21 ޖުލައި 2019 - 06:57
ބޮލީވުޑްގެ އެކްޓަރުންގެ ތެރޭގައި އިންނަން ކަމުދާ ކަހަލަ މީހަކު ނެތް ކަމަށް ބަތަލާ ސޮނާކްޝީ ސިންހާ ބުނެފި އެވެ.
"ބާއި އިންވައިޓް އޮންލީ" ކިޔާ ޝޯއެއްގައި ޒުވާން ބަތަލާ ބުނީ މައިންބަފައިން ވެސް ބޭނުން ވަނީ ވަރަށް އަހްލާގު ރަނގަޅު "ސުޝީލް" ފިރިހެނަކާ ރައްޓެހިވާން ކަމަށެވެ.
"އެކަމަކު އެކަހަލަ މީހަކު ނެތް ބޮލީވުޑަކު. އަހަންނަކަށް ހިއެއް ނުވޭ އަހަންނަށާއި މައިންބަފައިންނަށް ވެސް ކަމުދާ ކަހަލަ ފިރިއެއް އަހަންނަށް ބޮލީވުޑަކުން ލިބޭނެހެންނެއް،" ސޮނާކްޝީ ބުންޏެވެ.
އެކަމަކު މީގެ ކުރިން ބައެއް އެކްޓަރުންނާ އެކު ސޮނާކްޝީ ލޯބީގެ ގުޅުންތަކެއް ބޭއްވި ކަމަށް އަޑު އަރާފައިވެ އެވެ. އޭގެ ތެރޭގައި އޭނާއާ އެކު "ތޭވަރު" ކުޅުނު އަރުޖުން ކަޕޫރާއި "އާރް...ރާޖްކުމާރު" ކުޅުނު ޝާހިދު ކަޕޫރުގެ އިތުރުން މި އަހަރު ފިލްމު "ނޯޓްބުކް" އިން ތައާރަފުވި އެކްޓަރު ޒަހީރު އިގްބާލް ހިމެނެ އެވެ. އަދި ބަންޓީ ސަޖްދޭ ކިޔާ މީހަކާ ވެސް ސޮނާކްޝީ ރައްޓެހިވިކަމުގެ ވާހަކަތަކެއް ގިނަ ދުވަސްތަކެއް ވަންދެން ދެކެވުނެވެ.
އެކަމަކު އެއިން އެއްވެސް މީހަކާ އެކު ލޯބީގެ ގުޅުމެއް ބޭއްވި ކަމަކަށް ސޮނާކްޝީ އެއްބަސްވެފައެއް ނުވެ އެވެ.
ނަމަވެސް 32 އަހަރުގެ ބަތަލާ ބުނީ ކުރިން އޭނާ ސެލެބްރިޓީއަކާ ލޯބީގެ ގުޅުމެއް ބޭއްވި ކަމަށާއި އެއްވެސް މީހަކަށް އެއީ ކާކުކަން ރޭކާނުލާ ކަމަށެވެ.
ކުރީގެ ދެ ތަރިން ކަމަށްވާ ޝަތުރަގަން ސިންހާ އާއި ޕޫނަމް ސިންހާގެ ހަމައެކަނި އަންހެން ދަރިފުޅު ބުނި ގޮތުގައި ލޯބިވެރިޔަކު އޭނާ އަށް ބޭވަފާތެރިވެއްޖެ ނަމަ އެފަދަ މީހަކަށް ދުވަހަކު ވެސް މާފުކުރުމެއް ނޯންނާނެ އެވެ.
"އަހަރެން މި ވަގުތު ކައިވެންޏަކާ ދޭތެރޭ ނުވިސްނަން. މި ވަގުތު ފޯކަސް ހުރީ ކެރިއަރަށް. އަހަރެން ގަބޫލުކުރާ ގޮތުގައި ކައިވެންޏަކީ ވަގުތު ޖެހުނީމަ ވާނެ ކަމެއް. އަދި އެކަން ސިއްރެއް ވެސް ނުކުރެވޭނެ،" 2010 ގައި ފިލްމު "ދަބަންހް" އިން ބޮލީވުޑަށް ނުކުތް ބަތަލާ ބުންޏެވެ.
Sonakshi aai Zaheer , kon gulhumeh?
The most trusted news source in the Maldives
Mihaaru
ސޮނާކްޝީއާ އެންމެ ފަހުން އަޅުވާކިޔާފައި ވަނީ ޒަހީރު.
މިދިޔަ އެޕްރީލް މަހު ރިލީޒްކުރި "ކަލަންކް" ގެ ރޯލެއް ކުޅުނު ސޮނާކްޝީ މިހާރު އަންނަނީ އަންނަ މަހުގެ މަހުގެ 2 ގައި ރިލީޒް ކުރާ ފިލްމު "ޙާންދާނީ ޝަފަޙާނާ" އާއި އަންނަ މަހުގެ 15 ގައި ރިލީޒް ކުރާ "މިޝަން މަންގަލް" ވެސް ޕްރޮމޯޓް ކުރަމުންނެވެ. އަދި އަންނަ ޑިސެމްބަރު މަހުގެ 27 ގައި ރިލީޒްކުރާ "ދަބަންގް 3" ގެ މަސައްކަތް ވެސް އޭނާ އަންނަނީ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒިމްޒިމް
22 July 2019
އަވަހަށް އާދޭ ބޭބެ ކައިރިއަށް.. ފިލްމް ނުކުޅެންވެގެން މަހަށް މިދަނީ..
އަށްޑޫ ކަތީބު
22 July 2019
މޮލީވުޑްގަ އުޅޭނެ ވަރަށް ތަފާތު މީހުން ގެންގުޅޭ ފައިވާންގަނޑު ސާފުކޮށްލަންވެސް ކަމަކުނުދާނެ. ހަހަހަ
މެލައިނީ
21 July 2019
ޓޮލީވުޑުގައި ވެސް ނތީ ތޯ؟
އަހަންމާގެ ދޮންރަހާ
21 July 2019
ބޮލީވުޑުގަ ނެތަސް މޮލީވުޑުގަ އުޅޭނެ. މަ ވަކި ހުތުރީތަ؟!
ސީޒަން
21 July 2019
މޮލީވުޑްގަ އެބަތިބި، އާދޭ ސޮނާ
4321
21 July 2019
ރާއްޖޭގައި އެބައުޅޭތަ؟
ށުންކޮޝީ
21 July 2019
ބުރޯ އަނދިރިތަ؟ މަ މިހިރީނު