ކުޅުދުއްފުށީ އެއާޕޯޓު: ބޮޑު އީދުގެ ކުރިން އެ ތަނަށް ދަތުރުތައް ފެށުމަށް ވަނީ ނިންމާފައި
24 ޖުލައި 2019 - 22:34
ދަތުރުތައް ފެށުމަށް ތައްޔާރުވަމުން އަންނަ ހދ. ކުޅުދުއްފުށީ އެއާޕޯޓުގެ ވަޒީފާތަކަށް މީހުން ހޯދުމަށް އިއުލާންކޮށްފި އެވެ.
ކުރިއަށް އޮތް ބޮޑު އީދުގެ ކުރިން، ކުޅުދުއްފުށީ އެއާޕޯޓުގެ މަސައްކަތް ނިންމައި ދަތުރުތައް ފެށުމަށް ވަނީ ޕްލޭންކޮށްފަ އެވެ. އެހެންވެ، އެތަނުގެ ގިނަ ވަޒީފާތަކަށް މީހުން ހޯދުމަށް ގެޒެޓްގައި މިރޭ ވަނީ އިއުލާންކޮށްފަ އެވެ.
ރީޖަނަލް އެއާޕޯޓްސްއިން ވަނީ ކުޅުދުއްފުށީ އެއާޕޯޓުގެ 13 ވަޒީފާއަކަށް 25 މީހުން ހޯދުމަށް އިއުލާންކޮށްފަ އެވެ. އޭގެ ތެރޭގައި ޑިރެކްޓަރުންނާއި އޮޕަރޭޝަން އޮފިސަރުންނާއި ގާޑުންނާއި ފަޔާ ފައިޓަރުންގެ އިތުރުން މަސައްކަތު މީހުން ހިމެނެ އެވެ.
މި ވަޒީފާތަކަށް ކުރިމަތިލާ މީހުން އަންނަ މަހުގެ 5 ގެ ކުރިން، ފޯމު ހުށަހެޅުމަށް އިއުލާނުގައިވެ އެވެ.
ހަމައެކަނި ރަންވޭއެއް ހަދައި ރަމްޒީ ގޮތުން ހުޅުވާފައިވާ ކުޅުދުއްފުށީ އެއާޕޯޓުގައި ޓާމިނަލް އެޅުމުގެ މަސައްކަތް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފަ އެވެ. މިދިޔަ ސަރުކާރުން ފެށި މި މަސައްކަތް ނިންމުމަށް، މި ސަރުކާރުން ވެސް ވަނީ މި އަހަރުގެ ބަޖެޓުގައި 5.7 މިލިއަން ރުފިޔާ ހިމަނައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑަކައިތު
25 July 2019
ތިޔަތަނަށް ނުހޮވޭނެ ކިޔަވައިގެން ތިބި މޮޅެތިމީހުންނެއް، އަހަންނަކީވެސް ކުޅުދުއްފުއްޓަށް އުފަން މާލޭން ޑިގްރީ ނިންމާފަހުރި ފިރިހެނެއް، މިރަށުގަ ވަޒީފާ ލިބޭ އެންމެ މުހިންމު އެންމެ އިސްކަންދެވޭ ޝަރުތަކީ ފިރިހެނެއް ވިއްޔާ ފުޓުބޯޅަ ކުޅެން އެނގުން، ކުޅިވަރަށް މޮޅުކުއްޖެއް ކަމުގައިވުން. މީހަމަ ހައްގު ތެދުވާހަކަ މިކަމަކާ ދެކޮޅުހަދާނެ މީހަކު ނޫޅޭނެ މިރަށެއްގަ، ނިކަން ތިހިރަ ދިރާގު، ކަސްޓަމަސް ކަހަލަތަންތަން ބަލާބަލަ............ މަވާ ސަލާން
ނެޕީ ކަޅޭ
25 July 2019
ކޮންމެ ރަށެއްގައި އެއަރޕޯޓެއް. ކޮންމެ ރަށެއްގައި ހޮސްޕިޓަލެއް. ކަރަންޓު ސަބްސިޑީއަށް އަހަރަކު 1 ބިލިއަން. ކާޑު ސަބްސިޑީއަށް އެތައް މިލިއަނެއް. ހިލޭ ބޭސްކޮށްދޭން ބިލިއަނަަކަށްވުރެ ގިނައިން. ގައުމު ހިންގަނީ ދަރަންޏަށް ފައިސާ ނަގައިގެން. ކިހާ ދުވަހަކު ދަރަނިތައް އަތަށް ނުގޮވާ މި ގޮތަށް މި ގައުމު ހިންގޭނެބާ؟
އަލީ ރާޖާ
25 July 2019
ޖަޒީރާ ސަރުކާރުން ތި އެއާޕޯޓ ނަގާފަ އެތާ ކުޅިއެއް އަޅާނެކަމަށް މަހީކުރީ. އެކަމަކު އެހެނެއް ނޫންދޯ މިވަނީ.
މާލެ ބޭފުޅާ
25 July 2019
މިދިޔަ ސަރުކާރުން ފެށި މި މަސައްކަތް ނިންމުމަށް، މި ސަރުކާރުން ވެސް ވަނީ މި އަހަރުގެ ބަޖެޓުގައި 5.7 މިލިއަން ރުފިޔާ ހިމަނައިފަ އެވެ. ކޮން އިރަކު މިސަރުކާރުން ބަޖެޓްކުރީ. ބަލަ މިސަރުކަރުގެ މާލީ ވަޒީރު އިއްޔެވެސް ބުނި މިސަރުކާރަށް ބަޖެޓް ކުރީ ނިމިދިޔަ ސަރުކާރުންނޭ. ދެކޮޅޫ ޖެހޭ އެއްޗެހި ލިޔެބަލަ
ވާލުސޮރު
25 July 2019
މިއީ އެންމެ ބޭކާރު އެއަޕޯޓް. ތިތަންވެސް ހިންގަން ޖެހޭނީ ކުޅުދުއްފުށީ މީހުންގެ ބޯދާ ވިސްނުމާ އެއްގޮތަށް އެހެން ނޫނީ ބޮޑާހާކާނެ،
މާލެ ބޭފުޅާ
25 July 2019
މަމެންގެ ޓާރގަޓަކީ ބައިކުޅަނދު ރާއްޖެތެރޭގެ މީހުން ކުޅުދުއްފުށީ ދޫނިހުރާ އެއާޕޯޓުގެ ބޭނުންހިފާ ހޯދާ ފައިސާކޮޅު ހަރަދުވާނުވާއެއްނޭނގި މާލެއަށް ކަހާލުން އެހެންވެ މިހުރިހާ ދޫނިހުރަ އެއާރޕޯޓުސްތައް މިއަޅަނީ، އެނގޭ ކަލޭމެނަކަށް ވާނުވާއެއްނޭމގޭނެ އަތުގައި އޮތްނަ އައު ލިބާސްގަނޑު ލައިގެން ފެހިކޯލާވާޓަރކޮޅުހާކައިގެން މިކޮޅަށް ވަޑައިގަނެ އަތްމަތިހުސް ވުމުން ދެން ރަަށައް ވަޑައިގަންނަވާ.. މީ މަމެންގެ ރައީސު ޔާމިނުގެ ގަދަވިސްނުން
ކަތީބް
25 July 2019
ވަޒީފާތައް ދޭންވާނީ މިސަރުކާރަށް ނިސްބަތްވާ ސަރުތު ހަމަވާ މީހުންނަށް.
ސާމު
25 July 2019
ވަޒީފާތައް ދޭންވީ އިންޑިޔާ މީހުންނަށް
މާއެނގޭ
25 July 2019
ޝުކުރިއްޔާ ރައީސް ޔާމީން
ހުސްނު
25 July 2019
ތާރަގަޑެއް އެޅީމަތަ.. އޭނަ ވާރޭގަހުނަން ޖެހުނީ ބޯހިޔާވާނެ ސަތަރިގަޑެއްވެސް އެއާޕޯރޓުގަ ދަމާލާފަނެތީމަ.
ޢާދަނުބެ
25 July 2019
ތި އެއާޕޯޓުން ކުޅުފުށްފުށީ މީހަކަށްނޫނީ ވަޒީފާއެތް ނުލިބޭނެ ކިތަށް.ެމަތީ ފާހެތްއޮތަސް އަތޮޅުގެ އެން މީހަކަށްވަޒީފާއެތް ތި އެއާރޕޯޓުން ވަޒީފާއެތް ލިބުމަކީ ނާދިރުކަމެތް
ފޯކައިދޫ ގާރީ
25 July 2019
އެއީ ކީއްވެޔޯ؟ ކުޅުދުއްފުށީ ކޯޓުގަ ކެންޕަސްތަކުގަ ހޮސްޕިޓަލުގަ ސްކޫލްތަކުގަ ވިޔަފާރިތަކުގަ އެންމެ ސީނިއާ މަގާމުތަކުން ފެށިގެން ދަށް މަގާމުތަކަށް ބެއްޔަސް އެކި ރަށްރަށު މީހުން ފެންނާނެ. ކުޅުދުއްފުށީގަ އެކި ރަށްރަށު މީހުން އާއިލާ އެންމެން އެކި ވަޒީފާ ތަކަށް ދަމުން އެބަ ދިރިއުޅޭ. މައްސަލައެއް ދިމަލެއް ނުވޭ. ކަލޭގެ ހަސަދަވެރިކަން ބޮޑުވީމަ ދައްކާ ވާހަކަ.
ޒުވާނާ.
25 July 2019
ތިޔައީ ކަނޑައެޅިގެން ދޮގެއް މިހުރިދުވަހު ކުޅުދުއްފުށި މެންބަރު ކަންވެސް ކުރަން ހަވާލު ކޮއްފަވާނީ ރަށުން ބޭރުބަޔަކާގަފޫރަކީ ފިނޭ މީހެއް ނަޝީދަކީ މާލެ މީހެއް ކޯޓުގެ ގާޒީއަކީ ލ އަތޮޅުމީހެއް މިނޫނަސް ރަންރިހީގެ މަސަތްކަތުގަ އަތޮޅު ބަޔަކުވެސް އެބައުޅޭ ޒާތީ ހަސަދަލައިގެން ފިތުނަ ފަސާދަ އުފައްދަން ނޫޅޭ ތީވަރައް ހުތުރުސިފައެއް
އެއާޕޯޓު
25 July 2019
އެއާޕޯޓު ހުޅުވުނީމައި ދެން ހޮސްޕިޓާ ރަނގަޅެއް ނުކުރާނެ.. އެންމެންވެސް މަތިން މާލެއަށް ކުލި ދައްކަން