ބީއެމްއެލްގެ ޑެޕިއުޓީ ސިއީއޯ މުހައްމަދު ޝަރީފު
22 ޖުލައި 2019 - 11:05
ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހަައްމަދު ޝަރީފް މާލިއްޔަތު ކޮމިޓީއަށް ދޮގު މައުލޫމާތުތަކެއް ދެއްވިކަމުގެ ތުހުމަތުގައި އޭނާގެ މައްސަލަ ފުލުސް އޮފީހަށް ހުށައަޅާފައި ވަނިކޮށް، ޗެކްތަކަކާ ބެހޭ ތެދު މައުލޫމާތު ދެއްވާނެ ކަމަށް ވިދާޅުވެ އޭނާ ފޮނުއްވި ސިޓީއަކާ ގުޅިގެން މައްސަލަ އަނބުރާ ގެންދަވަން ވިސްނަވާ ކަމަށް، މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޝަރީފްގެ މައްސަލަ ތަހުގީގުކޮށް ދިނުމަށް އެދި ފުލުހުންނަށް ހުށައެޅިކަން ރައްޔިތުންގެ މަޖިލިހުގެ އަމީންއާންމު ފާތުމަތު ނިއުޝާ އިއުލާންކުރެއްވީ އިއްޔެ އެވެ.
އެކަމަކު މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ މަޖިލިހަށް ޝަރީފް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ.
"މާލިއްޔަތު ކޮމިޓީގެ މަސައްކަތަށް، މާލިއްޔަތު ކޮމިޓީ އެދޭ ގޮތަށް އެއްބާރުލަމުން ގެންދަވާނެ ކަމަށް ވިދާޅުވެ، އަދި ތެދު ބަހުން ވާހަކަ ދައްކަވަމުން ގެންދަވާނެ ކަމަށް އެ ބޭފުޅާގެ ސިޓީފުޅުން އެބަ ވަރަށް ބޮޑަށް ސާފުވޭ،" ނަޝީދު ވިދާޅުވި އެވެ.
ސިޓީއާ ހަވާލާ ދެއްވައި ނަޝީދު ވިދާޅުވީ ޝަރީފް ކޮމިޓީގައި ވާހަކަ ދެއްކެވީ އޭރު ލިބިފައި ހުރި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ. ނަމަވެސް ކޮމިޓީގެ ބައްދަލުވުމަށް ފަހު ސޯޝަލް މީޑިއާގައި ދައުރުވި ބައެއް ޗެކްތައް އޭނާ އަށާއި ބޭންކަށް ފެނިފައިވާ ކަމަށް ޝަރީފްގެ ސިޓީގައި ފާހަގަކުރައްވާފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"އެ ޗެކްތަކާ ގުޅޭ ގޮތުން އެބޭފުޅުން މުތާލިއާކޮށްފައި އެކަމާ ގުޅޭ ސައްހަ މައުލޫމާތު މާލިއްޔަތު ކޮމިޓީ އަށް އެބޭފުޅުން ފޮނުއްވަވާނެ ކަމަށް [ސިޓީގައި ވަނީ]،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ އަމާޒަކީ މަޖިލިހުގައި މީހުން ތެދު ބަހުން ވާހަކަ ދެއްކުމަށް ބާރު އެޅުއްވުމެވެ. އަދި މީހަކަށް އުގޫބާތެއް ދިނުމަށް ނުވަތަ މީހެއްގެ މައްޗަށް ތަހުގީގެއް ހިންގަން ބޭނުންފުޅު ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
އެހެންވެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު، އަދި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒާ ވާހަކަ ދެއްކެވުމަށް ފަހު، ޝަރީފްގެ މައްސަލަ އަނބުރާ ގެންދަވަން ވިސްނަވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ޝަރީފް ދޮގު މައުލޫމާތު ދެއްވީ ކޮން ކަަމަކާ ބެހޭ ގޮތުން ކަމެއް މަޖިލީހަކުން ނުބުނެ އެވެ. އެކަމަކު އެމްއެމްޕީއާރުސީ އަށް ލިބިފައިވާ ނޮޓް ނެގޯޝިއަބްލް ޖަހާފައިވާ ޗެކްތަކެއް ވެސް އެސްއޯއެފަށް ޖަމާކޮށްދީފައިވާ ކަމަށް ކަމާ ގުޅޭ ބައެއް މުއައްސަސާތަކުން ވަނީ ބުނެފަ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނަތުގެ މައްސަލާގައި ބީއެމްއެލްގެ ދިފާއު ބިނާކޮށްފައި އޮންނަނީ "ނޮޓް ނެގޯޝިއަބްލް" ޖަހާފައިވާ އެއްވެސް ޗެކެއް އެސްއޯއެފަށް ޖަމާކޮށްފައި ނުވާނެކަމުގެ މައްޗަށެވެ. މާލިއްޔަތު ކޮމިޓީގައި ޝަރީފް ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީގެ ޗެކްތަކާ މެދު ބީއެމްއެލުން އަމަލްކުރީ ގާނޫނާއި ގަވާއިދާއި އަދި ބޭންކްގެ އުސޫލުތަކާ ވެސް އެއްގޮތަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮގު އޯކޭ އެއް ނޫން
23 July 2019
އެހެންތާ ވާނީ މީނާވެސްމީ ހިތުން ޤައުމުގެ ފައިދާއަށްޓަކާ، ޤާނޫނާ ޚިލާފަށް ޤާޞީޔަކު ހައްޔަރުކޮށް ކޯޓުގައި އެކަމުން ރެކެން ވެގެން އެކި އަނގައިން އެކަން އެކިގޮތްގޮތަށް ކިޔާދިފައެވެ. ޝަރީފުވެސް މިކުރަނީ އެކަހަލަ ކަމެއްތާއެވެ. ރާއްޖޭގައި މަޤާމު ވަކިވަރަކަށްވުރެ މަތިވެއްޖެޔާ ކޮންމެ ކަމެއްކޮށްފަވެސް ދޮގެއް ހަދާލީމަ ހުދު ކީފޫަރައްވެ ނިމުނީއެވެ.
ހާމަ333
22 July 2019
ސިޔާސީ ގޭމް...ނަޝީދު ކުރުދޮށްޓަކުން ބޭނޭނެ ދުވަހެއްވެސް އަންނާނެ....ބަލަންތިބޭ
ޖައްލަ
22 July 2019
ނަޝީދު ބޭނުންވާ ގޮތައް މައުލޫމާތު ދިނީމަ އެވާނީ ތެދެއްކަމައް ކިތަންމެ ބޮޑު ދޮގެއް ހަދައިގެން އެވާަކަ ދެއްކިނަވެސް މިއަދު މި އެނގެނީ އިންސާފަކީ އަދި ތެދަކީ ހަމައެކަނި ނަޝީދު ބޭނުންވާގޮތައް ކަންކަން ނިމުންކަން. ޒާތީ ބަދަލުހިފުން މި ދަނީ ކުރިއަށް
ފިކުރު
22 July 2019
ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ އަމާޒަކީ މަޖިލިހުގައި މީހުން ތެދު ބަހުން ވާހަކަ ދެއްކުމަށް ބާރު އެޅުއްވުމެވެ. އަދި މީހަކަށް އުގޫބާތެއް ދިނުމަށް ނުވަތަ މީހެއްގެ މައްޗަށް ތަހުގީގެއް ހިންގަން ބޭނުންފުޅު ނުވާ ކަމަށް ވެސް ވިދާޅުވި އެވެ. ބޭނުންވަގޮތް އެނުކުތީ ދޫ ފަޅާލާފަ
ހައްޕުސް
22 July 2019
ތީހަމަ ސަރުކާރަށް ކުރުދޮށިން ދިނުން.
ދިހި
22 July 2019
ޝަރީފު އެހުރީ ބޭނިފަ ދެންދާނީ ހުލުނބު..
ބެއްޔާ އައްޑޫ
22 July 2019
މަނިކުފާނުމެން ގާއިމު ކުރައްވާން ތިޔަ އުޅުއްވަނީ ފާއިތުވެ ދިއަ މާޒީގައިވެސް ކަންތައްތައް ބައްޓަން ކުރެއްވިގޮތަށް. ކަޑައެޅިގެން ދޮގު މައުލޫމާތު ދީފައި ފަހުން އެއީ އޮޅުމެކޭ ބުނީމާ އެވާހަކަ ހަނދާން ނައްތާލާފައި ރިހާކުރު ފުޅި ވަގަށް ނެގި މީހާ އެއީ އޮޅިގެން ކުރެވުނު ކަމެކޭ ބުންޏަސް ބޮޑު ހުކުމެއް ބޮލުއަޅުވާ ސިޔާސަތާއި ރައީސް ނަޝީދު ދެކޮޅުވެރިކަމަށް މަ ޔަގީންކޮށްގެން ހުއްޓަ ތިޔަދެއްކެވިވާހަކަފުޅުން މުޅިން ކަރުއެލި ބޮޑުކޮށް ދެރަވެއްޖެ.
ހޯރަ
22 July 2019
ސަރީފްއަށް ނޭގި ނުވާނެ އެއްކަމެއްވެސް. ތިހެން މާ ހިތްތިރި ވެގެން އުޅެން ހަދާގެން ކުރިންވެސް ބޮޑިބުއީ
ވޯޓަރ
22 July 2019
ކުށްކުރާ އެންމެން ނުކުރާ ކަމަށް ހަދަނީ ސީދާ އަންނި..ބިސާމްވެސް ހުދުފޮތިކޮޅަޅަށް ހަދާފަ ބަހައްޓާފަ އެހުރީ ސީދާ އަންނި
ބައިރޯ
22 July 2019
ސިޓީ ފޮނުވިއަސް ދޮގު ނަހަދާ ކަމަކަށް ނުވާނެ ނޫން