އެމެރިކާގެ ކޮންގްރެސްގެ އަންހެން މެންބަރު އިލްހާން އުމަރާއި ރައީސް ޑޮނަލްޑް ޓްރަމްޕް. --ފޮޓޯ:ރޮއިޓާސް
20 ޖުލައި 2019 - 11:29
މިނެސޮޓާ (ޖުލައި 20) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ބިރު ނުދެއްކޭނެ ކަމަށާއި ޓްރަމްޕާ ދެކޮޅަށް ތެދުވާނެ ކަމަށް އެމެރިކާގެ ކޮންގްރެސްގެ މުސްލިމް އަންހެން މެންބަރު އިލްހާން އުމަރު ވިދާޅުވެއްޖެ އެވެ.
ކޮންގްރެސްގެ ހަތަރު އަންހެނުންނާ ދިމާލަށް ޓްރަމްޕް މިދިޔަ ހަފުތާގައި ވަނީ ނަސްލީ ގޮތުން ދިމާކުރުމުގެ ބަސްތަކެއް ރައްދުކުރައްވައިފަ އެވެ. ތަފާތު ގައުމުތަކަށް ނިސްބަތްވާ ހަތަރު އަންހެނުންނަށް ނިސްބަތްކޮށް ޓްރަޕް ވަނީ "އެ މީހުން އަނބުރާ ގައުމަށް ދިއުމަށް" ގޮވާލައްވައިފަ އެވެ. އެކަމަކު އިލްހާން ފިޔަވައި އަނެއް ތިން އަންހެނުން އުފަންވީ އެމެރިކާގަ އެވެ. ސޯމާލިއާ އަށް އުފަން އިލްހާން ވެސް ވަރަށް ޅަ އުމުރުން ފެށިގެން ދިރިއުޅުއްނީ އެމެރިކާގަ އެވެ.
އެމެރިކާގެ ކޮންގްރެސްގެ އަންހެން މެންބަރު އިލްހާން އުމަރު. --ފޮޓޯ:ރޮއިޓާސް
އިލްހާން ދިރިއުޅުއްވާ މިނެސޮޓާ އަށް މި ހަފުތާ ބަންދުގައި ވަޑައިގަތުމުން އޭނާ އަށް ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. ސަޕޯޓަރުންނާ ބައްދަލު ކުރައްވައި އިލްހާން ވިދާޅުވީ ޓްރަމްޕް ވިދާޅުވާ ބަހަކުން ބިރު ނުގަންނާނެ ކަމަށެވެ.
އިލްހާން ވިދާޅުވީ ޓްރަމްޕުގެ ސިޔާސަތުތައް އެމެރިކާގެ ރައްޔިތުންނަށް ބިރަކަށްވެފައިވާ ކަމަށެވެ.
ކޮންގްރެސްގެ ޑިމޮކްރެޓިކް ޕާޓީގެ ހަތަރު އަންހެނުން މެންބަރުން ކަމަށްވާ (ވ-ކ) އިލްހާން އުމަރު، އެލެގްޒެންޑްރިއާ އޮކާސިއޯ-ކޯޓޭޒް، ރާޝިދާ ތަލީބް އަދި އަޔާނާ ޕްރެސްލީ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
ހަތަރު އަންހެނުންނަށް ނިސްބަތްކޮށް ޓްރަމްޕް ވިދާޅުވި ނަސްލީ ތަފާތު ކުރުމުގެ ބަސްތައް ހައުސް ރެޕްރެޒެންޓެޓިވްސް އިން ވަނީ ކުށްވެރިކޮށްފަ އެވެ.
އިލްހާންގެ އިތުރުން ޓްރަމްޕުގެ ބަހުގެ ހަމަލާތައް އަމާޒު ކުރެއްވީ އެލެގްޒެންޑްރިއާ އޮކާސިއޯ-ކޯޓޭޒް، އަޔާނާ ޕްރެސްލީ އަދި ރާޝިދާ ތަލީބަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަބޯ މޫސާ
16 August 2019
ރާއްޖޭގައި ފުނާ އަޅައިގެންވެސް މިފަދަ ރަނގަޅު އަނގެން މެމްބަރަކު ނުހޯދޭނެ މުޅީންވެސް ތިއްތި ދައްކާ ދައިތާމެންތައް.
މަސްވެރިޔާ
20 July 2019
ޓްރަމްޕްއަށް ދަންނަވާ އެބޭފުޅާވެސް ވަޑައިގެންނެވި ތަނަކަށް ވަންނަން ދާށޭ. ތިތާކުނެތް އެމެރިކާގެ އަހުލުވެރިއެކަކުވެސް. މުޅިން ބީރައްޓެހިން.
އަބޫބާ
20 July 2019
އެތަނުގަ ވިއްޔާ މުސްލިމު މެމްބަރަކު އެބަހުރިތާ މިތާގަ ކްރިސްޓިއަން ނޫނީ ޔަހޫދީ މެމްބަރަކު އެބަހުރިތަ
ބލާއެއް
20 July 2019
މަޖިލިސް ރައީސްކަންދިނީމާވެސް ހިތްހަމަނުޖެހޭތަ؟
ގމރ ސޓ
20 July 2019
ޓްރަމްޕަށްވެސް އަރަބި ނަމެއް ކިޔާފަ ތުބުޅި ދިގުކޮށްލީމަ ކިޔާނީ މުސްލިމް މެމްބަރޭ ދޯ؟
ރަދީފުއްދީނުލް އަކްބަރު
20 July 2019
ސާބަހޭ. ތީ އެބުނާ ފިސާރިއަންހެނުންނަކީ.