ބީއެމްއެލް: އެ ކުންފުނިން ވަނީ ރިޔާސީ ކޮމިޝަނާ ދެކޮޅަށް ދައުވާ ކޮށްފައި -- ފޮޓޯ/މިހާރު
17 ޖުލައި 2019 - 19:39
ކޮރަޕްޝަންގެ މައްސަލަތައް ބަލަން އުފައްދާފައިވާ ރިޔާސީ ކޮމިޝަނާ ދެކޮޅަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއްގައި އެ ކޮމިޝަނުން ކޯޓަށް ހާޒިރުވާން އަންގައިފި އެވެ.
ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަންގެ މައްޗަށް ބީއެމްއެލް އިން ދައުވާކޮށްފައި ވަނީ ކޮން ކަމަކާ ގުޅިގެން ކަމެއް ސާފުވާ ގޮތެއް ނުވި އެވެ. ނަމަވެސް ތަހުގީގުގެ ބޭނުމަކަށް، ދެ ބޭންކް އެކައުންޓެއްގެ މައުލޫމާތު ހޯދަން ކޮމިޝަނުން އެދިފައިވާ ކަމަށާއި އެކަމަކު ހައި ކޯޓުން ކޮށްފައިވާ ހުކުމަކާ ގުޅިގެން މި މަހުގެ 7 ގެ ފަހުން މައުލޫމާތު ނުދޭ ކަމަށް ބީއެމްއެލް އިން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި އިއްޔެ ބުނެފައިވެ އެވެ. ނަމަވެސް އޭގެ ކުރިން ތަހުގީގީ އިދާރާތަކަށް ބޭންކުން މައުލޫމާތު ދީފައިވެ އެވެ.
ބޭންކިން ގާނޫނާ އެއްގޮތަށް، ތަހުގީގީ އިދާރާތަކަށް އެއްބާރުލުން ދޭނެ ކަމަށާއި، މައްސަލައާ ގުޅުން ހުރި ހުރިހާ ފަރާތެއްގެ މަސްލަހަތު ހިމާޔަތްކުރެވޭނެ ގޮތަކަށް ގާނޫނީ ހައްލެއް ހޯދަން މަސައްކަތްކުރަމުން އަންނަ ކަމަށް ބޭންކުން މަޖިލީހުގެ ކޮމިޓީގައި އިއްޔެ ބުންޏެވެ.
ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަންގައި މި މައްސަލަ ތާވަލްކޮށްފައިވަނީ މާދަމާގެ މެންދުރު ފަހު 1:00 އަށެވެ.
ބީއެމްއެލް އިން ތަހުގީގަށް މައުލޫމާތު ނުދޭ ކަމަށް ބުނެ މަޖިލީހުގެ ކޮމިޓީގައި ސުވާލު އަމާޒުވީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ތަހުގީގާ ގުޅިގެންނެވެ. އެ ޚިޔާނާތުގައި ބީއެމްއެލް އިން އިހުމާލުވެފައިވާ ކަމަށް ކުރާ ތުހުމަތުތަކަށް އެ ބޭންކުން އިންކާރުކުރެ އެވެ. ބޭންކުން ބުނަމުން އަންނަނީ ހުރިހާ ކަމެއް ވެސް ކޮށްފައި ވާނީ ގާނޫނުތަކާއި ގަވައިދުތަކާއި ބޭންކުގެ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިޒާސިޒާ
18 July 2019
ބޭންކުގެ ކޮންއުސޫލެެއް ކިޔާކައް ތަމެންނައް ނުހިންގެންޏާ އިސްތިއުފާދީ
ޢާދަން
17 July 2019
މައުލުޫމާތު ހަމަ ޖެހޭމނީ ދޭން
މުރާދު
17 July 2019
ރަގަޅު. ކޯޓުތަކުގެ މިނިވަންކަން ފެންނަންޖެހޭ. ސަރުކާރުން ކޮމިޝަން ހަދައިގެން ހުރިހާކަމެއް ބޭނުންހާގޮތަކަށް ހެދިގެން ނުވާނެ.
falcon_autho
17 July 2019
ސަރުކާރުގެ ތަންތަނުން ނުވަތަ ސަރުކާރުގެ މެޖޯރިޓީ އޮންނަ ކުންފުނިތަކުން ހަދާފައި ހުންނަ ގަވާއިދުތަކުން ރައްޔިތުންގެ މާލިއްޔާ ދަވާލާނަމަ އެތަންތަނާ ދެކޮޅަށް ރައްޔިތުން ނުކުންނަންޖެހޭނެ. ރައްޔިތުންގެ މާލިއްޔަތު އެބަޔަކު ބޭނުންގޮތަކަށް ދަވާލުމުގެ އެއްވެސް ގާނޫނެއް ގަވާއިދެއް އެއީ ރައްޔިތުން ގަބޫލުކުރާނޭ ގާނޫނަކަށް ނުވަތަ ގަވާޢިދަކަށް ވެގެންނުވާނެ. ބޭންކުގެ އަމިއްލަ ގަވާޢިދެއް ރައްޔިތުންގެ ފައިސާގެ މައްޗަށް ނުހިންގޭނެ.