އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ (ކ) ފަނޑިޔާރު އަރީފް (މ) އަދި ފަނޑިޔާރު އާދަމް މުހައްމަދު.--މިހާރު ފޮޓޯ
22 ޖުލައި 2019 - 18:32
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު އަބްދުﷲ އަރީފް އަދި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ މައްސަލަ ބެލި ކޮމެޓީން، އެ ބޭފުޅުންނަށް ނަސޭހަތް ދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފި އެވެ.
އެ ކޮމިޝަނުން ބުނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންނާ ގުޅޭގޮތުން ހުށަހެޅި މައްސަލަ ތަހުގީގުކުރި ކޮމެޓީގެ ރިޕޯޓު ބަލައިގަންނަން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ. އެއާއެކު ތަހުގީގު ކުރުމަށްފަހު ހުށަހެޅި ރިޕޯޓުގައި ހުށަހަޅާފައި ވަނީ އުއްތަމަ ފަނޑިޔާރާއި ދެން ތިއްބެވި ދެ ފަނޑިޔާރުންނަށް ނަސޭހަތްދިނުމަށެވެ.
އެ ނިންމުމާ ގުޅިގެން ޖޭއެސްސީގެ ގާނޫނުގައި ބުނާ ފަދައިން، މާދަމާއިން ފެށިގެން ޖަވާބުދާރީވުމަށް 30 ދުވަހުގެ މުއްދަތެއް ދޭން ވެސް ވަނީ ނިންމައިފަ އެވެ.
ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތައް ނުނިމި ދިގުދެމިގެންދާ މައްސަލައާ ގުޅިގެން ތައްޔާރުކުރި ރިޕޯޓު ބަލައިގަންނަން ކޮމިޝަނުން ނިންމާފައިވާއިރު އެކަމާ ގުޅޭ ރިޕޯޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި މަޖިލީހަށާއި ކޯޓުތަކަށް ހިއްސާކުރަން ނިންމާފައި ވެ އެވެ.
އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންނާ ގުޅޭ ދެ މައްސަލައެއް ބަލަމުންދާ ކަމަށް ޖޭއެސްސީން ބުނީ މި މަހުގެ 10 ވަނަ ދުވަހެވެ. ނަމަވެސް އެ މައްސަލައިގެ ތަފްސީލެއް ނުދެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އަބްދުﷲ ދީދީގެ މައްޗަށް ކޮރަޕްޝަނުގެ ސީރިއަސް ތުހުމަތުތަކެއް ކުރެވި ފުލުހުން މައްސަލަ ބަލަން ފެށުމާ އެކު ވަނީ ސަސްޕެންޑްކޮށްފަ އެވެ. ޖޭއެސްސީގެ ތަހުގީގު ކޮމިޓީން މިހާރު ވަނީ އަބްދުﷲ ދީދީ ފަނޑިޔާރުކަމުން ވަކިކުރަން ކޮމިޝަނަށް ހުށަހަޅަން ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނެގުނުކަތީބު
23 July 2019
ކުރިން ހައުދަ ހަރުކޮށް އޮއްދާ ހިއްލާލާ ލޭ ކައްކުވާލާގޮތަށް ދިޔަކަންތައްގަނޑެއް ކުއްލިއަކަށް ވައިހިނދި ބަނޑަށް ދަމާލާ ނުއަތު ރޯޅިއަށް މިއެޅީ އަނެއްކާ އެކޮޅުންވެސް ޑީލެއް ހެދީބާ؟؟؟؟؟
އެމްސް
23 July 2019
ބޮޑެތި ކުށްކުރާމީހުންނަށްވެސް ނަސޭޙަތްދީފަ ދޫކޮށްލަންވީ! ޢަދުލު އިންސާފުގެ ނިޒާމުގަ ތިބެންވާނީ އަބުރުބެރި/ޤަދަރުވެރިވެސް ބަޔަކު ނޫންބާ؟
ސީސީސީ
23 July 2019
ތިގޮތަށް ރައީސް ޔާމީނާއި ދެންތިބި މީހުންނަށްވެސް ނަޞޭހަތްދީ ތިކަން ނިންމާލާ އޭރުން އެޖެންޑާ 19 ތަންފީޒުކޮށް ނިމުނީ ؟
ޓިނު
23 July 2019
ތިއީ ނަޞޭހަތްދޭންޖެހޭ ވަރު ބައެއްނޫ؟ ވަކިކުރަންޖެހޭނީ
ބޮޑުމީހާ
23 July 2019
ތިމީހުންނަށްދޭ ނަސޭހަތް ސްޕްރީމްކޯޓުން ބާތިލްކޮށްފިއްޔާ ދެން ކިހިނެއް ހަދާނީ. ލަދުން ބޯހަލާކު. ސަރުކާރާއި މަޖްލީހާއި ދިނީމަ، 2013 ވަނަ އަހަރު ރާއްޖޭގަ ބޭއްވި ރިޔާސީ އިންތިހާބު ދެފަހަރު ބާތިލްކުރި ފަޑިޔާރުންނާއި 01 ފެބްރުއަރީ ހުކުމް ނެރުނު ފަޑިޔާރުންނާއި، 12 މަޖްލިސް މެމްބަރުންގެ ގޮޑި ގެއްލުވާލި ފަޑިޔާރުންނަށް ނަސޭހަތްމިދެނީ. މިވެސް ޒީރޯ ޓޯލެރެންސް
ސަފްވާނު
23 July 2019
ސުޕްރީމްކޯޓުގެ ބެންޗުގަ އެބަތިބެންޖެހޭ މަދުވެގެން 21 ފަނޑިޔާރުން. އެންމެ 5މީހުންނައް ގައުމުގރ ބޮޑެތި މައްސަލަ ދޫކޮއްލާފައި ނުބޭޔިއްބޭނެ.
އުމަރުބެ
23 July 2019
ނަސޭހަތްތެރިވާށޭ، އެޖެންޑާ19 ގައި ނޮއޮންނާނެ ޖުޑިޝަރީގެ މީހުންނަށް ނަސޭހަތްތެރިވުމަކަށް، އޮންނާނީ ޖުޑިޝަރީ މިނިވަންކޮށް މުޅިން އިސްލާހްކުރާނެވާހަކަ، ދެން ރައީސް ޔާމީނުއަށްވެސް ނަސޭހަތްދީފައި، އެމްއެމްޕީއާރްސީގެ ވައްކަމުގައި ބައިވެރިވި މީހުންނަށް ނަސޭހަތްތެރިވެފައި، މިހާރު ޖަލުގައިތިބި ކުއްވެރިންނަށް ނަސޭހަތްތެރިވެފައި ދޫކޮށްލަންވީނޫންތޯ؟ އެއިރުން އޮންނާނީ އެޖެންޑާގެ އެބައި ނިމިފައިނޫންތޯ؟ ބަލަ ކީއްވެގެންތޯ އިސްޓިކާ ޖެހުމުގެ ކުރިން ނަސޭހަތްނުދެނީ
ހުސްކުރާ ސޭލް
23 July 2019
އަޚުލާގު ފޮތް ލިބެން އެބަހުރި!
ބުރަހް
23 July 2019
މިއީ ވަހީދު ވެރިކަމުގަޔާ ޔާމީން ވެރިކަމުގައި އާންމު އިންސާނުންނަށް ވުރެ މަތިވެގެން އުޅުން ބަޔެއް ، ހަމަ ރަނގަޅަށް ތިޔާ ހަދަނީ ، ނަސޭހަތް ދޭތަން ޓީވީން ލައިވް ކުރަން ޖެހޭނެ.
ހަމަ ބުއްދި
22 July 2019
ޖޯކް... ނިކަން ބަލާ ށެވެ.ޖޭއެސްސީގެ ރައީސް އަށް ނަސޭހަތް ދޭން ފާސް ކުރަނީ ޖޭއެސްސީގެ ނައިބު ރައީސްގެ ރިޔާސަތުގެ ދަށުން ނެވެ އުއްތަމަ ފަނޑިޔާރަކީ ޤައުމެއް އެއްމެ މުހުތަރަމް އެެއް ސީނިއަރ ސިޓިޒަން އެވެ. އެކަމަކު ސިޔާސީ ބޭނުމުގައި އުއްތަމަ ފަނޑިޔާރުގެ ޤަދަރު ކުޑަކޮށް ސުޕްރީމް ކޯޓްގެ ހުރުމަތް ނެތި ކޮށް ލުމަކީ ޤައުމެއްގެ ނިސްބަތުން ވަރަށް ދެރަވަރުގެ ލަނެކެވެ