދޫކޮށްލަން އެންގެވީ ކާކުތޯ އެއްސެވުމުން ޔާމީން ވިދާޅުވީ އާތިފާއި ނީޒާގެ ފަރާތުން ވެސް އިރުޝާދު ލިބުނު ކަމަށެވެ.

ދިފާއުވާން ބީއެމްއެލް އިން ދައްކާ ވާހަކަ ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެ ސުވާލު ފައްޓަވަމުން ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސެއިން ވަހީދު ވިދާޅުވީ އެސްއޯއެފަށް ޖަމާކުރީ އެމްއެމްޕީއާރުސީގެ ފައިސާ ކަން ނޭނގޭ ކަމަށާއި މުވައްޒަފެއްގެ ބައިވެރިވުން ނެތް ކަން ހާމަކުރުމަށް ފަހު ޝައްކު އުފެދޭ މުއާމަލާތެއް ފެންމަތިވިކަމުގެ ވާހަކަތަކެއްގެ ވެސް ކޮމިޓީގައި ހިއްސާކޮށްފައިވާ ކަމަށެވެ.

އެންޑޯސްކުރި ޗެކެއްގައި ސޮއިކުރި ފަރާތް ބަލަން ނުޖެހޭ ކަމަށް ބީއެމްއެލް އިން ބުނާ ވާހަކައާ މެދު ހިތާމަ ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. ޗެކް ލިބިފައި އޮތް ކުންފުންޏަށް ނޫން އެހެން ކުންފުންޏަކަށް ޗެކް ޖަމާކުރަމުން ދިޔަކަން އެނގިތިބެ ނުހުއްޓުވި ސަބަބާ ގުޅޭ ގޮތުން އޭނާ ވަރަށް ދިގުކޮށް ސުވާލު ކުރެއްވި އެވެ.

"އެގޮތަށް އަންނަ ޗެކްތައް ނުބަލަމޭ ދެންމެ [ޝަރީފް] ވިދާޅުވުމުން ދެން ވަރަށް ދެރަ. ބޭންކް އޮފް މޯލްޑިވްސްއާ ދޭތެރޭގައި އަޅުގަނޑުމެން އޮންނަ އިތުބާރު ވެސް ކުޑަވޭ. ވިޔަފާރިކުރުމާއި އެހެން ކަންކަމަށް ބޭންކްގައި ރައްޔިތުން ފައިސާ ބަހައްޓަނީ ތަންކޮޅެއް ސޭފްވާނެ ކަމަށް ބަލައިގެން،" މެމްބަރު ހުސެއިން ވަހީދު ވިދާޅުވި އެވެ.

"ނަމަވެސް ކޮންމެ މީހަކު ސޮއިކޮށްލާފައި ދިނަސް އެ ސޮއި ވެސް ބަލާ ނުލައި ކާކުތޯ ސޮއި ކުރަން ޖެހެނީ ބަލާ ނުލައި ޖަމާކުރުމަކީ ވަރަށް އަންޕްރޮފެޝަނަލް ވަރަށް ހިތްދަތި ކަމެއް. އެހެންވެ އަޅުގަނޑަކަށް ތި ވާހަކަތަކެއް ގަބޫލެއް ނުކުރެވޭ."

ރައްޔިތުންގެ 1.3 ބިލިއަން ރުފިޔާ ގެއްލުވާލީ ބޭންކްގެ ތެރެއިން ކަމަށް ގަބޫލުކުރަންތޯ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު ސުވާލު ކުރެއްވުމުން ޝަރީފް ވިދާޅުވީ ޓްރާންސެކްޝަން ހިނގީ ބޭންކް މެދުވެރިކޮށް ކަމަށެވެ. އެކަމަކު ގަވާއިދާއި އުސޫލްގެ ތެރެއިން ކަމަށް ވިދާޅުވި އެވެ. އެކަމުގައި ބޭންކްގެ އިހުމާލެއް އޮތް ކަމަކަށް ޝަރީފް ގަބޫލެއް ނުކުރައްވަ އެވެ.

ބީއެމްއެލް އިން ދިފާއުގައި ދެއްކި ވާހަކަތަކާ މެދު ހިތްހަމަޖެހިވަޑައިނުގެން ޣަފޫރު ވިދާޅުވީ ދިފާއުގައި ކޮންމެ ވާހަކައެއް ދެއްކިއަސް މި ޚިޔާނާތުން ބީއެމްއެލް އަށް ރެކިގަނެވޭނެ ގޮތެއް ނެތް ކަމަށެވެ. މިއީ، ދައުލަތުގެ މުއައްސަސާތައް ގުޅިގެން ހިންގާފައިވާ ވައްކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެކަން ނުވާ ކަމަކަށް ހަދައި އޮޅުވާލަން ކިތަންމެ ވާހަކައެއް ދެއްކިއަސް އެއީ ނުހިނގާ ކަމަކަށް ނުވާނެ ކަމަށް ވިދާޅުވި އެވެ.

ތަހުގީގީ އިދާރާތަކަށް ބީއެމްއެލް އިން މައުލޫމާތު ހިއްސާކޮށްފައި ނުވި ސަބަބާ ގުޅޭ ގޮތުން ހިތްހަމަނުޖެހުން ފާޅުކުރައްވައި ވެސް މެމްބަރުން ގިނަ ސުވާލުތައް ކުރެއްވި އެވެ. ބޭންކުން އެ ތުހުމަތު ދޮގުކުރި އެވެ.

ބީއެމްއެލް އިން އެއް ވާހަކަތަކެއް ތަކުރާރުކޮށް ބުނެފައި ވަނީ އެ ބޭންކުގެ ޒިންމާއަދާކުރި ވާހަކަ އެވެ. އެފްއައިޔޫގެ އިހުމާލު އޮތް ކަން ފެންނަ ގޮތަށް ދިން ރައްދުތަކާ ގުޅިގެން ރިޔާސަތުން ކޮމިޓީ ނިންމާލެއްވީ އެއީ ގަބޫލުކުރެވޭ ވާހަކައެއް ނޫން ކަން ދޭހަވާ ފަދަ ސުވާލަކުންނެވެ.

އެމްއެމްޕީއާރުސީގެ މައްސަލައާ އެފްއައިޔޫއާ ގުޅުވާ އިރު، އެއްވެސް ޓްރާންސެކްޝަނެއް އެފްއައިޔޫގެ އެންގުމާ ނުލައި ބޭންކުން ހުއްޓުވާފައިވޭތޯ ނާޝިޒް އެއްސެވުމުން ބޭންކުން އެކަން ކުރާ ކަަމަށް ބޭންކުން އެއްބަސްވި އެވެ.

"އެމްއެމްޕީއާރުސީގެ ކޭސްއާ ނުގުޅުވައި އާއްމު އުސޫލުން މަނީ ލޯންޑަރިންގެ ގާނޫނުގެ ދަށުން އަޅުގަނޑުމެން ޓްރާންސެކްޝަންތައް ސްކްރީން ކުރެވިގެންދާ އިރު ހާއްސަކޮށް ރާއްޖެ އިން ބޭރުން ކަސްޓަމަރުންގެ އެކައުންޓްތަކަށް އަންނަ ފައިސާ އަޅުގަނޑުމެން ހުއްޓުވަން. އެއީ އިތުރު މައުލޫމާތު ބޭނުންވާތީ. އެ މައުލޫމާތު ދިނީމަ ރިލީސްކުރަނީ އެހެން ނޫނިއްޔާ އަނބުރާ ފޮނުވާލަނީ،" ޔާމީން ވިދާޅުވި އެވެ.

107 ކޮމެންޓް, 120 ރިއެކްޝަންސް

icon happy icon happy 72%
icon sad icon sad 4%
icon angry icon angry 24%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަޢީދު

23 July 2019

ބެންކުން ކޮއްމެއެއްޗެބުނިކަމުގަވިޔަސްMMPRC ގެ ޚިޔާނާތުގައި ބެންކު ބައިވެރިނުވެޔެކޭނުބުނެވޭނެ މި ޚިޔާނާތުގައި ވަރަށް ގިނަ މީހުން ޝާމިލު ވާނެ

The name is already taken The name is available. Register?

އިސް

17 July 2019

ސާބަސް...ކަންކުރި ބޮޑެތި މީހުން ބައިތިއްބާފަ އާދައިގެ މީހާ ފުންޑާލަނީތި

The name is already taken The name is available. Register?

އެކްސްސިސް

17 July 2019

ކަރަޕްޝަން ހިންގި ފަރާތް މިނިވަން ވެއްޖެ. އެނޫން އެންމެން މައްސަލަ އަކީ ؟

The name is already taken The name is available. Register?

ވާލުސޮރު

17 July 2019

އަޅިގަނޑުމެންވެސް ގަބޫލެއް ނުކުރަން، ބީއެމްއެލްގެ ގަވައިދު ހިނގަނީ އާދައިގެ ކަސްޓަމަރުންނަށްކަން ތި ވާހަކައިން މި އެނގުނީ

The name is already taken The name is available. Register?

އުސްމާނުބެ

17 July 2019

ބެންކުގެ އިސްމުވައްޒަފުން ގެ އެކަންޓުތައް ކަމާބެހޭ ފަރާތް ތަކުން ބަލަން ރަގަޅު، މުސާރަޔާ ނުބައްދަލު ފައިސާގެ މުއާމަލާތް ހިންގާފަ ހުރިތޯ އަދި އެ މިހުން ގެ އަބި ދަރިންގެ އަކައުންޓް ތައްވެސް.

The name is already taken The name is available. Register?

ޖަނާބް

17 July 2019

އެމްޑީޕީ ގެ އެއްވެސް މެމްބަރަކު ގަބޫލެއްނުކުރާނެ..ނަޝީދު ގެ އަނގައިން ބުނާއެއްޗެއް ނޫނީ.. ކަލްޓް ..

The name is already taken The name is available. Register?

ދެރަ

17 July 2019

ތިބުނަނީ ހިޔާނާތުގެ ފައިސާ ވަދެފަ ވާކަން އެނގުނު ހިސާބުން ހުއްޓުވި ވާހަކަ އެހެން ކަމަށްވާނަމަ މިހާރުން މިހާރަށްވެސް ތިފައިސާ ދައުލަތާ ހަވާލު ކުރަންވީނޫންތޯ

The name is already taken The name is available. Register?

ނުކިޔަވާސަންގޯރު

17 July 2019

ބޭންކައް ބޮޑުޚިޔާނަތެއް ވެގެންދިޔައިރު ތަށައްކިޔަނީ މަރިޔަންބުހޭ ވެސް އަހާނުލެވުނު. މިވަރުން ވަރައްގިނައެއްޗެހި އެނގި ދޭހަވެއްޖެ

The name is already taken The name is available. Register?

ބޭންކިން

17 July 2019

ބެންކު އަގުވައްޓާލުން އެއީ ބެންކަކައްދެވޭނެ އެންމެ ބޮޑު ގެއްލުން. އެހެނީ މީހުން ބެންކުގައި ޑިޕޮސިޓު ކުރަނީ ވަރަށް ބޮޑު ޓުރަސްޓް އެއްގެ މައްޗައް. ރާއްޖެ އިސްލާހުކުރަންށޭ ކިޔާފަ އެރު މީހުން މިތެޅެނީ އެކަންކުރި މީހާ އަދީބު އާއި ޒިޔަތު ދޫކޮއްލާފަ. ކޮބާ މޮހޯމެން އިންޓަރޕޯލް ރެޑުނޯޓިސް ނެރެގެން ނިކަން ގެނެސްބަލަ.

The name is already taken The name is available. Register?

ޚުބުޅިބެ

17 July 2019

ބޯޑުގެ ބައެއް މެމްބަރުންގެ އަތެއްނެތި ތިކަމެއް ނުކުރެވޭނެ ފޮޓޯގަ ތިފެންނަ އެކަކު އެއީ ވަރަށް ވަރުގަދަ މީހެއް ފާޑުޖަހާ

The name is already taken The name is available. Register?

ސާބަހޭ

18 July 2019

ތެދެއް، އެއީ ސަރީފު... ހުރިހާ ކަމެއްކޮއްފަ އެހެން މީހުން ލައްވާ ޒިމްމާ ނަގުވާނީ އަދި ބޮލައް ކަންޑާލާނީ ވެސް. މިއީ އޭނާގެ މަސައްކަތުގެ ވައްޓަފާޅި )؛

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454