ސަރުކާރުގެ ތިން ވަޒީރުން. (ކ-ވ) ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ. --- ފޮޓޯ: މިހާރު
24 ޖުލައި 2019 - 10:53
ތިން ވަޒީރަކު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް، އެ ބޭފުޅުންގެ ބައެއް ދާއިރާތަކުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ސުވާލު ކުރުމަށް މަޖިލީހުގެ އިދާރާ އިން ފޮނުވި 14 ދުވަހުގެ ނޯޓިހުގެ މުއްދަތު ހަމަވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރއީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ (އާއިޝާ) އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަޖިލީހަށް ހާޒިރުކޮށް، އެ ބޭފުޅުންނާ ސުވާލު ކުރެއްވުމަށް ހުށަހެޅުއްވީ ޑީއާރުޕީގެ ލީޑަރުކަމަށް ރޭ ހަމަޖެއްސި، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ.
މަޖިލިހުގެ ގަވައިދުގައިވާ ގޮތުން، ވަޒީރަކާ ސުވާލުކުރަން ހުށަހަޅާ ދުވަހުން ފެށިގެން، ރަސްމީ ބަންދު ދުވަސްތައް ނުލައި އެ ބޭފުޅަކަށް މަޖިލިހުގެ އިދާރާ އިން 14 ދުވަހުގެ ނޯޓިހެއް ދޭން ޖެހެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ، ތިން މިނިސްޓަރުންނާ ސުވާލު ކުރެއްވުމަށްޓަކައި ވަޒީރުންނަށް ފޮނުވި ނޯޓިހުގެ މުއްދަތު ހަމަވެފައިވާ ކަމަށެވެ. އަދި މުއްދަތު ހަމަވުމުން މަޖިލިހުން އަމަލު ކުރާ އުސޫލަކީ ރައްދުވާ މިނިސްޓަރާ މަޝްވަރާ ކޮށްގެން، ފަސޭހަ ދުވަހެއްގައި މަޖިލިހަށް ހާޒިރު ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މިނިސްޓަރު ރާއްޖޭގައި އުޅުއްވާ ދުވަހެއް ހޯދައި މިނިސްޓަރުގެ މަސައްކަތަށް ބަލައިގެން އަދި ސުވާލު ކުރައްވާފައިވާ މެމްބަރާ ވާހަކަ ދެކެވިގެން ސުވާލުތައް މަޖިލިހަށް ގެނައުން. އަދި ވަޒީރުން މަޖިލިހަށް ވަޑައިގެންނެވުން،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ވީހާ ވެސް އަވަހަކަށް ވަޒީރުން މަޖިލިހަށް ވަޑައިގަންނަވާނެ ކަމަށެވެ.
އައިޝާއާ ސުވާލު ކުރަނީ މާލޭގައި ޕާކިން މައްސަލަ އަށް ހައްލު ނުހޯދައި ފުލުހުން ސްޓިކާ ޖަހަމުން އަންނަ މައްސަލައިގަ އެވެ. އިމްރާންއާ ސުވާލު ކުރަނީ ނަޝީދުގެ ވެރިކަން ބަދަލުވި ހާދިސާ އާއި އެ ދުވަހަށް ފަހު ހިނގި ހަމަނުޖެހުންތައް ތަކުރާރުވިޔަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭ ގޮތުންނެވެ. ޝާހިދާ ސުވާލު ކުރަނީ ރާއްޖެ އިން ގަތަރާ އަލުން ގުޅުން ބަދަހި ކުރުމުގެ މަސައްކަތުގެ ފަހުގެ މައުލޫމާތުތަކާ ގުޅޭ ގޮތުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒޫ/ މާލެ
24 July 2019
މިހާރު މަޖިލިސް ބޮޑަށް ވައްތަރީ ސްކޫލަކާ. އަދި ސްކޫލް ޕްރިންސިޕަލް އެސްކޫލްގަ ސިޔާސަކޮށް އުޅޭ ހުރިހާ ކުދިން ވަކިވަކިން ޕްރިންސިޕަލްގެ އޮފީހަށް ގެނެސް ނަސޭހަތްދީ އަދި އެކުދިންގެ މައިންބަފައިން ސްކޫލަށް ގެއްނާނެ ކަމުގެ އިންޒާރު ދޭ ގޮތަށް އަލްފާޟިލް އެކްސް ޕްރެޒިޑެންޓްގެ ކަންތައްކުރައްވަނީ. ތަފާތަކީ އެކްސް ދެއްވަނީ ވަޒީފާގެ އިންޒާރު
ބޮޑުމީހާ
24 July 2019
ތިހުރިހާ ކަމެއް ބަހައްޓާފަ ފްލެޓް ކޮމިޓީ ހާޒިރުކޮށްބަލަ. ޕްރެސް ކޮންފަރެންސް ބާއްވާ މުޅި ރާއްޖެއަށް 1 ހަފްތާތެރޭ ފްލެޓްތަކުގެ އަޕްޑޭޓް ދޭނަމޭ ބުނިފަހުން 6 ވަނަ ހަފްތާމީ. މަޖްލިސް ރައީސްވެސް ވިދާޅުވި ދޮގުހަދާނަމަ ޕޮލިހުންނަށް މައްސަލަ ހުށަހަޅާ ވާހަކަ. އެމީހުން ހާޒިރުކޮށް ފްލެޓް ހަބަރު އަޕްޑޭޓްކޮށްދީ
އަލްޖިބްރާ
24 July 2019
ބާރުގެ ބޭނުން ކޮށްގެން މަޖްލީހުގެ މެންބަރުން މަޖްލީހަށް ވަނަނުދީ ، އަދި ވަދެތިބި މެންބަރުން ގަދަބާރުން ފާރުމަތިން އުކާލުމަކީ ލަދުގަންނަން ޖެހޭކަމަކަށް ނުވޭބާ ؟
ބޮލަކަށް 4000 މިނިވަން ދުވަސް
24 July 2019
މިމީހުން ތިބެން ޖެހިފަ މިވަނީ ނަށީދު އަންގަވާ ތަންތަނަށް ތެޔޮ ޖެހުމަށް ތެޔޮދޯރި ހިފައިގެން އަވަދި ނެތި
މަގޭ ވިސްނުން
24 July 2019
މަށަށް ޝައްކުވަނީ ވަޒީރުނާއި ސުވާލު ކުރުމަކީ މަޖްލީސްގެ ރައީސް އަޑީގައި ހުރެގެން ކުރައްވާ ކަމަކާއެވެ
ފިކުރު
24 July 2019
ވަޒީރުން ގާނޫނަށް ކަމޭހިއްތަވާނެ ލަސްނުކުރައްވާ ޖަވާބުދާރީވެ ވަޑައިގަންނަވަން މަޖިލީހަށް ވަޑައިގަންނަވާ
ޖުހާ
24 July 2019
ވަރަށްވެސް ލަދުވެތި ކަމެއް، ވަޒީރަކު މަޖިލީހަށް ހާޒިރުނުވެވުން އެއީ އަމިއްލަޔަށް އިސްތިއުފާ ދޭންޖެހޭ ވަރުގެ ކަމެއް. އަނެއްކޮޅުން ޖާބިރުއަކީ މަޖިލީހުގެ މެންބަރަކަށް ވިޔަސް ބޯހަމަޖެހޭ މީހެއްހެންނެއް ހިޔެއްނުވޭ.
އުހާ
24 July 2019
މާ ބޮޑަށް ބޯ ހަމަޖެހުމުން ކަމަކާ ސުވާލު ކޮށްލާނަމޭ ހިތަށް ނާރާނަމަ ނުވަތަ އެކަން ކުރަން ކަންނެތްވާނަމަ ނުވަތަ ނުކެރޭނަމަ ނޫނީ ބިރުގަންނަނަމަ އެކަހަލަ ކަންކަމަށް ބޭނުންވޭ ތިޔަ ބުނާ ޒާތުގެ ބޯހަމަނުޖެހޭ މީހުން. ހަމަޖެހޭ މީހުންނަށް ނުވާ ބައެއް ކަންކަން ބައެއް ފަހަރު ވާނީ ބޯހަމަނުޖެހޭ މީހުންގެ ފަރާތުން.
ޕްލީ
24 July 2019
ޝާހިދު ރާއްޖޭގައި އުޅުއްވާ ދުވަހެއް ހޯދަންވެއްޖެނަމަ އާ ކަލަންޑަރެއް އުފައްދައިގެން އެ ދުވަހެއް ފެންނާނީ. މިހާތަނަށް ދަތުރުތަކަށް އެރި މިލިއަންތަކުގެ ވާހަކަ ލިއާނެ ބަޔަކުވެސްނެތް.
ދޯރި
24 July 2019
ތިން ވަޒީރެއްގެ ސުވާލުތަކުގެ ނޯޓިހުގެ މުއްދަތު ހަމަވިއިރު ވެސް އެ މަޖިލީހަށް ވަޑައެއް ނުގެންނެވުނު. މުއްދަތު ހަމަވުމުން މަޖިލިހުން އަމަލު ކުރާ އުސޫލަކީ ރައްދުވާ މިނިސްޓަރާ މަޝްވަރާ ކޮށްގެން، ފަސޭހަ ދުވަހެއްގައި މަޖިލިހަށް ހާޒިރު ކުރުން -- ސުރުހީ ކިޔާލުމުން ހީވަނީ މިނިސްޓަރުން ގަސްދުގައި ވަޑައިނުގަތީކަމަށް. އެކަމަކު ކަންކުރާ އުސޫލަށް ބަލާއިރު އޮންނަ އުސޫލަކީ މުއްދަތު ހަމަވުމުން ދެ ފަރާތަށް ފަސޭހަ ދުވަހެއްގައި މަޖީލީހަށް ހާޟިރުވުން.
ކޮރަލް
24 July 2019
ވަޒީރުން ކުރަން ޖެހޭ މަސައްކަތް ގިނައެވެ. ދެއިރު ދެދަޅައަށް މަޖްލީހައްދާ ން ކިޔައެވެ.