ސުޕްރީމް ކޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ (މ)، ފަނޑިޔާރު އަބްދުﷲ އަރީފް (ވ) އަދި ފަނޑިޔާރު އަދަމް މުހައްމަދު އަބްދުﷲ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
16 ޖުލައި 2019 - 15:29
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ތަހުގީގަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އަދި ފަނޑިޔާރު އަބްދުﷲ އަރީފްގެ ބަޔާން ނަގައިފި އެވެ.
އެ ކޮމިޝަންގެ ޑިރެކްޓަރު ހަސަން ޒަހީން މިއަދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ގުޅޭގޮތުން ހުށަހެޅި މައްސަލައިގައި ބަޔާން ނަގާފައިވާ ކަމަށެވެ. އެ މައްސަލަ ބަލަނީ ޖޭއެސްސީގެ ވަކި ތަހުގީގު ކޮމެޓީއަކުންނެވެ.
އެ ބޭފުޅުންނާ ގުޅޭގޮތުން ހުށަހެޅި ދެ ޝަކުވާއެއް ބަލަމުން އަންނަ ކަމަށް ޖޭއެސްސީން ބުނީ މިިދިޔަ ބުދަ ދުވަހެވެ. ނަމަވެސް އެއީ ކޮން ޝަކުވާތަކެއް ކަމެއް ހާމައެއް ނުކުރެ އެވެ. ނަމަވެސް މި ފަނޑިޔާރުންނަކީ، މިދިޔަ އަހަރުގެ ފެބްރުއަރީ 1 ގައި، އޭރު ޖަލުގައި ހައްޔަރުކޮށްފައި ތިބި ސިޔާސީ ބޭފުޅުންނާއި އިތުރު އެތައް ބަޔަކު މިނިވަންކުރުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރު ފަހުން ބާތިލްކުރެއްވި ބޭފުޅުންނެވެ. އަމުރު ބާތިލްކުރީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރުމަށް ފަހުގަ އެވެ.
މި ބޭފުޅުންގެ ތެރެއިން ފަނޑިޔާރު އަރީފަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީ އަށް ކަނޑައަޅާފައިވާ މެންބަރެވެ. އަދި އެ މަނިކުފާނަކީ ޖޭއެސްސީގެ ރައީސެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އަބްދުﷲ ދީދީގެ މައްޗަށް ކޮރަޕްޝަނުގެ ސީރިއަސް ތުހުމަތުތަކެއް ކުރެވި ފުލުހުން މައްސަލަ ބަލަން ފެށުމާ އެކު ވަނީ ސަސްޕެންޑްކޮށްފަ އެވެ. ޖޭއެސްސީގެ ތަހުގީގު ކޮމިޓީން މިހާރު ވަނީ އަބްދުﷲ ދީދީ ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަނުހުންނަ މީހާ
22 July 2019
ފަޑިޔާރުންގެ ބަޔާން ނަގަން ޖެހޭ ހިސާބަށް ދިޔުމުން އެމީހުންގެ ނަޒާހާތްތެރިކަން ގެއްލޭ. އެފަދަބައެއްގެ ހުކުމްތަކައް ހިތުގެ އަޑިން ގަބޫލުކުރަން އުނދަގޫ.
ގޮބޮޅި
17 July 2019
ރައްޔިތުން ނުކުމެ ވޯޓުން ސަރުކާރު ބަދަލުކުރީ ރައްޔިތުންގެ ފައިސާއިން ވައްކަންކުރުން ހުއްޓުވާ ވަގަށްނެގި ފައިސާތައް ހޯދާ ދިވެހިރާއްޖޭގެ ޖުޑީސަރީ އިސްލާހުކުރުމަށް ކޮންމެ އަގެއް ދައްކައިފަވެސް ސަރުކާރުން މި 2 ކަންތައްކޮށްދޭންޖެހޭނެ
ބޭރުމީހާ
16 July 2019
ބާރު އަތުގައި ޖެހުނީމާ ހިތުހުރި ގޮތަކަށް ފަނޑިޔާރުންނާ ދޭތެރޭ ކަންތައް ކުރަނީއެވެ. ހަމަ އަދިވެސް އެދުވަސް އައިސްދާނެއެވެ!
ދިވެހި މީހާ1
22 July 2019
ބޭރުމީހުންނަށް ނޭންގެނީ ކަންނޭންގެ ދިވެހިން ވޯޓް ދިނީ ކޯޓާކުޅެ ކޯޓް އިސްލާހުކުރަންކަން.
ކަނބިލި
16 July 2019
މިއީ ފަނޑިޔާރުންގެ އަގުވައްޓާލަން ގަންނަ ގަނޑެއް
ހަސަނު
16 July 2019
ފަނޑިޔާރުންގެ އަގު އުޅެނީ ވަރަށް މަތީގަ..
މޮޑަފްް
16 July 2019
އެއްކަލަ ފަސްމީހުން މިހާރު ސައިޒަށް ތިރިވީބާ. ނަޝީދަކީ ގަދަ މީހެއް. އޭނަ މަޖްލިހަށް ނުވަތްނަމަ ތިތަން މައިތިރި ނުކުރެވޭނެ. މިހާރު މިމީހުން ދަނޭ މިމީހުން އަމުރެއް ނެރުނަސް މަޖްލިހުން އަޅާވެސް ނުލާނެކަން.
ހިތާމަ އެއް
16 July 2019
ޖުޑީޝަރީ އަށް މިލިބޭ ޑެމޭޖް ފިލުވަން 100 އަހަރު ބޭނުން ވެއެވެ. އަދި ކިއެއްތޯ އެވެ. ދުސްތޫރީ ނިޒާމު ވެސް ބަރުބާދު ވަނީ އެވެ.ޤާނޫނި އަސާސީ އަށް ވުރެވެސް ޗެރިކަމުގެ ބާރު ގަދަވެއްޖެ އެވެ
ޝައިނީ
16 July 2019
ދެން ހުރީ ފަނޑިޔާރުގެ ކަމެއް ނެތް ތޯއެވެ؟
ހަސަނު
16 July 2019
މަޑުކުރޭ.. ކެތް ކުރޭ.. އަދި ފަހުން އެވެސް ފެންނާނެ.. މިކަހަލަ ބޮޑެތި ކަންކަމަށް ވަގުތު ނަގާނެ...