ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރު އަބްދުލްމާނިއު ހުސައިން އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
މާނިއުއަކީ ޖޭއެސްސީއަށް ވަކީލުންގެ ތެރެއިން އިންތިހާބު ކޮށްފައިވާ މެމްބަރެވެ.
މާނިއު އެ މަގާމުން އިސްތިއުފާ ދެއްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ފޮނުއްވި ސިޓީގައި އިސްތިއުފާ ދެއްވި ސަބަބެއް ބަޔާން ކޮށްފައެއް ނުވެ އެވެ.
މާނިއު އެ މަގާމަށް އިންތިހާބުކުރީ 2019 ވަނަ އަހަރު އެވެ.
ވަކީލުންގެ ތެރެއިން ޖޭއެސްސީއަށް މެމްބަރުން އިންތިހާބު ކުރާނީ ބާ ކައުންސިލުންނެވެ.