ކަރެންސީ ސްވޮޕް އެގްރީމެންޓުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު--ފޮޓޯ:އެމްއެމްއޭ
23 ޖުލައި 2019 - 00:09
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އާ އެކު ކަރަންސީ ސްވޮޕް އެގްރިމަންޓެއްގައި ސޮއިކޮށްފި އެވެ.
މި އެގްރިމަންޓާ އެކު 400 މިލިއަން އެމެރިކާ ޑޮލަރާ ހަމައަށް ކަނޑައަޅާފައިވާ ސްވޮޕް ފެސިލިޓީއެއް ނެގުމަށް އެމްއެމްއޭ އަށް ފުރުސަތު ލިބޭނެ އެވެ. މި ސްވޮޕް ފެސިލިޓީ ހަމަޖެހިގެން ދާނީ މިހާރު ވެސް އަމަލުކުރަމުންދާ 'ފްރޭމްވޯކް އޮން ކަރަންސީ ސްވޮޕް އެރޭންޖްމަންޓް ފޮ ސާކް ކަންޓްރީސް'ގެ ދަށުން އަމަލުކުރާ 'ސްޓޭންޑް ބައި ސްވޮޕް އެރޭންޖްމަންޓް' ގެ ތެރެއިންނެވެ.
މި އެއްބަސްވުމުގައި އެމްއެމްއޭގެ ފަރާތުން ސޮއިކުރެއްވީ ގަވަރުނަރު އަހުމަދު ނަސީރެވެ. އަދި، އާރްބީއައިގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކްޓިވް ޑިރެކްޓަރު އެމް. ރާޖެޝްވަރް ރާއޯ އެވެ.
ކަރެންސީ ސްވޮޕް އެގްރީމެންޓުގައި ސޮއި ކުރައްވަނީ. އެމްއެމްއޭގެ ފަރާތުން ސޮއިކުރެއްވީ ގަވަރުނަރު އަހުމަދު ނަސީރު. އަދި، އާރްބީއައިގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކްޓިވް ޑިރެކްޓަރު އެމް. ރާޖެޝްވަރް ރާއޯ--ފޮޓޯ:އެމްއެމްއޭ
ދިވެހި ސަރުކާރާއި އިންޑިޔާ ސަރުކާރުން ކުރިން ގާއިމްކޮށްފައިވާ ކަރަންސީ ސްވޮޕް އެރޭންޖްމަންޓް އިތުރުކުރުމަށް އެއްބަސްވެފައި ވަނީ އިންޑިއާ ސަރުކާރުން ދިވެހިރާއްޖެ އަށް ދިނުމަށް ކަނޑައަޅާފައިވާ 1.4 ބިލިއަން އެމެރިކާ ޑޮލަރުގެ މާލީ އެހީގެ ތެރެއިންނެވެ. މި އެއްބަސްވުމާ އެކު، ދިވެހިރާއްޖެ އާއި އިންޑިއާ އާއި ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެ އިގްތިސާދީ ގުޅުން ވަރުގަދަ ވެގެންދާނެ ކަމަށް އެމްއެމްއޭއިން ބުނެ އެވެ.
ކަރެންސީ ސްވޮޕް ފެސިލިޓީއާ އެކު ރާއްޖޭގެ ރިޒާވް އިތުރުވެގެންދާނެ އެވެ. މިއީ ރިޒާވް ބޮޑު ކުރުމަށް އޮތް ވަގުތީ ހައްލެއް ނަމަވެސް، މިއާ އެކު ރާއްޖޭގައި އިންވެސްޓްކުރާނެ އިންވެސްޓަރުން ހޯދުމަށް ފަސޭހަ ވެގެންދާނެ އެވެ. ކަރެންސީ ސްވެޕުގެ ތެރެއިން ނަގާ ފައިސާ ލޯނު ނަގާ އުސޫލުން އަނބުރާ ދައްކަންޖެހެ އެވެ. އާރްބީއާ އާއެކު އަލަށް ހެނދުނު އެއްބަސްވުމުގެ ދަށުން ނަގާ ފައިސާ އަނބުރާ ދައްކަން ޖެހޭނީ ހަ މަހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މްމަޕުސް
23 July 2019
ރާއްޖޭގެ ބިމުގެ ރަޖިސްޓަރީގައިވެސް އިންޑިޔާއިން އަދި ސޮއިކުރާނެ..
ކަލޯ 2018
23 July 2019
ލިޔުންތެރިޔާ ތިޔަ ސްވޮޕް އާދައިގެ ރައްޔިތުމީހާއައް އޮޅުންފިލާވަރައް ތަފްސީލްކޮއް މީގެ ފައިދާއާއި ގެއްލުންވެސް އިންގޭގޮތައް އަލުން ހުށަހަޅާދިނުން އެދެން.
މުގުރި
23 July 2019
މި އީ މަރުދަންތޫރައެއް. މީވަރަށް ނުރައްކާ ކަމެއް. ކޮންމެހަމަހަކުން އިންޑިޔާއަށް ދޭ ބޮޑުލާރިގަޑެއް. މީމަކަރުވެރި އަޅުވެތިކަމެއް.....
އަބްދޫ
23 July 2019
މިއީ ރަނގަޅު އެއްޗެއްނޫން . މިހެދީ ރިޒާވް ދަށް ވާތީ ރައްޔިތުންގެ ލޮލުގާ އެޅުވޭ އަނދުނެއް ،މިސްޓްންޓް ގެދަށުން 6 މަހުން ނަގާއެއްޗެއް ދއްކަންޖެހޭނެ ، ފައިސާދައްކަ އިރު ރުފިޔާ އިން ދެއްކިދާނެ .އިންޑިޔަ އިންދޭއެއްޗެއް އިންޑިޔަން ރުޕީސް އިންދެވިދާނެ. މިއަސް ވުރެ ޗައިނާ އިންނަގާ ދިގު މުއްދަތުގެ ލޯނު މާބޮޑަށް ރަނގަޅު އަދި ޗައިނާ ކުންފުނިތަކުން ގރެންޓީގެ ދަށުން ކުރެވޭ ކަންކަން މާތަނގަޅުވާނެ.