ޖޭއެސްސީގެ މެމްބަރުކަމަށް ކުރިމަތިލި އަބްދުލްއަޒީޒް: އެ މަގާމަށް ހަ ވަކީލަކު ކުރިމަތިލެއްވި -- މިހާރު ފޮޓޯ/ހުސައިން ވަހީދު
24 ޖުލައި 2019 - 11:40
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވަކީލުންގެ ތެރެއިން އިންތިޚާބުކުރާ މެމްބަރު ކަމަށް ހަ ވަކީލަކު ކުރިމަތިލައްވައިފި އެވެ.
ޖޭއެސްސީއަށް ވަކީލުންގެ ތެރެއިން މެމްބަރަކު އިންތިޚާބުކުރަނީ އެ މަގާމުގައި ކުރިން ހުންނެވި ލަތީފާ ގާސިމްގެ މެމްބަރުކަން މި މަހު ތަސްދީގު ކުރެއްވި ގާނޫނީ ފަންނުގެ ގާނޫނާ އެކު ގެއްލި، އެ މަގާމު ހުސްވުމުންނެވެ. ވަކީލުންގެ މެދުގައި އެ އިންތިޚާބު ބާއްވަން ހަމަޖައްސާފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.
އެ މަގާމަށް ކުރިމަތިލެއްވީ އަލީ ރަޝީދާއި އަބްދުލްމާނިއު ހުސައިނާއި އަހުމަދު ރަޝީދު ހުސައިނާއި ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރާއި ހަނީފާ ޚާލިދުގެ އިތުރުން ޖޭއެސްސީގައި މިހާރު އާންމުންގެ މެމްބަރެއްގެ ގޮތުގައި އިންނަވާ އަބްދުލްހަންނާނު އަހުމަދެވެ. އެ ބޭފުޅުންގެ ނަންތައް ރޭ ވަނީ ތަރުތީބުކޮށްފަ އެވެ.
ޖޭއެސްސީއަށް ވަކީލަކު ހޮވުމުގެ އިންތިޚާބު ބާއްވަނީ ވަކީލުން ރެގިއުލޭޓްކުރަން އަލަށް އުފެއްދި ބާ ކައުންސިލްގެ ބެލުމުގެ ދަށުން އިލެކްޝަންސް ކޮމިޝަނުންނެވެ.
ޖޭއެސްސީގައި ތިއްބަވަނީ ވަކީލުންގެ ތެރެއިން މެމްބަރަކާއި އާންމުންގެ މެމްބަރަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކާއި މަޖިލީހުގެ ރައީސާއި ރައީސްގެ މެމްބަރަކާއި ބަންޑާރަ ނައިބުގެ އިތުރުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރެއްގެ އިތުރުން ދަށު ކޯޓެއްގެ ފަނޑިޔާރެކެވެ.
އޭގެ ތެރެއިން ވަކީލުންގެ މެމްބަރާއި އާންމުންގެ މެމްބަރާއި މަޖިލީހުން ކަނޑައަޅާ މެމްބަރުގެ އުމުރު މަތިކުރަން ޖޭއެސްސީގެ ގާނޫނަށް ސަރުކާރުން މިހާރު އޮތީ އިސްލާހު ހުށަހަޅައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢާންމުމީހާ
24 July 2019
ތިޔަ ތާކު ނެތް ތާކުންތާކު ޖެހޭ ހަމަ އެކަކުވެސް
އެދުރު ވެހިން
24 July 2019
އިންފޮމޭޝަން ކޮމިޝަރަށް ފުރަތަމަ ކޯޓް ތަށް ހުންނަ ތަށް އެގިވަޑައި ގަނޭ ތޯއެވެ. މިބުނީ ދުވަހަކު ވަކީލް ކަން ކުރެއްވީމު ތޯއެވެ؟
ހަސަން އަސަދު
24 July 2019
ތިޔައީ ދެން ހަނީފާގެ މަޤާމެއް ނޫންތޯއެވެ.
ޤާނޫނަށް ހީލަތް ނުހަދާށެވެ
24 July 2019
ހަންނާނު ޝަރުތު ހަމަވަނީ ކިހިނެއް ތޯއެވެ؟ މަޤާމުގެ ހައިސިއްޔަތުން ޖޭއެސްސީގެ މެމްބަރުކަން ވުން ފިޔަވައި އެހެން މީހަކަށް އެ މަޤާމު އަދާކުރެވޭނީ 5 އަހަރުގެ އެއްދައުރު ކަމަށް ޤާނޫނު އަސާސީގައި ނެތް ތޯއެވެ. ޤާނޫނު އަސާސީގެ ނިޔަތަކީ ހައިސިއްޔަތު ބަދަލު ވިޔަސް ކޮންމެ މީހަކަށް ވެސް 5 އަހަރުގެ ދައުރަކަށް ވުރެ އިތުރަށް އެމަޤާމު ނުފުރެވޭ ގޮތަށް އޮތުން ކަމަށް ދެކެމެވެ.
ފްލެޓް ދޭ ރައީސް
24 July 2019
ޔާމީނުގެ ވަކީލަކަށް އަޒީ މަޑު ކޮށް ލައްވާށެވެ.
ޔާމީނު
24 July 2019
ކޮރަޕްޝަނުގެ ތެރެއިން ރެހެންދި ފްލެޓް ލިބުނު މީހެއް.. ސޯޝަލް ހައުސަ ސްކީމުގެ ދަށުން އަޅާ ފްލެޓް ތަށް ޢާއްމު ކޮށް ހުޅުވާ ނުލައި ވަކި ބަޔަކަށް ދޭން ދިނުމާއި ހޯދުމާއި ލިބިގަތުމަކީ ކޮންކަހަލަ ކަމެއް ބާއެވެ.
ތެދު
24 July 2019
ވޯޓް ދޭ ކަހަލަ އެކަކު ވެސް ނެތް.. ވޯޓް ލާކަށް ނުދާނަން.
ވާލުސޮރު
24 July 2019
ވޭތުވެދިޔަ 5 އަހަރު ބޮޑު މުސާރަ ނަގައިގެން ކަމެއް ނުކޮށް އުޅުނު މީހުންވެސް މިއުޅެނީ ކުރިމަތިލައިގެން، ހިތާމައަކީ މިމީހުންވެސް ހޮވިދާނެ
ޖަމާލު އަޒީ
24 July 2019
އެއް ގޮޑިން އަނެއް ގޮޑިއަށް.
ރަދީފުމާމަ
24 July 2019
އެންމެންގެ ވޯޓު ހަނީފާއަށް
ސިކަންދަރު
24 July 2019
ނުދޭނަން! ތިކީ ވޯޓް ދޭކަށް ޗޮއިސް އެއް ނޫން!